ރައީސް ޔާމީން 11 އަހަރަށް ޖަލަށްލި މައްސަލަ އިސްތިއުނާފުކޮށްފި

ވ.އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ދުވަހުގެ ޖަލު ޙުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފިއެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދަޢުވާ ދަޢުވާ ސާބިތުވާ ކަމަށް ނިންމަވައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވެވީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު މިއަދު […]
ފުއްގިރި މައްސަލަ: ގާޒީ ނިންމެވީ ދިފާއުން އެދުނު ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވޭނެ ތަނެއް ނެތްކަމަށް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ރ.ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން އެދިފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރުތައް ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ނަދީމް ނިންމަވައިފިއެވެ. ފުއްގިރި ކުއްޔަށް ދޫކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުލަތުން ދަޢުވާ ކުރަނީ ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމާއި މއ.ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށެވެ. […]
ވެރިކަން ވައްޓާލުމުގެ ވާހަކަ ދެއްކުމުގެ ކުރިން ނެޕޯލިއަންގެ ހަނދާން އާކޮށްބަލަ -–ރަޝިޔާ

ރަޝިޔާ ވީރާނާ ކޮށްލަން ބޭނުން ނުވާކަމަށާއި ބޭނުންވަނީ ހަނގުރާމައިގާ ބަލިކޮށް ރަޝިޔާގެ ރައީސް ޕޫޓިންގެ ވެރިކަން ބަދަލުކުރަންކަމަށް ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވުމުން ރަޝިޔާއިން ހޫނު ރައްދެއް ދީފިއެވެ. ވެރިކަން ބަދަލުކުރަން ހިތަށް އެރުވުމުގެކުރިން އަދި އެއްފަހަރު ނެޕޯލިއަން ބޮނަޕާރޓޭ މަތިން ހަނދާން ކޮށްލުން ރަނގަޅުވާނެކަމަށް ބުނެފ. ނެޕޯލިއަން ގެ އުމުރުން 51 އަހަރުގައި އަވަހާރަވެފައިވަނީ އެޓްލާންޓިކް ކަނޑުގެ މެދުތެރޭގައި އޮންނަ ސެއިންޓް ހެލީނާ ޖަޒީރާގައެވެ. ނެޕޯލިއަން އަރުވާލުމުގައި އިނގިރޭސިން ޔަގީންކުރީ އޭނާއަށް ފަސޭހައިން ހިކިފަސް ތަނަކަށް ނޭރޭނެ ހިސާބެކެވެ. ސެއިންޓް ހެލީނާއާއި އެންމެ ކައިރިން […]
އެމްއެމްޕީއާރްސީ ޚިޔާނާތް: ޒިޔަތުގެ ބޮޑުބޭބެއަށް ލިބުނު 37 މިލިއަން ރުފިޔާ ހޯދަން އަންގައިފި

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގައި ހިމެނޭ މީހެއްގެ އަތުން 37.9 މިލިއަން ރުފިޔާ ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެމްއެމްޕީއާރްސީއަށް އަންގަވައިފިއެވެ. އޭސީސީއިން މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައިި ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާގެ މައްސަލައިގައި ހ.ސްނޫޕީ/ކ.މާލެ, ޢަބްދުﷲ ޢާޞިމަށް ލިބުނު 2,460,000.00 އެމެރިކާ ޑޮލަރު (37,933,200 ރުފިޔާ) ދައުލަތަށް އަނބުރާ ހޯދުމަށްޓަކައި މި މަހުގެ 14 ވަނަ ދުވަހު އެމްއެމްޕީއާރްސީއަށް އަންގާފައިވާ […]
ބިންތައް “ތިޔަހެނެއް ނުވިއްކޭނެ“ ކަމަށް ބުނެ އިދިކޮޅުން ހުކުރު ދުވަހު މަގުތަކަށް ނުކުންނަނީ

ތިލަފުށިން ސިނާޢީ ބޭނުމަށް ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހު “ތިޔަހެނެއް ނުވިއްކޭނެ“ މި ނަމުގައި އިހުތިޖާޖު ކުރަން ނިންމައިފިއެވެ. ޤާނޫނާ ޚިލާފަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ މި އިހުތިޖާޖު ފުރަތަމަ ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހުއެވެ. އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ ތިލަފުށީގެ ބިން […]
އެފްރިކަން ޔުނިއަންގެ ސަމިޓުން އިސްރާއީލުގެ އޮބްޒާވަރު ބޭރުކޮށްލައިފި

އިތިއޯޕިޔާގެ އެޑިސް އަބާބާގައި މިދިޔަ ހޮނިހިރު ދުވަހު ފެށުނު އެފްރިކަން ޔުނިއަންގެ ވެރިންގެ ބައްދަލުވުމުގައި ސައުތު އަފްރިކާއާއި އަލްޖަޒާއިރުގެ ބޭނުންކޮށްގެން އިސްރާއީލުގެ ޑިޕްލޯމެޓަކު ބޭރުކުރަން އީރާނުން މަސައްކަތް ކުރިކަމަށް އިސްރާއީލުން ތުޙުމަތު ކުރުމުން އެ ބައްދަލުވުމުގައި ހުޅު ފަޅައިގެން ހިނގައްޖެއެވެ. މި މައްސަލަ ކުރިމަތިވީ ބައްދަލުވުމުގެ ފުރަތަމަ ދުވަހު އެފްރިކާ ބައްރުގައި މެދުވެރިވެފައިވާބަނޑުހައިހޫނުކަން ފަދަ ބޮޑެތި މައްސަލަތަކާއި ދޭތެރޭ ވާހަކަފުޅު ދެއްކެވުމުގެ ތެރޭގައެވެ.މީޑިއާއަށް ހާމަވެފައިވާ ވީޑިއޯގައި ފެންނަނީ އެ ބައްދަލުވުމުގެ ސަލާމަތީ ކަންތައް ބަލަހައްޓަވާ ގާރޑުން އިސްރާއީލުން އެފްރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޝެރޯން […]
މާރިޔާ, ސަމަދުބެ ޖޯކު ޖެހުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އިންޑިއާއަށް ގޮސް އުޅެނިކޮށް ޑީޕޯޓުކޮށްލި ޕީޕީއެމްގެ ހުޅުމާލޭ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު (ސަމަދުބެ) އަށް ފުރައްސާރަ ކުރައްވައި ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައްްވައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. ޢަބްދުއްޞަމަދަށް ފުރައްސާރަ ކުރައްވައި މާރިޔާ ވާހަކަ ދެއްކެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް މިދިޔަ ހުކުރު […]
ޢައްބާސް ޢާދިލް ރިޒާގެ މައްޗަށް “ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ“ އުފުލައިފި

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ސަރުކާރުގެ އިސް މަޤާމުތައް ފުރުއްވާފައިވާ ޢައްބާސް ޢާދިލް ރިޒާގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ އުފުލައި މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޢައްބާސްގެ މައްޗަށް ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދަޢުވާ އުފުލީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ 222 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ. ދަޢުވާ އުފުލި ސަބަބު: […]
ޒިޔަދަމްގެ މަރު: ހުރިހާ ވާރިސުން އެދެނީ މަރަށް މަރު

ލ.މުންޑޫ/ނޫވިލު, ޢަލީ ޒިޔަދަމްގެ ގާތިލަށް މަރުގެ އަދަބު ދިނުމަށް އޭނާގެ ހުރިހާ ވާރިސުން މިއަދު ޝަރީޢަތުގެ މަޖިލީހުގައި އެދިއްޖެއެވެ. 2015 ވަނަ އަހަރު މާޗުމަހުގެ 20 ވަނަ ދުވަހުގެ ރޭ މުންޑޫ ވަގުތީ ހިޔާ ކައިރިން ހިނގާފައި ދަނިކޮށް މަސް ކަނޑަން ބޭނުންކުރާ ވަޅިއަކުން ޒިޔަދަމަށް ހަމަލާދިން މައްސަލައިގައި ދެ މީހަކަށް ދަޢުވާ އުފުލިއެވެ. ދަޢުވާ އުފުލީ މުންޑޫ/ބީޗުވިލާ ޢަލީ ސިފާމްއާއި, އެ ރަށު ހީނާވިލާ މުޙައްމަދު ޝަނޫންގެ މައްޗަށެވެ. ޝަނޫންގެ މައްޗަށް ވަނީ ގަސްދުގައި ޒިޔަދަމް […]
ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އިހުތިޖާޖުކޮށްފި

ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތުގެ މަސައްކަތް ނުފެށި ލަސްވާތީ އެ ސްކޫލުގެ ބެލެނިވެރިން މިއަދު އިހުތިޖާޖުކޮށްފިއެވެ. ޢަރަބިއްޔާ ސްކޫލުގެ އާ ޢިމާރާތް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ނިންމެވީ 2021 ވަނަ އަހަރު ޑިސެމްބަރުމަހުއެވެ. އެ ޢިމާރާތް ހަދަން ނިންމީ ބާޖަމާލުއްދީނު ހުރި ބިމުގައެވެ. ސަރުކާރުން ކުރިން ބުނެފައިވަނީ މި އަހަރު އެ ޢިމާރާތް ނިމޭނެ ކަމަށެވެ. ނަމަވެސް އަދިވެސް އެ ސްކޫލުގެ ބިންގާ ވެސް އަޅާފައެއް ނުވެއެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ޢަރަބިއްޔާ ބެލެނިވެރިންނާއި […]