އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރު ސިރާޖުގެ ތާއީދު ޑރ.މުޢިއްޒަށް

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިރޭ ވިދާޅުވެއްޖެއެވެ. އެމްޑީޕީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ހުންނެވި ސިރާޖު މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ. “އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާތީ މިއަދުން ފެށިގެން އެމްޑީޕީން އަޅުގަނޑު ވަކިވެއްޖައިން.“ މިއަދު ހެނދުނު ސިރާޖު ކުރެއްވި ޓުވީޓެއްގައިވެއެވެ. އެއަށްފަހު ޑރ.މުޢިއްޒުއާއެކު ހުންނެވި ފޮޓޯއެއް ހިއްސާ ކުރައްވަމުން […]

މައި ކެނޑިޑޭޓެއް ޤަތުލުކުރި އިންތިޚާބުގެ ވޯޓުލުން އިކުއެޑޯރގައި މިއަދު ބާއްވައިފި

ރިޔާސީ އިންތިޚާބުގައި ވާދަކުރި މައި ކެނޑިޑޭޓެއް ޤަތުލުވެގެން ދިޔުމާއެކު ކެމްޕެއިނުގެ މަސްރަޙަށް އައި މާޔޫސްކަމަށްފަހު އިކުއެޑޯރގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ބާއްވައިފިއެވެ. މަސްތުވާތަކެތީގެ ވަގު ވިޔަފާރީގެ އަވައިގައި ޖެހި ގައުމު ހަލަބޮލިވެ ދާޚިލީ ހާލަތު ގޯސްވެފައިވާ އިކުއެޑޯރއަކީ މީގެކުރިން ސުލްޙަވެރި އަމާން ތަނެއްގެ ގޮތުގައި ފާހަގަކުރެވުނު ގައުމެކެވެ. ރިޔާސީ ރޭހުގައި ބައިވެރިވި އަށް ކެނޑިޑޭޓުން ބުލެޓްޕްރޫފް ވެސްޓުގައި ކެމްޕެއިނުކޮށް ނިންމާލި މި އިންތިޚާބުގެ ސުލްޙަވެރިކަން ދެމެހެއްޓުމަށްޓަކައި ނެރެފައިވަނީ ސިފައިންނެވެ. އަދި ދެކުނު އެފްރިކާގެ މި ކުޑަ […]

ރައީސްއެވެ! ޑޮލަރުގެ ވަގު މާރކެޓް ހުށްޓުވަދެއްވާށެވެ! މިއަދު 18.05ރ

އެމްޑީޕީގެ 2008 އަދި 2018 ގެ ވަޢުދު ފޮއްޓަށް އަތްބާނާ ބަލާލިއިރު ފެންނަނީ ހުރިހާ ދިމާލަކުންވެސް ރައްޔްތުމީހާއަށް ލުއިފަސޭހަ ގޮތްތައް ވެދިނުމަށް ފުންކޮށް ވިސްނުމަށްފަހު ވެފައިވާ ވަޢުދުތަކެކެވެ. އެވަޢުތައްވާން ނިންމި ނިންމުމުގެ ސެހެރީގައި ބުނެފައިވަނީ މިކަންކަމަކީ ރައްޔަތުމީހާގެ އަރިހަށްގޮސް ރައްޔަތުމީހާ ތާހިރު ދިރިއުޅުމެއްގެ ތެރެއިން އެމްޑީޕީން ކުރާނެ ހެޔޮ ވެރިކަމެއްގައި ކޮންމެހެން ކޮށްދޭންޖެހޭނެ ކަމަމަށްވީހިނދު އެގޮތުން ވެވޭ ވަޢުދުކަމުގައެވެ.  އެއްވެސް ޙާލެއްގައި މަކަރާއި ޙީލަތުން ނުކުރެވޭވަރުގެ ދޮގުވާހަކަތަކުން ރައްޔަތު މީީހާއަށް ދަޅަދައްކުވައި ދައުލަތްހިންގުން އަތުލުމަށްފަހު ރައްޔަތުމީހާ މަތީން ހަނދުމަ ނުނެތޭނެ ކަމުގައެވެ. […]

ސައުދީ އަރަބިއާގައި 2022 ވަނަ އަހަރު 350،000 ވަރި

2022 ވަނަ އަހަރު ސައުދީ އަރަބިއާގައި ރިކޯޑުކުރެވުނު ވަރީގެ އަދަދު 350،000 އަށް އަރާފައިވާކަމަށް އެގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޓެޓިސްޓިކްސް އިން ޝާއިއުކޮށް ނެރުނު 2022 ވަނަ އަހަރުގެ ”ސައުދީ ވިމެންސް ރިޕޯޓު“ ން ހާމަވެއްޖެއެވެ. އެ ރިޕޯޓުގައި ލިޔެފައިވާގޮތުގައި، އެންމެ ގިނަ ވަރި ރިކޯޑުކުރެވިފައިވަނީ 30 އަހަރާއި 34 އަހަރާއި ދެމެދުގެ އުމުރުފުރާގެ ބައިވެރިންގެ މެދުގައެވެ. އަދި މި އުމުރުގެ 54،000 އަންހެނުން ވަރިވެފައިވެއެވެ. އެހެންނަމަވެސް، ސައުދީ އަރަބިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް ގެ […]

މެންބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މިއަދު ފޮނުއްވި ސިޓީގައި ސިރާޖު ވަނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިރާޖު ވަނީ އެމްޑީޕީގެ ދަފުތަރުން އޭނާގެ ނަން އުނިކޮށްދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް ސިރާޖަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގައި ހުންނެވި މެންބަރެކެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދުކުރެއްވީ ރައީސް ޞާލިޙަށެވެ. […]

ދީނީ ޢިލްމުވެރިޔާ ޝައިޚް އުޘްމާން ޢަބްދުﷲ އަވަހާރަވެއްޖެ

ރާއްޖޭގައި ދީނުގެ އިލްމު ފެތުރެއްވުމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިޔާ ޝައިޚް އުޘްމާން ޢަބްދުﷲ މިއަދު އަވަހާރަވެއްޖެއެވެ. ޝައިޚް އުޘްމާން އަވަހާރަވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. ރާއްޖޭގައި ދީނީ ތަޢުލީމު ފެތުރުއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ޝައިޚް އުޘްމާނަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. ޝައިޚް އުޘްމާން […]

ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކޮށްފި, އެންމެ މުހިންމު ސިޔާސަތަކީ “ގެދޮރުވެރިކަން“

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ މިރޭ ލޯންޗުކޮށްފިއެވެ. ޑރ.މުޢިއްޒުގެ މެނިފެސްޓޯ ލޯންޗުކުރީ ހުޅުމާލޭ ދެވަނަ ފޭސްގައި މިރޭ އެކަމަށްޓަކައި ބޭއްވި ޖަލްސާގައެވެ.  މި މެނިފެސްޓޯގެ ނަމެއްކަމުގައި ހަމަޖައްސާފައިވަނީ “ދިވެހިންގެ ރާއްޖެ“ އެވެ. ޑރ.މުޢިއްޒު ވިދާޅުވީ މިއީ މިވަގުތަށް އެންމެ އައުލާކަން ބޮޑު އެންމެ މުހިންމު ޝިއާރުކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ފެނިވަޑައިގަންނަވާތީ ކަނޑައެޅުއްވި ނަމެއް ކަމަށެވެ. ޑރ.މުޢިއްޒު ވިދާޅުވީ ދިވެހިންގެ ރާއްޖެ އަނބުރާ ހޯދުމަށް އެންމެން އަތުކުރި […]

ޑރ.މުނައްވަރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމަށްފަހު އެ ނިންމެވުން އަނބުރާ ގެންދެވި ކުރީގެ ބަންޑާރަ ނައިބު ޑރ.މުޙައްމަދު މުނައްވަރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. މި ނިންމެވުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ޑރ.މުނައްވަރު މިއަދު ވިދާޅުވީ މިފަދަ ނިންމެވުމެއް ނިންމެވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭނެ ކެންޑިޑޭޓަކީ ޑރ.މުޢިއްޒު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަންނަ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ބޭނުންވާ ޑރ.މުނައްވަރު ސޮއި ވެސް ހަމަކުރެއްވިއެވެ. […]

ފިޑެލް ކާސްޓްރޯއަކީ ކާކުކަން އެނގޭ ހެއްޔެވެ؟

ކިއުބާގެ މަޝްހޫރު އިންގިލާބީ އަދި ސިޔާސީ ލީޑަރެއްކަމަށްވާ ފިޑެލް ކާސްޓްރޯ އުފަންވީ 1926 ވަނަ އަހަރުގެ މި ހަފްތާތެރޭގައެވެ. އޭނާ އިސްވެހުރެ ޗޭ ގުއެވާރާ ފަދަ އެހެން އިންގިލާބީ ލީޑަރުންނާއެކު ގެރިއްލާ ކެމްޕޭނެއް ހިންގާ އޭރު އެމެރިކާގެ ތާއީދު ހޯދައިގެން ހުރި ހުދުމުޚުތާރު ވެރިޔާ، ފުލްގެންސިއޯ ބަޓިސްޓާގެ ވެރިކަން ވައްޓާލިއެވެ. އަދި ކިއުބާގެ އިންގިލާބުގެ ކުރިން، އެމެރިކާގެ ބާރުގެ ދަށުގައި ކިއުބާގެ މައިންތަކުގެ 90 އިންސައްތަ އޮތްއިރު، އާންމު ޚިދުމަތްތަކުގެ 80 އިންސައްތައާއި، ރެއިލްވޭތަކުގެ 50 އިންސައްތަ، […]

އިންފްލޭޝަން މަތިވެ ޑަޗް އިޤްތިޞާދު ރިސެޝަނަށް!

އިންފްލޭޝަން މަތިވުމުގެ ސަބަބުން އިޤްތިޞާދު ދަށްވެ ޑަޗް އިޤްތިޞާދު ރިސެޝަނަކަށް ވެއްޓިއްޖެއެވެ. ސްޓެޓިސްޓިކްސް ނެދަލެންޑްސްގައި ބުދަ ދުވަހު ޝާއިއުކުރި އަންދާޒީ ރިޕޯޓަކުން ދެއްކި ގޮތުގައި، އަހަރުގެ ދެވަނަ ކުއާޓަރަށް ބަލާއިރު ޑަޗް އިޤްތިޞާދު ވަނީ ކޮންމެ ކުއާޓަރަކު 0.3 އިންސައްތައިގެ ވެއްޓުމެއް ވެއްޓިފައެވެ. އަދި އެގައުމުން މިހާރު ރިސެޝަނަކަށް ވެއްޓިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ޔޫރޯ ފައިސާ ބޭނުންކުރާ ސަރަހައްދުގެ ފަސްވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ ނެދަރލެންޑްސްގެ އިޤްތިޞާދު ވިދިވިދިގެން ދެ ކުއާޓަރުގައި ދަށަށް ގޮސްފައިމިވަނީ، އަހަރުގެ ފުރަތަމަ […]