މައްކާއިން އައި މެސެޖު: “ދީނީ އަދި ގައުމީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޑރ.މުޢިއްޒަށް“

ރާއްޖޭގެ ގައުމީ މަސްލަހަތާއި ދީނީ މަސްލަހަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މައްކާގައި ހުންނެވި ޝައިޚް ޝަފީޢު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޝައިޚް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނާމެދު ނަޒަރު ހިންގަވައި ވިސްނައިލެއްވިއިރު, ޑރ.މުޢިއްޒަށްވުރެ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ހިންގުމުގެ ގޮތުންނާއި އަޚްލާގީ ގޮތުންނާއި ފިކުރީީ ގޮތުންނާއި ދީނީ އިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ […]

ވޯޓު ފޮށީގެ ޢަދަދަށް ބަދަލެއް: މިހާރު 580 ފޮށި

އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް 580 ވޯޓުފޮށި ބެހެއްޓުމަށް މިހާރު ނިންމާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ކުރިން 609 ފޮށި ބަހައްޓާގޮތަށް ހަމަޖެހިފައިވީނަމަވެސް އެ ޢަދަދު މިހާރު ގާތްގަނޑަކަށް 580 ފޮށްޓަށް މަދުކުރެވިފައި ވާކަމަށެވެ. ނަމަވެސް ވޯޓުފޮށި ބެހެއްޓުމަށް ކަނޑައަޅާ ޢަދަދު ޔަގީންވާނީ ކުރިން ވޯޓުލާން ހަމަޖެހިފައިވާ ތަންތަނުގައި ވޯޓުފޮށި ނުބެހެއްޓުމަށް އިލެކްޝަނުން […]

ވޯޓުފޮށި ބަހައްޓާ ވަރަށް މީހުން ހަމަނުވާ ތަންތަނުގެ މީހުން އަލުން ރަޖިސްޓަރީވާން ހުޅުވާލައިފި

ރިޔާސީ އިންތިޚާބު 2023 ގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރިނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން ރަޖިސްޓަރީ ބާޠިލުވާ މީހުން އަލުން ރަޖިސްޓަރީ ކުރަން މިއަދު ހުޅުވާލައިފިއެވެ. ބައެއް ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަން އަދި ރާއްޖެއިން ބޭރުގައި ވޯޓު ލުމަށްޓަކައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށްވުރެ މަދުވުމުން އެ ތަންތަނުގައި ވޯޓު ފޮށިތައް ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.  އޭގެތެރޭގައި 18 ރިސޯޓަކާއި […]

ޑރ.މުޢިއްޒު ޝަހީދު ޙުސައިން އާދަމްގެ ބައްޕައާއި މަންމަގެ ގެއަށް ޒިޔާރަތް ކުރައްވައިފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ޝަހީދު ޙުސައިން އާދަމްގެ ބައްޕައާއި މަންމަގެ ގެއަށް ޒިޔާރަތް ކުރައްވައިފިއެވެ. ޑރ.މުޢިއްޒު ޝަހީދު ޙުސައިން އާދަމްގެ ބައްޕައާއި މަންމަގެ ގެއަށް ޒިޔާރަތް ކުރެއްވީ މިހާރު ބޮޑުތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގެެ ތެރެއިންނެވެ. އެގޮތުން ހދ.ކުޅުދުއްފުށީ މާވާގެއަށް ޒިޔާރަތް ކުރައްވައި ޑރ.މުޢިއްޒު ވަނީ ޝަހީދު ޙުސައިން އާދަމްގެ ބައްޕަ އާދަމް މުޙައްމަދާއި މަންމަ ޢާއިޝަތު ޙަސަނާ ބައްދަލު ކުރައްވައި ހާލުއަހުވާލު އޮޅުންފިލުއްވައިފައެވެ. ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން މުޢިއްޒު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ކުޅުދުށްފުށީގެ […]

ޑިމޮކްރެސީގެ ނަމުގައި ދިވެހިންނަށް އޮޅުވާލަމުންގެންދާ އިގްތިސާދީ ސިޔާސަތު

ފެނުނު މަންޒަރުތަކާއި އިވެމުންދިޔަ އަޑުތަކުން ދިވެހިންނަށް އެނގިފައިއޮތީ ދިވެހިރާއްޖޭގެ ވެރިކަމާއި އިގްތިސާދުގެ ސިޔާސަތާއި އަދި ވެރިކަމުގައި ދިވެހިންގެ ބައިވެރިވުން އޮންނަން ޖެހޭ މިންވަރު ކަނޑައެޅުމަކީ 2000 ވަނަ އަހަރުގެ ކުރީކޮޅާ ހަމަޔަށް ހަމައެކަނި ވަކި މީހަކަށް ޚާއްސަ ކުރެވިފައިވާ ބާރެއްކަމަށެވެ.  އެހެންނަމަވެސް ދިވެހިންވެސް ދުނިޔެއަށް ލޯހުޅުވި ބޭރުގެ މަދަރުސާތަކުން ބޮޑެތިހާ ފާސްތައް ނަގައިގެން އެމީހުންގެ ވެރިކަމުގެ ނިޒާމާއި އާދަކާދަ ދަސްކޮށްގެން އައިސް ދިވެހިންނަށް ދަސްކޮށްދީފައި މިއޮތީ ރަނގަޅަށް ނޫންކަމާއި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުންނެތި ވެރިކަން އިންތިޒާމް ނުކުރެވޭނެ ކަމާއި ވެރިކަމަކީ […]

ޑރ.ޢަލީ ޒާހިރު ޑރ.މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވުން: “އެމަނިކުފާނާ މެދު އިތުބާރު އެބައޮތް“

ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ތާއީދު ކުރައްވަން ނިންމެވިކަން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު މިއަދު ހާމަކުރައްވައިފިއެވެ. ޑރ.ޢަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޢިއްޒުގެ ވެރިކަމުގެ ތަސައްވުރަކީ ކޮބައިކަން ސާފު ކުރައްވާފައިވާނެ ކަމަށާއި މުޢިއްޒާ މެދު އިތުބާރު އެބައޮތް ކަމަށެވެ. އަދި މުޢިއްޒަކީ ހެޔޮވެރިކަމެއް ކޮށްދެވޭނެ އިލްމާއި ގާބިލުކަމާއި މަޑުމައިތިރި ރިވެތި ސިފަތައް ހުރި ބޭފުޅެއް ކަމަށް ވެސް ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ. […]

މުޢިއްޒުގެ ތަރުޖަމާނަކަށް ޠަލާލް

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ހަމަޖައްސައިފިއެވެ. ޕީޕީއެމްއިން ބުނީ މުޢިއްޒާއި އޭނާގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުުސައިން މުޙައްމަދު ލަޠީފްގެ ތަރުޖަމާނަކަށް ޠޮލާލް ހަަމަޖައްސާފައިވާ ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ރަސްމީ އިންތިޚާބީ އެޖެންޓަކަށް ހަމަޖެއްސެވީ ޠޮލާލެވެ. ނަމަވެސް ވ.އާރަށުގެ މައްސަލާގައި ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އިންތިޚާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން […]

ރިޔާސީ ކެންޑިޑޭޓް މުޢިއްޒު ހއ.އަތޮޅަށާއި ހދ.އަތޮޅަށް ފުރާވަޑައިގެންފި

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ހއ.އަތޮޅަށާއި ހދ.އަތޮޅުގެ ރަށްތަކަށް މިއަދު ފުރާވަޑައިގެންފިއެވެ. މުޢިއްޒުގެ ތަރުޖަމާނު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް ވިދާޅުވީ މުޢިއްޒު މިއަދު ހަނިމާދުއާއި ނޮޅިވަރަމާއި ކުޅުދުށްފުށްޓަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި މިރޭ ކުޅުދުށްފުށީގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޠޮލާލް ވިދާޅުވިއެވެ. މާދަމާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މަކުނުދޫއާއި ހޯރަފުށްޓާއި އިހަވަންދުއަށް ކަމަށް ޠޮލާލް ވިދާޅުވިއެވެ.  އަދި ހޯމަ ދުވަހު އުތީމާއި ވަށަފަރާއި ކެލާއާއި ބާރަށާއި ދިއްދުއަށް ވަޑައިގަންނަވާނެ […]

ފަލަސްތީނު މީހަކު މަރާލައި އިޒްރޭލުން ދިން ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާއިން ބުނެފި

ފަލަސްތީނުގެ ބިމުގައި އާބާދުވެ ދިރިއުޅެމުން އަންނަ އިސްރާއީލުގެ ޔަހޫދީ ގުރޫޕަކުން ފަލަސްތީނުގެ މީހަކު މަރާލި ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށްބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ހަރުކަށި ކަނާއަތުގެ ފިކުރަށް ތާއީދުކޮށް ވެރިކަންކުރާ އިސްރާއީލުގެ ވެރީން އެމީހުން ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ހުޅަނގުގެ ސަރަހައްދު ހަލަބޮލިކުރަމުންދާ ދިޔުމާއި މެދު އެމެރިކާގެ ނުރުހުންތެރިކަން ވަރަށް ބޮޑަށް އެނގި ހާމަވެގެން ހިނގައްޖެއެވެ. ބުރްކާ އަވަށޫގައި ހިނގައިދިޔަ ހަމަނުޖެހުމުގައި އިސްރާއީލުގެ ފުލުހުން ދެމީހަކު ހައްޔަރުކޮށްފައި ވެއެވެ. ފަލަސްތީނުގެ ބައެއް ރައްޔިތުންނާއި ހަވާލާދީ ރިޕޯޓުތައް […]

ޒުވާނުންނަށް ހާޓް އެޓޭކް ޖެހޭ މިންވަރު އިތުރުވަނީ ކީއްވެ؟

ދިރާސާތަކުން ދައްކާގޮތުގައި ޒުވާނުން, 50 އަހަރުން ދަށުގެ މީހުންގެ ތެރޭގައި، ”ހާޓް އެޓޭކް“ ނުވަތަ ހިތް ހުއްޓޭ ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އަދި އެންމެ ނޭދެވޭ އަސަރުތައް ކުރަނީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނަށް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. އެހެންނަމަވެސް އެކަމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން މިހާރު އަހަރެމެންނަށް އެނގެއެވެ. ފާއިތުވި އަހަރުތަކުގައި އެއްކުރެވުނު ދިރާސީ ހެކިން އެނގޭ ގޮތުގައި ހިތުގެ މައްސަލަތައް އެންމެ ގިނައިން ކުރިމަތިލާން ޖެހެނީ އާންމުންގެ ތެރެއިން ޒުވާން އުމުރުފުރާގެ […]