ބައިޑަން އަށް 43 އިންސައްތަ ތާއީދު، ޓްރަމްޕަށްވެސް 43 އިންސައްތަ ތާއީދު!

2024 ވަނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މިހާރުގެ ރައީސް ޖޯ ބައިޑަންއަށް އޮތް ތާޢީދު މިންކުރުމަށްޓަކައި ޓައިމްސްއިން ހުޅުވާލި ފުރަތަމަ ޕޯލްތަކުން ނުކުތީ ހޫނު ނަތީޖާތަކެކެވެ. އެގޮތުން، ވޯޓުލާން ރަޖިސްޓްރީ ވެފައި ތިބި މީހުންގެ 43 އިންސައްތަ މީހުން ވޯޓު ދޭނީ ބައިޑަންއަށްކަމަށް ބުނެފައިވާއިރު، ޓްރަމްޕަށް ވޯޓު ދޭނެކަމަށްވެސް 43 އިންސައްތަ މީހުން ވަނީ ބުނެފައެވެ. އަދި ވޯޓުލާން ރަޖިސްޓްރީވެފައިވާ މީހުންގެ ބާކީ 14 އިންސައްތަ މީހުންވަނީ […]

އަޅުގަނޑުގެ ކުށެއް ނޫން އިސްތިއުނާފް ލަސްވުމަކީ – ޔާމީން

ސްޕްރީމް ކޯޓްގައި މިއަދު އަޑުއަހަމުންދާ މައްސަލައިގާ ރައީސް ޔާމީނު ވިދާޅުވީ ސާބިތު ދަރަނީގެ މައްސަލަ ވަނީ އިސްތިޢުނާފ ްކޮށްފައި ކަމަށާއި އެ މައްސަލަ ލަސްވުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށް ބެެއްލެވުމަށެވެ. 11 އަހަރަށް ޖަލަށްލާންށާއި 5 މިލިޔަން ޑޮލަރުން ދެއްކުމަށް ހުކުމް ކުރެވިފައި ވާއިރު އެ ޙުކުމާއެކުގައި ބުނާ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަންވައިފާ ނުވާކަމަށް ބުނެ އީ.ސީގެ ވަކީލު ކުރެއްވު ސުވާލަަށް ޖަވާބުދާރިވެ ޔާމީން ވިދާޅުވިއެވެ.  އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި […]

ޕާކިސްތާނުގެ ދިފާއީ ވަޒީރުގެ ހަވަރު ތުންފުހިން އުފެދުނު ރުޅިވެރިކަން

ކިތަންމެ މަތީ މަގާމެއްގައި ހުއްޓަސް އަދި އެ މީހަކު ވާހަކަ ދައްކަވަން ހުރި ވެށީގެ ސަބަބުން ކޮންމެ ވާހައެއް ދެއްކިއަސް ކުށްވެރި ނުވާނެކަން އެނގޭތީ ބައެއްމީހުންގެ ދޫ ތަންމިނަށް ނިކުންނަ ފަހަރު އާދެއެވެ.  ދިވެހީންގެ ރާއްޖޭންވެސް މިފަދަ މަންޒަރުތައް މާގިނައިން ފެންނަމުންދެއެވެ. ޚާއްސަކޮށް ރައްޔިޔުންގެ މަޖިލީސް ތެރޭންނެވެ. އަދި މިނޫނަސް ސިޔާސީގޮތުން ތިމާއަށް ލިބިފައިއޮންނަ ޚާއްސަ އިމްތިޔާޒެއްގެ ބޭނުން ކޮށްގެންވެސް ގޮތެއްފޮތެއް ނެތި ވާހަކަ ދައްކަމުންދާތަން ފެނެއެވެ. އަދި ބައެއްފަހަރު އެއީ އެންމެން ދަންނަ ދިވެހި ބަހުން ދެއްކި ވާހަކައެއްނަމަވެސް ތަރުޖަމާ ކޮށްދީގެން މަގްސަދު ބަދަލު ކުރަމުންވެސް ގެންދެއެވެ. ދިވެހީންގެ ތެރޭގައި […]

އަޅުގަނޑުގެ ސިޔާަސީ ފިކުރަށް ދަނީ ކުރިއެރުން ލިބެމުން: ޤާސިމް

އޭނާގެ ސިޔާސީ ފިކުރަށް ކުރިއެރުން ލިބެމުންދާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް 500 އަށް ވުރެ ގިނަ އާ މެންބަރުން ގުޅުމުން  ހުރިހާ މެންބަރުންނަށްގެ ޝުކުރުއަދާ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. “މާލެއާއި އަތޮޅުތަކުން އެކިފަންތީގެ އެކި ފަންނުތަކުގެ އެތަކެއް މެންބަރުން މި ޕާޓީއާއި ގުޅިވަޑައިގަތުން ދޭހަކޮށް ދެނީ މި ޕާޓީއާއި އަޅުގަނޑުގެ ސިޔާަސީ ފިކުރަށް ލިބެމުންދާ ކުރިއެރުން.“ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ. މި ފަހުން ޖޭޕީއާ […]

މި މަހުގައި ބޭއްވޭ ބްރިކްސް ގެ ސަމިޓުގައި 74 ގައުމުގެ ވެރިން ބައިވެރިވާނެ

މި އޯގަސްޓްމަހުގެ ތެރޭގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ބްރިކްސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް 69 ގައުމެއްގެ ވެރިންނަށް ދައުވަތު ދީފައިވެއެވެ.  ދައުވަތު ފޮނުވުނު ހުރިހާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފިނަމަ މި ބައްދަލުވުން ވެގެންދާނީ ދުނިޔޭގެ ތާރީޚުގައި އެންމެގިނަ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސި ވިލާތްވެސް ހިމެނޭގޮތުގައި ޔޫރަޕުގެ އެއްވެސް ގައުމަކަށް މި ބައްދަލުވުމުގެ ދައިވަތު ދީފައެއް ނުވެއެވެ.                         […]

ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ.މުޢިއްޒަށް

 ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ކަމަށް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އިންތިޚާބުކޮށްފިއެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލުމަށް މިއަދު ހެނދުނު ހުޅުވައިލި ފުރުސަތު ހަމަވީ މެންދުރު 14:00 އަށެވެ. އެ މުއްދަތު ހަމަވިއިރު ކުރިމަތިލެއްވީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް މީގެ ކުޑައިރުކޮޅެއް ކުރިން ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 މެންބަރުންގެ މެދުގައި ވަނީ ސިއްރު ވޯޓެއް ނަގައިފައެވެ.  އެގޮތުން 25  ވޯޓާއެކު ރިޔާސީ ޓިކެޓް […]

އާދަމް ޝަރީފް ވިދާޅުވަނީ ޓިކެޓް ކަށަވަރު ކުރެވޭނެކަމުގެ %100 ޔަގީންކަން އެބައޮތް ކަމަށް

ޕީއެންސީގެ ރިޔާސީ ޓިކެޓް ކަަށަވަރު ކުރެވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ނިންމެވީ މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުން މިނިވަން ކުރެއްވުމަށާއި ޕާޓީގެ މެންބަރުންގެ ހައްގުގައި މަސައްކަތް ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ. ރައީސް ޔާމީންގެ […]

ޓިކެޓަށް ކުރިިމަތިލުމުގެ ސުންގަޑިއަކީ 2: ކުރިިމަތިލެއްވުމަށް މުޢިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި

ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޕީއެންސީން މިއަދު ހެނދުނު ބޭއްވި މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގެ އަޣުލަބިއްޔަތުން ވަނީ އަންނަ ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެން ނިންމައިފައެވެ. އެއާއެކު ރިޔާސީ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. ކުރިމަތިލުމުގެ މުއްދަތު ހުޅުވާލައިފައިވަނީ މިއަދު މެންދުރުފަހު 14:00 އަށެވެ. ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރިޔާސީ ކެނޑިޑޭޓް ކަނޑައަޅަން ހަމަޖެހިފައިވަނީ މިއަދު 16:00 ގައި ބާއްވާ މަޝްވަރާ ބައްދަލުވުމުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން […]

ޕީއެންސީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފާސްކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން އިދިކޮޅު ޕީއެންސީން މިއަދު ނިންމައިފިއެވެ. އެ ގޮތަށް ނިންމީ ޕީއެންސީން މިހާރު ކުރިއަށްގެންދާ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ. ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 44 ވޯޓުގެ އަޣުލަބިއްޔަތުން ފާސްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމަށެވެ. މިއާއެކު ދެން އޮންނާނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލުމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޕީއެންސީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރައްވައިފާ […]

ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ކޮންގްރެސްއަށް މެދު އިނގިލި ދައްކައިފި

އެމެރިކާގެ ސުޕްރީމްކޯޓުން ޝަރުޢީ ޢަދުލް އިންސާފުގެ ހަމަހަމަކަން ނެތިގެން ދިއުމުގެ ސަބަބުން ފަނޑިޔާރުންގެ ކޯޑް އޮފް ކޮންޑަކްޓެއް ވުޖޫދަށްނެރެ ތަންފީޒުކުރުމުގެ ވަގުތު ޖެހުއްޖެކަމުގެ ބަހުސް ކުރެވެމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް މިމައްސަލާގައި ވޯލްސްޓްރީޓް ޖާރނަލްއަށް ވާހަކަދައްކަވަމުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ސެމުއަލް އަލިޓޯ ވަނީ ކޮންގްރެސްއަށް ފާޑުވިދާޅުވެ މެދު އިނގިލި ދައްކަވާފައެވެ. ފަނޑިޔާރު ވިދާޅުވިގޮތުގައި އެމެރިކާގެ ސުޕްރީމްކޯޓަކީ ކޮންގްރެސްގެ އުފެއްދުމެއް ނޫނެވެ. އަދި ހަމަ އެފަދައިން ގާނޫނު އަސާސީގެ އެއްވެސް މާއްދައަކުން ސުޕްރީމްކޯޓުގެ އިޙްތިސާސްގެ ތެރެއަށް ކޮންގްރެސްއިން އަތްބޭނުމުގެ ފުރުސަތު ދީފައެއް ނެތެވެ.   މިދެއްކެނީ […]