“މުޢިއްޒު ދަރުބާރު“ ޖަގަހަ ހުޅުވުން މިރޭ

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ  “މުޢިއްޒު ދަރުބާރު“ ޖަގަހަ ހުޅުވުން މިރޭ އޮންނާނެކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. ހއ.އަތޮޅަށް ޚާއްސަކޮށްގެން ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު ހުޅުވާ ”މުޢިއްޒު ދަރުބާރު“ ޖަގަހަ ހުޅުވުން އޮންނާނީ މިރޭ 20:30 ގައެވެ. ޗާންދަނީ މަގު (ޖަލާލުއްދީން މިސްކިތް ކުރިމަތި) ގައި ހުންނަ މި  ޖަގަހަ ހުޅުވައިދެއްވާނީ ޑރ.މުޢިއްޒެވެ. މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ރައްޔިތުންނަށް ދައުވަތު ދީފައެވެ.

ޑރ.ޝަހީމާއި ޑރ.އަނާރާގެ ތާއީދު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޢިއްޒަށް

އަންނަ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަނާރާ ނަޢީމް ނިންމަވައިފިއެވެ. މި ދެބޭފުޅުން ޑރ.މުޢިއްޒަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޑރ.ޝަހީމް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި އެކުވެރި މުޢިއްޒަށް ތާއިދުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި މިކަމުގެ ތަފުސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މުޢިއްޒަށް ތާއީދުކުރައްވަން ނިންމެވިކަން ހާމަކުރައްވައި […]

ސްވީޑެންގައި ޤުރްއާން އެންދި މީހެއްގެ ގަޔަށް ސްޕްރޭކުރި އަންހެނަކު ހައްޔަރުކޮށްފި

ސްޓޮކްހޯލްމްގައި ހުންނަ އިރާން އެމްބަސީގެ ބޭރުގައި އިސްލާމްދީނާ ދެކޮޅަށް ކުރިއަށް ގެންދިޔަ އެއްވުމެއްގައި ޤުރްއާން މުސްޙަފެއް އެންދި ފިރިހެނެއްގެ ގަޔަށް ފަޔަރ އެކްސްޓިންގުއިޝަރ އަކުން ސްޕްރޭކުރި އަންހެނަކު ސްވީޑެންގެ ފުލުހުން ހައްޔަރުކޮށްފިއެވެ. އާންމުވި ވީޑިއޯގައި ފެންނަނީ އަންހެނަކު އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް އަންހެނަކު ހައްޔަރުކުރުމުގެ ކުރިން އެ އަންހެން މީހާ، ސަލްވާން މޮމީކާ ނަމަކަށް ކިޔާ މީހަކާއި ދިމާއަށް ދުވެފައި ގޮސް އޭނާގެ ގަޔަށް ހުދު ޕައުޑަރެއް ސްޕްރޭކުރާ މަންޒަރެވެ. ހުކުރު ދުވަހު ހިނގައިދިޔަ ހާދިސާގައި […]

ބިދޭސީ މަސައްކަތްތެރިންނަށް ޚާއްސަ ޕައިލެޓް ޕްރޮގްރާމެއް ކެނެޑާއިން ތައާރަފްކުރަނީ

މަސްކަތުގެ މައިދާނަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށްޓަކައި ކުރާ ތަދުބީރީ މަސައްކަތެއްގެ ގޮތުން، ”ރެކޮގްނައިޒްޑް އެމްޕްލޯޔަރ ޕައިލެޓް“ގެ ނަމުގައި ސެޕްޓެމްބަރު މަހު އައު ޕްރޮގްރާމެއް ތައާރަފުކުރުމަށް ކެނެޑާގެ ސަރުކާރުން ތައްޔާރުވެފައިވާކަން ހާމަކޮށްފިއެވެ. މި މަސައްކަތަކީ ކެނެޑާ ސަރުކާރުގެ ”ޓެމްޕަރަރީ ފޮރިން ވަރކާ ޕްރޮގްރާމް (ޓީއެފްޑަބްލިއުޕީ) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި ގަބޫލުކުރެވޭގޮތުގައި ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާއަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލުތަކަށް ހެޔޮ ބަދަލެއް ގެނެސް، އިދާރީގޮތުން ކުރިމަތިލާންޖެހޭ ދަތިތަކާއި، އަންނަ ހުރަސްތަކަށް މި ޕްރޮގްރާމް […]

“ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ: އިސްލާމްދީން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމްދީން ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ހިމަނުއްވައިފިއެވެ. ޑރ.މުޢިއްޒުގެ “ދިވެހިންގެ ރާއްޖެ“ މެނިފެސްޓޯ ނެރުމަށް ކުރިން ހަމަޖެެއްސީ ބައިބަޔަށް ބަހާލައިގެންނެވެ. ނަމަވެސް މިއަދު އިދިކޮޅު ކޯލިޝަނުން ވަނީ މެނިފެސްޓޯ މީޑިއާތަކާ ހިއްސާކޮށްފައެވެ. މެނިފެސްޓޯގެ ޗެޕްޓަރު 6 ގައި ވާ ގޮތުން ފަޤީރުންނަށް ދައުލަތުން ހިލޭ ފަރުޟު ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް 5 އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި […]

އިސްލާމީ ތާރީޚުގެ އަލީގައި ޗެންގީޒް ޚާނަށް ބަލައިލުމެއް – 1

ތާރީޚު އިލްމަކީ މާޒީގެ ޙާދިސާތައް ކުރިއަށްއޮތް ޖީލުތަކަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރަމުން ގެންދާ ވަސީލަތް ކަމުގައި އެއްވެސް ކިއުންތެރިއަކު ދެބަސްނުވާނެއެވެ.  ހަމަ އެއާއި އެކު ދެނެގަންނަންޖެހޭ އަނެއް ޙަގީގަތަކީ ތާރީޚުގެ ޙާދިސާތައް ގެނެސްދިނުމަކީ އިންސާނުންނާއި ގުޅިފައިވާ ކަމަކަށްވުމާއިއެކު އެ ޙާދިސާތައް ގެނެސްދީފައިވަނީ ސައްތަ އިންސައްތަ ޙަގީގަތާއި އެއްގޮތަށް ކަމަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.  އެ ޙާދިސާތަކުގެ މަޢުލޫމާތު ގެނެސްދޭ މީހާގެ ވިސްނުމާއި ފިކުރާއި އަދި އޭނާ ޖައްސަން ބޭނުންވާ ކުލައެއް އޭގައި ޖެއްސުމުގެ ފުރުސަތު އޭނާއަށް […]

ނޭޓޯގެ މެމްބަރޝިޕް ގެ އަގަކަށް ބެލްގޮރޯޑް ރަޝިޔާއަށް ދީފާނަން – ޒެލެންސްކީ

ނޭޓޯގެ މެމްބަރުކަން ލިބިދިނުމަށްޓާކައި ޔޫކްރެއިނުގެ ބައެއް ސަޙަރައްދުތައް ރަޝިޔާއަށް ދޭންޖެހޭނެކަމަށް ނޭޓޯގެ ބާރުގަދަ މެމްބަރަކު ހާމަކުރެއްވުމާއި ގުޅިގެން އުފެދިފައިވާ ސުވާލަށް ޖަވާބު ދިނުމުގެގޮތުން ރަޝިޔާއާއި ޔޫކްރެއިނާ އިންވެގެން އޮންނަ ބެލްގޮރޯޑް ސަރަޙައްދު ދީފާނެކަމަށް ރައީސް ޒެލެންސްކީ މާބޮޑު ޖެހިލުމެއްނެތި ވިދާޅުވެއްޖެއެވެ. ޔޫކުރެއިންގެ ރައީސް ޒެލެންސްކީ މިހެން ވިދާޅުވެފައިވަނީ ޑެންމާރކުގެ ބޮޑުވަޒީރާއެކު ބޭއްވުނު ގުުޅިފައިވާ ނިއުސް ކޮންފަރެންސެއް ގައެވެ.         ޑެންމާރކުގެ ބޮޑުވަޒީރު ވިދާޅުވީ ސުލްޙައިގެ ވާހަކަ ދެއްކުމާއި ނުދެއްކުމަކީ ޔޫކްރެއިންގެ އިޚްތިޔާރެއް ކަމަށެވެ. ރައީސް ޒެލެންސްކީ ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ސިފައިން އަތުގައި ބޭނުންކުރާނެ ރަނގަޅު […]

މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއެއްގައި ވެގްނާ ގްރޫޕުގެ ލީޑަރު ޕްރިގޯޒިން މަރުވެއްޖެ

ރަޝިއާގެ ވެގްނާ ގުރޫޕުގެ ބޮޑު މީހާ، ޔެވްގެނީ ޕްރިގޯޖިން ދަތުރުކުރަމުން ދިޔަ މަތިންދާ ބޯޓެއް ވެއްޓި ހިނގައިދިޔަ ހާދިސާއެއްގައި އިތުރު 9 މީހުންނާއެކު އޭނާ މަރުވެއްޖެއެވެ. އެމީހުން ދަތުރުކުރަމުންދިޔަ ޖެޓް ވެއްޓިފައިވާކަމަށް ބެލެވެނީ މޮސްކޯގެ އުތުރުން އޮންނަ ޓްވަރ ސަރަހައްދަށެވެ. ސޯޝަލް މީޑިއާގައި އާންމުވެ މިހާރު ދައުރުވަމުންދާ އެތައް ވީޑިއޯއަކުން އެ ބޯޓު ވެއްޓޭ މަންޒަރު ފެނެއެެވެ.

ދީނީ ފަރާތްތަކުގެ މެދުގައި ޑރ. މުއިއްޒަށް ބޮޑު ތަރުހީބެއް!

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ތަމްސީލުކުރާ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުޙައްމަދު މުއިއްޒު ނެރުމަކީ އިދިކޮޅު ސިޔާސީ ޕާޓީއަށް ފައިދާހުރި ނިންމުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެއީ ޑރ. މުއިއްޒަކީ ސަރުކާރުގެ ބާރު އެންމެ ގަދަކަމަށް އެފަރާތުން ދައުވާކުރަމުން ދިޔަ މާލޭގެ ސަރަހައްދުން ވާދަކޮށް، މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ގިނަ ބައެއްގެ ތާއީދާއެކު ހޮވިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އަދި ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ، ޑރ. މުއިއްޒަކީ ފަރުދީ ހައިޞިއްޔަތުން ބަލާއިރުވެސް، އިދިކޮޅު ސިޔާސީ […]

މުއްދަތު ހަމަވެފައިވާ އައިވީތަކެއް ދިން މައްސަލަ: މުވައްޒަފުންތަކެއް ސަސްޕެންޑްކޮށް މައްސަލަ ބަލަނީ

ގދ.ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީތަކެއް ކުޑަކުދިންތަކަކަށް ދިން މައްސަލައެއް ހޫނުވެ އެ މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ. ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ބައެއް މީހުންނަށް ދިނީ މިދިޔަ މަހު މުއްދަތު ހަމަވެފައިވާ އައިވީތަކެއްކަމަށް ބުނެ އެކަމާ ގުޅިގެން އެ ރަށު ބައެއް މީހުން ވަނީ މުޒާހަރާކޮށްފައެވެ. ގައްދޫ ހެލްތު ސެންޓަރުގައި މުއްދަތު ހަމަވެފައިވާ އައިވީ ގުޅި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކުރައްވައި ހެލްތު މިނިސްޓްރީން ވިދާޅުވީ އެ މައްސަލައާ […]