ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައިފި

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތައް ކަނޑައަޅައި އާންމުކޮށްފިއެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްއިން މިއަދު ކުރި އިއުލާނުގައި ވަނީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ހިމަނައިފައެވެ. ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތައް: ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް). ހޯލްސޭލް ޓްރޭޑް – އިމާރާތް ކުރުމަށް ބޭނުންވާ މުދާ ފިޔަވައި. ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް. ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް. ކާބޯތަކެތި ވިއްކުމުގެ ހިދުމަތްތައް (ކެފޭ، […]

ވ.އަތޮޅު ބޮޑުފިނޮޅު 11.2 މިލިއަން ރުފިޔާއަށް ވިއްކާލައިފި

ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު 11.2 މިލިއަން ރުފިޔާ ނުވަތަ 729000 ޑޮލަރަށް ވިއްކާލައިފި އެވެ. ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ހިމެނޭހެން ފަތުރުވެރިކަމަށް ތަރައްގީކުރުމަށް 17 ތަނެއް މިދިޔަ މެއި މަހު ހުޅުވައިލި ނަމަވެސް, އެ ތަންތަނުގެ ތެރެއިން މިހާތަނަށް ވިކިފައިވާ ތަންތަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. “ސަންދާނު“ އަށް އެނގިފައިވާ ގޮތުން, ވ.އަތޮޅު ބޮޑުފިނޮޅާއި އެ ފިނޮޅުގެ ފަޅު ގަންނަން 4 ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅިއެވެ. އޭގެތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް […]

މަޖިލިސް އިންތިޚާބުގައި ޤާސިމާއެކު ހެދި ޑީލުގެ ދަށުން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތް ދޭން ނިންމައި ސްކޫލް ބަންދު ކުރަނީ

މާލޭގައި ހުންނަ އިއްޒުއްދީން ސްކޫލް ބަންދު ކުރަން ސަރުކާރުން ނިންމައިފިއެވެ. ޖޫމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް 50 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިފައެވެ. އޭގެ ބަދަލެއްގެ ގޮތުން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތް ޤާސިމަށް ދެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީވައުދުވެވަޑައިގެންފައެވެ. ޤާސިމްގެ ވިލާ ކޮލެޖްއާއި އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތް ހުރި ބިން އެއްކޮށްލުމަށް ބޭނުންވެ ޤާސިމް އެދިވަޑައިގެންނެވި ގޮތަށް އިއްޒުއްދީން ސްކޫލު ހުރި އިމާރާތް […]

މުޅި އޮޑީގައި އަދުރޭގެ ދެފައި, ދަރިފުޅު ސަމާހާ ވެސް މެލޭޝިޔާ އެމްބަސީއަށް

ަރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ދަރިފުޅު އައިޝަތު ސަމާހާ މެލޭޝިޔާ އެމްބަސީގެ މަގާމަކަށް ހަމަޖައްސައިފިއެވެ. ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުން އައިޝަތު ސަމާހާ މެލޭޝިޔާ އެމްބަސީގެ މަގާމަކަށް ހަމަޖެއްސީ މިދިޔަ މަހުގައެވެ. އޭނާއާއެކު އޭނާގެ ގާތް ރަޙްމަތްތެރިއަކަށް ވެސް ވަނީ މެލޭޝިޔާ އެމްބަސީގެ މަގާމެއް ދީފައެވެ. ދާދިފަހުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ވެސް އާ ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ޢަބްދުއްރަޙީމްގެ އެެއްބަނޑު އެއްބަފާ […]

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ 2 އަންހެނަކު އަތުލައިގެންފި

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ 2 އަންހެނަކު އަތުލައިގެންފިއެވެ. އިމިގުރޭޝަނުން މިއަދު ބުނީ މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއިން ލިބުމާއެކު ބުދަ ދުވަހުގެ ރޭ، ޓާސްކް ފޯސްއިން ޚާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި މި އޮޮޕަރޭޝަނުގައި ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. ސެލޫން އާއި މަސާޖު ޕާލާތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް މާލެ ސަރަހައްދުގައި އެބަހުރި ކަމަށް ހޯމް މިނިސްޓްރީން ދާދިފަހުން […]

ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޕީއެންއެފްގެ ޖަލްސާއެއް މިރޭ

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ބާއްވަން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ނިންމައިފިއެވެ. އެ ޕާޓީން ބުނީ ޕީއެންއެފްގެ މިރޭ ފްރަންޓް އޮފީހުގައި ބާއްވާ ޖަލްސާއަކީ އަނެއްކާ ވެސް މުޅީން އާ ސްޓައިލެއްގެ ޖަލްސާއެއް ކަމަށާއި ތަފާތުވާނެ ކަމަށެވެ. މިރޭ 20:45 ގައި ބާއްވާ މި ޖަލްސާއަށް ހުރިހާ ބޭފުޅުންނަށް ވަނީ ދައުވަތު އަރުވައިފައެވެ. މިއީ މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ފަހުން ޕީއެންއެފްއިން ބާއްވާ ދެވަނަ ޖަލްސާއެވެ. ކުރިން ބޭއްވި […]

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު އިހުމާލުވަމުންދާ ކަމަށް އާއިލާތަކުން ބުނޭ

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަފަރާތްތައްނުހަނު ގިނައެވެ. ބައެއް ޢާއިލާތަކުގައި ދެކުދިން ތިންކުދިން ތިބެއެވެ. އެހެން ކަމުން ދެމަފިރިން ކުރެ މީހަކަށް އާމްދަނީ ހޯދަން މަސައްކަތެއް ކުރާނެ ވަގުތެއް ނުލިބެއެވެ. 24 ގަޑިއިރު ހޭދަވެގެން ދަނީ އެކުދިން ބެލެހެއްޓުމުގައެވެ. ދައުލަތުން މިފަދަ ފަރާތްތަކަށް ޢިނާޔަތެއް ދޭކަމަށްޓަކާ ޝުކުރު ޙައްގެވެ. އެހެނަސް ދެރައީ މަސް ނިމިގެން މިފަދަ ފަރާތްތަކަށް ދައުލަތުން ކަނޑައަޅާފައިފާ ޢިނާޔަތުގެ ރުފިޔާ ކޮޅު ޖަމާކޮށް ދެނީ އެފައިސާކޮޅަށް ބަރޯސާވެގެން ތިބޭ ޢާއިލާތައް މާޔޫސް ކުރުވާފައި ކަމަށް ވީތީއެވެ. ނުކުޅެދުންތެރިކަން […]

ސިޔާސީ މަގާމުތައް މަދެއް ނުކުރެވުނު, އެންވަޔަރަންމަންޓް މިނިސްޓްރީއަށް އާ ޑެޕިއުޓީ މިނިސްޓަރެއް

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް އާ ޑެޕިއުޓީ މިނިސްޓަރެއް އައްޔަން ކުރައްވައިފިއެވެ. “ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެންވަޔަރަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރެއްވީ ނެޓްބޯލް އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވީ ފަޒުނާ ޖަލީލެވެ. ނަމަވެސް މިކަމާ ގުޅޭ މައުލޫމާތެއް ރައީސް އޮފީހަކުން އަދި ހާމައެއް ނުކުރެއެވެ. ސިޔާސީ މަގާމުތައް ގިނަވެގެން ފާޑުކިޔުން އަމާޒުވި ފަހުން ރައީސް އޮފީހުގެ ވެބްސައިޓަކަށް ވެސް އެފަދަ މައުލޫމާތެއް މިހާރު އާންމެއް ނުކުރެއެވެ. ފަޒުނާއަކީ ރައްޔިތުންގެ […]

ނަން މަޝްހޫރުވިޔަސް, ބޮޑަސް, ކުޑަސް ނޫސްތަކާމެދު ސަރުކާރުން އެއްހަމައަކުން ކަންކުރަންޖެހޭ

ވެރިކަން ނުލިބި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު, އެ ޕާޓީތަކާއި ޕާޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ސިޔާސީ ބޭފުޅުންގެ އުޅުމާއި ގުޅުމާއި އެ ޕާޓީއަކަށް ވެރިކަން ލިބުމުން, ހަމަ އެބޭފުޅުންގެ އުޅުމާއި ގުޅުން ހުންނަ ގޮތް ހާސްބައި ތަފާތެވެ. މި ދެންނެވި ފަދަ ޕާޓީތަާއި އެ ޕާޓީތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރާ އިދިކޮޅުގައި ތިއްބަވާއިރު, ނޫސްތަކާއި ނޫސްވެރިންނާ ބާއްވަވަނީ ވަރަށް ވެސް ގާތް ގުޅުމެކެވެ. އެހެނީ އެބޭފުޅުންގެ ޕާޓީ ޕްރޮމޯޓްވުމަށް ނޫސްތަކަކީ ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށްވާތީއެވެ. […]

ސަމޯއާ އެގްރީމަންޓްގައި ސޮއިކުރީ އިސްލާމްދީނާ ޚިލާފު މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް: ސަރުކާރު

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށަހަޅާފައި ކަމަށް ސަރުކާރުން ބުނެފިއެވެ. “ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވާން ނިންމައި މިކަމާމެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ހަފުތާގައެވެ. މި އެގްރީމަންޓްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ރުހުން ދީފައެވެ. […]