ރައީސް ޔާމީނުގެ ކެންޑިޑެންސީ ފޯމު ހުށަހަޅައިފި, ކެންޑިޑެންސީ ބަލައިގަތުމާމެދު މިއަދު ގޮތެެއް ނިންމާނެ
މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެންސީ ފޯމު މިއަދު ހެނދުނު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. ރައީސް ޔާމީންގެ ކެންޑިޑެންސީ ފޯމާ ހަވާލުވެވަޑައިގަތުމަށްފަހު އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ ފޯމާމެދު ގޮތް ނިންމަން އީސީއަށް ގާނޫނުން 48 ގަޑިއިރު ލިބުނު ނަމަވެސް 24 ގަޑިއިރުތެރޭގައި ގޮތެއް ނިންމާނެ ކަމަށާއި މިއަދު ހަވީރު 18:00 ގެ ކުރިން ރައީސް ޔާމީންގެ ފޯމާމެދު ގޮތެއް […]
މިނެއް ވަކިކަމެއްނެތި ވަޢުދާއި ޚިލާފުވުމުން ދެންވެސް؟
ދިވެހިރާއްޖޭގައި މިހާރު ހިނގަމުން މިދާ ސަރުކާރުގައި ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ހަމައެކަނި ސިޔާސީ ދީނީ ޕާޓީ ހިމެނެއެވެ. އެ ޕާރޓީގެ ޢިލްމުވެރިންގެ ތެރޭގައި ރާއްޖޭގައި ތިއްބެވި އެންމެ ދޫފަސޭހަ އިލްމުވެރިންގެ ތެރެއިން ޝެއިޚް އިލްޔާސް އާއި ޑރ. އިޔާޒް ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުގެ ދާޚިލީ ވަޒީރަކީ އެޕާޓީގެ ރައީސް ޝޭޚް އިމްރާން އެވެ. ސަރުކާރު އުފަންވުމަށް އެތަކެއް ވަޢުދުތައް ރައްޔަތުންނަށް ވެފައިވަނީ މިބޭފުޅުންގެ އާމީން ކިޔުއްވުމާއި އެކު ރައްޔަތުންނަށް ގުރުއާން އާއި ސުންނަތުން ރައީސް އިބްރާހިމް އަކީ ނަމުން ސޯލިޙް އަދި ކަމުންވެސް ސޯލިޙް ވެރިއެއް ކަމުގައި ހުވާލައިދީގެނެވެ. މިދެންނެވި ބަހުގެހެކި 2018ގައި އައްޑޫގައި ބޭއްވުނު ކެމްޕޭން ޖަލްސާ ބެއްލެވި ބޭފުޅުންނާއި އަދި […]
ކަރުބަލާ ހަނގުރާމަ ހިނގައިދިޔަ ދުވަސް ތުރުކީގައި ފާހަގަކޮށްފި
އިސްލާމީ ތާރީޚުގެ ހިތްދަތި ހާދިސާއެއް ކަމުގައިވާ ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ޝަހީދުކޮށްލެވުނު ކަރުބަލާ ހަނގުރާމަ ތުރުކީގެ ޝީޢާއީންނާއި ސުންނީ މުސްލިމުން ފާހަގަކޮށްފިއެވެ. އެގޮތުން ހުކުރު ދުވަހުގެ ހެނދުނު ތުރުކީގެ މަގުތަކުގައި ޕެރޭޑުތަކާއި، ފޮނިކާތަކެތި ބެހުމުގެ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މުޙައްރަމް މަހުގެ 10 ވަނަ ދުވަސްކަމުގައިވާ އާޝޫރާ ދުވަހަކީ އިރާޤުގެ ވެރިކަންކުރާ މިހާރުގެ ބަޣްދާދާއި 113 ކިލޯމީޓަރު (70 މޭލު) ބޭރުން އޮންނަ ކަރުބަލާގެ ހަނަފަސް ސަހަރާގައި ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން ހުސައިންގެފާނު […]
ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެެރެން ނިންމި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
އިދިކޮޅު ޕީއެންސީން ވަކި ކެންޑިޑޭޓަކު ނެެރެން ނިންމި ކަމަށް ބުނެ މީޑިއާތަކުގައި ދައުރުވަމުންދާ ޚަބަރުތަކަކީ ތެދު ޚަބަރުތަކެއް ނޫން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. ޕީޕީއެމްގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭ ހާލަތެއްގައި ޕީއެންސީން ކެނޑިޑޭޓަކު ނެރުމަށްޓަކައި ލީޑާޝިޕަށް ފެންނަ ނަންތަކެއް ފޮނުވުމަށް ޔާމީން ވަނީ އަންގަވާފައެވެ. އެގޮތުން ލީޑާޝިޕްގެ ބޭފުޅުން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ނިންމީ ޕީއެންސީގެ ކެނޑިޑޭޓާއި ރަނިންމޭޓަކަށް ޔާމީން ޚިޔާރުކުރައްވާ ލީޑާޝިޕްގެ ބޭފުޅަކު ހަމަޖެއްސެވުމަށް އެމަނިކުފާނަށް ލަފާއެރުވުމަށެވެ. “ޕީޕީއެމް […]