ހަނގުރާމައަށް އެހީ ދިނުމަށް ރިޕަބްލިކުންގެ ރުހުމެއް ނުލިބުނު

ޔޫކްރެއިނަށާއި އިސްރާއީލަށް 110 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމުގެ ހުއްދައަށް އެދި އެމެރިކާ ސަރުކާރުން ކޮންގްރެސްއަށް ހުށައެޅުމުން އެކަމަށް ކޮންމެހެން ބޭނުންވާ 60 ވޯޓް ލިބޭގޮތެއް ނުވިއެވެ.   ފަލަސްތީނާއި އިސްރާއީލުގެ ހަނގުރާމައިގެ ވަގުތުގައި އެ ފައިސާ ދިނުން ހުއްޓުވަން ބާރު އެޅީ އިދިކޮޅު ރިޕަބްލިކް ނުންނެވެ. އެޕާޓީން ދެކޭގޮތުގައިއެމެރިކާއާއި އެހެން ގައުމުތަކާއި ގުޅިފައިވާ ބޯރޑަރުތަކުގެ މައްސަލައަކީ އެމެރިކާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި މިހާރުން މިހާރަށް ގޮތެއް ނިންމަން ޖެހިފައިވާއިރު އެކެން މަޑުޖައްސާފައި އެވަރުގެ ބޮޑު ހޭދައެއް އެހެންގައުމެއްގެ ހަނގުރާމައަށްޓަކައި މިދަނޑިވަޅު ދެވޭކަން ނެތީއެވެ. ފުރަތަމަ އެމެރިކާ ބޯޑަރގެ ސަލާމަތީ ކަންތައްތަކަށް ރަނގަޅު ނިމުމެއް ނިންމަންޖެހޭކަމަށެވެ. 49 […]

ފައިލޭރިއާ ބަލީގެ ވޭދަނަތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެ

ރާއްޖޭން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް ކުޅުދުއްފުށީ ސިޓީން ފެނިއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި އަހަރުގެ ދުނިޔޭގެ އެއިޑްސް ދުވަސް ޤައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ގޮތުން މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕެއްގެ ތެރެއިން ފައިލޭރިއާގެ ވޭދަނަތަކެއް ފެނިފައިވާ ކަމަށެވެ.   އެހެންކަމުން ފައިލޭރިޔާ ސްކްރީނިންގ […]

ކުރިއަށް އޮތް އެއް އަހަރުތެރޭ އައިވީއެފްގެ ޚިދުމަތް ދޭން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން

ކުރިއަށް އޮތް އެއް އަހަރުތެރޭ އައިޖީއެމްއެޗުން އައިވީއެފްގެ ޚިދުމަތް ދޭން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ ކުރިން އާސަންދައިގެ އުސޫލުގައިވާ ގޮތުން ދަރިމައިވުމާ ގުޅޭ ފަރުވާތަކަކީ އާސަންދައިގެ ދަށުން ކަވާ ނުކުރާ ފަރުވާތަކެއް ކަމަށެވެ. ނަމަވެސް މިއަދުން ފެށިގެން ދަރިމައިވުމުގެ ޚިދުމަތްތަކާ ގުޅޭ ފަރުވާތައް އާސަންދައިން ކަވާ ކުރާނެ ކަމަށް ފިރުޒުލް […]

ރައީސްގެ ތުރުކީ އާއި ދުބާއީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ ޚަރަދު ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ޚަރަދުވީ ޓިކެޓަށް ކަމަށާއި ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށެވެ. މީގެ އިތުރުން 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ޚަރަދުތައް ހަމަޖައްސައި ދިނަސް، […]

އެއަރ-ޓު-އެއަރ މިސައިލާއެކު އިރާނުން ތައްޔާރުކުރި ކައްރާރް ކޮމްބެޓް ޑްރޯންތައް ދައްކާލައިފި

އެއަރ-ޓު-އެއަރ މިސައިލު ލެއްވޭގޮތަށް އިރާނުން ތައްޔާރުކުރި ކައްރާރް ކޮމްބެޓް ޑްރޯންތައް އާދީއްތަ ދުވަހު ދައްކާލައިފިއެވެ. އިރާނުން ތައްޔާރުކުރި ކައްރާރް ޑްރޯނަކީ 8 ކިލޯމީޓަރު (5 މޭލު) ގެ ރޭންޖުގެ މަޖީދް ތާމަލް މިސައިލު ހަރުކޮށްފައިވާ ޑްރޯނެކެވެ. 2010 ވަނަ އަހަރު އަލަށް ތައާރަފްކުރި ކައްރާރް ޑްރޯނަކީ 1000 ކިލޯމީޓަރު (620 މޭލު) ގެ އޮޕަރެޝަން ރޭންޖުގެ ޑްރޯނެކެވެ.  އިރާނުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، އިރާނުގެ އަސްކަރިއްޔާއިން މި ޑްރޯންތައް ބޭނުންކުރާނީ އެގައުމުގެ ބޯޑަރުތަކުގައެވެ. އެގޮތުން، އިރާނާއި ދިމާލަށް އަމާޒުވާ […]

އިސްރާއީލު ބޮއިކޮޓްކުރުމުގެ ހަރަކާތުގެ އަސަރުތައް ފެންނަން ފަށައިފި

އެއީ ތެދެކެވެ. އިސްރާއީލާއި އެގައުމުގެ މަސްލަހަތު އޮންނަ ކުންފުނިތައް ބޮއިކޮޓް ކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގަމުން އަންނަ ބޮއިކޮޓް ހަރަކާތުގެ ނަތީޖާ ފެންނަން ފަށައިފިއެވެ.  މަޝްހޫރު ކުޅިވަރު ސާމާނާއި އަންނައުނު އުފައްދާ ބްރޭންޑެއް ކަމަށްވާ، ޕޫމާއިން އިސްރާއީލު ފުޓުބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) އާއި އެކު އޮންނަ އެއްބަސްވުން އަލެއް ނުކުރާނެއެވެ.  މިއީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގަށް ލިބުނު ނަސްރެކެވެ. ބޮއިކޮޓް ހަރަކާތަށް ލިބުނު ކާމިޔާބެކެވެ. ބޮޑެތި ކުށްތަކަށް އަރައިގަނެ، ބޮޑެތި ޖަރީމާތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ވިޔަފާރި އިނދަޖެހުމުން […]

ހިލޭ ބޯންމެރޯ ހަދާ ފުރަތަމަ ޕޭޝަންޓް ފުރައިފި

ސަރުކާރުގެ އެހީގައި ހިލޭ ބޯންމެރޯ ހަދާ ފުރަތަމަ ޕޭޝަންޓް މިއަދު ރާއްޖެއިން ބޭރަށް ފުރައިފިއެވެ. ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ނިންމީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ “ހަފުތާ 14“ ގައި ހިމެނޭ ކަންކަމުގެ ތެރެއިން 04 ހަފުތާގެ ތެރޭގައި ހާސިލުކުރެވުނު ކަންކަން ހިއްސާކުރުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ […]

ކުރީ ސަރުކާރުން އިންޑިއާއާއެކު ހެދި ހައިޑްރޯގްރަފީ އެއްބަސްވުން އާ ނުކުރަން މި ސަރުކާރުން ނިންމައިފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކޮށްފައިވާ ހައިޑްރޯގްރަފީ ސާވޭ ހެދުމުގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާކަން އިންޑިއާއަށް އަންގާފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ “ހަފުތާ 14“ ގައި ހިމެނޭ ކަންކަމުގެ ތެރެއިން ހަތަރު ހަފުތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާތަކަށް ހިއްސާކުރުމަށް ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް ޚަލީލު ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ ކަނޑުގެ […]

100 ޑޮލަރުގެ ވަގު ނޫޓުތަކެއް ދައުރުވަނީ

100 ޔޫއެސް ޑޮލަރުގެ ސައްޙަނޫން ނޫޓުތަކެއް ބާޒާރުގައި ދައުރުވަމުންދާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ. އެމްއެމްއޭއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި ދައުރުވަމުންދަނީ 1996 އާއި 2016 ވަނަ އަހަރާއި ދެމެދު ޗާޕުކުރެވިފައިވާ، ހުދު ބޯޑަރު އެޅި 100 ޔޫއެސް ޑޮލަރުގެ ނޫޓުތަކެކެވެ. އަދި އެ ނޫޓުތަކުން ފާހަގަކުރެވުނު ސައްހަ ނޫޓުތަކާއި ޚިލާފު ބައެއް ސިފަތައް އެމްއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.  މިގޮތުން އެމްއެމްއޭއިން ބުނެފައިވަނީ، މި ނޫޓުތައް ޗާޕުކޮށްފައި ހުރީ ސައްޙަ ނޫޓު […]

ރާއްޖޭގެ ޑިޖިޓަލް ޚިދުމަތް ކުރިއެރުވުމަށް އުރީދޫ ގްރޫޕާ މަޝްވަރާ ކުރައްވައިފި

ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތައް ކުރިއެރުވުމަށް އުރީދޫ ގްރޫޕާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ. އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީ.އީ.އޯ. ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ އަލް ތާނީ އާއި އުރީދޫ ގްރޫޕްގެ އިސްވެރިންނާއެކު ރައީސް މުޢިއްޒު ބޭއްވި މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ […]