ކްރެޑިޓް ސުވީސްގެ ލާލަޗުގައި ސަޢޫދީއަށްވެސް ލިބުނީ ލަނޑު

ކްރެޑިޓް ސުވީސްގެ ފުރަތަމަ އޮފީސް ސަޢޫދީ އެރޭބިޔާގެ ރިޔާޒުގައި 2021 ވަނައަހަރުގެ ކުރީކޮޅުގައި ހުޅުވުމާއިއެކު އެ ބޭންކުގެ މެދުއިރުމަތީގެ ވެރިޔާ ބުރުނޯ ޑޭހާރ ބުނެފައިވަނީ މިއީ އިތުރަށް ފުޅާކުރެވޭނެ މާރކެޓެއް ކަމަށެވެ. ރިޔާޒުގެ މެދުތެރޭން ރަސްގެފާނު އަބްދުﷲ އާއި ރަސްގެފާނުފަހްދުގެ ނަންފުޅަށް ނިސްބަތްކުރެވޭ މަގުގެ ކަންމަތީގައި ހުޅުވުނު މި ބޭންކުން މުއްސަނދި ސަޢޫދީ އެރޭބިޔާއާއިއެކު ގުޅުންތައް އިތުރު އުސްމިންތަކަކަށް ގެންދާނެ ކަމަށް އުންމީދުތަކެއް ކުރެވުނެވެ. އެހެންނަމަވެސް އޭގެ ދެއަހަރު ފަހުން ފެނިގެން މިދަނީ މުޅި މަންޒަރު ބަދަލުވަމުންދާތަނެވެ. 167 އަހަރުގެ […]
ދެކުނު ޗައިނާކަނޑުގެ މައްސަލާގައި ޗައިނާއާއެކު ވާހަކަދައްކަން ތައްޔާރު – މެލޭޝިޔާ

މެލޭޝިޔާއިން ހިންގަމުންގެންދާ ހަކަތަ ހޯދުމުގެ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން ދެކުނު ޗައިނާކަނޑު މިލްކުވެރި ކަމާއިމެދު އުފެދިފައިވާ މައްސަލަތަކުގައި ޗައިނާއާއި އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ޗައިނާއިން ބުނަމުން ގެންދަނީ މުޅި ދެކުނު ޗައިނާ ކަނޑަކީ އެގައުމުގެ މިލްކެއް ކަމަށެވެ.އެ ކަނޑާ ބެހޭގޮތުން މިހާތަނަށް ދުނިޔޭގެ ކޯޓުން ނިންމާފައިވާ ނިންމުންތައް ޗައިނާއިން ގަބޫލެއއ ނުކުރެއެވެ. ކޮންމެ އަހަރަކު އެތައް ޓްރިލިއަން ޑޮލަރުގެ […]
ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ: މާރިޔާ

ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ. ޝިޔާމްގެ ސުވާލުގައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ ހައްގުތައް ބޭނުންކޮށްގެން ރާއްޖޭގައި ބިދޭސީ ސިފައިން ތިބުމާ ދެކޮޅު ހަދާ ދިވެހިންނާމެދު އިހާނެތިކޮށް ކަންކުރުމަކީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން މާރިޔާ ތާއީދު […]
ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ނާޒިމް ސުވާލު އުފައްދަވައިފި

ރާއްޖޭގައި އަމިއްލަވަންތަ ދައުލަތެއް އޮތްކަމާމެދު ސުވާލުއުފައްދަވައި މޯލްޑިވްސް ނެެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވާހަކަފުޅު ދައްކަވައިފިއެވެ. އެމްއެންޕީން ކުރިއަށްގެންދާ ”ނުއިވޭ އަޑުތައް“ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ރޭ ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް, ޚާއްސަކޮށް ޚާރިޖީ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ގުޅުމަށް އިޝާރަތް ކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު […]
ތިހެން ތިބެން ޖެހޭނީ, ފިޔަވަޅު އަޅާކަށް ލާހިކެއް ނޫން

“އަޅުގަނޑުމެންގެ ގޮފި, ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހެދުން ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ,“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން “ހޫނުވެފައި“ ހުންނެވި ހުންނެވުމާއެކު, މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ނުކުމެވަޑައިގެން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ މިހެންނެވެ. މިދިޔަ ޖެނުއަރީމަހުގެ 30 ވަނަ ދުވަހުގައި ދޮންމަނިކު ސްކައި ވިއު ރެސްޓޯރެންޓުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދެން ވިދާޅުވީ އެމްޑީޕީގެ ތެރޭގައި “ފިކުރެއްގެ ދިރުން“ ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުމަށް ޕާޓީގެ އަސާސީ […]
މާލޭގެ މަގުތަކުގަި ފެންބޮޑުވިޔަ ނުދިނުމަށް ކުރާމަސައްކަތުގެ ނަތީޖާ ޒީރޯ

މާލޭގެ ބައެއް ސަރަޙައްދު ތަކުގައި ފެންބޮޑުވުމުގެ މައްސަލަ އަކީ 1965 ވަނައަހަރުންފެށިގެން އަދި މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވުނު ކަމެކެވެ. މާލޭގެ ޒަމާންވީ މުސްކުޅިއަކު ބުންޏެވެ. އަހުރެމެން ހޭލީއްސުރެ މާލެއަށް ބޯކޮށް ވާރޭ ވެހިއްޖެނަމަ ގިނަ ސަރަޙައްދު ތަކުގައި ފެންބޮޑުވެއެވެ. ކަން މިހެން ހުރުމާއި އެކު ފޮނިކަނޑާފަ އަންނަ ކޮންމެސަރުކާރަކުން ވެސް މިކަން ޙައްލުކުރާނެ ކަމަށްބުނެއެވެ. އެކަމަށް ބޭނުން ނުވާވަރުގެ ބޮޑު ބަޖެޓެއް ހޯދައެވެ. ނަމަވެސް ސަރުކާރުތައް ބަދަލުވެ ދަނީ މިކަން ހައްލު ނުކޮށެވެ. އެހެން ކަމުން މާލޭގެ […]
މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެ, އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ. ޢަލީ ޙަމީދު އެމްޑީޕީއަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު އޮތް ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ޢަލީ ޙަމީދު ސޮއިކުރެއްވުމާއެކު މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންގެ އަދަދު ވަނީ 67 އަށް އަރައިފައެވެ. ޢަލީ ޙަމީދަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވެސް މެންބަރެކެވެ. އޭރުއްސުރެ މިއަދާ ހަމައަށް ހުންނެވީ ޖޭޕީގައެވެ. […]
ޅިޔަނާ, ބޮނދު ބުޑަށް ސައި!

ސޮފުހާތައް ހަތަރު އަހަރު ކުރިއަށް ސޮއްސައިލާނަމެވެ. އެއްޗެއް ތަފުސީލުކޮށްދޭން އުޅޭއިރު, އެ އެއްޗެއް އައި ގޮތެއް ބަލައިލުމަކީ ވެސް އަޅުގަނޑު ހިތުން ނެތްކަމެއް ނޫނެވެ. އެ އެއްޗެއްގައި ހުރި ބުރަދަނެއް ވެސް ސާފުވާނީ އޭރުންތާއެވެ. ގިނިކަންޏާ ނުކުމެވަޑައިގެން ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ގޮންޖައްސަވާލައްވައި އެމަނިކުފާނާ ވާދަކުރައްވާން ކެރިވަޑައިގަތް ލީޑަރެއް އޭރަކު ނެތެވެ. ބައިއަތު ހިއްޕަވައިގެން ނަމަވެސް އޭރު ތިއްބެވި ސިޔާސީ ލީޑަރުން ބޭނުންވެވަޑައިގަތީ ޔާމީން ބަލިކުރެއްވުމަށެވެ. އެ ގޮތުން އޭރު ތިއްބެވި ލީޑަރުން ގުޅިވަޑައިގެން ހެއްދެވި ކޯލިޝަނަކުން […]
މޫސުމުގެ ގަދަފަދަ މުސީބާތްތައް އެންމެ ގިނައިން އެމެރިކާއަށް މެދުވެރިވަނީ ކީއްވެގެން

މޫސުމް ދިރާސާ ކުރާ އިދާރާތަކުން ސިފަކުރާގޮތުގައި އެމެރިކާއަކީ މޫސުމުގެ ގަދަފަދަ މުސީބާތްތައް އަޅަން ޖެހިފާއޮތް ސުންބުންޔެކެވެ. ތަޖްރިބާކާރުން ވިދާޅުވާގޮތުގައި މޫސުމުގެ ސުންޕާކަން އެމެރިކާއަށް އެންމެގިނައިން މެދުވެރިވާ ސަބަބަކީ އެގައުމު އޮތް ސަރަޙައްދެވެ. ޕެސިފިކް ކަނޑާއި އެޓްލާންޓިކް ކަނޑަށް ހުޅުވިފައި އޮތުމާއި ގަލްފް […]
ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާވެގެން ދިއުމުގެ ބިރުބޮޑު

ދުނިޔޭގެ މަސްރަހަށް މިއަންނަ ބަދަލުތަކާމެދު ނުވިސްނާ ތިބެން ހެޔޮނުވާނެއެވެ. ދެކެވެމުންދާ ވާހަކަތަކާއި ދެމުންދާ އިންޒާރުތަކަކީ މީގެކުރިން ދުނިޔެ އަޑުއަހަމުން ދިޔަ ވާހަކަތަކެއް ނުވަތަ އިންޒާރުތަކެއް ނޫނެވެ. ދެވަނަ ބޮޑު ހަނގުރާމައިގާ ޖަޕާނުގެ ހީރޯޝިމާއަށާއި ނާގަސާކީއަށް އެމެރިކާއިން ނިއުކްލިއަރ އެންމެ ބޮމެއް ވައްޓާލުމުން ވީރާނާވެގެން ދިޔަ މިންވަރު މިހާރުވެސް އެއޮތީ ތާރީޚަށްޓަކައި ރައްކާތެރި ކޮށްފައެވެ. މިއަދު ނިއުކްލިއަރ ބާރު ލިބިފައިވާ ގައުމުތަކުން އެންމެ ފުރަތަމަ އިންޒާރު ދެމުން އެގެންދަނީ ނިއުކްލިއަރު ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށެވެ. […]