ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުން ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ބަޔަކާއި ހަވާލުކޮށްފިއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނީ ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަވާލުކޮށްފައިވަނީ ”ވަށި ޕްރައިވެޓް ލިމިޓެޑް“ އާއެވެ. އަދި ފްލެޓްތައް ސާފުކުރުމުގެ މަސައްކަތް ހަތަރު ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެޒްޑީސީން ބުނެއެވެ. އެއީ އެލް.އެމް އެންޓަޕްރައިސަސް، ޕާމް ގްލޯ، ލެރޯ އިންވެސްޓްމަންޓް އަދި ކޭ.އެސް.އޭ މޯލްޑިވްސްއެވެ. އެޗްޑީސީން ބުނީ ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ […]
ގްރީސްގެ ނޫސްވެރިއެއްގެ ގެޔަށާއި ޔުނިއަނިސްޓެއްގެ ގެޔަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފި

ގްރީސްގެ ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ ވެރި ރަށް، އެތެންސްގައި ޔުނިއަނިސްޓެއްގެ ގެޔަށާއި ނޫސްވެރިއެއްގެ ގެޔަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއްވަނީ ދީފިއެވެ. މިހަމަލާ ދީފައިވަނީ ގްރީސްގެ ނޫސްވެރިއެއް ކަމަށްވާ ޑިމިޓްރިސް ކޭމްބުރަކިސްގެ ގެޔަށާއި ގްރީސްގެ ޕޮލިސް ޔުނިއަނުގެ ލީޑަރު ވަސިލިސް ޑޯމަސްގެ ގެޔަށެވެ. އަންގާރަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދިން މިހަމަލާ ދީފައި ވަނީ ބަޔަކު ބޮންތަކެއް މި ތަންތާ ބަހައްޓައިގެންނެވެ. ބޮން ބެހެއްޓި މީހުން މޫނު ފޮރުވައިގެން ތިބުމާ ގުޅިގެން މި ހަމަލާ ދީފައި […]
ހޫތީން ޔޫއޭއީއަށް ދިންހަމަލާ ހުއްޓުވުމަށް އިންޓާސެޕްޓާ މިސައިލް ބޭނުންކޮށްފައިވޭ

ހޫތީން ޔޫއޭއީއަށް ދިން ހަމަލާ ހުއްޓުވުމުގެ ގޮތުން އެމެރިކާއިން އިންޓާސެޕްޓާ މިސައިލް ބޭނުންކޮށްފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. ހޫތީން ޔޫއޭއީއަށް އަމާޒުކޮށް ފޮނުވި ބެލިސްޓިކް މިސައިލެއް ހުއްޓުވާފައިވާ ކަމަށް ޔޫއޭއީން ހޯމަ ދުވަހު ވަނީ ބުނެފައެވެ. މި ހަމަލާ ދީފައި ވަނީ އިސްރޭލުގެ ރައީސް އިސާކް ހާރޒޮގް ޔޫއޭއީއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެ ހަފްތާ ތެރޭގައި 2 ހަމަލާއެއް ހޫތީން ވަނީ ޔޫއޭއީއަށް ދީފައެވެ. މި ހަމަލާތަކުގައި 3 މީހަކު ވަނީ […]
އިންޑިޔާގެ އައުބަޖެޓުން ކޮވިޑްގެ ސަބަބުން ލިބުނު ގެއްލުން ފޫބެއްދޭނެތަ

އިންޑިޔާ ސަރުކާރުން ކުރިޔަށް އޮތް މާލީ އަހަރަށް އެކުލަވާލި ބަޖެޓް، އަލަށް ހުޅުވުނު ގާނޫނުހަދާ މަޖިލީހަށް އަންގާރަ ދުވަހު މާލީ ވަޒީރު ނިރުމަލާ ސީތާރާމަން ހުށައެޅުއްވިއިރު،ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޚާއްސަ ފިޔަވަޅުތަކެއް އެކުލެވިފައިވޭތޯ ގިނަބަޔަކު ސުވާލު ކުރެއެވެ. އައު ބަޖެޓްގައި އެންމެ ފާހަގަ ކޮށްލެވެނީ އިންފްރާސްޓްރަކްޗަރ އަށް ކުރެވޭ ޚަރަދު އިތުރުކުރަން ނިންމާ ކުދި ވިޔަފާރިތައް ނެގެހެއްޓުމަށް ދޭ ކްރެޑިޓް ގަރަންޓީ ވެސް އިތުރުކުރަން ނިންމާފައިވާކަމެވެ، އިންޑިޔާ އަކީ މުޅިއޭޝިޔާގެ ވެސް ތިންވަނަޔަށް […]
ޑެންމާކުން ކޮވިޑް19ފިޔަވަޅުތައް އުވާލައިފި

ޑެންމާކުންވެސް ކޮވިޑް19 ފެތުރުން ހުއްޓުވުމަށް އެޅިގިނަ ފިޔަވަޅުތައް އެއްކޮން އުވާލައިފިއެވެ. މީގެ ތެރޭގައި މާސްކް އެޅުންވެސް ހިމެނެއެވެ. މިހާރު އެގައުމުގައިވަނީ ނައިޓްކްލަބްތަކާ ބާ ފަދަ ތަންތަން ދަންވަރުގެ ގަޑިތަކާ އެކުހުޅުވާފައި ބެހެއްޓުން ހުއްދަ ކޮށްފައެވެ. އަދި އެކިތަންތަނަށް ވަންނައިރު ކުރިންއޮތްގޮތަށް ކޮންޓެކްޓް ޓްރޭސިނގ އެޕްގެ ބޭނުން ކުރާކަށް ނުޖެހެއެވެ. ބަލިޖެހިފައިވާ ގިނަބަޔަކު އަދިވެސް ތިބިނަމަވެސް މިހާރުފެތުރޭ އޮމިކްރޯން ވައިރަސް އަކީ މިހާރު ނުރައްކާތެރި ގޮންޖެހުމެއްކަމަށް ނުބެލެވޭ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ. ޑެންމާކްގެ އާބާދީގެ ވަރަށް […]
މިއަދުގެ ތާރީޚަކީ ވެސް ވަރަށް ރީތީ ތާރީޚެއް

މިއަދުގެ ތާރީޚަކީ (02022022) ވަރަށް ރީތި ތާރީޚެކެވެ. އެހެނަސް އެ ރީތި ތާރީޚުގެ ފަހަތުގައިފޮރުވިފައިވާކަމަށް އެސްޓްރޯލޮޖިސްޓުންނާއި ބައެއް ދީންތަކުގެ އަހުލުވެރިން ދެކޭގޮތް އެހާރީއްޗެއްނޫނެވެ. އުފާވެރިކަމުގެ ޚަބަރާއެކު ބިރުވެރި ކަމުގެ އިންޒާރުވެސް ގެންސް ދެއެވެ. ކާއިނާތުގައި ލައްވާފައިވާ އެންމެހާ ބުރުޖުތަކާއި ނިޒާމުތަކަކީ ވަކި ތަރުތީބެއްގެ ދަށުން ކަނޑައެޅިފައިވާ މަންޒިލްތަކަކަށް ދަތުރުކުރަމުންދާ އެއްޗެހިތަކެއް ކަމުގައި ދަންނަބޭކަލުން ވިދާޅުވާތީ އެނގިފައި ވެއެވެ. އެ ތަކެތީގެ ދައުރުވުމާއި ގުޅިގެން އުފެދޭ ބައެއްކަންތައްތައް އަޅުގަނޑުމެންގެ ތެރޭގައިވެސް ގަބޫލުކުރެއެވެ. އޮއިވަރާއި ދިޔަވަރު އަދި މޫސުމަށް އަންނަ […]
ދެކުނު އެފްރިކާގައި ކޮވިޑް އުސޫލްތަކަށް ބަދަލު ގެނެސްފި

ދެކުނު އެފްރިކަގައި ކޮވިޑް 19 ޖެހޭ މީހުންގެތެރޭން ބަލީގެ އަލާމާތްތައް ހުންނަ މީހުން އެކަހެރިވާން ޖެހޭ މުއްދަތު ހަތް ދުވަހަށް މަދުކޮށް އަލާމާތް ނެތް މީހުން އެކަހެރި ވާން ނުޖެހޭނެ ކަމަށް އަންގައިފިއެވެ. އަދި ސީދާ ކޮންޓެކްޓް ވާ މީހުންގެ ތެރޭންވެސް އަލާމާތްތައް ނެތް މީހުން އެކަހެރިވާކަށް ނުޖެހެއެވެ. ކުރިން އެގައުމުގަވެސް އޮންނަނީ ބަލީގެ އަލާމާތްތައް ހުންނަ މީހުން ދިހަ ދުވަހު އެކަހެރިވާން ޖެހޭ ގޮތަށެވެ. ދެކުނު އެފްރިކަގައި ކޮވިޑް އުސޫލަށް ބަދަލު ގެނެސްފައިވަނީ ވެކްސިން ދެވުނު […]