އިސްރާއީލުން ހިންގަމުން ގެންދާ ގަތުލު އާންމު ދުނިޔޭގެ ޖިނާއީ ކޯޓަށް

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލު އާންމުގެ މައްސަލަ ދުނިޔޭގެ ޖިނާއީ އަދުލުގެ ކޯޓަށް ދެކުނު އެފްރިކާއިން ހުކުރު ދުވަހު ހުށައަޅައިފިއެވެ. ދެކުނު އެފްރިކާގެ ޑިޕާރޓްމެންޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސްއިން މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ. އެ ޑިޕާރޓްމެންޓުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ފަލަސްތީނުގައި އިސްރާއީލު ސިފައިން ހިންގަމުންގެންދާ ޖަރީމާތަކާއި ގަތުލު އާންމު ހުއްޓުވަން އިސްރާއީލު ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.  ދެކުނު އެފްރިކާގެ ހުށައެޅުމުގައި ބުނެފައިވަނީ ޖެނޮސައިޑް ކޮންވެންޝަނަކީ ޖަރުމަނުން އިސްރާއީލުންގެ މައްޗަށް ހިންގަމުން ގެންދިޔަ އަނިޔާވެރި ހޮލޯކާސްޓަށް ބިނާކޮށް ފާސްކުރެވުނު ގަރާރެއް ކަމުގައި ވީ ހިނދު […]

 2024 ވަނަ އަހަރު ދެބަސްވުންތަކާ ދުރުހެލިވާން ބޭނުން: ކަރީނާ 

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރް މި ފެށޭ 2024 ވަނަ އަހަރު ދެބަސްވުންތަކާއި ދުރުހެލިވާން ބޭނުންވާ ކަމަށް ބުނެފިއެވެ.  މިވަގުތު ރައްޓެހިންނާއި އާއިލާއާއެކު ސްވިޒަލޭންޑްގެ ސްނޯ ފަރުބަދަތަކުގެ ތެރޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަރީނާ އޭނާގެ ސޯޝަލް މީޑިއާގައި ދާދި ފަހުން ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ ކުރިއަށް އޮތް އަހަރަށް ތަބާވާން ބޭނުންވާ ބައެއް ކަންކަން ހިއްސާކޮށްފައެވެ.  ކަރީނާ ޝެއާ ކުރި ޕޯސްޓުގައި ބުނީ ”އަހަރެން މިހުރީ އަހަރެންގެ ހަޔާތުގައި އަމިއްލައަށް ޖަދަލުތަކުން ދުރުހެލިވާ […]

ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމަކަށް

ދުނިޔޭގެ ފުންނާބު އުސް މިލިޓްރީ ތަޖްރިބާކާރުން ގެ ނަޒަރުގައި ރަޝިޔާއާއި ޗައިނާއިން މިލިޓްރީ އެއްބަސްވުމެއް ގާއިމް ކުރުމަކީ މިހާރުވެސް ދުނިޔޭގެ ކުރިމަތީގައި ބާރުކެނޑެމުންދާ އެމެރިކާގެ ނުފޫޒަށް ލިބިގެންދާނެ އިތުރު ހީނަރުކަމެކެވެ.  އަދި އެތައްޒަމާނަކަށް ދެމިގެންމިދާ އެމެރިކާގެ ބާރުގަދަ ރަސްކަމަށް މެދުވެރިވާނެ ނުރައްކަލެއްވެސް މެއެވެ. ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުމާއެކު މި ނުރައްކަލުގެ ފެށުމާ ކުރިމަތިލާން ޖެހޭނެކަން އެމެރިކާއަށްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެކަމަށް ބެލެވެއެވެ. ރަޝިޔާއާއި ޗައިނާ މިލިޓްރީގޮތުން ގުޅުން ބަދަހިވަމުން ދާތަން އެމެރިކާއިންވެސް ދަނީ ބަލަމުންނެވެ. މިލިޓްރީގޮތުން އެއްވެސް ގައުމަކަށް އެމެރިކާއާއި ކުރިމަތި […]

މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ގެއްލުންވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ އެކި ރަށްރަށުގައި ފެންބޮޑުވެ ބައެއް ގޭގެއަށް ފެންވަދެ ގެއްލުންވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ހާމަކޮށްފައިވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުމާ ގުޅިގެން ފ.ނިލަންދުއާއި ކ.ގުރައިދުއާއި ލ.ގަމާއި ލ.ފޮނަދުއާއި އައްޑޫ ސިޓީ މަރަދޫއިން ވެސް ވަނީ ރިޕޯޓް ކޮށްފައެވެ. އެގޮތުން ކ.ގުރައިދޫ ގެ 20 ގެއެއްގައި ފެންބޮޑުވެ 3 ގެއަކުން އެހެން ތަންތަނަށް ބަދަލުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. މީގެއިތުރުން ފުވައްމުލަކުގައި 15 ގެއަށްވުރެ ގިނަ ގޭގައި […]

ބަނގުރަލާއެކު ހައްޔަރުކުރި ތިން ބިދޭސީއަކު ކޯޓަށް ހާޒިރުކުރުމުން ބަންދުކޮށެއް ނުދިން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ދެ އޮޮޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ބިދޭސީއަކު ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ ގަވައިދާ ޚިލާފަށް މާލެއަށް ބަނގުރާ އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކާއި އިންޑިޔާގެ 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނުގައި […]

އެމްޑީޕީން އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވުމަށް އެންޓި ޑިފެކްޝަން ގާނޫނު އެކުލަވައިލުމުގެ މަސައްކަތް އެމްޑީޕީން ފަށައިފިއެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވީ ސަރުކާރުތައް ބަދަލުވާއިރު ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ފެންނަ ކަމަށާއި މަޖިލީހަށް އިންތިޚާބުވާ އަދަދަށް އެއްވެސް އިރެއްގައި މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ. އެގޮތުން މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުން އެމްޑީޕީއާ ރަހުމަތްތެރި ޕާޓީތަކާއެކު އެންޓި ޑިފެކްޝަން ގާނޫނެއް […]

ވީރާނާ ކޮށްލާފައިވާ ޑޮންބަސް އަހަރެމެންނަށް ގެއްލިއްޖެ – ޔޫކުރެއިން

ޚަބަރުތައް ބުނާގޮތުގައި ޔޫކުރެއިންގެ ކީވް ސިޓީގެ ވީރާނާ ކޮށްލާފައިވާ އިރުމަތީ ޑޮންބަސްގެ މަރިންކާ ޔޫކްރެއިނަށް ގެއްލިއްޖެކަމަށާއި އެސަރަޙައްދުން ޔޫކްރެއިންގެ ސިފައިން އެއްކޮށް ފައިބައިގެން ހިނގައްޖެއެވެ. މިއީ މޭ މަހުގެ ފަހުން ޔޫކްރެއިނަށް ގެއްލުނު ފުރަތަމަ ބޮޑު ޝަހަރެވެ. ޔޫކްރެއިންގެ ބައެއް މިލިޓްރީ އޮފިޝަލުން މިދިޔަ އަންގާރަ ދުވަހުވެސް ބުނެފައިވަނީ އެ ޝަހަރު އޮތީ ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށުގައި ކަމަށެވެ.  އެހެންނަމަވެސް އެ ޝަހަރު އެއްކޮށް ގެއްލިއްޖެ ކަމަށް އެ ގައުމުގެ އެންމެ ސީނިއަރ ކޮމާންޑަރ ޖެނެރަލް ވަލޭރީ ޒަލުޒްނީ ވަނީ ކަށަވަރ ުކޮށްދީފައެވެ.ޖެނެރަލް ވިދާޅުވެފައިވަނީ […]

22 ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީން ފާސްކޮށްފި

ސަރުކާރުގެ ކެބިނެޓަށް އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާާ މިންވަރު ބަލާ ކޮމިޓީއިން މިއަދު ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެއްވި 22 ވަޒީރުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެގޮތުން އެ މައްސަލަ ދިރާސާކުރުމަށްފަހު ވަޒީރުންގެ ޝަރުތު ހަމަވާކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. ނަމަވެސް މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތައް ފާސްނުކުރާ ކަމަށާއި ކޮމިޓީ […]

ވެރިކަމުގެ ފުރަތަމަ 100 ދުވަހުން އެނގެނީ ކޮންކަމެއް؟

ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް، އެބައެއްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ނިމުމުގެ ކުރިން އިންތިޚާބުގެ ދުވަސްވަރު ވެފައިވާ ބޮޑެތި ވަޢުދުތައް ފުއްދޭކަން ދެއްކުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއެވެ. ކުރަންވެސް ޖެހޭނެއެވެ. ބޭރުފުށުން އެކަން ދެއްކުމަށްޓަކައި ކަމުގައިވީނަމަވެސް މެއެވެ. ކޮންމެ ރައީސަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާތުގައި ގެންގުޅޭ އައުވާނުންގެ މައްސަލައެވެ. ކައިރީގައި ގެންގުޅޭ މުސްތަޝާރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ކަންފަތްފުޅަށް ރައްޔިތުންގެ ވާހަކަތައް އިއްވަވާއިރުހުންނަނީ ފޮނިތޮށި ކާފުރުތޮޅި އަޅައި މީރުކޮށްލާފައެވެ. ޙަގީގަތާއި މުޅިން ޚިލާފްވިނަމަވެސް އެކަމަކަށް ފިކުރެއް ނެތެވެ. އަމިއްލަ އެދުމަށްޓަކައެވެ. 2008 ވަނަ އަހަރުގެ ފަހުން އައި އެއްވެސް […]

އަހަރެންގެ ލޯބީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވަހަކުވެސް ނުދައްކާނަން: އަނަންޔާ 

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ އަނަންޔާ ޕާންޑޭ 25އ އޭނާގެ ލޯބީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވަހަކުވެސް ނުދައްކާނެ ކަމަށް ބުނެފިއެވެ.  ބަތަލާ އަނަންޔާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ބޮލީވުޑްގެ އެކްޓަރު އަދިތްޔާ ރޯއީ ޗޯޕްރާ 38އ އާއެވެ.  ލޯބީގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދުވަހަކުވެސް ނުދައްކާނެ ކަމަށް އަނަންޔާ ބުނެފައި ވަނީ ދާދި ފަހުން އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައެވެ.  އެގޮތުން ޑޭޓިން އެޕްލިކޭޝަންތަކުގައި އަދި ސޯޝަލް މީޑިއާގައި ލޯބީގެ ގުޅުންތަކުގެ ވާހަކަތައް ނުދައްކާނެ […]