ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ޞަލާޙާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް, ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ހއ.ފިއްލަދޫ ނިއުސްޓަރ ފާޠިމަތު ޞަލާޙާ އައްޔަން ކުރައްވައިފިއެވެ. ޗީފް އިންޓަރނަލް އޮޑިޓަރުގެ މަގާމަށް ފާޠިމަތު ޞަލާޙާ އައްޔަން ކުރެއްވީ މި މަހުގެ 13 ގައެވެ. ޞަލާޙާ މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ. މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޞަލާޙާ ފުރުއްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަގާމެވެ. ޞަލާޙާ ވަނީ 2023 ވަނަ […]
އަދުހަމް މެރުމަށް ހުކުމްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރައިލި މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރައްވައިފިއެވެ. ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު އދ.މާމިގިލީ, ކަނީރުމާގޭ ޤާސިމް ޙަސަން (59އ) އަށް ވަޅިން ހަމަލާދިނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 04 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އެ ގޮތުން ލިބުނު އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައި ޤާސިމް ނިޔާވިއެވެ. މި މައްސަލައިގައި އަދުހަމްގެ މައްޗަށް ދައުލަތުން އުފުލި […]
އެމެރިކާއަށް ސަޢޫދީ އެރޭބިޔާ ގެއްލި ރަޝިޔާގެ ބާރު ގަދަވުން

އެމެރިކާގެ މަޝްހޫރު ބްލޫންބާރގް އިން ޚަބަރު ދެމުންގެންދާ ގޮތުގައި މީގެ ތިން އަހަރު ކުރިން އޯޕެކް ޕްލަސް އަރިއަޅާލި ވަގުތު އެގައުމުތައް އެއްބައިވަންތަކުރުމުގައި އެމެރިކާގެ ވަރަށް އިސް ދައުރެއް ކުޅެން ލިބުނު ކަމަށް ގަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް މިއަދު އެ މަންޒަރު ވަނީ އެއްކޮށްބަދަލު ވެފައެވެ. ޚުލާސާގޮތެއްގައި ބުނާނަމަ ޖިއޯޕޮލިޓިކްސްގައި ބަދަލުވަމުންދާ އެމެރިކާގެ އެކުވެރިންގެ ވުޖޫދުން ސަޢޫދީއެރޭބިޔާ ނެއްޓި ރަޝިޔާއާއި ޗައިނާގެ އޯބިޓްތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަދި އެތަކެއް ޒަމާނަކަށް ދެކޮޅުވެރިކަމުގެ ވެއްޓެއްގައި ތިބި އީރާނާއި ސަޢޫދީ އެރޭބިޔާވެސް ސަރަޙައްދުގެ މަސްލަޙަތަށްޓަކައި އެކުގައި މަސައްކަތްކުރާ ބައިވެރިންނަށް މިވަނީ ވެފައެވެ. […]
އިންތިޚާބުގެ ކާމިޔާބީ ވެގެންދާނީ ހުޅަނގަށް ދެވޭ މެސެޖަކަށް – ތުރުކީ

އަންނަމަހުގައި ބޭއްވޭ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށާއި އަދި އެކާމިޔާބީ ވެގެންދާނީ އެމަނިކުފާނާއި އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރަމުންގެންދާ ހުޅަނގަށް ލިބޭ މެސެޖަކަށް ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތުން ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ސީ އެން އެން […]
ސަރުކާރުން ފޯރުވި ނުފޫޒާއެކު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބުކުރައްވައިފިއެވެ. މިއަދު ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒްގެ އިތުރުން ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން ޙުސައިން ރިޟާއާއި އެމްއެންޕީގެ ފަރާތުން ޢަލީ އަރީފެވެ. ވޯޓުލުން ކުރިއަށް ގެންދަން ކުރިން ހަމަޖައްސާފައި އޮތީ ހެނދުނު 08:00 އިން ހަވީރު 16:00 ގެ ނިޔަލަށް ކަމަށްވިޔަސް, މޫސުން ގޯސްވުމުގެ ސަބަބުން ވޯޓުލާން ދިޔުމަށް ދަތިވެފައިވާތީ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން […]
ވެލާނާ އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. އަލިފާން ރޯވީ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ހިންގާ ޗައިނާގެ ކުންފުނި ކަމަށްވީ ބީޔޫސީޖީގައި ބޭނުންކުރާ ތާރު އަޅާ ވެހިކަލެއްގައެވެ. އެ ވެހިކަލް އޮތީ އެއާޕޯޓުގެ އައު ރަންވޭގެ އެއް ފަޅީގައި ހުންނަ ސައިޓެކެވެ. ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން: ވޯޓުލުން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ކ.ގުރައިދޫ ދާއިރާއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި, ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި, މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 ގެ ނިޔަލަށެވެ. ވާދަކުރައްވާ ކެންޑިޑޭޓުން: ކެންޑިޑޭޓް ނަންބަރު 01: ޙުސައިން ރިޟާ، ޝީވީޑް/ކ.ގުރައިދޫ (ޕީޕީއެމް) ކެންޑިޑޭޓް ނަންބަރު 02: އިބްރާހިމް ޝާޒް، […]
ތައިވާނާބެހޭ ގޮތުން މެކްރޯން ދެއްކި ވާހަކައަށް ޗައިނާއިން ސާބަސް ދީފި

ޔޫރަޕުން ތައިވާނުގެ މައްސަލާގައި އެމެރިކާ ފަހަތުން ދުވަންނުޖެހޭނެ ކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމުން ޗައިނާގެ ރަސްމީ ނޫސްތަކުންނާއި ސޯޝަލް މީޑިއާއިން ސާބަސް ދީފިއެވެ. އަދި މިދިޔަ ހަފްތާގައި މެކްރޯން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައިތައިވާނުންވެސް ބައިނަލް އަގްވާމީ ހަމަތަކާ އެއްގޮތަށް އަމަލުކުރުމަށް ބާރުއަޅުއްވާމެކްރޯން ދެއްކެވި ވާހަކަފުޅު ވެގެން މިދިޔައީ ބައިނަލް އަގްވާމީ މުޖުތަމައާއި ހުޅަނގުގެ ބައިވެރިންނަށް ސިހުންލިބިގެންދިޔަ ވާހަކަފުޅަކަށެވެ. އެދަތުރު ފުޅުގައި މެކްރޯން ވަނީ ރައީސް ޝީ ޖިންޕިން އާ ވެސް ބައްދަލު ކުރައްވާފައެވެ. […]
އިސްލާމީ ގައުމުތަކުން މިހާރު އެމެރިކާއަށް އިތުބާރެއް ނުކުރޭ – ގެލުޕް

ގައުމުތަކުގެ ރައްޔިތުންގެ ވިސްނުންހުރިގޮތް ދިރާސާ ކުރާ އެމެރިކާގެ ގެލުޕް އޭޖެންސީން ހާމަކުރާ ގޮތުގައި މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ އެގާރަ ގައުމެއްގައި ކުރި ދިރާސާއިން ހާމަ ވެފައިވަނީ އެމެރިކާގެ މަގްސަދާ ދޭތެރޭ އެމީހުން އިތުބާރު ނުކުރާ ކަމަށެވެ. ހަމައެހެންމެ ރައްޔިތުންނަށް ހަމަހަމަކަމާއި ޢަދުލު އިންސާފު ގާއިމްކޮށްދީ ޑިމޮކްރެސީ ގެނެސްދިނުމުގެ ނަމުގައި ފަންޑުކޮށްގެން ހިންގަމުން ގެންދާ ޙަރަކާތްތަކަކީވެސް އެމަގްސަދު ޙާސިލުކުރުމުގެ ނިޔަތުގައި ހިންގާ ޙަރަކާތްތަކެއް ކަމަށް އެމީހުން ގަބޫލެއް ނުކުރެއެވެ. އަދި އެމެރިކާއަށް އެކަން ކުރެވިދާނެ ކަމަކަށްވެސް އެމީހުން އިތުބާރެއް ނުކުރެއެވެ. […]
ރާއްޖެއަށް 5 ކިލޯގެ ޑްރަގް އެތެެރެކުރަން އުޅުނު އިންޑިއާ އަންހެނަކު އަތުލައިގެންފި

ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ ފަސިންޖަރެއްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ. ކަސްޓަމަސްއިން މިއަދު ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތީ މި މަހުގެ 12 ވަނަ ދުވަހު އިތިއޯޕިއާއިން ރާއްޖެއައި އިންޑިއާގެ 56 އަހަރުގެ އަންހެނަކު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސްއިން ބުނީ އޭނާގެ އަތް ދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންއަށް އަދި ލަޖެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ […]