ފިރިހެންކުޅި ކުޅުން ގާނޫނީގޮތުން މަނާކުރެވިފާއޮތް އޮތުން ސިންގަޕޯރުންއުވާލައިފި

ސިންގަޕޯރުގައި ފިރިހެންކުޅިކުޅުން އިސްތިއުމާރީންގެ ޒަމާނުއްސުރެން ގާނޫނީ ގޮތުން މަނާކޮށްފައިއޮތް އޮތުން އުވާލައިފިއެވެ. އަދި މިކަމާގުޅޭގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ކައިވެންޏަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރުވެރި ފަރާތަކީ ހަމައެކަނި ޕާރލަމެންޓް ކަމަށާއި އަދި މިހާރު ކައިވެންޏަކީ ހަމައެކަނި ފިރިހެނަކާ އަންހެނަކާ ދެމެދު ކުރެވޭ މުއާމަލާތެއްކަމުގައެވެ. ބެލެވޭގޮތުގައި ސިންގަޕޯރުން މިހާރު އެ ޚިޔާރުކުރަމުންދާ މަގަކީ އެގައުމަކީ މާލީގޮތުން ސަރަހައްދުގެ މައި މަރުކަޒު ކަމުގައި ހެދުމުގެ ވިސްނުމުގައިއެކަމަށްޓަކައި ބިދޭސީ ތަޖްރިބާކާރުންގެ ޝައުގުވެރިކަން އިތުރު ކުރުމާއި،އެގައުމުގައި މަޒްހަބީ ވިސްނުމާއި ފިކުރުއަށަގެންފައިވާ ޖަމާޢަތްތައް ފަހަތަށް ކޮއްޕާފައި ބޭތިއްބުމާއެކު ތަފާތު ނަސްލުތަކާއި އަދި […]

 ދެ އުޅަނދެއްގައި އަލިފާން ރޯވެއްޖެ

  ކޮޅުމަޑުލު ވިލުފުށީ ބަނދަރުގައި އަޅާފައި އޮތް ތޮޔޮއުފުލާ 2 އުޅަނދެއްގައި އަލިފާރޯވެ ވަރަށް ބޮޑަށް އަނދައިފިއެވެ.      އިއްޔެ އިރުއޮސި 6.20ހާއިރު ހިނގި މި އަލިފާނުގެ ކާރިސާ ކޮންޓްރޯލްކުރެވުނީ ދޮޅުގަޑިއެއްހާއިރު ފަހުން ކަމަށް އެރަށުގެ އަތިރިމަތީގައި ހުރިމީހަކު ބުންޏެވެ.       ޖެހިޖެހިގެން ބަނދަރުކޮށްފައިވާ މިދެދޯނީގައި ހިނގާދިޔަ މި އަލިފާނުގެ ކާރިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ވެސް އޭނާ ބުންޏެވެ.     މި ދެދޯންޏަކީ ތެޔޮ އުފުލާގޮތަށް ތައްޔާރުކިށްފައިވާ ދެ އުޅަނދެވެ. ދެދޯނީގައި ހިންގި މި […]