އަނިޔާވެރިކަމާއެކު ގިނަ ބަޔަކު މަރާލި މައްސަލައެއްގައި ކުށްވެރިޔާގެ މައްޗަށް މަރުގެ ހުކުމް ގާއިމްކޮށްފި
ޖަޕާނުގައި 2008 ވަނަ އަހަރު މާރާމާރި ހިންގައި ހަތް މީހުން މަރާލި މައްސަލައިގައި ހައްޔަރު ކުރި މީހެއްގަ މައްޗަށް މަރުގެ ހުކުމް ގާއިމްކޮށްފިއެވެ. ޓޮމޮހިރޯ ކޮޓޯ ނަމަކަށް ކިޔާ މި މީހާގެ މައްޗަށް ޖަޕާނުގެ ކޯޓުން ވަނީ 2015 ވަނަ އަހަރު މަރުގެ ހުކުމް އިއްވައި އޭނާ ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން ޖަޕާނުގެ ޖަސްޓިސް މިނިސްޓަރ، ޔޮށިހިސާ ފުރުވަކާ އެ ގައުމުގެ ނޫސްވެރިންނާ މުޚާތަބް ކުރައްވާ ބުނެފައިވާ ގޮތުގައި ކަޓޯ ގެ މައްޗަށް މަރުގެ ހުކުމް ގާއިމް […]
މުސްލިމް އުންމަތެއްގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިންގަނޑެއް އޮންނަން ޖެހޭ!
ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ތެރޭގައި ޚިޔާލު ފާޅު ކުރެވޭނީ އިސްލާމީ އުޞޫލުތައް ހިފެހެއްޓޭނެ ފަދަ މިންވަރަކަށެވެ. ތުންތުންމަތިން ދެކެވޭ ވާހަކަތައް އެ ވާހަކަތަކުގެ ޙަގީގަތް ނުހޯދާ ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ހެޔޮ އެއްވެސް މުސްލިމަކު ކޮށްގެންވާނޭ ކަންތައްތަކެއް ނޫނެވެ. ރައީސުލް ޖުމްހޫރިއްޔާ އާ ދައުލަތުގެ 3 ބާރުގެ ވެރީންނާ ދައުލަތުގެ ވަޒީރުންނަކީ ރައްޔިތުން މުސާރަދީގެން ދައުލަތް ހިންގާން ޙާވާލު ކުރެވިފައިވާ ފަރާތް ތަކެވެ. މިއިން ފަރާތަކުން ރައްޔުތުންގެ މުދަލާފައިސާއަށް ޚިޔާނާތްތެރި ވެއްޖެ ނަމަ އެކަންކަން […]
ފަސްވަނަ ފަހަރަށް އެއްމާބަނޑު ދެ ކުދީން ވިހެއުމުން އަނބި މީހާ ވަރިކޮށްފި
އިރުމަތީ އެފުރިކާގެ ގައުމެއްކަމުގައިވާ ޔޫގެންޑާގެ ކެމްޕާލާގެ އަންހެނަކު އޭނާގެ ކައިވެނީގެ ހަޔާތުގައި ފަސްވަނަ ފަހަރަށް އެއްމާބަނޑު ދެކުދީން ވިހެއުމުން އެކަމާ ރުޅިއައިސްގެން ފިރިމީހާ އޭނާގެ އަންހެނުން ވަރިކޮށްފައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. ފިރިމީހާ ސާލޯންގޯ ބުނިގޮތުގައި އޭނާގެ އަންހެނުންގެ ވިހެއުމުގެ ކަންތައް ހުރީ އާދަޔާ ޚިލާފު ގޮތަކަށެވެ. އެއީ އޭނާއަށް ގަބޫލުކުރެވޭނޭ ކަމެއްނޫނެވެ. އޭނާ ބުނިގޮތުގައި 10 ކުދީންގެ މަންމަ ވަރިކޮށްފައި އޭނާ ދިޔައީ އަންހެނުން އެއްމާބަނޑު ކުދިން ވިހާލެއް ގިނަކަމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އަދި އެހާ ގިނަ ކުދީންނާއި […]
ސްކޫލު ކުދިންނާއި ދުވަސްވީ މީހުންނަށް މިނީ ބަހުގެ ހިދުމަތް ހިލޭ
މާލެ އާއި އެކި ރަށްރަށުގައި ފަށަން ތައްޔާރުވެފައިވާ މިނީ ބަހުގެ ހިދުމަތް ސްކޫލު ކުދިންނަށް ދޭނީ ހިލޭ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އާރުޓީއެލްގެ ދަތުރުފަތުރުގެ ހިދުމަތް ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ސްކޫލު ކުދިންނަށް ހިލޭ ލިބޭނެ ކަމަށެވެ. މާލޭއާއި އެކި ރަށްރަށުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް އެމްޓީސީސީން ވަނީ 36 ބަސް ގެނެސްފައެވެ. އޭގެ ތެރެއިން 12 ބަަސް ހާއްސަކޮށްފައިވަނީ […]
ދުވާފަރު ޚިޔާނާތް: މައްސަލަ އޭސީސީއަށް
ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން ހިންގި ކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ބޮޑު ހިޔާނާތުގެ މައްސަލަ އޭސީއަށް ހުށަހަޅައިފިއެވެ. އެ ހިޔާނާތުގެ މައްސަލަ އޭސީސީއަށް ހުށަހެޅީ ކައުންސިލްގެ ބެލެނިވެރި ފަރާތް އެލްޖީއޭއިންނެވެ. އެލްޖީއޭއިން ތުހުމަތުކުރާގޮތުގައި ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްފައެވެ. […]
ކުރޫޒް ލައިނާ ދަތުރުތައް އައްޑޫ ސިޓީއަށް
ކުރޫޒް ލައިން ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނެފިއެވެ. އެމްޕީއެލްގެ ޗެއާމަން، ކެޕްޓަން މުހައްމަދު ޝަރީފް ’ރާއްޖެޓީވީ’ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ އައްޑޫ ސިޓީ ކައިރިން އެކި ގައުމުތަކުން ދަތުރުކުރާ ގިނަ އަދަދެއްގެ ކުރޫޒް ތައް ދަތުރުކުރަމުން އަންނަ ކަމަށާ އެ ދަތުރުތަކުގެ ޝެޑިއުލްހގައި އައްޑޫ ސިޓީއަށް މަޑުކޮށްފިނަމަ އެކަމަކީ ބޮޑު ފައިދާ ތަކެއް ވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދަތުރުތަކުގެ ޝެޑިއުލް އިން […]
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް
ސްޓެލްކޯގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފަށަން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ އާ ހައުސިން މަޝްރޫއު އިމާރާތް ކުރާނީ ވިލިމާލޭގައި ކަމަށެވެ. ”އަޅުގަނޑު ވާހަކަ ނިންމާލާނީ އުފާވެރި ޚަބަރެއް ދީފައި. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދާނަން،“ ސްޓެލްކޯގެ މުވައްޒަފުންނާ ވާހަކަފުޅު ދައްކަވަމުން ޝަރީފް […]
ރަޝިޔާގެ ޗާޓް ދެން ޑޮންބަސް ސަރަޙައްދަށް ވުރެން ފުޅާކުރާނަން
ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލަވްރޯވް ވިދާޅުވަނީ ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމަ ޑޮންބާސް ސަރަޙައްދަށް ވުރެން ފުޅާކުރަން މިހާރު ރަޝިޔާއިން ގަސްދުކޮށްފައި ވާކަމުގައެވެ. އަދި މިހާރު ރަޝިޔާގެ ބާރުގެ ދަށަން ގެނެވިފައިވާ ދެކުނުގެ ޚަރސަންއާއި ޒަޕޯރިޚްޒިޔާ އެއީ ރަޝިޔާގެ ތަންތަން ކަމުގައި ކަނޑައެޅުންވެސް އެބަ ކުރިއަށް ދާކަމުގައެވެ. ކީވް ހިފުމަށް ރަޝިޔާ ސިފައިން ކުރި މަސައްކަތް އަދި ކާމިޔާބު ނުވުމުން ޕޫޓިންގެ އެންގެވުމާއި އެއްގޮތްވާ ގޮތުގެ މަތިން ދެން ސިފައިންގެ އަމާޒަކަށްވީ ދެކުނުގެ ޑޮންބަސް ސަރަޙާއްދު ހިފުމެވެ. އަދި އެ ސަރަޙައްދުގެ ލުހާންސްކް އެއްކޮށްހިފުމަށްފަހު އިރުމަތީގެ ގިނަ އިގްތިސާދީ ސަރަޙާއްދު ތަކެއް […]
ޗެނަލް 13 ގެ ނޫސްވެރިޔާއަށް އެހީވެދިން ސަޢޫދީގެ މީހާ ހައްޔަރުކޮށްފި
ވަގަށް މައްކާއަށް އެތެރެ ވުމަށާއި އަދި އަރަފާތު ބިމަށް ދިއުމަށް އެމެރިކާގެ ރައްވެއްސަކު ކަމުގައިވާ އިސްރާއީލުގެ ޗެނަލް 13 ގެ ނޫސްވެރިޔާ ގިލް ތަމާރީ އަށް އެހީތެރިވެ ދިން ސައޫދީގެ މީހާ ސައޫދީ އެރޭބިޔާގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކޮށްފިއެވެ. އެހެންނަމަވެސް އޭނާއާއި ބެހޭ މައުލޫމަތު މިހާތަނަށް ސައޫދީ ފުލުހުން ހާމައެއް ނުކުރެއެވެ. ގިލް ތަމާރީ އޭ ކިޔުނު ޗެނަލް 13 ގެ ނޫސްވެރިޔާ ސައޫދީ އެރޭބިޔާއަށް އެތެރެވީ ރައީސް ބައިޑަންގެ ދަތުރާބެހޭ ޚަބަރުތައް ގެނެސްދޭ […]
ދުވާފަރު ކައުންސިލަރު ސަމޫހް ރިސޯޓެއްގެ ފުލްޓައިމް ވަޒީފާގައި!
ރ. ދުވާފަރު ކައުންސިލްގެ މެންބަރު އަހުމަދު ސަމޫހް ކައުންސިލަރެއްގެ ވަޒީފާ އަދާކުރަމުން ރިސޯޓެއްގައި ފުލްޓައިމް ވަޒީފާއެއް އަދާކުރާކަން އެނގިއްޖެއެވެ. ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްތަކަށްވާ ލޯކަން ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާއްމުކޮށްފައިވާ ދުވާފަރު ކައުންސިލްގެ މޮނީޓަރިން ރިޕޯޓުގައިވާ ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވާއިދާއި ސިވިލް ސާވިސް ގަވާއިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައެވެ. އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި ވާޖިބުތައް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށާއި ކައުންސިލުން […]