ގުރޫޕު ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ގުރޫޕު ހަދައިގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މި މައްސަލައިގައި ހޯދަމުންދަނީ ރ.މަޑުއްވަރީ/ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އެވެ. އޭނާ ހޯދަމުންދަނީ މި މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި, ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ […]
އިމްރާން ޚާން އާއި ދޭތެރޭ ޕާކިސްތާނުގެ މަޑުމައިތިރި ޖެނެރަލްގެ ޢުދުވާން
އެއްބޭފުޅަކީ މުޅިގައުމުގެ ރައްޔިތުން އެބޭފުޅެއްގެ ޖާދޫގައި ޖެހިފައިވާ ކްރިކެޓް ސްޓާރެކެވެ. އަދި ސިޔާސީ މައިދާނުގައި އެބޭފުޅާގެ ފަހަތްފުޅުގައި އެ ރައްޔިތުން ތިބިކަން އަންގައިދޭ ބޭފުޅެއްވެސް މެއެވެ. އަނެއްބޭފުޅަކީ މަޑުމައިތިރި ޝަޚްސިއްޔަތެއްގެ ގޮތުގައި ފެންނަ އެހެންނަމަވެސް އެބޭފުޅާގެ ފުރިހަމަ ބާރާއިއެކު ސިފައިންގެ ލަޝްކަރުތަކުން ބޭނުންވާގޮތަށް ޕާކިސްތާނުގެ ސަރުކާރު ބައްޓަންކުރުމުގެ ހުނަރުވެރި ޖެނެރަލެކެވެ. އިމްރާން ޚާނާއި ސިފައިންގެ ވެރިންނާ ދޭތެރޭ ހިނގަމުންދާ ތޭރަވަރަކަށް މަސްދުވަސްވީ ހަމަނުޖެހުންތަކަކީ ޖެނެރަލް އާސިމް މުނީރުގެ މި ފާހަގަކުރެވުނު ޝަޚްސިއްޔަތު ނިޝާނެކެވެ. […]
އިބްރާހީމް ޢަބްދުﷲ ހައްޔަރުކޮށްފި, ބަންދަށް 30 ދުވަސް
މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުން އައި މއ.ނައިޓްވިލާ އިބްރާހީމް ޢަބްދުﷲ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފިއެވެ. ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އިބްރާހީމް ޢަބްދުﷲ ހޯދަމުންދާކަން ފުލުހުން ހާމަކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މިއަދު އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު […]
ތުރުކީ އިންތިޚާބު: ތިންވަނަ ލިބުނު ކެންޑިޑޭޓުގެ ތާއީދު އުރުދުޣާނަށް
ތުރުކީގެ ރިޔާސީ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ރިޔާސީ ކެންޑިޑޭޓް ސިނާން އޯގަން، ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ. އިދިކޮޅު ސިޔާސީ މައި ޕާޓީގެ ކެންޑިޑޭޓް ކެމާލް ކިލިޗްދަރޯލޫއަށް ނޫނެކޭ ވިދާޅުވެ, އުރުދުޣާންއަށް ތާއީދު ކުރައްވާކަން އިއުލާނުކުރެއްވީ މިއަދުއެވެ. ތުރުކީގެ ރައްޔިތުން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. އޯގަންއަށް 2.8 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓުލިއެވެ. އެއީފުރަތަމަ […]
ކޮވިޑު ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
ރާއްޖެއިން ކޮވިޑު ބަލީގައި އިތުރު މީހަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑު ޖެހުނު އިތުރު މީހަކު މިިދިޔަ ހަފުތާގައި ވަނީ ނިޔާވެފައެވެ. އެހެންކަމުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 315 އަށް އަރައިފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި (މެއި 14 އިން 20 އަށް) އިތުރު 36 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަލަށް ޕޮޒިޓިވްވި މީހުންގެ […]
އިންޑިއާ ބޮޑުވަޒީރު މޯދީ ޕީއެންޖީއަށް ވަޑައިގެންފި
އިންޑިއާ ބޮޑުވަޒީރު، ނަރެންދްރަ މޯދީ، ޕަޕުއާ ނިއު ގިނީ (ޕީއެންޖީ) އަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުން އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. އެމެރިކާއަށް ދިމާވެފައިވާ ޚާރިޖީ ދަރަނީގެ މައްސަލަ ބޮޑުވުމާއި ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން އެހެން ގައުމުތަކަށް ކުރަން ހަމަޖެހިފައިވާ ދަތުރުފުޅުތައް މެދުކަނޑާލާފައިވާއިރު، ބައިޑެން ޕީއެންޖީއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ކެންސަލްކުރައްވާފައެވެ. އެމެރިކާއިން ތައްޔާރުވަމުންދަނީ ދުނިޔޭގެ މައިދާނުގައި މިހާރު އަތްގަދަ ކުރަމުން އަންނަ ޗައިނާގެ ބާރު ކަނޑުވައިލުމަށް އަސްކަރީ ބާރު […]
ދައުލަތާއި ދައުލަތުގެ ބެހެނިވެރިން!
ދިވެހިރާއްޖެ ކަހަލަ ކަނޑަށް ހުޅުވާލެވިފައި ހުންނަ އައްސޭރިފަށުގެ ޖަޒީރާ ޤައުމެއްގެ ދަޢުލަތައްވާނީ އެންމެހައި ޖަޒީރާތަކާއި ގުޅިފައިވާ އެންމެހައި ގިރި ފަޅާ ކަނޑާއި އެކަނޑުގެ ދަރަޖަ، ދަގީގު، އަރުލުގެ މައްޗަށް ދަމާލެވިފައިވާ ރޮނގުގެ އެތޭރޭގައެވެ. އެއީ ދިވެހި ކަނޑާއި ކަނޑުގެ އަޑި އަދި އެތެރޭގައިވާ އެންމެހައި ދިރުންތަކުގެ މިނިރަލްސްއާއި، މަޢުދަނާ އަދި ޖައްވާއި އެއްގަމުގައިވާ އެންމެހައި ތަކެއްޗެވެ. އެއްވެސް ޝައްކެއްނެތެވެ. މިދައުލަތުގެ ބެލެނިވެރިންނަކީ ނުވަތަ މިދެންނެވުނު އިންފާރުތަކުގައިވާ އެންމެހައި ރިސޯސްތައް ތަސައްރަފު ކުރުމުގެ ބާރުވެރިންނަކީ އެދައުލަތެއްގެ ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އެދައުލަތަކަށް ނިސްބަތްކުރެވޭ އެތަނެއްގެ އުފަން އަހުލުވެރި ރައްޔިތުންނެވެ. އޭގެތެރޭގައި […]
ތުރުކީ އާންމު އިންތިޚާބުގެ ރަސްމީ ނަތީޖާ
މިދިޔަ ހުކުރުދުވަހު ތުރުކީގެ ސުޕްރީމް އިލެކްޝަން ބޯޑުން އިއުލާންކޮށްއާންމުކުރި ރަސްމީ ނަތީޖާގައި އެއްވެސް ސިޔާސީ ބޭފުޅަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ކާމިޔާބު ލިބިވަޑައި ނުގަންނަވާކަން ހާމަ ވެއްޖެއެވެ. އެ ނަތީޖާ އިން ހާމަވެގެންދިޔަ ގޮތުގައި ރައީސް އުރުދުޣާނަށް ލިބި ވަޑައިގަތީ %49.24 އެވެ އަދި ކިލިޖްދަރޯލޫއަށް ލިބިވަޑައިގަތީ 45.07% އެވެ. ސިނާންއޮގާނަށް %5.28 އެވެ. އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ދެބޭފުޅުންނަށް ދެވަނަ ބުރަކަށް ވޯޓުލުން މިމަހުގެ 28 ވަނަދުވަހު އޮންނާނެކަން މިހާރު ވަނީ އިލެކްޝަން ބޯޑުން އަންގާފައެވެ. ރެފިއުޖީންނާ ދެކޮޅަށް ވަކާލާތުކުރައްވާ […]
ހުޅުމާލެއިން ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ
ކުޑަކުއްޖަކު ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވާކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ. ޅ.ކުރެންދޫ/ހުދުފަޅު ޢަބްދުއްނާފިޢު އިބްރާހިމް (17އ) ވީނުވީ ތަނެއް ނޭނގިގެން އާއިލާއިން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް އެ ކުއްޖާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ […]
ސަޢޫދީގެ ”އައު މެދު އިރުމަތި“ ސިޔާސަތުގެ ސަބަބުން އިސްރާއީލު ބާކީވެއްޖެ
”އައު މެދު އިރުމަތި“ ގެ ނަމުގައި ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އެކުލަވައިލި އައު ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުން ބައިވެރިވެގެން އުފައްދާ ކޯލިޝަންތަކުން އެ ގައުމުގެ ނިންމުންތަކަށް ބާރުނުފޯރުވޭނެއެވެ. ސަރަހައްދީ ކަންކަމަށް އަސަރުކުރާނޭ ސިޔާސަތުތައް އެކުލަވައިލާ، ހިންގާނެ ގޮތް ނިންމައި، ކުރިއަށް ގެންދާނީ ސަޢޫދީ އަރަބިއްޔާއިން އަމިއްލައަށް ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ. އިރާނާއެކު ދެމެދު އޮތް ގުޅުންތައް އަލުން އިޔާދަކުރުމުގެ ކުރިން ވެސް، ސަޢޫދީ ޢަރަބިއްޔާއިންވަނީ ތުރުކީއާއި ޤަތަރާއިއެކު އޮތް ގުޅުން ވަރުގަދަކުރުމަށް މަސައްކަތް […]