ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެއްސެއްގެ ދަބަހުން ވަޒަނެއް ފެނިއްޖެ
ކުޅުދުއްފުށި އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނިއްޖެއެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ ކުޅުދުއްފުށީ އެއާޕޯޓަށް ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަން ފެނުނުކަމަށް ބުނެ އިއްޔެ ހަވީރު ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން އެޓެންޑް ވެފައިވާ ކަމަށެވެ. އެގޮތުން ވަޒަން ފެނިފައިވަނީ ކުޅުދުއްފުށީ އެއަރޕޯޓަށް ފުރަންދިޔަ ދިވެހި އަންހެނެއްގެ ދަބަހުން ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ހަމަ އެހެންމެ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ އިތުރަށް ތަޙުޤީޤު […]
އިސްރާއީލުގެ ބޯޓުތަކާއި އިސްރާއީލަށް ދަތުރުކުރާ ބޯޓުތަކަށް ދޭ ހަމަލާތައް ހުއްޓައެއް ނުލާނަން: ހޫތީ މުޖާހިދުން
ޣައްޒާއަށް ބޭނުންވާ ކާނާއާއި ބޭސްފަދަ އަސާސީ ތަކެތި ފޯރުކޮށްނުދޭހާ ހިނދަކުވެސް ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ ބޯޓުތަކާއި، އިސްރާއީލުގެ މަސްލަހަތު އޮންނަ އުޅަނދުތަކާއި، އިސްރާއީލުން ނުވަތަ އިސްރާއީލަށް ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދެމުންގެންދާނެ ކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ބުނެފިއެވެ. ހޫތީން ބުރާސްފަތި ދުވަހު ނެރނު ބަޔާނެއްގައި ބުނީ، ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ކުރިން ނެރުނު ބަޔާންތަކުގައި ދައްކާފައިވާ ހުރިހާ ވާހަކައެއްގެ މަތީގައި ގާއިމްވެތިބި ކަމަށާއި، އިސްރާއީލު ފިޔަވައި އެއްވެސް ގައުމަކަށް ކުރާ ދަތުރަކަށް ހުރަސް ނާޅާނެކަމަށެވެ. އިސްރާއީލުން […]
ސްޓާބަކްސްއަށް ސަޕޯޓުކުރި ތުރުކީ ނޫސްވެރިއެއް ވަޒީފާއިން ވަކިކޮށްފި
އިސްރާއީލުން ޣައްޒާގައި ހިންގާ ގަތުލުއާންމާއި ދެކޮޅަށް އިސްރާއީލުގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ބްރޭންޑުތައް ބައިނަލްއަޤްވާމީ ފެންވަރުގައި ބޮއިކޮޓް ކުރަމުން ގެންދިޔުމާއެކު، ތުރުކީގެ އާންމުންނާއި، ރައީސް ރަޖަބް ޠައްޔިބް އުރުދުޣާންގެ ސަޕޯޓަރުން އަންނަނީ މި ބޮއިކޮޓަށް އެއްބާރުލުންދީ އިސްރާއީލުގެ މަސްލަހަތު އޮން މުދަލަށް ނޫނެކޭ ބުނަމުންނެވެ. އެގޮތުން، ތުރުކީގެ ޓީވީ ޗެނަލެއް ކަމަށްވާ ޓީޖީއާރްޓީގައި ހުށައެޅުންތެރިޔެއްގެ ގޮތުން މަސައްކަތްކުރަމުން އައި މެލްޓެމް ގުނޭ، އިސްރާއީލުގެ މަސްލަހަތު އޮންނަ ސްޓާބަކްސް ކުންފުނީގެ ލޯގޯ ފެންނަންހުރި ކޮފީ ތައްޓެއް ހިފައިގެން އޮންއެއަރވުމާއެކު، […]
ހަ ގައުމެއްގެ ރައްޔިތުންނަށް ވިސާއާ ނުލައި ތުރުކީއަށް ދަތުރުކުރެވޭގޮތް ހަދައިފި
ގައުމެއްގެ ރައްޔިތުންނަށް ވިސާއާއި ުލައި ތުރުކީއަށް ދަތުރުކުރެވޭގޮތް ހައްދަވައި ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ސޮއިކުރައްވާ ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް ތުރުކީ ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފިއެވެ. މި ގަރާރުގައިވާގޮތުން، އެމެރިކާއާއި، ބަހްރޭނާއި، އެކުވެރި އަރަބި އިމާރާތާއި، ކެނެޑާއާއި، ސައުދީ އަރަބިއާ އަދި އޮމާނުގެ ރައްޔިތުންނަށް ވިސާއަށް އެދުމަކާިއ ނުލައި ތުރުކީއަށް ދަތުރުކުރެވޭނެއެވެ. ޑިސެންބަރު މަހުގެ 23 ވަނަ ދުވަހު ތަސްދީގުކުރި މި ގަރާރުގައިވާ ގޮތުގައި، މި ގައުމުތަކުން ދަތުރުކުރާ ފަތުރުވެރީންނަށް ކޮންމެ 180 ދުވަހެއްގެ ތެރެއިން […]
އިރާޤުގައި ތިބި އެމެރިކާ ސިފައިން ބޭރުކުރަނީ
ސަރަހައްދީ ހަމަނުޖެހުން ބޮޑުވަމުންދާ މި ދަނޑިވަޅުގައި ގައުމުގެ ސިޔަާދަތު ދެމެހެއްޓުމަށްޓަކައި ކަމަށް ބުނެ އިރާޤުގައި ތިބި އެމެރިކާގެ އަސްކަރީ ސިފައިން އެގައުމުން ބޭރުކުރަން ނިންމާފައިވާކަމަށް އިރާޤުގެ ބޮޑުވަޒީރު އަލް ސޫދާނީ ހާމަކޮށްފިއެވެ. “އެމެރިކާއާއި އެކުގައި ބާއްވާ ގުޅުމަށް ބަދަލު ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން. މި ސަރުކާރުން ގަސްތުކުރަނީ ބައިނަލްއަޤްވާމީ ކޯލިޝަނުގެ ސިފައިން އިރާޤުގައި ތިބޭ ތިބުމަށް ނިމުމެއް ގެނައުމަށް.“ އިރާނުން ވާގިވެރިވާ މިލިޝިއާތަކުން އިރާޤުގައި ތިބި އެމެރިކާގެ އަސްކަރީ ސިފައިންނާއި ދެކޮޅަށް ކޮންމެ ދުވަހަކު ޑްރޯނާއި […]
ނަމާދުގެ ކުރުމުގައި ޚުޝޫރަތްތެރިވުން
ނަމާދުގައި ޚުޝޫޢަތްތެރިވާން އެދޭ ކޮންމެ މީހަކުވެސް މިލިޔުން ކިޔައިލާށެވެ. އަދި އެކުވެރިންނާ ހިއްޞާވެސް ކޮށްލާށެވެ. ވަރަށް ރަނގަޅަށް މިކަމާއިމެދު ވިސްނަވައި ޢަމަލުކުރަން ޖެހޭނެއެވެ. ތިބާ ހުއްޓިހުރީ ﷲ ތަޢާލާގެ ކުރިފުޅުމަތީގައިކަން ހިތުގައި އޮންނަން ޖެހޭނެއެވެ. މާތްﷲ ތިބާއަށް ބައްލަވައިވޮޑިގެންވެއެވެ. ގިނަފަހަރަށް އަހަރެމެެނަށް ރަސްކަލެއްގާތު މާ ޚުޝޫރަތްތެރި ކަމާއިއެކު ގިނަބަޔަކު ތިބޭތަން އެބަފެނެވެ. އެހެންވުމުން ތިބާގެ ކިބައިގައި އެއްވެސް ސަމާލުކަމެއްނެތިތިބާގެ ވިސްނުމަށް ﷲ ނުގެނެވެނެއެވެ. ސިކުނޑީގައި ދައުރުކުރަމުން ގެންދާނީ މުޅިން ތަފާތު ފިކުރުތަކެކެވެ. ދުނިޔެއިން ތިބާ އެދޭ ކަންތައްތަކެކެވެ! ނޫންތޯއެވެ؟ ނިކަން ބުނެބަލާށެވެ! އެ ޙާލަތުގައި ތިބާގެ ދަރަޖައަކީ ކޮބައިހެއްޔެވެ؟ ތިބާގެ […]
ސައިފްއާއި އަމްރިތާ އެކުގައި ފެނުނީ ވަރަށް އުފާވެރިކޮށް: ޝަރުމީލާ
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާން އާއި އޭނާގެ ފުރަތަމަ އަންހެނުން ބަތަލާ އަމްރިތާ ސިންގް އެކުގައި ފެނުނީ ވަރަށް އުފާވެރިކޮށް ކަމަށް ސައިފްގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ޝަރުމީލާ ޓެގޯރް ބުނެފިއެވެ. ޝަރުމީލާ މިހެން ބުނެފައި ވަނީ ދާދި ފަހުން ސައިފް އާއެކު ބައިވެރިވި ކަރަން ޖޯހަރްގެ ޗެޓް ޝޯ، ”ކޮފީ ވިތް ކަރަން“ ގެ ސީޒަން 8 ގެ އެޕިސޯޑްގައި ވާހަކަދައްކަމުންނެވެ. އެގޮތުން ހޯސްޓް ކަރަން ޖޯހަރާ ވާހަކަ ދައްކަމުން […]
ހަނގުރާމާގައި ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ – ނަތަންޔާހޫ
ހަނގުރާމައިގާ މަރުވަމުންދާ އިސްރާއީލުގެ ސިފައިން އަދަދު އިތުރުވަމުން ދިއުމަށް އިޝާރާތް ކޮށް ޙަމާސްއާއި އެކު ކުރެވެމްދާ ހަނގުރާމައަށް ވަރަށްބޮޑު އަގެއް އަދާކުރަން އެބަޖެހޭ ކަމަށް އިސްރާއީލުންގެ ބޮޑުވަޒީރު ބެންޖާމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ. އޭނާ ބުނިގައި މިއީ ވަރަށް އުނދަގޫ ވަގުތެކެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުންގެންދާ ގަތުލު އާންމުގައި މިދިޔަ ކުރުދުވަހުން ފެށިގެން މި ހަފުތާގެ އާދީއްތަ ދުވަހާ ހަމަޔަށް އިސްރާއީލުގެ ސާދަ ސިފައިން މަރާލާފައިވާތީ އެކަމަށް އިޝާރަތްކޮށްފާ ނަތަންޔާހޫ ބުންޏެވެ. މިހާތަނަށް އިސްރާއީލު ސިފައިންގެ 150 މީހުންނަށްވުރެންވެސް ގިނައިން މަރާލާފައި ވިޔަސް ކެބިނެޓްގައި ވާހަކަ ދައްކަމުން އޭނާ އަދިވެސް […]
ހުދުމުހުތާރުކަން އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން އެމްޑީޕީ ދާނީ ކުރިއަށް: ފައްޔާޒު
ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް އާލާވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތައިގެން މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ ދާނީ ކުރިއަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމުސީލު ކުރައްވާ 13 މެމްބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރެއްވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ފައްޔާޒުގެ ޕޯސްޓުގައި ވަނީ އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅުނު ބޭފުޅުން […]
މަޖިލީހުގެ 13 މެންބަރަކު ޕީއެންސީއަށް ސޮއިކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ. ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި 13 މެންބަރުންގެ ތެރެއިން 3 މެންބަރުން ފިޔަވައި ދެން ތިއްބެވި 10 މެންބަރުން ވަނީ އެ ކޯލިޝަނުގެ ލީޑަރު ރައީސް ޑރ.މުޙައްމަދު މުޢިއްޒާ މެމްބަރޝިޕް ފޯމު ހަވާލު ކުރައްވައިފައެވެ. ދެން ގުޅިވަޑައިގެންނެވި ތިން މެންބަރުން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުގައި ކަމުން ޖަލްސާއަށް ވަޑައިނުގެންނެވުނީއެވެ. ޕީއެންސީއަށް ސޮއިކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ މަރަދޫ […]