ސިފައިންގެއަށް 34 އަހަރު ޚިދުމަތް ކުރެއްވި މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެ
އެމްއެންޑީއެފަށް 34 އަހަރު ޚިދުމަތް ކުރައްވާފައިވާ މޭޖަރ ޢަލީ ސަލީމް ނިޔާވެއްޖެއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގައި އިސްކޮށް މަސައްކަތް ކުރެއްވި މޭޖަރ ޢަލީ ސަލީމް ނިޔާވީ ސިއްހީ ހާލަތު ގޯސްވެގެން މިއަދު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. މޭޖަރ ޢަލީ ސަލީމަކީ ސިފައިންގެ ޔުނިޓެއްގެ ގޮތުގައި 1990ވަނަ އަހަރުގެ މޭމަހުގެ 01 ވަނަ ދުވަހު ”އެންއެސްއެސް ފަޔަރ ސަރވިސް“ އުފެއްދެވިއިރު ތިއްބެވި ފަސް ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. ސަލީމް ނިޔާވިއިރު ވެސް މަސައްކަތް […]
ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން މުޖުތަމަޢަށް ލިބޭ ގެއްލުން އަގު ކުރެވޭވަރަށްވުރެ ބޮޑު
ކުށްކުރާ މީހާ ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓަނީ އެމީހާ މުޖުތަމައަށް ދޫކޮށްފައި ބެހެއްޓުމުން މުޖުތަމައަށް ގެއްލުން ވާނެކަމަށް ޕީޖީއިން ބުނާތީ އެވެ. ކުށް ކުރި މީހާ ކުރި ކުށާއި އެކުށުގެ ބާވަތަށް ބެއްލެވުމެއް ނެތި ފަނޑިޔާރު ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމަށް އަމުރު ކުރައްވަނީ ޕީޖީގެ ފަރާތުން ކަނޑައަޅާފައި ހުންނަ ވަކީލު ވިދާޅުވާތީއެވެ. ކަން މިހެން ހުރިނަމަވެސް ކުށްކުރި ފަރާތް ޝަރީޢަތް ނިމެންދެން ޖަލުގައި ބެހެއްޓުމުން ޖަމާޢަތަށް ލިބޭ ގެއްލުން މާ […]
ގަވާއިދާ ޚިލާފަށް ވެލި ބޭރުކުރާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ގދ.ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުން ގަވާއިދާ ޚިލާފަށް ވެލި ބޭރުކުރާތީ އެކަން ހުއްޓުވުމަށް ސަރުކާރަށް ގޮވާލައްވައި ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފިއެވެ. މި ކުއްލި މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ. ޙުސައިން ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ފަރެސްމާތޮޑާގެ އެއާޕޯޓް ތަރައްގީކުރުމަށް ކަނޑުގެ ވަރަށް ދުރު ސަރަހައްދަކުން ނަގާފައިވާ ވެލި, އެ ޕްރޮޖެކްޓަށް ބޭނުންކުރުމަށްފަހު ބާކީވާ ވެލިން 45,000 ކޮޑި މީޓަރުގެ ވެލި ފުވައްމުލަކުގެ […]
ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މޯލްޑިވްސް ތ ސަރވިސްއިން ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން މ.އަތޮޅުގެ ސަރަހައްދުތަކަށެވެ. އެއީ ދަންވަރު 01:00 އާ ހަމައަށެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބާރަށް ގުގުރުމާއެކު ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުން ދެކުނުގެ އެކި ހިސާބަށް ވެސް ވިއްސާރަ ކުރުމާއެކު ގުގުރާނެއެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް އާންމު ގޮތެއްގައި އެ […]
ހޫނު ގަދަވުމުން މާލޭގައި މިއަދު ހަކަތަ ބޭނުންކުރި މިންވަރު ރެކޯޑް އަދަދަކަށް މައްޗަށް
މާލެ ސަރަހައްދުގައި މިއަދު ހަކަތަ ބޭނުންކުރި މިންވަރު ރެކޯޑް އަދަދަކަށް މަތިވެފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާއިރު, މީގެކުރިއާ އަޅާބަލާއިރު މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސްޓެލްކޯއިން މިއަދު ބުނީ މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން މިވަނީ ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށެވެ. […]
ސިކުންގެ ވަކި ދައުލަތަކަށް ވަކާލާތުކުރާ އިސް ލީޑަރ ހައްޔަރުކޮށްފި
އިންޑިއާގެ ޕަންޖާބުގައި ސިކުންގެ މަޒުހަބަށް ނިސްބަތްކުރެވޭ މީހުންގެވަކިދައުލަތެއް އުފެއްދުމަށް ވަކާލާތު ކުރަމުންގެންދާ އަމްރިތު ޕާލް ހޯދަން އިންޑިއާގެ ފުލުހުން އެތައްދުވަހަކު އަތްފުނާ އެޅުމަށްފަހު ހައްޔަރުކޮށްފިއެވެ. ޕަންޖާބުގައި ސިކުންގެ ވަކި ދައުލަތެއް ގާއިމްކުރުމަށް ޒުވާބުކޮށް ކުރިމަތިލުންތައް ހިންގަމުން ގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. މިދިޔަ ފެބްރުއަރީ މަހު ސިކުންގެ ދައުލަތަކަށް ތާއީދުކުރާ ބަޔަކު ކަނޑިއާއި ލަޓިބުރިތަކެއް ހިފައިގެން އަންޖާލާ ޕޮލިސް ސްޓޭޝަނަކަށް ވަދެ ޖަލުގައި ބަންދުކޮށްފައިހުރި އެމީހުންގެ ލީޑަރަކު ދޫކޮށްލުމަށް ބާރުއަޅައި މާރާމާރީވެސް ވަނީ ހިންގާފައެވެ. ފެބްރުއަރީ މަހުގެ ހިލުވާލުންގަނޑަށްފަހު އަމްރިތުޕާލް އުޅެނީ ފިލައިގެންނެވެ. ނަމަވެސް މިއަދު ފުލުހުން […]
ހޫނު ގަދަވުމުގެސަބަބުން ގެއިންބޭރަށް ނުނިކުތުމުގެ އިންޒާރު
ހޫނުގަދަވުމުގެ ސަބަބުން ތައިލޭންޑުގައި މީހުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން އިންޒާރު ދީފިއެވެ. މިދިޔަ ހޮނިހިރުދުވަހު ބެންކޮކްގައި 42 ދަރަޖަ ސެންޓިގްރޭޑްގައި ހޫނުމިން ހުރިނަމަވެސް ޖައްވުގައި އެއްވެސް ފިނިކަމެއް ނެތުމާއިއެކު 54 ދަރަޖަ ސެންޓިގްރޭޑުގެ ހޫނު އިޙްސާސް ކުރަން ޖެހުނުކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ. ކޮންމެ އަހަރެއްގެ އޭޕްރިލް މަހަކީ ތައިލޭންޑަށްވެސް އެންމެ ހޫނުވާ ދުވަސްވަރެވެ. އެމަހުގެ ތެރޭގައި އާންމުކޮށް ހޫނުމިން އެންމެ މައްޗަށް ދަނީ 37 ދަރަޖަ ސެންޓިގްރޭޑަށެވެ. އެހެންނަމަވެސް މިހަފްތާބަންދުތެރޭގައި ތައިލޭންޑުގެ 77 ސަރަޙައްދުގެ ތެރެއިން […]
ނިމްފް ސަބްރީނާގެ ބުދުގައި ކުލަހާކައި ހަޑިކޮށްލައިފި
ވޯރސެސްޓަރޝަޔަރ ގެ 200 އަހަރުވެފައިވާ މަޝްހޫރު ނިމްފްސަބްރީނާ ބުދުގައި ކޮންމެވެސް ބަޔަކު ކުލަ އުނގުޅައި ހަޑި ކޮށްލައިފިއެވެ. ހިލައިން އެއްޗެހި ހެދުމުގައި މަޝްހޫރު ޖޯން ބޭކަން ހަދާފައިވާ މި ބުދު އޮންނަނީ ކްރޫމް ކޯޓުގައި ހުންނަ ނޭޝަނަލް ޓްރަސްޓް ގައެވެ. ބުދުގައި ކުލަ ހާކައި ހަޑިކޮށްފައިވުމަކީ ބަލާގަނެވޭނެ ކަމެއް ނޫންކަމަށް ނޭޝަނަލް ޓްރަސްޓުގެ ފަރާތުން ވާހަކަ ދެއްވި ބޭފުޅަކު ބުނެފައި ވެއެވެ. އޭނާ ބުނެފައިވާގޮތުގައި އެތައް މިލިއަން މީހުން ބަލަން އަންނަ އެ ބުދަކީ ކްރޫމްގެ ޕާރކެއްގައި އެ ޓްރަސްޓުގެ ޙަމާޔަތުގައި ބާއްވާފައި އޮންނަ […]
ތައިލޭންޑަށް ދަތުރުކުރާ މީހުންގެ ސަމާލުކަމަށް
ބެންގްކޮކް ޕޯސްޓް ޚަބަރު ބުނާގޮތުގައި މިއަދުންފެށިގެން، ޗައިނާ ހުޅުވާލުމާއި ގުޅިގެން ތައިލޭންޑަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވެގެން ދާނެތީ ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކޯވިޑް 19 އާއި ގުޅޭ ބައެއް ފިޔަވަޅުތައް އަލުން ތަޢާރުފް ކުރަން ނިންމާފައިވާކަމަށް އެގައުމުގެ އޭވިއޭޝަނާބެހޭ އިދާރާއިން ހާމަކޮށްފިިއެވެ. މީގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ތައިލޭންޑަށް ޒިޔާރަތްކުރަން ދަތުރުފެށުމުގެ ކުރިންކޯވިޑް 19 އަށް ފުރިހަމައަށް ވެކްސިން ކޮށްފައިވާކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ތައިލޭންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މިއަންނަ ހޯމަދުވަހުން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ކޯވިޑް 19 އަށް ފުރިހަމައަށް […]
ޕީޕީއެމް/ޕީއެންސީގެ ޕްލޭނަކީ “އޭ ޓު ޒެޑަށް“ ވެސް ރައީސް ޔާމީން: އަދުރޭ
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ޕްލޭނަކީ އޭ ޓު ޒެޑަށް ވެސް އެމަނިކުފާނު ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވިދާޅުވީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ރައީސް ޔާމީނުގެ މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވައިގެން ކުރިއަށްގެންދާ މައްސަލައެއް […]