“ހަވަނަ ހިއްސުގެ އަޑު“
ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން އެއީ ޚިދުމަތްތެރިއެކެވެ. ހިންގުންތެރިއެކެވެ. ވަރުގަދަ ސިޔާސީ ލީޑަރެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ނަމަވެސް މިއަދު އަޅުގަނޑުގެ ގަލަން މި ހިންގައިލަނީ އޭނާގެ ސިޔާސީ ހަޔާތުގެ މައްޗަކަށް ނޫނެވެ. ނުވަތަ އޭނާގެ ބަސްމޮށުންތެރިކަމުގެ މައްޗަކަށް ވެސް ނުމެނޫންމެއެވެ. އާދެ, އޭނާގެ ޝާއިރިއްޔަތުގެ މައްޗަށެވެ. މި ދަންނަވަނީ ކަވަރ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމްގެ ވާހަކައެކެވެ. ނުވަތަ ބައެއް ބޭފުޅުންގެ “އަދުރޭ“ ގެ ވާހަކައެވެ. […]
ފިލައިގެން އުޅުމަށްފަހު އަމިއްލަައަށް ފުލުހުންނާ ހަވާލުވި ފައިޙްއަށް ދައުވާކުރަން ފޮނުވައިފި
މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ފުލުހުންނަށް ފިލައިގެން އުޅުމަށްފަހު އަމިއްލަައަށް ފުލުހުންނާ ހަވާލުވި އިބްރާހީމް ފައިޙް ނިޡާމަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވައިފިއެވެ. ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އައި ސ.މަރަދޫފޭދޫ, ރަށްދެބައިގޭ އިބްރާހީމް ފައިޙް ނިޡާމް އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވީ މިދިޔަ މާޗު 21 ވަނަ ދުވަހުގެރޭގައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ […]
ރައީސް ޔާމީންގެ އަތްޕުޅުން ޕީޕީއެމްގެ ރިޔާސީ ޓިކެޓް އަތުލެވިދާނެތަ؟
ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޔާމީން ޢަބުދުލްޤައްޔޫމު ކަމުގައި ކަނޑައަޅައި, ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އެމަނިކުފާނަށް ރަސްމީކޮށް ޓިކެޓް އަރުވައި ނިންމައިފައެވެ. ސަބަބުވެރި ވިސްނުމަކުން ވިސްނެވުމަށްފަހު ޔާމީންގެ އިސްތަށިފުޅުގައި 11 އަހަރުގެ ޖަލު ހުކުމެއް އަޅުވައި ހުރަގެއަށް ލީ އޭގެފަހުންނެވެ. އެ ޙުކުމް އިއްވެވިތާ ދެމަސްފަހުން މިހާރު ވަނީ ހައިކޯޓްގައި އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އިސްތިއުނާފު ޝަރީއަތް އަދި ތާވަލުކޮށްފައެއް ނުވެއެވެ. އަދި އެ ސަބަބުވެރި ޙުކުމް ކުރެއްވި ފަޑިޔާރުއަށް ވަނީ ހައިކޯޓަށް ޕްރޮމޯޝަން ދެއްވާފައެވެ. […]
ޗައިނާއިން ސައިބަރ ހަތިޔާރު އުފައްދަނީ – ސީ.އައި.އޭ އިން ލީކުވި ރިޕޯރޓް
ލީކުވެފައިވާ އެމެރިކާގެ އިންޓެލް ރިޕޯރޓުގައި ބުނެފައިވާ ގޮތުން ހަނގުރާމައެއްގައި ޗައިނާއާއި އިދިކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ސެޓެލައިޓްތައް ބޭނުން ނުކުރެވޭގޮތް ހެދުމުގެ މަގްސަދުގައި ޗައިނާއިން ސައިބަރ ހަތިޔާރު އުފައްދަން ފަށައިފިއެވެ. ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވާ ގޮތުގައި މިއީ އެމެރިކާގެ ފަހުގެ ތާރީޚުގައި އެމެރިކާގެ ސިއްރު ލިއުންތަކެއް ވަގަށް ނެގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. އަދި އެ ލިއެކިއުންތައް ލީކް ވެފައި މިވަނީ ޗައިނާއިން ތައިވާނަށް ޙަމަލާ ދީ ބާރުގެ ބޭނުންކޮށްގެން ތައިވާނު އަނބުރާ އަތުލާފާނެ ކަމުގެ […]
ހޫނުމިން 40 ޑިގްރީއަށް އިހުސާސް ކުރެވޭނެ, ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ: މެޓް
މި ދުވަސްވަރަކީ ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްވަރަކަށްވާތީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ. މެޓް އޮފީހުން ބުނީ އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށާއި ކޮންމެ ދުވަހަކު ވެސް އެންމެ ހޫނުގަދަވާނީ މެންދުރުފަހު 14:00 ގައެވެ. މެޓް އޮފީހުން ހާމަކުރި ގޮތުގައި: ހދ.ހަނިމާދޫގެ މިދިޔަ 29 އަހަރު އޭޕްރީލް މަހުގެ އެވްރެޖް ފިނިހޫނުމިނަކީ 29.7 ޑިގްރީ ސެލްސިއަސް. މިދިޔަ 29 […]
ޒަކާތުގެ ގޮތުގައި ލިބުނު 9 މިލިއަން ރުފިޔާ ފަގީރުންނަށް ބަހައިފިން: މިނިސްޓްރީ
މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި 09 މިލިއަން ރުފިޔާ ލިބުނު ކަމަށާއި އެ ފައިސާ ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓްރީން ވިދާޅުވީ 1444ވަނަ އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ދައްކާފައިވަނީ 175485 މީހުން ކަމުގައެވެ. އެ ގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ޖުމްލަ 9,003,324.05 ލިބުނު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. “ފަގީރުންގެ ލިސްޓްގައި […]
ފްލެޓް ލިބުނުކަމަށް ބުނެ އާންމުކޮށްފައިވަނީ ސައްހަ ނޫން ލިސްޓެއް: އާބަންކޯ
އާބަންކޯއިން މުވައްޒަފުންނަށް ދޫކުރާ ފުލެޓުތަކުގެ ތެރެއިން 34 ފްލެޓެއް އެ ކުންފުނީގެ ވެރިންނަށް ދޭން ނިންމާފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ލިސްޓަކީ ސައްހަ ލިސްޓެއް ނޫނ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރަތްކޮށްފައިވާ މިކްސް ރެޒިޑެންޝަލް ޔުނިޓުތަކުން ބައެއް ފްލެޓް އާބަންކޯގެ މުވައްޒަފުންނަށް ވިއްކަން ހުޅުވައިލާ ކަމަށް ބުނާ މެމޯއަކާއި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި, ޑިރެކްޓަރުންނާއި, މެނޭޖަރުންތަކެއް ހިމެނޭ ލިސްޓެއް މީގެ ދެ ދުވަސް ކުރިން ފެށިގެން މީސްމީޑިއާގައި އަންނަނީ […]
އެމެރިކާ ޑޮލަރުގެ ބާރު ކުޑަކުރުން އޭޝިޔާގެ ކަނޑުއޮޅިތަކުން ބޭރަށް
ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ ބޭނުން ކުޑަކުރަން އޭޝިޔާގެ ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތް ފުޅާވެ އެމަސައްކަތގެ ނަތީޖާ އޭޝިޔާގެ އަސްދަނޑިން ނިކުމެ ޔޫރަޕްގެ ގޮނޑުދޮށުގައި ބަނދަރުކޮށްފިއެވެ. ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރަށް ހިޔަނި އެޅެމުންދާ ބާރުގަދަ 6 ކަމެއް ބިޒިނަސް އިންސައިޑަރ ގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ގިނަ ގައުމުތަކަކުން އެމެރިކާ ޑޮލަރ އެއްފަރާތް ކުރުމަށްފަހު އެ ގައުމުތަކުގެ ފައިސާއިން ވިޔަފާރިކުރަން ބޭނުން ވެފައި ތިބުމެވެ. ދެވަނަކަމަކަށް ފާހަގަކޮށްފައިވަނީ އީރާނާއި ރަޝިޔާއިން ރަނުގެ މައްޗަށްބިނާކޮށް ބައިނަލް އަގްވާމީ ވިޔަފާރިތަކަށް ގޮތެއް ނިންމުމުގެ މަސައްކަތާއި ފަރަންސޭސި […]
ފަލަސްތީނާއި އިސްރާއީލް ގެ މައްސަލަ ހައްލުކުރަން ބޭނުން – ޗައިނާ
ބެއިޖިންއިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ ދިގުދެމިގެންދާ މައްސަލައަށް ސުލްޙަވެރިހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހާމަކޮށް އެ ދެގައުމުގެ ޚާރިޖީ ވަޒީރުންނަށް ޗައިނާގެ ޚާރިޖީ ވަޒީރު ގިން ގޭންގް ދަންނަވައިފިއެވެ. ދެ ގައުމުގެ ކާރިޖީ ވަޒީރުންނަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައިފަލަސްތީނާއި އިސްރާއީލުގެ ޒަމާންވީ މައްސަލަ ޙައްލު ނުކުރެވި ގޯހުން ގޯހަށް ބަދަލުވެގެންދާތީ ޗައިނާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ހާމަކޮށްފައި ވާގޮތުން ތިޔަ ދެގައުމު ސުލްޙަވެރި ކުރެވޭނެ މަގުތަކެއް ހޯދައި އެ މަގުން މަސައްކަތް ކުރުމުގެ ފުރުސަތަކަށް އެދި […]
މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކޮށް ދޭ ޑިޓޮކްސް ސެންޓަރުގެ ފަރުވާ ރަނގަޅެއް ނޫން
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ވާން ބޭނުންވާ ޒުވާނުން އަމިއްލައަށް އެދިގެން ޑިޓޮކްސް ސެންޓަރަށް ދިއުމުން ފަރުވާ ފުރިހަމަ ނުވަނީސް ބޭރު ކޮށްލާ ކަމަށް ޒުވާނަކު ބުނެފިއެވެ. މިގޮތުން ޑިޓޮކްސް ސެންޓަރުން ފަރުވާހޯދަން އަމިއްލަ އަށް އެދިގެން ދިޔަ ޒުވާނަކު ބުނިގޮތުގައި އެތަކެއް އަހަރުވަންދެން މަސްތުވާތަކެތި ބޭނުން ކޮށް އެ ވަބާއިން ސަލާމަތް ނުވެވިގެން ޑިޓޮކްސް ފަރުވާ ދިޔަ މިޒުވާނާ އަށް ހިންމަފުށީގެ ޑިޓޮކްސް ސެންޓްތަރުން ދޭފަރުވާ ރަނގަޅުނޫން ކަމަށެވެ. 14 ދުވަހުން ސިކްގެ އަލާމާތައް ރަނގަޅު ނުވަނީސް އަނބުރާ […]