އެލްޖީބީޓީކިއު ސަޕޯޓަރުންނަށް ތުރުކީގެ މަޖިލިސް މެންބަރެއް ރައްދު ދެއްވައިފި
އެއްޖިންސުން ގުޅުންހިންގުމާއި ޖިންސު ބަދަލުކުރާ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކީ ހިމާޔަތްކުރަންޖެހޭ އެއްޗެއްކަމަށް ބުނެ އެ ފަރާތްތަކުގެ ޕްރޮޕަގެންޑާ ކުރިއަރުވާ ސަޕޯޓަރުންނަށް ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން އިސްތަންބުލް ތަމްސީލުކުރައްވާ މަޖިލިސް މެންބަރެއް ކަމަށްވާ ރުމޭސާ ކަޑަކް ރައްދުދެއްވައިފިއެވެ. ”މީގެ ކުރިންވެސް އެއްވެސް ފަރާތެއްގެ ދިރިއުޅުގެ ވައްޓަފާޅިއާއި ނަފްސުގެ މިނިވަންކަމާއި އަޅުގަނޑުމެން ނުބެހެން. އަދި އެމީހަކު ދިރިއުޅުމަށް ގަސްދުކުރާ ގޮތަކަށް ދިރިއުޅުމުގެ ހައްޤަކީ ގާނޫނުން ކޮންމެ މީހަކަށް ލިބިދީފައިވާ ހައްޤެއް.“ ކަޑަކް ނެރުއްވި ބަޔާނެއްގައި ބުނެފައިވެއެވެ. […]
އާރްޓީއެލް ބަހަކާއި ސައިކަލެއް ޖެހި ޒުވާނަކަށް އަނިޔާތަކެއް!
ސައިކަލަކާއި ބަހެއް ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުންގެ މިއަދު ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ގުލްހަޒާރުމާހިނގުމާއި ދުނބުރިގަސް މަގު ގުޅޭ ކަންމަތިން ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:51 ގައި ލިބިފައިވާ ކަމަށާއި އެ އެކްސިޑެންޓްގައި 19 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ، އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ އާރްޓީއެލްގެ […]
ގާދޫގެ ވެލާހޭޅި ސަރަހައްދު ބެލެހެއްޓުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި
ލ.ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް އިދާރާތަކުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ އެ އެޖެންސީއާއި ރާއްޖޭގައި ވެލާކަހަނބު ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންދާ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އޮލިވް ރިޑްލީ ޕްރޮޖެކްޓް (އޯއާރްޕީ) ގުޅިގެން ގާދޫގެ ވެލާހޭޅި ސަރަހައްދު ބަލަހައްޓައި ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމަށް ލ.އަތޮޅު ކައުންސިލާއި ލ.ފޮނަދޫ ކައުންސިލް އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ […]
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ގިންތިކޮށް 6,000 ރ. އާ ހަމައަށް ބޮޑުކޮށްފި
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް 6,000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އިނާޔަތުގެ މިންވަރު މުރާޖައާކުރުމާ ގުޅިގެން އެކަމާބެހޭ މައުލޫމާތު ހާމަކުރެއްވުމަށް ޖެންޑާ މިނިސްޓްރީއާއި އާސަންދަ އަދި އެންސްޕާ ގުޅިގެން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. މީގެކުރިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެމުން އައީ 2000 ރުފިޔާގެ އެލަވަންސެކެވެ. ނަމަވެސް މީގެފަހުން މަހަކު 3000 ރުފިޔާގެ އެލަވަންސެއް ލިބޭނެއެވެ. މީގެއިތުރުން އެ މީހެއްގެ ނުކުޅެދުންތެރިކަން ހުރި މިންވަރަށް […]
ބްލިންކެންގެ ސައުދީ ދަތުރަކީ ޗައިނާއަށް ރައްދުކުރި މެސެޖެއް!
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންޓަނީ ބްލިންކެން މިދިޔަ ހަފްތާގައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ސަޢޫދީގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރެއްވިއިރު، ހަތް އަހަރަށްފަހު އެ ގައުމުގައި އިރާނުގެ އެމްބަސީއެއް ހުޅުވުމަށް ރިޔާދުގައި ހަފްލާއެއް ބާއްވާފައިވަނީވެސް މިދިޔަ ހަފްތާގެ ތެރޭގައެވެ. ޗައިނާގެ އެއްބާރުލުމާއެކު މެދު އިރުމަތީގެ ގައުމުތަކުން އީރާނާއެކު ކުރިން އޮތް ގުޅުން ބޭއްވުމަށް މާރިޗު މަހު ވަނީ އެއްބަސްވެފައެވެ. ފާއިތުވެދިޔަ އަހަރު ތެރޭގައި ޗައިނާއާ ދެކޮޅުވެރި އެތައް ސިޔާސަތުތަކެއް އެމެރިކާއިން […]
ޔާމީންގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ.އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފީ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފިއެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ.އާރަށު މައްސަލައިގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. މި ހުކުމް އިސްތިއުނާފްކުރުމަށް ވަނީ ހުށަހަޅާފައެވެ. މާދަމާ މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުން ވަނީ ތާވަލްކޮށްފައެވެ. އެ މައްސަލަ ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:00 އަށެވެ. މި މައްސަލައިގެ […]
މަދުން ނޫނީ ނުފެންނަ ”ގޯޝޭ“ ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި
ދުނިޔެއިން މަދުން ނޫނީ ނުފެންނަ އިން ނުފެންނަ ”ގޯޝޭ“ ބަލި ޖެހިފައިވާ ފަސް މީހުން ރާއްޖޭގައި އެބަތިބި ކަމަށް ކުޑަކުދިންގެ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޯޝޭ ބައްޔަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް ނަމަވެސް އެ ބަލި ރާއްޖެއިން ފެންނަނީ މަދުން ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން މިހާރުވެސް އެ އެބަލި ޖެހިފައިވާ ފަސް މީހަކު ރާއްޖޭގައި އެބަތިބި ކަމަށް އޭނާ […]
އަލީ ވަހީދަށް ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތް ކަމަށް ބުނެ ދައުވާތައް ގެންގޮސްފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރި ޖިންސީ ކުށުގެ ދައުވާތައް ސާބިތުކުރަން ބޭނުންވާ ހެކި ލިބޭނެ ގޮތެއް ނެތް ކަމަށް ބަލައި އެ ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފި އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ ވެސް އުފުލި އެވެ. އެ ދައުވާތައް ކުރިއަށްދަނިކޮށް އޭނާ ވަނީ […]
’ދެ ފުޅި ރާ ބުއިއްޔާމު އަނެކަކު ހަތަރު ފުޅި ބޯނެ‘ ރަލުގެ ވާހަކައިން މަޖިލިސް ކިލަނބުގެ މަޖިލިސް ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހޫނުވެ، މެމްބަރުން އަވަގުރާނަ ގޮވައި އެއް ބަޔަކު އަނެއް ބަޔަކަށް ރާ ބޯ ކަމަށް ތުހުމަތުކޮށްފި އެވެ. މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާ އެ ކުއްލި މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ފުުރުސަތު ދިނުމާ އެކު، މެންބަރުން ދިޔައީ އަޑުގަދަކުރައްވަމުންނެވެ. ޝަރީފް އެ މައްސަލަ ހުށަހަޅުއްވަމުން ދިޔައިިރު ވެސް، މެންބަރުން އެކަކު އަނެކަަކަށް ހަޑި ހުތުރު ބަހުން ވާހަކަ ދެއްކި އަޑު […]
މަޖިލިސް ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނަޝީދަށް ދައުވާކުރަންޖެހޭ: ޝަރީފް
ރައްޔިތުންގެ މަޖިލިސް ޑެޑްލޮކަކަށް ގޮސްފައިވާ މައްސަލަ ހައްލުކުރެވޭނީ ރައީސް މުޙައްމަދު ނަޝީދަށް ދައުވާކޮށްގެން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިއަދު ވިދާޅުވެއްޖެއެވެ. މިދިޔަ ހަފުތާއިން ފެށިގެން މަޖިލީހުގެ ޖަލްސާތައް ވަނީ ހުއްޓިފައެވެ. މައިގަނޑު ސަބަބަކީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވައިނުލެވުމެވެ. މިކަމާގުޅޭ މައްސަލަ ތަޅުމަށް ގެނެސް ފާސްކުރަން ނިންމައި މިއަދު ބޭއްވި ޖަލްސާގައި އިދިކޮޅު މެންބަރުން އަޑުގަދަކުރެއްވުމުން އެންމެ ފަހުން ޖެހުނީ މެދުކަނޑައިލާށެވެ. މެމްބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް […]