ނަޝީދަށް ހުރަސް ނުކުރެވޭނެ ރަތްރޮނގު، އިންޑިޔާ

އިސްތިޢުފާ ދެއްވި ރައީސް މުޙައްމަދު ނަޝީދަށް ނުދެއްކޭނެ ވާހަކަތަކަކާއި ނުކުރެވޭނެ ކަންތައްތަކެއް ވެއެވެ. ގިނަބަޔަކު ދެކޭގޮތުގައި އެއީ ނަޝީދަށްވެސް ހުރަސް ނުކުރެވޭނެ ރަތް ރޮނގެކެވެ. އަދި އެވާހަކަ ސިޔާސީ ޕޯޑިއަމްއެއްގ ައިވެސް ނަޝީދަކަށް ނުދެއްކޭނެއެވެ. އެހެނީ މިދަޔަ 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވުނީ އެރޮނގު ހުރަސްނުކުރާނެ ކަމަށް ވެވިފައިވާ އަޙަދުނާމާގެ ދަށުންކަމަށް ވާތީއެވެ. އާދެ! ނަޝީދުގެ ބަހުން ބުނާގޮތުންނަމަ 2018ގެ އިންތިޚާބު އަޅުގަނޑުމަނަށް ކާމިޔާބު ކުރެވުނީ އިންޑިޔާގެ ވަރަށް ހުޝިޔާރު އެނހީތެރިކަމަކާއި އެކުގައެވެ. އިންޑިޔާ ޑިޕްލޮމޭޓުން ހުޅުށްވައިދެއްވި ހަނި ވިންޑޯއެއްގެ ބާރުގައެވެ. ވީމާ ގައުމު އަޅުވެތިވެ ދިޔަޔަސް އަދި އިންޑިޔާގެ ދަރަނި ދަންތޫރާގައި ޖެހި […]
ޑރ.މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތަކެއް

މާލޭ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާ ވެސް އެކި ފަރާތްތަކަށް ފޭކް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދިވަޑައިގަންނަވައިފިއެވެ. މޭޔަރު މުޢިއްޒުގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވަމުންދަނީ އެ މަނިކުފާނުގެ އަމިއްލަ ފޯނު ނަންބަރު ބޭނުންކޮށްގެންނާއި އެސްއެމްއެސްއާއި ވައިބަރގެ ޒަރީޢާއިންނެވެ. މޭޔަރު މިއަދު ވިދާޅުވީ އޭނާގެ ނަމުގައި ފޭކް މެސެޖުތައް ފޮނުވަމުންދަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ކަންކަމާ ގުޅުވައިގެން ކަމަށެވެ. މޭޔަރު ވަނީ އެ މައްސަލަ ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ. […]
ބްރިކްސް އަށް އިތުރު މެމްބަރުން ބައިވެރިކުރުމާއިމެދު މިއަހަރު ގޮތެއް ނިންމާނެ

ބްރިކްސް ޖަމާޢަތުގައި ހިމެނޭ ގައުމުތަކުން އިތުރު އެހެންގައުމުތައް ބައިވެރިކުރުމާއި ބެހޭ އުސޫލުތައް ކަނޑައަޅައި އަދި އިތުރު ގައުމުތަކަށް މެމްބަރޝިޕް ދިނުމާއިމެދު މިއަހަރުގެ ފަހުކޮޅުގައި ގޮތެއް ނިންމާނެކަމަށް އެ ޖަމާޢަތުގެ މިހާރުގެ ރިޔާސަތު ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ނަލޭޑީ ޕާންޑޯރ ވިދާޅުވެއްޖެއެވެ. ޖޯހަނަސްބާރގުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެކަމަނާ ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ނުރަނގަޅު މަގުގައި ކަންބޮޑުވާ މިންވަރަށްބަދަލުވަމުން މިދާ ހަލުވިކަމާއިހުރެ ގިނަ ގައުމުތަކަކުން އެއްކަހަލަ ވިސްނުމަކާއި ފިކުރެއް ގެންގުޅޭ ގައުމުތަކާއި އެކު ބައިވެރިވެގެން ކުރިޔަށް ދާން ތިބީ އިންތިހާއަށް ބޭނުންވެފައެވެ. މިސަބަބު ތަކަށްޓަކައި ބްރިކްސްއާއި ގުޅެން ގިނަ ގައުމުތަކަކުން ބޭނުންވާކަން […]
ޕީޕީއެމް “ފަޅައިލަން“ ކުރާ މަސައްކަތަކަށް ޖާގައެއް ނުދޭނަން: އަދުރޭ

ޕީޕީއެމް “ފަޅައިލަން“ އެތެރޭން ކުރާ މަސައްކަތަކަށް ވެސް ބޭރުން ކުރާ މަސައްކަތަކަށް ވެސް ޖާގައެއް ނުދޭނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ބޭއްވި ހަރަކާތުގައި އަދުރޭ ވިދާޅުވީ މި ދުވަސްވަރަކީ ވަރަށް ނުރައްކާތެރި ދުވަސްވަރެއް ކަމަށާއި ޕީޕީއެމް/ޕީއެންސީގެ ލަޝްކަރުގެ ހިތްވަރު ފެނުމުން ވާދަވެރިންގެ ހިތަށް ކެތްނުވެގެން ޓީމު ބައިބައި ކުރުމުގެ މަސައްކަތް ރޭވުންތެރިކަމާއެކީގަ ކުރަމުން ގެންދާ ކަމަށެވެ “އަޅުގަނޑުމެންގެ ވާދަވެރިން އަޅުގަނޑުމެންގެ ލަޝްކަރު ބަދަހިވަމުން […]
ރައީސް ޔާމީނަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއް: ނަޝީދު

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ތަންދޮރު އެނގިވަޑައިގަންނަވާ ވިޝަންއެއް ހުރި ބޭފުޅެއްކަމަށާއި ހަމައެކަނި އޮތް ޚިޔާލު ތަފާތުވުމަކީ އެ މަނިކުފާނު އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވާ ވިސްނުންފުޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއާ އިންޑިއާއާ ދެމެދު ގުޅުމަކީ ރަނގަޅު ހަރުދަނާ ގުޅުމެއް ކަމަށާއި އެ ގުޅުން ކުރިއަށް ގެންދަވަންޖެހޭ ކަމަށެވެ. ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ […]
ރައީސުލްޖުމްހޫރިއްޔާއަށް ޒިންދާބާދަށް ގޮވައި, ސަނާ ކިޔާނަމަ އެ ދެވެނީ ޚަރާބުގެ މަގަށް: ނަޝީދު

ރައީސުލްޖުމްހޫރިއްޔާއަށް އިންތިހާއަށް ޒިންދާބާދަށް ގޮވައި ސަނާ ކިޔާނަމަ ދެން އެދެވެނީ ޚަރާބުގެ މަގަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭނު ކުރެއްވުމުގެ ގޮތުން މިހާރު ރާއްޖޭގެ ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ.ފުލިދުއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިނގާތާ ދުވަސްތަކެއް ވެެއްޖެ ކަމަށާއި އަލުން “މައުމޫނީ ފިކުރަށް“ ނުދެވޭނެ ކަމަށެވެ. “އަޅުގަނޑު […]
މުރުތައްދު ވީމާވެސް ރަސްގެފާނު، އެވެސް ކޮލީ އިއްޒަތާއެކު!

ހިޖުރައިން 957 އިން 958 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރި ހިލާލީ ދަރިކޮޅަށް ނިސްބަތްވާ ނުވަވަނަ ޙަސަނުގެ ވާހަކައެވެ. ﴿وَمَنْ يَرْتَدِدْ مِنْكُمْ عَنْ دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالآخِرَةِ وَأُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾ [البقرة 217] މާނައީ: “ ތިޔަބައިމީހުންގެ ތެރެއިން މުރުތައްދު ވެ، ކާފިރަކު ކަމުގައިވާ ޙާލު މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން […]
ގޮތްނޭގޭ އުދުހޭ ތަކެތީގެ ބިރުވެރިކަން ދިމާވެފައިވާ އެމެރިކާގެ އަސްކަރިއްޔާ

އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާގެ އެންމެ ޙައްސާސް މިލިޓްރީ އެއަރސްޕޭސް ތަކުގެ ތެރޭގައި މިހާތަނަށް 510 ގޮތްނޭންގޭ އުދުހޭ އުޅަނދުފަހަރު ފެނިފައިވެއެވެ. މި އުޅަނދު ތަކަކީ ޖިންނީން ގެ އުޅަނދުފަހަރުކަން ޔަގީންނުވިޔަސް އޭގެ ސަބަބުން ބިރުވެރިކަން ކުރިމަތި ވެފައިވާކަމަށް އެމެރިކާ ސަރުކާރުން މިހާރު އެއްބަސް ވެއެވެ. މި 510 ޙާދިސާގެ ތެރޭގައި ކުރިން ރިޕޯރޓް ލިބިފައިވާ ގޮތްނޭންގޭ 144 އުދުހުމާއި މިފަހުގެ 366 އުދުހުން ހިމެނެއެވެ. އޭގެތެރެއިން ގިނަ އުދުހުންތަކަކީ އޭގެ އަމިއްލަ ޒާތުގެ އުދުހުންތަކެއް ކަމަށާއި ފެންނަފެނުމަށް ފުއްޕާހަމުގެ ސިފައިގާ ފެނިފައި ހުރުން […]
މެލޭޝިޔާ ބޮޑުވަޒީރު އަންވަރުގެ ސަރުކާރު އިތުރަށް ވަރުގަދަވެއްޖެ

މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އަމްނޯ) ގެ އަހަރީ ބައްދަލުވުމުން މިއަންނަ މޭ މަހަށް ތާވަލް ކުރެވިފައިވާއިރު އެ ޕާރޓީގެ އިސް މަގާމުތަކުގެ ވޯޓުލުމުގައި މިހާރު ތިއްބެވި ބޭފުޅުންނޫން އެހެން އެއްވެސް ބޭފުޅަކަށް ވާދަނުކުރެވޭނެ ގޮތަށް އިއްޔެ ފާސްކުރުމާއި ގުޅިގެން ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ސަރުކާރު މާބޮޑު ޗެލެންޖްތަކެއް ނެތި ދެމިއޮތުމުގެ އުންމީދުތައް އާވެއްޖެއެވެ. ހަތަރު ދުވަސް ވާންދެން އަމްނޯއިން ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި މިގޮތަށް ނިންމެވި ސަބަބެއްކަމުގައި ބުނެފައިވަނީ ތުން މަހާތީރު މުޙައްމަދުގެ ވެރިކަމަށްފަހު މެލޭޝިޔާގެ ސިޔާސީ މަސްރަޙު މާބޮޑަށް ހަލަބޮލި ވަމުން ގޮސްފައިވުން ނިމުމަކަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕާރލިސްގެ މަންދޫބު ހަމިޒާން ޙަސަން ވިދާޅުވީ މެލޭޝިޔާގެ ސިޔާސީ މަސްރަޙް ރައްޔިތުން […]
“ފިނިޝިންގް ލައިން“ ހުރަސްކުރައްވާނެކަމަށް ވިދާޅުވި ޢުމަރުގެ ކެމްޕޭނު ފެށުން ފެބްރުއަރީގައި

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ ރިޔާސީ ކެމްޕޭން އަންނަ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ފަށްޓަވަން ނިންމަވައިފިއެވެ. ޢުމަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެރޭ ސަލްޓަންޕާކުގައި ކަމަށެވެ. “ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚު އިއުލާން ކުރުމާ ގުޅިގެން, އަޅުގަނޑުގެ ރިޔާސީ ކެމްޕޭން ފެށުމުގެ ފުރަތަމަ ޖަލްސާ އޮންނާނީ […]