އާބާދީ މަދު އިތުރު ހަތަރު ރަށެއްގައި ސެޓްލައިޓް ސްކޫލު ފަށައިފި

އަތޮޅުތެރޭގެ އިތުރު ހަތަރު ސްކޫލެއް ސެޓްލައިޓްކޮށް ސްކޫލު ގާއިމްކޮށް ކިޔަވައިދޭން ފަށައިފިއެވެ. މިދިޔަ އަހަރު ވަނީ ބ. ފެހެންދު އާއި ވ. ތިނަދޫގައި ސެޓްލައިޓް ސްކޫލު އަޅައި ކިޔަވައިދޭން ފަށާފަ އެވެ. މިއަދު ފެށުނު ދިރާސީ އާ އަހަރާއެކު ވަނީ އިތުރު ހަތަރު ސްކޫލެއްގައި ސެޓްލައިޓްކޮށް ކިޔަވައިދޭން ފަށާފައެއެވެ. އެއީ ވ. ރަކީދޫ ސްކޫލާއި ބ. ފުޅަދޫ ސްކޫލާއި ގއ. ކޮނޑޭ ސްކޫލުގެ އިތުރުން އދ. ދިއްދޫ ސްކޫލުގައެވެ. އެއާއެކު ސެޓްލައިޓް މަހްފޫމްގެ ދަށުން ކިޔަވައިދޭ ސްކޫލުތަކުގެ […]

ރިޔާސީ އިންތިހާބުގައި ފާރިސް އަމިއްލަ ގޮތުން ވާދަކުރައްވަނީ

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ވާ ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސް، ފާރިސް މައުމޫން އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ނިންމަވައިފިއެވެ. އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާކަން އިއުލާން ކުރެއްވީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް މިއަދު ދެއްވި 30 ސިކުންތުގެ ވީޑީއޯ މެސެޖެެއްގަ އެވެ. ”ލޮބުވެތި ދިވެހި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ކަންކަން އިސްލާހުކުރުމުގެ މާތް މަގުސަދުގައި މާތްﷲ ގެ […]

ހުކުމަށް ފަހު ޖަމީލް: ދަ ފައިޓް އިސް އޮން، ގެއަށް ވަދެ ފިނޑި ބައެއްގެ ގޮތުގައި ނުތިބޭނަން!

އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާއެކު، ޔާމީންގެ އިސްވަކީލު އަދި ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ސުޕްރީމް ކޯޓުގެ ހުކުމަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޖަމީލު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުން ކަންތައްކުރާ […]

ޔާމީން އެންގެވި ނަމަވެސް އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްް/ޕީއެންސީގެ ސެނެޓުން ފާސްކޮށްފި

އަންނަ ރިޔާސީ އިންތިޚާބު ބޮއިކޮޓް ނުކުރުމަށް ޕީޕީއެމްް/ޕީއެންސީގެ ސެނެޓުން ފާސްކޮށްފިއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދު ހެނދުނު ވަނީ ހުކުމް އިއްވައިފައެވެ. ސްޕްރީމް ކޯޓުން ހުކުމް ކުރީ އީސީގެ ނިންމުން ރަނގަޅު ކަމަށެވެ. އެ ހުކުމާ ގުޅިގެން ޕީޕީއެމްއިިން އިންތިޚާބު ބޮއިކޮޓްކުރަން ރައީސް ޔާމީން ޕާޓީގެ ލީޑާޝިޕަށް އެންގެވިއެވެ. އެކަމާ ގުޅިގެން ލީޑާޝިޕުން ބޭއްވި ބައްދަލުވުމުގައި ނިންމި ގޮތަށް […]

ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާ ތިން ކެންޑިޑޭޓެއްގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ. މިއަދު ހެނދުނު 09:00 ގައި ހުށަހެޅުއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޑިޑެސީ ފޯމެވެ. އޭގެފަހުން 10:00 ޖެހިއިރު މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައިވާއިރު މީގެ އިރުކޮޅެއް ކުރިން  ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ ފޯމު ވަނީ ހުށަހަޅުއްވާފައެވެ. މި […]

ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ރައީސް ޔާމީން ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންސްއަށް ހުށަހެޅުއްވުމުން ބަލައިނުގަންނަން އެ ކޮމިޝަނުން ނިންމި އެއް ސަބަބަކީ ރިޝްވަތާއި މަނީލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީއެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހުންގެ ކިބައިިގައި […]

ރައީސް ޔާމީންގެ ކެންޑިޑެސީ މައްސަލަ: ހުކުމް އިއްވުން މާދަމާ 3 ގައި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ކެންޑިޑެސީ މައްސަލައިގެ ހުކުމް ކުރުން މާދަމާ ބާއްވަން ސްޕްރީމް  ކޯޓުން ތާވަލުކޮށްފިއެވެ. ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާ މީހާއަކީ, ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހެއް ކަމުގައިވާންޖެހޭ ކަމަށެވެ. ނަމަވެސް […]

މުޢިއްޒު އެންޑޯޒް ކުރަން ނުނިންމަން, ޕްލޭން ބީ އަކީ މުޢިއްޒެއް ނޫން: ޕީޕީއެމް

ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަކީ ޕީޕީއެމްގެ ގެ ކެންޑިޑޭޓް ކަމަށް ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ލިޔެފައިވާ ޚަބަރު ޕީޕީއެމްއިން ދޮގުކޮށްފިއެވެ. ޕީޕީއެމްއިން ބުނީ އެ ޕާޓީން ޕްލޭން ބީ އެއް ވުޖޫދުކޮށް ޕީއެންސީއިން ނެރޭ ކެންޑިޑޭޓަކީ ޕީޕީއެމްގެ ކެންޑިޑޭޓެއްކަމަށް ނިންމައިފިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުން ގެންދާ ޚަބަރަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ. “ޒިންމާދާރު ނޫސްވެރިކަން ކުރައްވާއިރު ކަމުގެ ޙަޤީޤީ މައުލޫމާތު ހޯއްދެވުމަށްފަހު ނޫން ގޮތަކަށް ނޫސްތަކުގައި ނުލިޔުއްވުމަށް ގޮވާލަން. ޕީޕީއެމްގެ ފަރާތުން […]

މުޢިއްޒުގެ ރަނިންމޭޓަކަށް މެންބަރު ޙުސައިން މުޙައްމަދު ލަޠީފް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ރަނިންގމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެންބެ) ހަމަޖައްސައިފިއެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ކުރިމަތިލެއްވީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފާއި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ. ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަށް ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުގައި މުޢިއްޒަށް 25 ވޯޓު ލިބިވަޑައިގެންނެވިއިރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ. ޑރ.މުޢިއްޒު މިއަދު […]

ހަފްތާއަކު 4 ދުވަހު މަސައްކަތްކުރުމުން އުފެއްދުންތެރިކަން އިތުރުވޭ: ދިރާސާ

ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުގެ ސަބަބުން މާބޮޑެތި އަސަރުތަކެއް ކޮށްފައިނުވާ ކުންފުނިތަކުން އެކުންފުނިތަކުގެ މުވައްޒަފުން ހަފްތާގެ 5 ދުވަހު ވަޒީފާއަށް ނެރުމުގެ ބަދަލުގައި ހަފްތާގެ 4 ދުވަހު ނެރޭގޮތަށް ބަދަލުކޮށްފިނަމަ ކުންފުންޏަށާއި، މުވައްޒަފުންނަށްވެސް އޭގެ ހެޔޮ އަސަރުކުރާނެކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާއަކީ ހަފްތާގެ 4 ދުވަހު މުވައްޒަފުން ވަޒީފާއަށް ނެރެގެން މަސައްކަތްކުރުވާ އެމެރިކާ، ކެނެޑާ، ޔުނައިޓެޑް ކިންގްޑަމް އަދި އަޔަރލެންގެ ކުންފުނިތަކެއް ހިމެނޭގޮތަށް ކުރެވުނު ދިރާސާއެކެވެ. އެގޮތުން، މި ދިރާސާ ހިންގި ހިލޭ […]