މާޗު މަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ

އަންނަ މާޗު މަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ. އައިލެންޑް އޭވިއޭޝަންގެ އަހަރީ ސްޓާފް ނައިޓްގައި އެކަން ހާމަކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު މިހާދެވެ. ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކައިގައި މިހާދު ވިދާޅުވީ އަންނަ މާޗު މަހުން ފެށިގެން ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އެ ބަދަލާއެކު މުވައްޒަފުން ޕެންޝަން ފަންޑުގައި ރައްކާކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށް ވެސް މިހާދު ވިދާޅުވިއެވެ. “މުވައްޒަފުންގެ ޓިކެޓަށް […]

ސަމަދުބެއަށް ޖޯކު ޖައްސަވައި މާރިޔާ ވާހަކަދެއްކެވީ ބީޖޭޕީ ރުއްސަން: އިދިކޮޅު

ދާދިފަހުން އިންޑިއާއަށް ދުރުވެ އުޅުއްވަނިކޮށް އެ ޤައުމުން ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ޖޯކު ޖައްސަވައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ވާހަކަ ދެއްކެވީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ރުއްސަންވެގެން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފިއެވެ. ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވަލުގައި ބޭއްވި […]

ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވާތީ އެމެރިކާވެސް ރަތަށް

ހަނގުރާމައިގާ އިސްރާޢީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުން ގެންދިއުމާއިގުޅިގެން އެމެރިކާއިންވެސް ރަތަށް އަރައިފިއެވެ.  މިދުވަސްވަރަކީ ޔޫރަޕްގެ ގައުމުތަކުންނާއި ޔޫ.އެން. މެމްބަރުންގެ ބޮޑު މެޖޯރިޓީއަކުން ފަލަސްތީނުގެ އެ ބިންތަކުން ޔަހޫދީން ފޭބުމަށް ބާރުއަޅައި އިޒްރާޢީލް ކުށްވެރިކުރަމުން ދާ ދުވަސްވަރެކެވެ.  އަދި މިއީ އެމެރިކާއިން ބުނަން ބޭނުންވެގެން ބުނި އެއްޗަކަށް ނުވިޔަސްޔުނައިޓެޑް ނޭޝަންސުން އެއީ އިސްރާޢީލުން ހިންގާ ޣައިރު ގާނޫނީ ޢަމަލެއްކަމަށް ބުނެ އެކަން ހުއްޓުވަން ކުރަމުންގެންދާ މަސައްކަތައް ލިބުނު ހިތްވަރެއްކަމަށް ވޯޝިންޓަނުން ރޮއިޓާސް ޚަބަރު ދީފިއެވެ.    އިސްރާޢީލަށް ފާޑުކިޔުމުން ރައީސް ބައިޑްން މިހާރު ހުންނެވީ ބޮޑުވަޒީރު […]

ސަބަބުވެރި އިންސާނެއްގެ ސަބަބުވެރި ޙުކުމް!

ކުރިސްޓްމަސް ދުވަހަކީ ބުނެއުޅޭގޮތުން ނަމަ 25 ޑިސެމްބަރު ދުވަހެވެ. ނިމިދިޔަ ކްރިސްޓްމަސް ދުވަހަކީ ތާރީޚީ ދުވަހެކެވެ. ރާއްޖޭގެ ގިނަ ޖަޒީރާ ރެސޯޓްތަކުގައި ދިޔައީ ކުރިސްމަސް ރެއަށް ތައްޔާރުވަމުންނެވެ. ހަމަ އެހާ ހައްސާސް ގޮތެއްގައި ސަބަބުވެރި އިންސާނަކު ގެންދެވީ އެތައް ރެއެއްގެ ނިދި ނަންގަވާލައި އަވަހާރަފުޅު ލެއްޕެވުމެއް ނެތި ވަރަށް ބުރަކޮށެވެ.  އަދި ޢާއިލާގެ ވަރަށް މަދު ބަޔަކަށް ކްރިސްޓްމަސްގެ ފަހުން ވެދާނެ ގޮތަކާއިމެދު ވާހަކަ ދައްކަވައި އޮށްދާ ހިއްލުމުގައެވެ. ނިދާ ކޮޓަރީގައި 18 ބީޓީޔޫގެ އެއަރކޮންޑިޝަނެއް ހުރި ނަމަވެސް އެ ސަބަބުވެރި އިންސާނާގެ އޮށްދާ ހިއްލުމެއް […]

މިސަރުކާރު ވެރިކަމަށް އައުމަށްވީ ވަޢުދު ތައް ފުއްދަވާ ދެއްވާށެވެ

     ނިމިދިޔަ ވެރިކަމުގެ ތެރޭގައި ހިނގާފައިވާ ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތައް ބަލާ ޢަދުލުއިންޞާފު ގާއިމްކޮށް ރައްޔިތުންނަށް ހަމަ ހަމަ ކަމާއެކު އިންޞާފު ހޯދައިދޭނޭ ކަމަށް ބުނެ ވީ ވަޢުދު ނުފުއްދަވާ ބަޔަކަށް ނުވަތަ ބޭފުޅަ ދެވަނަ ދައުރެއް ނުދެވޭނޭ ކަމަށް ގިނަ ރައްޔިތުން އެދަނީ ބުނަމުންނެވެ. ގައުމުގެ ކަރާމަތާ އިސްތިގްލާލު ރައްކާތެރިކޮށް ގައުމުގެ ހަމަޖެހުން ގާއިމްކުރުމާއިއެކު ރައްޔިތުންގެ ޖީބަށް ލުއިވާނެ ވަސީލަތްތައް ގާއިމްކޮށް ކޮށް ނުދެވޭ ފަރާތަކާއި ގައުމު ހުންގާނު އަމުދުން ދެވަނަ ދައުރަކަށް ޙަވާލު ނުކުރެވޭނޭ ކަމަށް ރައްޔިތުން […]

ނާޒިމުގެ ނިޔަތް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވައިލުމުން: ޠާރިޤް

ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު, އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޖަލުގައި އޮންނެވުން ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ދެއްކެވި ވާހަކައާ ގުޅިގެން އޭނާގެ ނިޔަތާމެދު މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ސުވާލު އުފައްދަވައިފިއެވެ. އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނަށް […]

ތުރުކީއާއި ސޫރިޔާގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށްޓަކައި މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިފި

ިތުރުކީއާއި ސީރިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށްޓަކައި ދީނީ ޢިލްމުވެރިންނާއި, މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ”އެއް އުންމަތެކޭ މިއީ“ ކެމްޕޭނުގެ ދަށުން މިސްކިތްތަކުގައި ފަންޑު ފޮށިތައް ބަހައްޓައިފިއެވެ. ”އެއް އުންމަތެކޭ މިއީ“ ކެމްޕޭނުގައި އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިންގަވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ) އާއި ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ކެމްޕޭނުގެ މިއަދު ރާއްޖޭގެ […]

ސައިންސުގެ ސަފްޙާތަކުން ކިއުންތެރިންނަށް

world news earth science maldives

ސައިންސުގެ ސަފްޙާތަކުން މި ލިއުން ގެނެސްދިނުމުގެ ބޭނުމަކީ ކިއުންތެރިންގެ ދަރިންގެ ތެރެއިން ސައިންސުގެ މާއްދާތައް ކިޔަވާ ކުދިންނަށް ދުނިޔެއާބެހޭ ގޮތުން އިތުރު މަޢެލޫމާތު ގެނެސް ދިނުމެވެ. އަޅުގަނޑުމެން އަބަދުވެސް ބުނާގޮތުގެމަތިން މި ލިއުމުގައި ހިމެނޭ މަޢެލޫމާތު ތަކަކީ އެތައްބަޔަކަށް އެނގޭ އަދި ކީރިތި ގުރުއާނާއި ސުންނަތާއި ސައެންސުގެ ހޯދުންތަކުން އެނގޭ މޢުުލޫމާތު ތަކަށް ވެދާނެއެވެ. ނަމަވެސް މިލިޔުމުންވެސް ކިއުންތެރިންގެ ތެރެއިން ކޮންމެވެސް ބަޔަކަށް ފައިދާ ކޮށްފިނަމަ އަޅުގަނޑުގެ މަގްސަދު ޙާސިލުވީއެވެ.   ޔުނިވަރސިޓީ އޮފް ޓެނެސީގެ ޕްލެނެޓަރީ ސައެންސުގެ ތަޖްރިބާކާރު ސިޗުން ހުއަންގް މިމަހުގެ 23 […]

ރައީސް ޔާމީން ޖަލުގަ ބާއްވައިގެން ނުވާނެ, އިންސާފު ލިބެންޖެހޭނެ: ނާޒިމް 

ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. “ރައްޔިތުންގެ އުދާސްގެ ނަމުގައި އެމްއެންޕީން މިރޭ މާލޭގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރިޔާާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލުގައި އޮންނެވުން ކަމަށެވެ. […]

ގާޒީ ޙަސަން ސަޢީދު ސަސްޕެންޑްކޮށްފި

ފެމިލީ ކޯޓުގެ އިސް ގާޒީކަމުގައި ހުންނެވިއިރު ޤާނޫނާ ޚިލާފަށް ކައިވެންޏެއް ކޮށްދިނުމަށް މަގުފަހިވާ ގޮތަށް އަމަލުކުރެއްވި މައްސަލައިގައި މިހާރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ޙަސަން ސަޢީދު ސަސްޕެންޑްކޮށްފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ އުސޫލުގެ މަތިން އިންތިޒާމުތައް ހަމަޖައްސައިގެން ކުރިއަށް ގެންދިއުމަށް ފެމިލީ ކޯޓުގެ އިސް ގާޒީގެ ހައިސިއްޔަތުން ގާޒީ ޙަސަން ސަޢީދު އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް ލަފާދެއްވާފައިވާ ކަމަށާއި, ނަމަވެސް އެ ކޯޓަށް ހުށަހެޅޭ […]