ޗައިނާގެ މިލިޓްރީ ތަމްރީނުތަކުގައި ތައިވާނުގެ ސަރަހައްދަށް ވަދެއްޖެ 

ތައިވާނުގެ ދިފާއީ ވުޒާރާއިން ހާމަކުރާ ގޮތުގައި ޗައިނާއިން މިހާރު ކުރިއަށް ގެންދާ މިލިޓްރީ ތަމްރީނު ތަކުގައި އެ ގައުމުގެ ކަނޑުގެ ސަރަހައްދުގެ ތެރެއަށް ވަދެގެންފިއެވެ. ތައިވާނުގެ ދިފާއީ ވުޒާރާއިން ބުނާގޮތުގައި ޗައިނާއިން މިކުރީ ޔުނައިޓެޑް ނޭޝަންސްގެ ގަވައިދުތަކާ ޚިލާފް އަމަލެކެވެ. ޗައިނާއިން ތައިވާނުގެ ސަރަހައްދުގެ ތެރެއަށް ވަންނަ ކޮންމެ ވަދެގަތުމަކަށް ރައްދުދޭނެ ކަމުގައި ތައިވާނުން ބުނެފިއެވެ. އަދި  ކަނޑާއި ވައިގެ ސަރަހައްދު ހިމެނޭގޮތަށް ޗައިނާއިން މި ހިންގާ ތަމްރީނުތަކުގެ ސަބަބުން ބައިނަލް އަގްވާމީ ބޯޓުފަހަރު ދަތުރު ކުރުމަށް ނުރައްކާތައް މެދުވެރިކޮށް ތައިވާން ކަނޑުއޮޅީގެ ސަރަހައްދުވެސް ނުރައްކާތެރި ތަނަކަށް ބަދަލުވެއްޖެ ކަމަށެއެވެ. އަދި ޗައިނާގެ ތަމްރީނުތައް […]

ޝައިހު ނިޝާން ބަންދު ކުރި މައްސަަލައިގެ އިސްތިއުނާފު ހުކުމް ކުރުން މިއަދު

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރުކުރިޝައިހް އާދަމް ނިޝާން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކޮށްފި އެވެ. ހައިކޯޓްގައި އޮތް ބަންދު މުރާޖާ ކޯޓު އަމުރުތަކުގެ މައްސަލައިގެ ހުކުމް ކުރުން އޮތީ މިއަދު 10:30 ގައެވެ. ހައިކޯޓްގައި އޮތް މައްސަލައިގެ އަޑުއެހުންތައް ނިންމާލީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ހައިކޯޓަށް ހުށަހެޅި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ އެބޭފުޅާ […]

ޕާކިސްތާނުގެ ހެލިކޮޕްޓަރ ވައްޓާލީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތަކުން.

ޕާކިސްތާނުން ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޯޗް ރާޖީ އާޖޮއި ސަންގަރް (ބީ. އާރް. އޭ. އެސް.) އިން ރޮއިޓާރޒް އަށް މައުލޫމާތ ދީފައިވާގޮތުގައި ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ފޯރުކޮށްދޭން މިދިޔަ ހޯމަދުވަހު މަސައްކަތް ކުރަމުން ގެންދިޔަ މިލިޓްރީ ހެލިކޮޕްޓަރ ވައްޓާލީ އެ ގުރޫޕުންކަމަށް ބުނެފިއެވެ. އެހެންނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އެމީހުނަކަށް ނުދެއްކުނެވެ. އަދި ރޮއިޓާރޒް އަށް އެގުރޫޕްގެ ބުނުން ކަށަވަރު ކުރެވޭނެ ގޮތެއްވެސް ނުފެނުނެވެ. އެ ޚަބަރާގުޅިގެން ޕާކިސްތާނުގެ ސިފައިންގެ އިސް ބޭފުޅަކު ވިދާޅުވީ ސިފައިންގެ އިސް ބޭފުޅުން ތަކަކާއެކު ދަތުރުކުރި ހެލިކޮޕްޓަރ ވެއްޓުނީ […]

އެއްޖިންސުން ގުޅުން ނުހިންގަން، ވީޑިއޯއަކީ އެޑިޓެއް: ނާޒިމް ސައްތާރު

ބަންގްލަދޭޝް ޒުވާނެއް ކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާކަމަށް ފެންނަ ވީޑިއޯއަކީ އެޑިޓުކޮށްފައިވާ ވީޑިއޯއެއްކަމަށް ނާޒިމް ބުނެފިއެވެ. ނާޒިމް މިފަދައިން ބުނެފައިވަނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް މިމަހުގެ 29 ވަނަ ދުވަހު ހާޒިރުކުރުމުން ކޯޓުގައި ދެއްކި ވާހަކައިގައެވެ. ކޯޓުގައި ނާޒިމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަކަށް […]

ވިޔަފާރިވެރިޔާ މަހްމޫދުގެ ގާތިލް ސާލިމް މަރަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި

އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު މަރަލިކަމަށް ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ. ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައި ދަނގެތީ ފަޅު ގޯއްޗެއްގެ ފެން ވަޅުގެ ތެރޭގައި ގޯންޏެއް ބޮލަށް މެހުމަށް ފަހު ބޯކޮޅު ވަތަށް ވައްޓާލައިފައި އޮއްވައެވެ. މަހްމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާތީ އޭނާ މަރާލުމަށް ކްރިމިނަލް […]

ރާއްޖޭގެ މަޝްރޫއުތައް ނިންމަން އިންޑިއާއިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދޭން ނިންމައިފި

ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ މަޝްރޫއުތައް ވަގުތަށް ނިންމަން 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ދޭން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މޯދީގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ވަނީމާލެ، ވިލިމާލެ އަދި ގުޅީފަޅު ގުޅާލާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައި، އެގައުމާއެކު ހަ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްފަހު ދެބޭފުޅުން ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މޯދީ […]

ޤައުމު މިދާ މިސްރާބު ނިކަން ދެކެބަލާށެވެ! 

ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. ކުޑަހިނދުކޮޅަކަށް މަޑުކޮށްލާ ވިސްނާލައި ބަލާށެވެ. ދިވެހި ޤައުމު މިދަތުރުކުރާ މިސްރާބު ނިކަން ދެކި ވިސްނާ ފިކުރުކޮށްލަން ކުޑަނަމަވެސް އިރުކޮޅެއް ދެއްވާށެވެ. ﷲ ތަޢާލާ ނުފުއްސަވާނެ ފާފަ، ޝިކުރު މި ބިންމަތީ ފެތުރުމަށް، ގައުމިއްޔަތު ބަދަލުކުރުމަށް ހުވާކޮށްގެތިބި ބަޔަކު ވަސްވާސްއާއި ވަހުމްތައް އުފަށްދައި އެކި ވިސްނުން ފާކޮށްދީ އެކިކަހަލަ ހަރަކާތްތައް މިވަނީ މެކުހަށް ޖައްސުވައިފައެވެ. ދީނީ މަދު ޢިލްމުވަރީންވެސް ބައިވެރިކުރުވައިގެން ދީނުގެ ޙިމާޔަތުގައި، ރައްޔަތުންނަށްޓަކައި އަދި ގައުމަށްޓަކައި ވެރިކަން ކުރުމަށް ވަޢުދުވެ ވެރިކަމަށް އިސްވެތިބެ، ﷲ ގެ ދީނަށް ފާޅުގައި ގޮން ޖަހާ ރިޕޯޓް ނެރެ ޅަޖީލުތައް ހަލާކުކޮށްލުމަށް މަސައްކަތް […]

ޙާލުގައި ޖެހުނު މީހުންނަށް އެހީ ފޯރުކޮށްދޭން އުޅުނު ހެލިކޮޕްޓަރ ގެއްލިއްޖެ

ޕާކިސްތާނުގެ ދެކުނު ބަލޯޗިސްތާނަށް އާދަޔާ ޚިލާފަށް ކުރަމުންދާ ވިއްސާރައިގާ ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ޙަރަކާތްތެރިވަމުންގެންދިޔަ ޕާކިސްތާނުގެ މިލިޓްރީ ހެލިކޮޕްޓަރެއް ގެއްލިއްޖެއެވެ. ސިފައިންގެ ބަޔާނުގައިވާގޮތުން އެ ހެލިކޮޕްޓަރ އާއި އެއަރޓްރެފިކް ކޮންޓްރޯލް ގެ ގުޅުން ކެނޑުނފަހުން މިހާރު ހަ ގަޑިއިރުވެއްޖެއެވެ.  ހެލިކޮޕްޓަރ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ފުލުހުންގެ ފަރާތުން ޕަރވޭޒް އުމްރާނީ ވިދާޅުވެފައިވަނީ އަދި މިހާތަނަށް ހެލިކޮޕްޓަރުގެ އެއްވެސް ހިލަމެއް ނުވާކަމުގައެވެ. ހެޕިކޮޕްޓަރުން ދަތުރުކުރި ސިފައިންގެ 6 މީހުންގެ ތެރޭގައި ކޯސްޓްގާރޑުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ އަމްޖަދު ހަނީފް ސައްޓީ […]

ޗައިނާގެ އިންޒާރު އެމެރިކާއަށް، އަލިފާނާ ނުކުޅޭތި

ދުނިޔޭގައި ދިރިއުޅެމުން ގެންދާ އިންސާނުންނާއި އަދިވެސް އެހެނިހެން މަޚްލޫގުންނާއި އެއްޗެހީގެ ދެމިތިބުމާމެދު ގޮތްކިޔައި ޝަރުތު ކަނޑައެޅުން މިއީ އިއްޔެއްކު މިއަދަކު ހިނގަމުން އަންނަ ކަމެއް ނޫނެވެ. ބާރުގަދަ ފަރާތްތަކުން މިގޮތަށް ކަންތައް ކުރަމުން ގެންދިއުން އެއީ މި ބިންމަތީގައި އަބަދުވެސް ކަންތައް ހިނގަމުން އައި އުސޫލުކަމުގައި ދެބަސްވެވޭކަށް ނެތެވެ. ކުރިއަށް އޮތް ތަނުގައި މިކަންތައް ހިނގަމުންދާނީ މިނޫން އެހެން ގޮތަކަށޭ ބުނެވޭކަށްވެސް ނޯންނާނެއެވެ.                           […]

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން ގަބޫލުކުރައްވައިފި

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގަބޫލު ކުރައްވައިފި އެވެ. ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ގަބޫލު ކުރައްވާކަން އެމަނިކުފާނު ހާމަ ކުރެއްވީ ރޭ އެ ދެޕާޓީން ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ. މި ބައްދަލްވުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވާ ކަމަށާއި […]