ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރުމުގެ އިނާމު 148 ބޭފުޅަކަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން 148 ބޭފުޅެއްގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ. ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައެވެ. މިއީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި އިޚުލާސްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް […]

މިހާރު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާ: އެޗްޕީއޭ

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ހޮޑުލުމާއި ބޭރަށް ހިންގުމަކީ ނޯރޯވައިރަސްގެ ރޯގާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ. މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށާއި ޚާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ރޯގާއިން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުން ހިމެނެއެވެ. ހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ ކަމަށާއި ރަނގަޅަށް […]

ރައީސް ޞާލިޙް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ފުވައްމުލަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ދެވަނަ ދައުރަކަށް ތާއީދު ހޯއްދެވުމަށް ރައީސް ޞާލިޙް މިއަދު މެންދުރުފަހު ފުވައްމުލަކަަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި ކުރިން އޮތް ނަަމަވެސް ދަތުރުފުޅު މިހާރު ވަނީ ފަސްކުރައްވައިފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙްގެ ދަތުރުފުޅު މާދަމާއަށް ފަސްކުރެވިފައިވާ ކަމަށެވެ. ރައީސް ފުވައްމުލަކަށް ވަޑައިގަންނަވަން ނިންމެވިއިރު ދެކުނުގެ މޫސުން ވެސް މިއަދު އެހާ ރަނގަޅެއް ނޫނެވެ.

ހޫނު ގަދަވަމުންދިޔުމާއެކު މެކްސިކޯގެ ވާރޭ އިތުރުކުރުމުގެ މަޝްރޫޢު ކުރިއަށް ޖައްސާލައިފި

ރެކޯޑް މިންވަރަކަށް ހޫނުގަދަވެ ފެންލިބުން ދަތިވުމާއެކު، މެކްސިކޯގެ ސަރުކާރުން ކުރިއަށްގެންދާ ވާރޭ ވިލާ އިތުރުކުރުމުގެ މަޝްރޫއުގެ ފަހު ފިޔަވަހީގެ މަސައްކަތް ކުރިއަށް ޖައްސާލައިފިއެވެ. ޖުލައިމަހުގައި މަސައްކަތް ފެށި މި މަޝްރޫޢުގެ ތެރެއިން، ވިލާތަކުގެ ތެރެއަށް މަތިންދުއްވާ ބޯޓުތަށް ފޮނުވައި، ސޯޑިއަމް އަޔޮޑައިޑްގެ މާއްދާތައް އެ ވިލާތަކުގެ ތެރެއަށް ފޮނުވާލައެވެ. ދިރާސާވެރިންގެ އިލްމީ ހަމައިން ދެކޭގޮތުގައި މިގޮތަށް ސޯޑިއަމް އަޔޮޑައިޑް ޖައްވުތެރެއަށް ފޮނުވުމުން ފެން ތިކިތައް އެވިލާތަކުގައި އިތުރުވެ، ވާރޭ ނުވަތަ ފިނި ފައިބާ މިންވަރު އިތުރު ކޮށްދޭނެއެވެ. […]

މައިކްރޮސޮފްޓްގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ އޮސްޓްރޭލިއާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި

އެމެރިކާގެ ޓެކް ކުންފުންޏެއްކަމަށްވާ މައިކްރޮސޮފްޓުން އެކުންފުނީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުން މިއަހަރު ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާއިރު، މައިކްރޮސޮފްޓްގެ އޮސްޓްރޭލިއާގައި ހުންނަ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ 200 އެއްހައި މުވައްޒަފުން މިއަހަރު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. ޚާއްސަ މަސްދަރަކާ ހަވާލާދީ އޮސްޓްރޭލިއަން ފައިނޭޝަލް ރިވިއުގައި ލިޔެފައިވަނީ އެންމެ ފަހު ވަކިކުރި ބުރުގައިވެސް 50 އެއްހައި މުވައްޒަފުންގެ ވަޒީފާ ގެއްލިފައިވާ ކަމަށެވެ. އެހެންނަމަވެސް، މައިކްރޮސޮފްޓުން މިކަމާ ގުޅިގެން ވަކި އެއްޗެއް ބުނުމަށް ދެކޮޅު ހަދާފައިވުމުން މި އަދަދު ކަށަވަރު […]

ސޮއި ހަމަކުރެއްވުމަށްފަހު ޢުމަރު ވިދާޅުވީ “ހުދު ވަލުގައި“ ގިނަ ބަޔަކު ހިފައިފި ކަމަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ 1500 މީހުންގެ ސޮއި ހަމަކުރެވިފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު މިއަދު ވިދާޅުވެއްޖެއެވެ. އަންނަ ސެޕްޓެމްބަރު 09 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޢުމަރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އަމިއްލަ ގޮތުން ކުރިމަތިލައްވާ ބޭފުޅެއްނަމަ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 1500 މީހުން, އެ ބޭފުޅަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެ މީހުންގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި […]

ދަތިކުރުމުގެ އެއްބަސްވުމުގައި ވީދާފާހުރި ލޯވަޅުތަކުން ޗައިނާގެ ހަތިޔާރު ރަޝިޔާއަށް

ޕޮލިޓިކޯއިން ހާމަކުރަމުން ގެންދާގޮތުގައި ހުޅަނގުން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހުރި ބާގަނޑުތަކެއްގެ ތެރޭންލާފައި ސިފައިންގެ ފައުޖަތަކަށް ފުދޭވަރަށް ހަނގުރާމައިގެ ހަތިޔާރު ޗައިނާއިން ރަޝިޔާއަށް ފޯރުކޮށްދީފިއެވެ. އޭގެތެރޭގައި މިއަހަރުގެ މިހާތަނަށް ސަތޭކަ މިލިއަން ޑޮލަރުގެ ޑްރޯންވެސް ހިމެނެއެވެ. މީގެ އިތުރުން 225 މިލިއަން ޑޮލަރުގެ އަގުހުރި އެހެނިހެން ހަތިޔާރުވެސް ވަނީ ފޮނުވާފައެވެ. އަދި މިހާތަނަށް ފޯރުކޮށްދީފައިވާ ގިނައަދަދެއްގެ ހަތިޔާރު ޗައިނާއިން ރަޝިޔާއަށް ފޮނުވި ކަމުގެ ކަސްޓަމްސްގެ ލިއުންތައްވެސް ލިބިފައި އެބަހުރިކަމަށް ޕޮލިޓްކޯއިން ބުނެފައިވެއެވެ. އޭގެތެރޭގައި ހަނގުރާމަމަތީ ރައްކާތެރިކަމުގެ ހެދުންތަކާއި އެހެނިހެން ސާމާނާއި ރޭގަނޑުގެ ވަގުތުތަކުގައި ސިފައިންގެ ޙަރަކާތްތައް ދެނެގަތުމަށް ބޭނުންކުރާ ތާރމަލް އޮޕްޓިކަލް ސައިޓާއިޑްރޯންވެސް […]

ސަރުކާރާއެކު ހެދި ކޯލިޝަން އެއްބަސްވުން އޮތީ ރޫޅިފައި: ޖޭޕީ

މި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއެކު ހެދި ކޯލިޝަން އޮތީ ރޫޅިފައިކަމަށް އެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. މާމިގިލީ ދާއިރާގެ މެންބަރު އަދި މި އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ ޤާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑޮކްޓަރ އަމީން އިބްރާހީމް މިހެން ވިދާޅުވީ ދެވަނަ ދައުރަކަށް ނުކުންނަވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް ޞާލިހުގެ މައްޗަށް ކުރިހޯދުމަށް ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްއާއެކު ކުރި މަޝްވަރާތަކަށްފަހު މީޑިޔާތަކާ ވާހަކަފުޅު […]

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރި ހޮސްޕިޓަލްތައް ފުރިއްޖެ

ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާއެއް މާލޭގައި ފެތުރި ގިނަ ޢަދަދެއްގެ ކުޑަކުދިން އެޑްމިޓްކޮށް ހޮސްޕިޓަލްތައް ފުރިއްޖެއެވެ. އޭޑީކޭގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަފްޢާލް ވިދާޅުވީ ގިނަ ޢަދަދެއްގެ ކުޑަކުދީން ހޮޑުލައި ބޭރަށް ހިންގާތީ ރޭ ފަތިހު 5.00 އިން ފެށިގެން ޑޮކްޓަރަށް ދައްކަން އަންނަން ފަށާފައިވާ ކަމުގައެވެ. މިވަގުތާ ހަމައަށް އީ އާރު ފުރިފައިވާކަމަށާއި ފަރުވާ ދިނުމަށް އެހެން އިންތިޒާމްތައް ހަމަޖައްސަމުން އަންނަކަމަށް އަފްޢާލް ވިދާޅުވިއެވެ. “ އަދި ސީދާ ކޮންކަމަކާ ގުޅިގެން ކަމެއް ޑޮކްޓަރުންގެ ފަރާތުން […]

ކެމްޕޭނާ ދިމާކޮށް ހިންގާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ސަރުކާރުން ރަށްރަށުގައި ފަށާ މަޝްރޫއުތައް ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނެ ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ރޭ ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރަން ގޮވާލައި ޕީޕީއެމް އޮފީސް ކުރިމަތީ ރޭ ބޭއްވި ހަރަކާތުގައި ދެއްކެވި ވާހަކައިގައި ޝިޔާމް ވިދާޅުވީ ޕީޕީއެމް ސަރުކާރެއްގައި ބާތިލުކުރާނީ މި ސަރުކާރުން ކެމްޕޭނާ ދިމާކޮށް ހިންގާ ބަޖެޓުގައި ނެތް މަޝްރޫއުތައް ކަމަށެވެ. “އެއީ ބޭރުގެ އިންވެސްޓްމެންޓެއް ކަމަށްވިޔަސް […]