ރަހީނުކޮށްފައި ތިބި ތިން ދިވެހީންނަށް ސީރިއަސް އަނިޔާއެއް ނުވޭ، ފަރުވާއަށް ފަހު ދޫކޮށްލައިފި
މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިއްބައި ސަލާމަތްކުރި ތިން ދިވެހިންނަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލައިފި އެވެ. ފުލުހުން ބުނީ އެމީހުންނަށް ސީރިއަސްް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، މިހާރު އެމީހުން ގެއަށް ދޫކޮށްލާފައި ވާކަމަށެވެ. ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތް ކުރީ އަބަދަށް އުފާ މަގުގައި ހުރި ގެއެއްގެ ދޮރު ވައްޓާލައި އެގެއަށް ވަދެއެވެ. ފުލުހުން ބުނި ގޮތުގައި އެ މީހުންނަށް އެކިވަރުގެ އަނިޔާވަނީ ދީފައެވެ. އެ މައްސަލައިގައި މިހާތަނަށްވަނީ ކުޑަކުއްޖަކާއި 18 އަހަރުން […]
ތިލަފަތަށް 2018 ގައިދިން ވޯޓްގެ ނަތީޖާ، މިއަދު ބާޒާރުގައި ޑޮލަރެއް 17.80 ރުފިޔާ!
ތިލަފަތުގެ ވެރިޔަކީ ކާކުކަން ނޭގޭވަރަށް ތިލަފަތް ވެރިކަމުގެ ކޮޅަށް ބަރުކޮށްފިއެވެ. 2018 ގައި ވީ ހުރިހާ ވަޢުދެއް ހަނދާންނެތި ހިގައްޖެއެވެ. އެކަމަކު އިތުރު 5 އަހަރުގެ ދައުރަކަށްއެދި ވަޢުދު ގޯނީގެ ތުން މޮހެލައިފިއެވެ. ވަޢުދު ގޯނީގައި މިފަހަރު ހުރިއެއްޗެއް ތިލަފަތުގެ އަހުލުވެރީންނަށް ވެސް ނޭނގެއެވެ. ނަމަވެސް މިފަހަރު ތިލަފަތުގެ ވެރިޔާ ވިދާޅުވަނީ ވެރިކަން އަލުން އަތުލެވޭނެ ފޯމިއުލާ އެބައޮތް ކަމަށާއި އެއީ ނަތީޖާ ނެރެވޭނެ ފޯމިއުލާއެއް ކަމަށެވެ. އެހެންވެ އަހުރެން ވެސް މި އަވަސްވެގަތީ އެ ފޯމިއުލާ ހޯދުމަށެވެ. […]
މަސްތުނުވާން ނަސޭހަތްތެރިވި މަންމައަށް މަރުގެ އިންޒާރު ދިން މީހަކު ދެ މަހަށް ޖަލަށް
މަސްތުވާތަކެތި ބޭނުން ނުކުރަން ނަސޭހަތްތެރިވުމުން މަންމައަށް އިންޒާރުދިން މީހަކު ދެ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ. މި ހުކުމް މިދިޔަ ބުރާސްފަތި ދުވަހު ކުރީ އައްޑޫ މީދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. މި މައްސަލައަކީ، މިދިޔަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:42 ހާއިރު ސ. މީދޫ، ބަށިމާގޭ އަފްސަން ލަތީފް، އޭނާ ދިރިއުޅޭ ގޭގައި އޭނާގެ މަންމައާ ދިމާލަށް ހަޑިހުތުރު ބަހުން މުހާތަބުކޮށް އިންޒާރު ދީފައިވާތީ، ދައުލަތުން އުފުލާފައިވާ ”އަނިޔާއެއް ދީފާނެ ކަމުގެ […]
މާލޭ ގެއެއްގައި ތިން ދިވެހިން ރަހީނުކޮށް އަނިޔާކޮށްފި
މާލޭގައި ގެއެއްގެ ތެރޭގައި ތިން މީހަކު ރަހީނުކޮށް، އެ މީހުންނަށް އަނިޔާކޮށްފި އެވެ. ފުލުހުން މިއަދު ބުނީ ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުނަށް ލިބިގެން، ބާރުގެ ބޭނުންކޮށްގެބް އެ ގެއަށް ވަން އިރު އެ ގޭގައި ތިން މީހަކު ރަހީނުކޮށްފައި ތިބި ކަމަށެވެ، ފުލުހުން ބުނި ގޮތުގައި ރަހީނުކޮށްގެން އެ ގޭގައި ގެންގުޅުނީ ދިވެހި ތިން ފިރިހެނުން ކަމަށެވެ. އެ މީހުން ސަލާމަތްކޮށް ފަރުވާ […]
މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފި
މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ބަޔަކު ސަލާމަތްކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހެންވޭރު އަބަދަށްއުފާ މަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބިކަމަށް މައުލޫމާތު ލިބުމުން ބާރުގެ ބޭނުންކޮށްގެން އެ ތަނުގެ ތެރެއަށް މިއަދު ވަދެފައިވާ ކަމަށެވެ. ފުލުހުން ބުނީ ރަހީނުކޮށްފައި ތިބި ދިވެހި ތިން ފިރިހެނަކު ސަލާމަތްކޮށްފައިވާ ކަމަށާއި އެ މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާތީ ޑޮކްޓަރަށް ދެއްކުމަށް އެ މީހުން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލާގައި ދިވެހި ފިރިހެނަކާއި 18 އަހަރުން […]
އެމެރިކާގައި ދިވެހި އެމްބަސީއެއް ހުޅުވައިފި
އެމެރިކާގެ ވޮޝިންގޓަންގައި ދިވެހި އެމްބަސީއެއް އިއްޔެ ހުޅުވައިފިއެވެ. މި އެމްބަސީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޝާހިދެވެ. މި ރަސްމިއްޔާތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޑޮނަލްޑް ލޫ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ލޫ ވިދާޅުވީ މިއީ ދެ ގައުމުގެ ގުޅުން ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. މި އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާއިން ރާއްޖެއާއެކު ޚާރިޖީ މުއާމަލާތްތައް ކުރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީ މެދުވެރިކޮށެވެ. އެމެރިކާގައި ރާއްޖެ ތަމްސީލު ކުރަނީ އދ. ގައި […]
ކަރުނާޓަކާ ސްޓޭޓުގެ ގާނޫނުން ދީނީ މިނިވަންކަން މަނާކުރުން އުވާލަނީ
ދަ ހިންދޫ ބިއުރޯ ބެންގަލޫރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓުގައި ދީނީ މިނިވަންކަން މަނާކޮށްފައިވާ އަދި އެންމެ ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާ 2020 ގައި ފާސްކުރި މަޝްހޫރު “ ދީންބަދަލު ކުރުން މަނާކުރާ “ ގާނޫނުން ދީނީ މިނިވަންކަން ނިގުޅައިގަންނަ މާއްދާތައް އުވާލަން މިހާރުގެ ސްޓޭޓް ސަރުކާރުން ނިންމައިފިއެވެ. އަދި އެ ސްޓޭޓުގެ 72000 ސްކޫލުގެ ގްރޭޑް 6 އިން 10 އަށް ކަންނަޑާ ބަހާއި އަދި ސޯޝަލް ސްޓަޑީޒްގެ މާއްދާތައް ކިޔަވާދޭ ފޮތްތަކުގައި […]
ދުނިޔޭގެ އެންމެ މާތް 10 ދުވަސް އަންނަނީ
ދުނިޔޭގެ އެންމެ މާތް ދުވަސްތަކަކީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަސްކަމަށްވާތީ އެ ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމުން ދުރުހެލިވުމަށާއި ހެޔޮ އަމަލުތައް ކުރުން ގިނަކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި އިލްތިމާސް ކުރައްވައިފިއެވެ. މިއަދުގެ ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލާފައިވަނީ ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަމާއި އެ ދުވަސްތަކުގައި ކުރުން މޮޅު އިތުރުވެގެންވާ ހެޔޮ އަމަލުތަކާއި ނުބައި ކަންކަމުން ދުރުހެލިވުމުގެ މައްޗަށެވެ. ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މަތިވެރި އިލާހުގެ ހަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ހުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ […]
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑުކުރީ ހެޔޮ ނިޔަތެއް އޮވެގެން ނޫން: އުޝާމް
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސް ބޮޑުކުރީ ހެޔޮ ނިޔަތެއް އޮވެގެން ނޫން ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ މިހާރު ދެމުން އަންނަ 2,000 ރުފިޔާގެ އެލަވަންސް ބޮޑުކޮށް އިތުރު އިނާޔަތްތަކެއް ދޭން ނިންމިކަން ހާމަކޮށް ސަރުކާރުން އިއްޔެ ވަނީ އެކަމާބެހޭ ތަފްސީލުތައް ހާމަކުރައްވައިފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އެލަވަންސާ ގުޅޭ ގޮތުން މީގެ 4 އަހަރު ކުރިން ދަނގެތީ ދާއިރާގެ […]
އެމެރިކާގެ ޚާރިޖީވަޒީރުގެ ދަތުރުފުޅުގެ ކުރިން ޗައިނާގެ ނުރުހުން
ރޮއިޓާރސް އިން ޚަބަރުދީފައިވާ ގޮތުގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކެން ޗައިނާއަށް ކުރައްވަން ރޭވިފައިވާ ދަތުރުފުޅުގެ ކުރިން ޗައިނާގެ ޚާރިޖީ ވަޒީރު އިއްޔެ އެމެރިކާގެ ޚާރިޖީ ވަޒީރަށް ފޯނުކުރައްވާފައި ޗައިނާގެ އެތެރޭގެ ސަލާމަތާ ރައްކާތެރިކަމުގެ ތެރެއަށް އަތްބާނައިގެން ތަޅުވާ ނުހަދަން ދަންނަވައިފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިކަމަށް ޚާރިޖީ އޮފީހުން ހާމަކޮށްފައިވަނީ ތައިވާނުފަދަ ޗައިނާއަށް މުހިންމު މައްސަލަތަކުގެ ތެރެއަށް އެމެރިކާ ނުވަދެ ޗައިނާގެ ސިޔާސަތަށް އިޙުތިރާމް ކުރަން ދުނިޔޭގެ ސުޕަރ ޕަވަރެއްގެ ޙައިސިއްޔަތުން އެމެރިކާއަށް އެނގެން […]