ކުޑަގިރީގައި މަސްތުވުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ޚާއްސަ ދެ ތަން ހުންނާނެ: ރައީސް

މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްޤީކުރި ކުޑަގިރީގައި މަސްތުވުމަށާއި ދުންފަތުގެ އިސްތިއުމާލު ކުރަން ޚާއްސަ ދެ ތަން ހުންނާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ. ކުޑަގިރި ރަސްމީކޮށް ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކުޑަގިރި ހުޅުވަން ތައްޔާރުވަމުން އައިއިރުގައި ތަފާތު އެތައް މެސެޖުތަކެއް އެ މަނިކުފާނަށް ވެސް  ލިބެމުންދިޔަ ކަމަށެވެ.   “އަޅުގަނޑަށް އައި އެއް ސުވާލަކީ ކީއްވެގެންހޭ މުޅި މި ރަށް ”ނޯ ސްމޯކިންގ“ ރަށަކަށް ނުހެދީ. ތެދުފުޅެއް. އެއީވެސް […]

އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް

އެމެރިކާއާއި ޗައިނާގެ މިލިޓްރީ ކުރިމަތިލުމެއްގައ ތަޖްރިބާކާރުން ދެކޭގޮތް މިލިޓްރީ ތަޖްރިބާ ކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިލިޓްރީ ގޮތުން އެމެރިކާއާއި ޗައިނާގެ ކުރިމަތިލުން ވެގެންދާނީ މުޅިދުނިޔެއަށް ކުރިމަތިވެގެންދާނޭ ވަރަށް ބޮޑު މުސީބާތަކަށެވެ. ެއްވެސް ގައުމަކުން އެ ޙާލަތުގައި ބަލިވާކަށް ބޭނުމެއް ނުވާނެއެވެ. ތަޖްރިބާކާރުންގެ އިންޒާރަކީވެސް އެއީއެވެ. ޗައިނާއިން ތައިވާނުގެ ހަނގުރާމައެއް ފަށައިފިނަމަ އަދި އެ ކަމުގެ ތެރެއަށް އެމެރިކާއިން ވަދެއްޖެނަމަ ވަރަށް ހިތި ތަޖުރިބާތަކެއް އެމެރިކާއިން ތަޙަންމަލް ކުރަންޖެހުމަކީ ވަރަށް އެކަށިގެންވާ ކަމެއް ކަމުގައި ތަޖްރިބާ ކާރުން ވިދާޅުވެއެވެ. […]

ރައީސް އަކީ ފައިސަލް، ނައިބު ރައީސް އެއް ނެތް!

ޤާނޫނު އަސާސީގެ ހަތަރުވަނަ ބާބުގައި 106 ވަނަ މާއްދާއިން ފެށިގެން 128 ވަނަ މާއްދާގެ ނިޔަލަށް 14 ޞަފްޙާ އަށް ވުރެ އިތުރަށް ލިޔެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަ ތަކާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ބެހޭ ވާހަަކަ ތަކެވެ.  އެއީ ކީއްކުރާ ކޮން ބައެއް ކަމާއި، އިންތިޚާބު ކުރާނޭ ގޮތާއި، ބާރުތަކާއި، މަސްއޫލިއްޔަތުގެ ވާހަަކައެވެ. މަޤާމަށް ނުކުޅެދުމާއި އިސްތިއުފާ ދިނުމާއި، ނާއިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އަކަށް ބަދަލުވާ ގޮތެވެ.  އެކްސިޑެންޓުން ނުވަތަ ކާރިސާއަކުން ނަމަވެސް މި ދެ މަޤާމް […]

ރައީސް ޔާމީނަށް އިއްވި ޙުކުމުގެ އިސްތިއުނާފު ވަނީ ތައްޔާރު ކުރެވިފައި, ދެން މާ ލަހެއްނުވާނެ: ވަކީލު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ ޑިސެމްބަރުމަހު އިއްވި ޙުކުމުގެ އިސްތިއުނާފު ތައްޔާރު ކުރެވިފައިވާ ކަމަށާއި, ތައްޔާރު ކުރައްވާފައި އޮތް އިސްތިއުނާފަށް ބަލާއިރު, އެ މަނިކުފާނު މިނިވަންވެވަޑައިގަންނަވާނެކަމީ %100 ޔަޤީންކަމެއް ކަމަށް އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. ވ.އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި, ކްރިމިނަލް ކޯޓުން އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ […]

ނޭޓޯއިން ހަނގުރާމައިގެ ތެރަށް ވަދެފި، ދެން ދާނީ ގޯހުން ގޯހަށް :ރަޝިޔާ

ސަންދާނުގެ ކިއުންތެރިންނަށް ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ޚަބަރުތައް ގެނެސްދޭން ބޭނުންވަނީ މި ހަނގުރާމައަކީ އާދައިގެ ހަނގުރާމައެއް ކަމުގައި ދުނިޔެ ނުދެކޭތީއެވެ.  މިހާރުވެސް އެ ހަނގުރާމައިގެ ނުރައްކާތެރި އަސަރުތައް މުޅިދުނިޔެ މިއޮތީ ތަޖުރިބާ ކުރަންޖެހިފައެވެ. ހުޅަނގުގެ އެންމެ މުއްސަނދި ގައުމުތަކުގައި ވެސް އާންމު ދިރިއުޅުމަށް ބޭނުންކުރަންޖެހޭ އަސާސީ ތަކެތީ އަގުތައްވެސް އެވްރެޖް ގޮތެއްގައި %25 އަށްވުރެން މައްޗަށް އުފުލިއްޖެއެވެ.  ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ދުލުކޮޅަށްވެސް ގެންނަން ނުވާވަރަށް ދަށަށް ހިނގައްޖެއެވެ. ހަނގުރާމައަކީ ބިރުހުރި ކަމެކެވެ. ހަނގުރާމައަކީ ފަނާކުރުމެކެވެ. މިކަމާމެދު އަޅުގަނޑުމެން ވިސްނާ […]

އީރާނުގައި އަލަށް ހުޅުވި އެއަރބޭސް ދައްކާލުމުން މަސްރަޙް ހޫނުވެއްޖެ

އީރާނުގެ ފުރަތަމަ ބިމުއަޑީގެ އެއަރބޭސް އީގަލް 44 މި މަހު 8 ވަނަދުވަހު ދައްކާލައިފިއެވެ. އީރާނުގެ ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި އެތަނުގައިފައިޓަރ ޖެޓާއި ދުރުރާސްތާ ކުރޫޒް މިސައިލް ފުރިހަމައަށް ރައްކާ ކުރެވޭނެއެވެ.     އެއަރބޭސް ހުޅުވުމުގެ ރަސްމިއްޔާތުގައި އީރާނުގެ ސިފައިންގެ އިސް ވެރިންނާއިއެކު ސިފައިންގެ އެންމެ އިސްވެރިޔާ  މޭޖަރ ޖެނެރަލް މުޙައްމަދު ބާޣޭރީ އާއި ސިފައިންގެ ކޮމާންޑަރ މޭޖަރ ޖެނެރަލް އަބްދުއްރަހީމް މޫސާވީ ބައިވެރިވެ ވަޑައިގަތެވެ. އެއަރބޭސްގެ ވަސީލަތްތަކުގެ އިތުރުން އެތަނުގެ ސަބަބުން އިސްރާއީލަށް ހަމަ ނިދި ނުލިބޭނެ ބަހުރުވައަކުން އެބޭފުޅުން ވާހަކަ ދެއްކެވިއެވެ.     […]

ހުރިހައި ދިމާއަކުން ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު: ޢަލީ ޙުސައިން

ހުރިހައި ދިމާއަކުން ވެސް ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޢަލީ ޙުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ފެށިގެން ކަނޑުއަޑީގެ ޗާޓަށް ބެލުމުން ވެސް ފެންނަނީ އެ މަންޒަރު ކަމަށާއި އުތުރު ތިލަފަޅެއް ހަނިމާދުއެއް ކިޔާނެ ކަމެއް ނެތް ކަމަށެވެ. “ހުރިހައި ދިމާއަކުން ވެސް ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު.“ ޢަލީ […]

ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް: ޝުޖާއު

ސިނާޢީ ބޭނުމަށް ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމަށް ހުޅުވައިލުމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް ކަމަށާއި, ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ބިން ވިއްކުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ކަމެއް ކަމަށެވެ. ދިވެހިންގެ މަސްކަނޑު ވިއްކާލައިފިކަން ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ ސަރުކާރުން އެންމެ ފަހުން މި ފެށީ ބިންކޮޅު ވިއްކަން ކަމަށެވެ. “އަސާސީއާއި […]

އިންޑިއާގެ ތެޔޮ ކާރުޚާނާތައް އެމެރިކާ ޑޮލަރާ ދުރަށް

ބަރާތު ޕެޓްރޯލިއަމް އާއި ރިލަޔަންސް އިންޑަސްޓްރީޒް އަދި ނަވާރާ އެނަރޖީއިން ރަޝިޔާގެ ތެޔޮ ގަތުމުގެ މުޢާމަލާތް ތަކުގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް ޔުނިއިޓެޑް ޢަރަބް އިމެރޭޓްސްގެ ދިރްހަމް ޚިޔާރުކުރިކަން އެނގިވަޑައިގަންނަވާތޯ ބުލޫމްބާރގް އިން އިންޑިއާގެ ތެލާބެހޭ ވަޒީރު ހަރްދީޕް ސިންގް ޕޫރީ އަށް ދެންނެވުމުން ޖަވާބުގައި ވިދާޅުވީ ރަސްމީ ޙައިސިއްޔަތުން އެނގިވަޑައި ނުގަންނަވާ ކަމުގައެވެ.  އެހެންނަމަވެސް އިންޑިއާއިން ތިޔަ މައްސަލާގައި އެހެން ގައުމުތަކާއެކުވެސްވާހަކަދައްކަން އޮތީ ތައްޔާރަށްކަމަށެވެ. އިންޑިއާގެ ވިޔަފާރީގައި މުދަލުގެ ބާވަތްތަކާއި ގުޅިގެން ބޭނުންކުރާނެ ފައިސާއެއް އިޚްތިޔާރު ކުރުމުގައި ވިޔަފާރިވެރިން ބޭނުންވާގޮތް އެއީ ގޮތްތައް ނިންމުމުގައި ވަރަށް ބޮޑު ރޯލެއް ކުޅޭނެ ކަމެއް ކަމަށެވެ.             […]

ސީރިޔާއިން ފައިބަން ތުރުކީން އެއްބަސްވަނީ

ޖެނީވާއިން ރޮއިޓާސް ޚަބަރުދޭގޮތުގައި ތުރުކީއާއި ސީރިޔާއާދެމެދު މިހާރު ދެކެވެމުންދާ ވާހަކަތަކުން ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިއްޖެނަމަ ސީރިޔާގެ އުތުރުން ތުރުކީގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދު އަނބުރާ ސީރިޔާއަށް ދޭނެކަން ޔަގީން ކޮށްދީފައިވާ ކަމަށް ސީރިޔާގެ އިދިކޮޅަށް ނިސްބަތްކުރެވޭ ވަރަށް އިސް ސިޔާސީ ބޭފުޅަކު ވިދާޅުވެއްޖެއެވެ.  ސީރިޔާގެ ފަރާތުން މިވާހަކަތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިދިކޮޅުގެ ރައީސް ބަދުރު ޖަމޯސް ތަރުޖަމާނު މެދުވެރިކޮށް ވިދާޅުވީ “ ތުރުކީގެ ޚާރިޖީ ވަޒީރާއި އަދި ސަލާމަތީ ބާރުތަކާ އަހަރެން ބައްދަލު ކޮށްފީމެވެ. މިހާރު ދެކެވެމުންދާ […]