ބަންގްލަދޭޝްގައި މިވަގުތު ތިބި ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅު: މިނިސްޓްރީ

ބަންގްލަދޭޝްގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނީ ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. “މިގޮތުން، މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން […]

ކުޅިވަރު ކުރިއެރުވުމަށް މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރާނަން: ރައީސް

ކުޅިވަރު ކުރިއެރުވުމަށްޓަކައި މިހާތަނަށް ރާއްޖޭގެ ތާރީޚު ނުދެކޭހާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ަެަަރައީސް މިހެން ވިދާޅުވީ ”ޕެރިސް 2024 އޮލިމްޕިކްސް“ ގައި ދިވެހިރާއްޖޭގެ ދިދަ އުފުލަން ހަމަޖެހިފައިވާ އެތުލީޓުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް މުބާރާތްތަކުގައި ރާއްޖޭގެ ފަރާތުން އިތުރު ކުޅިވަރުތަކުގައި އެތުލީޓުން ނުވަތަ ކުޅިވަރުކުޅޭ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ފެންވަރަށް ރާއްޖޭގައި […]

ވޭތުވެދިޔަ 8 މަސްތެރޭ ޗައިނާއަށް ދަތުރުކުރި މި ސަރުކާރުގެ ވެރިންގެ އަދަދު 14 އަށް

ވޭތުވެދިޔަ 8 މަސްތެރޭގައި ޗައިނާއަށް ދަތުރުކުރި މިސަރުކާރުގެ އޮފިޝަލުންގެ އަދަދު 14 އަށް އަރައިފެެއެވެ. ެއެގޮތުން 15 ޑިސެމްބަރ 203 ގަައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ޗައިނާއަށް ދަތުރެެއް ކުރެއްވިއެވެ. މީގިތުރުން 08 ޖެނުއަރީ 2024 ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ދަތުރެެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އަރިހުގައި ގިނަ ވަޒީރުން ހިމެނޭ ގޮތަށް 25 ބޭފުޅުންގެ ވަފުދެއް ވަޑައިގެންނެވިއެވެ. 25 ޖޫންގައި ހެލްތު މިނިސްޓަރ ޑރ. ޚަލީލު, އިސްލާމިކް މިނިސްޓަރ ޑރ. […]

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކުރީ 46 އަހަރުގެ ފިރިހެނެކެވެ. އެއީ އދ.ހަންޏާމީދުއަށް ނިސްބަތްވާ މީހެކެވެ. ތުހުމަތުކޮށްފައިވާ ކުށް މީނާ ކޮށްފައިވާ ކަމަށް ތުހުމަތުވާ މިންވަރަށް ފުލުހުން ވަނީ ކޯޓަށް ހެކި ހުށަހަޅާފައެވެ. އޭގެތެރޭގައި ހާދިސާ ރިޕޯޓް ހިމެނެއެވެ. އަންހެން މީހާއާއެކު ވާހަކަ ދެއްކީ މީނާއާއެކު ދިޔަ މީހާ ކަމަށާއި ކުރި ކަމެއް ކުރީ އޭނާ ކަމަށާއި އޭނާ އެއްވެސް މުއާމަލާތެއް ނުހިންގާ ކަމާއި މިކަމުގެ އެއްވެސް މުއާމަލާތެއް އޭނާއަށް ނޭނގޭ ކަމަށް […]

މަަސްތުވާތަކެއްޗާއި , ގޭންގާއި, ބިދޭސީންގެ މައްސަލަ ހައްލުކޮށް ނަތީޖާ ނެރެދޭނަން: ރައީސް

ރާއްޖޭގެ އޮތް އެންމެ ބޮޑު ތިން މައްސަލަ ކަމަށްވާ މަސްތުވާތަކެއްޗާއި , ގޭންގާއި, ބިދޭސީންގެ މައްސަލަ ހައްލުކޮށް ނަތީޖާ ނެރެދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ނާރެސް ޕޯޓަލް އިފްތިތާހު ކުރުމާއި ކުރަނގި އޮޕަރޭޝަން ފޭސް 2 އިފްތިތާހު ކުރުމުގެ ހަފްލާގައި ރައީސް ވިދާޅުވީ މިރޭ މި ފެށިގެން ދިޔައީ ވަރަށް މުހިންމު ދެ މަސައްކަތް ކަމަށެވެ. “މީގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް ހިތްހަމަޖެހުން ރައްކާތެރިކަން ލިބުން އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަން ޔަގީން […]

ރަސްމީ ދަތުރުފުޅެެއްގައި ތިން މިނިސްޓަރަކު މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ތިން މިނިސްޓަރަކުމާދަމާ ޗައިނާއަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި ދަތުރުފުޅުގައި ވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފިނޭންސް ޑރ.މުޙައްމަދު ޝަފީގާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުލް މުއްޠަލިބެވެ. މީގެއިތުރުން ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެޮއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައ ބުނީ ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން […]

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އެންމެ އަގުބޮޑު، އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހަދާނަން: ރައީސް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ އިނާމުތައް އެންމެ އަގުބޮޑު، އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި ހައްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ މި އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް […]

އެމްއެމްއޭއިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާނުކުރޭ

ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގަށް ރާއްޖޭގެ ބޭންކުތަކުން މައުލޫމާތު ހޯދުން ވަރަށް ދަތި ކަމަށާއި, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭންކިން ނިޒާމު ރަނގަޅަށް މޮނީޓާކުރާކަމާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސުވާލު އުފައްދައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ ބޭންކުތަކުން ލިބޭ މައުލޫމާތު ހޯދުމަށްޓަކައި އެތައް ފަހަރަކު އެ ކޮމިޝަނުން ކުރި މަސައްކަތުން ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ރާއްޖޭގެ ބޭންކިން […]

“ފެނަަކައިގެ 60 ޕްރޮޖެކްޓެއް ނުނިމެނީސް, ބަޖެޓުކުރި ފައިސާ ހުސްކޮށްލި“

ފެނަަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގި 60 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ނުނިމެނީސް, އެ ޕްރޮޖެކްޓްތަކަށް ބަޖެޓުކުރި ފައިސާ ހުސްކޮށްލާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ. ޝާމިލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި, ފެނަކައިން އިން-ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކަކާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަފުސީލުތައް ހިއްސާކޮށްދިނުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން އެދިވަޑައިގަތުމުންނެވެ. މެމްބަރު އިބްރާހިމް ޙުސައިން […]

ފެނަކައިގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ކޮރަޕްޝަންގެ ބޮޑު 6 މައްސަލައެއް ތަހުގީގުކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖުމެންޓާ ގުޅޭ ގޮތުން ކޮރަޕްޝަނުގެ ބޮޑު 6 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު ބުނެފިއެވެ. ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމުގެ ތެރެއިން ފާހަގަކުރެވިފައިވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މިއަދު ވަނީ އޭސީސީގެ ބޭފުޅުން ހާޒިރުކޮށްފައެވެ. އެ ގޮތުން ފެނަކައިގެ މައްސަލަތަަކާ ގުޅޭ ގޮތުން މެންބަރަކު ކުރެއްވި ސުވާލަކަަށް ޖަވާބުދެއްވަމުން އޭސީސީގެ […]