އިސްރާއީލު ތެރެއިން ޙަގީގަތް މިއޮއްގެން ފަޅާ އަރަނީ
ފަލަސްތީނު ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާ ވިދާޅުވެދެއްވާ ގޮތުގައި އިސްރާޢީލުން ރާވަމުން ގެންދިޔަ ވަރުގަދަ ޙަމަލާއެއް، ކުރިޔާލައި ޙަމާސް ޖަމާއަތަށް އިސްރާއީލު އެތެރެއިން ލީކްވެފައި ވާތީ، ޙަމާސް ޖަމާއަތުން އިސްވެ ކުއްލިއަކަށް ވަރުގަދަ ޙަމަލާއެއްދޭން ފެށީއެވެ. މިހާ ވަރުގަދަކޮށް ހަނގުރާމަ ފަލަސްތީނު މުޖާހިދުން ޖައްސަން ޖެހުނީ އިސްރާޢީލުގެ އަނިޔާވެރި އަޅުވެތި ކުރުމުގެ ރޭވުންތައް ޙަމާސަށް އެނގޭތީއެވެ. ހަމަ އެފަދައިން އިސްރާޢީލަށް ޙަމާސް އިން ޙަމަލާއެއް ރާވާކަން ކުރިޔާލައި އެނގުމާއި އެކު ޒައަނިސްޓުން ބޭނުންވީ ހަމާސް މުޖާހިދުންނަށް ޗާންސް ދީފައި ވަރުގަ ޙަމަލާއެއް ދީ ދެދުވަހު ތެރޭގައި އެމީހުން ބޭނުންވާ ގޮތަށް ޣައްޒާއެކުގައި ހިފާށެވެ. އެގޮތުން އަވަހަށް އަރަބި ގައުމުތައް އިބްރާހީމް […]
ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުން
ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން އަދާކުރަމުން ގެންދާ ދައުރު މައިތިރި ކުރުމުގެ ވާހަކަ ތަކަކީ މީގެ ދެތިން އަހަރުއްސުރެން ދުނިޔޭގެ އިގްތިސާދީ މައިދާނުގައި އެންމެ ހޫނުގަދަ ބަހުސް ކަމުގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުން ހިފާއްޓާފައިވާ މަގާމު ދަށްކުރުމަށް ނުވަތަ އެމެރިކާ ޑޮލަރުގެ ބޭނުން ނައްތާލުމަށްޓަކައި ތަފާތު ގައުމުތަކުން ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ބްރިކްސްގެ ގައުމުތަކުން މިކަމުގައި ވަރަށް ޚާއްސަ ދައުރެއް ކުޅޭނެ ކަމަށް ބެލެވޭތާވެސް ދުވަސްތަކެއް ވެއްޖެއެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރިއަށް ގެންދަމުންދާތަން ފެނެއެވެ. […]
ރައީސް ޔާމީން މިނިވަންވުމަކީ ޖުޑިޝަރީ ތެރޭގައި އޮތް ކަމެއް: ސަރުކާރު
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންވުމަކީ ޖުޑިޝަރީ ތެރޭގައި އޮތްކަމެއް ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ރައީސް ޔާމީނަށް ހުކުމް އިއްވާފައިވަނީ ޝަރީއަތަށް ނުފޫޒު ފޯރުވައިގެން ކަމަށާއި ވެރިކަން ލިބިވަޑައިގެންފިނަމަ ގާނޫނީ ހަމަތަކުގެ ތެރެއިން އެމަނިކުފާނު މިނިވަން ކުރައްވާނެ ކަމުގެ ވާހަކައެވެ. ރައީސް ޔާމީންގެ ބަންދަށް ދިން ލުުޔާއެކު އޮކްޓޫބަރުމަހުން […]
ޔޫކްރެއިންގެ ހަނގުރާމަ ކާމިޔާބުވުން އެންމެފަހުން ރަޝިޔާކޮޅަށް
ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުން ގެންދާ ހަނގުރާމާގައިރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީއަށް ކަފިހުރަސް މަގެއްގެ ކޮޅަށް ނިކުމެ ވަޑައިގެންނެވިއްޖެއެވެ. ނަމަވެސް ތަފާތަކީ ޒެލެންސްކީ ކުރިމަގު ބަންދުވެފައި ވާއިރު ޕޫޓިންގެ ކުރިމަގު ތަންމިނަށް ހުޅުވިފައި އޮތުމެވެ. މީގެ އެއް އަހަރު ކުރިން އެމެރިކާގެ ކޮންގްރެސްގައި ރައީސް ޒެލެންސްކީއަށް ބަތަލެއްގެ މަރުޙަބާ ލިބިވަޑައިގަތުމުގެ އިތުރުން އެމެރިކާގެ ބަޖެޓްވެސްއޮތީ ރައީސް ޕޫޓިންއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެއްވެސް […]
މޮންޓަނޭގްރޯ ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި
ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް މޮންޓަނޭގްރޯގެ ޑަންލޮވް-ގްރަޑްގައި ބޭއްވި އެ ގައުމުގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީޑިމޮކްރަސީއަކީ މުޖުތަމައުއެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި ސިފަކުރައްވައި ޑިމޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ […]
ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންނަށް ހައްޖުގެ ދައުވަތު ފޮނުވަން ފަށައިފި
ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބުނު މީހުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ. މިކަން ހާމަކޮށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުހައްމަދު ޝަކީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ހައްޖު ކޯޕަރޭޝަނަށް އިތުރަށް ލިބުނު ކޯޓާއަށް ހައްޖު ކިއު ސިސްޓަމްގެ ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހައްޖުގެ ދައުވަތު ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން ޝަކީލް ވަނީ 1445މ […]
ޕްރޮޕަޓީ މެނޭޖުމަންޓްގެ ދާއިރާއިން މީހުން ބިނާ ކުރުމަށް އެމްއެންޔޫއިން ކޯހެއް ކުރިއަށް ގެންދަނީ
ޕްރޮޕަޓީ މެނޭޖުމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމަށް ކޯހެއް ހިންގަން ހައުސިން މިނިސްޓްރީއާއެކު ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ބޭއްވި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ، އަލަށް ތައާރަފުކުރާ އެ ކޯހުން ޕްރޮޕަޓީ މެނޭޖްމެންޓު ދާއިރާގެ ފަންނީ ކަންތައްތަކާއި ޤާނޫނީ ކަންތައްތަކާއި އިދާރީ ކަންތައްތައް އުނގަންނައިދޭނެ ކަމަށެވެ. ހަމަ އެހެންމެ މި ކޯސް ފަރުމާކުރުމުގެ މަޤްސަދަކީ […]
ރައީސް ޑރ.މުޢިއްޒު ކުންފުނިތަކާބެހޭ ބިލު ތަސްދީގު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުންފުނީގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ. ކުންފުނީގެ ބިލަކީ މި މަހުގެ 05 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުން ހިމެނެއެވެ. އަދި ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ […]
އަންމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ނިންމި ނިންމުން ހައިކޯޓުން ދެމެހެއްޓުމުން, މައްސަލަ ސްޕްރީމް ކޯޓަށް
ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްގެެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މޫސާ މުޙައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ދޫކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ދެމެހެއްޓުމުން މި މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެެނެރަލްގެ އޮފީހުން ނިންމައިފިއެވެ. އަންމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވަނީ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުން ހައުސިން މަޝްރޫއުއް ހިންގުމަށްކަމަށް ބުނެ އެތައް ބައެއްގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާާ […]
ދިވެހިންނަށް ލިބިފައިވާ ނަސީބާއި ނިއުމަތްތައް ދަމަހައްޓަންޖެހޭ: ރައީސް
މީ އެއް ގައުމެއް އަދި އެއް ބައެއް ކަމަށާއި ދިވެހީންނަށް ލިބިފައިވާ ނަސީބާއި ނިއުމަތްތައް ދަމަހައްޓަންޖެހޭ ކަމުގައިރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެއްބައިވަންތަ ވެވޭނެ ހުރިހާ ސިފަތަކެއް، އޯގާވަންތަ މާތް އިލާހު ދިވެހީންނަށް ވަދީޢަތްކުރައްވާފައިވާ ކަމަށާއި އެއީ އެއްދީނަކުން ހިދާޔަތް ލިބިފައިވުމުގެ ނަސީބާއި އެއް ބަހަކުން ބަސްމޮށެ އުޅުމުގެ ޝަރަފު ކަމަށެވެ. އަދި އެއް […]