ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީފި

ތޮއްޑޫގައި މަސައްކަތް ކުރާ ބިދޭސީއަކަށް ހަމަލާދީފިއެވެ. ފުލުހުން މިއަދު ބުނީ އއ.ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ ރަަޝިޔާ މުވައްޒަފެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލަ ރިޕޯޓުކުރީ އިއްޔެ 18:30 ހާއިރު ކަމަށެވެ. ފުލުހުން ބުނީ އަނިޔާވި މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. އެއީ 41 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުނުކުރާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން […]
އެގްރިކަލްޗަރގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް މަގާމުން ވަކިކޮށްފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ ސްޓޭޓް މިނިސްޓަރު ޙުސައިން އިސްމާޢީލް މަގާމުން ވަކިކޮށްފިއެވެ. ޙުސައިން ވަނީ ބައެއް މީޑިއާތަކަަށް އޭނާ މަގާމުން ވަކިކުރިކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ރޭގެ ވަގުތެއްގައި އޭނާ މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. ނަމަވެސް ޙުސައިން މަގާމުން ވަކިކުރި ސަބަބެއް އަދި ސާފެއް ނުވެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ޙުސައިން ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރެއްވީ […]
ޖޭއެސްސީއަށް ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފި

ޖުޑީޝަލް ސަަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލަފާދިނުމަށް ފަނޑިޔާރުންގެ ބޯޑެއް އުފައްދައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިއަދު ބުނީ މި ބޯޑުގެ މަގުސަދުތަކުގެތެރޭގައި ކޯޓުތަކުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ސިޔާސަތު އެކަށައަޅާއިރު، ފަނޑިޔާރުންގެ ބައިވެރިވުން އިތުރުކުރުން ހިމެނޭ ކަމަށެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި އެކުލަވައިލާ ސިޔާސަތުތަކަކީ ހާމަކަންބޮޑު އަދި ފަނޑިޔާރުންނާ މަޝްވަރާ ކުރެވިގެން އެކުލަވާލެވޭ ސިޔާސަތުތަކެއްކަމަށް ހެދުން ހިމެނޭ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި […]
ޔާމީނަށް އިންސާފު ލިބެންވާނެ, އެއީ ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް: ރައީސް

ޔާމީން ޢަބްދުލްޤައްޔޫމަށް އިންސާފު ލިބެންވާނެ ކަމަށާއި އެއީ ގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފޭދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާނުކުރުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި ނަމަވެސް ކުށެއް ކޮށްގެން އަދަބު ދިނުމަކީ އަދި އެހެން ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ މި ވެރިކަމުގެ ފުރަތަމަ ދުވަހުން […]
ރައީސް މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން: ޑރ.ޖަމީލު

ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް އިތުބާރުކުރުމަކީ ސަލާމަތް ބުއްދި ހުރިމީހަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ވަކީލު ޑރ.ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ.މުޢިއްޒު ދެއްކެވީ ރައީސް ޔާމީނަށް ނުހައްގުން ޖަލު ހުކުމެއް ކޮށްފައިވާ ވާހަކައާއި ހަރާމް ހުކުމެއްގެ ވާހަކަ ކަމަށެވެ. “ފެށީ ރައީސް ޔާމީނަށް ދޮގު ހަދައިބހުސްގޮނޑި ދައްކައި ހަރާމް ހުކުމުގެ ވާހަކަ ދައްކަމުން. […]
އެމްޕީއެލްއިން މާޗު 6 ގައި މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ބާއްވަނީ

މެރިޓައިމް ދާއިރާގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެެވެ. މި ކޮންފަރެންސް ކުރިއަށްދާނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ. މި ކޮންފަރެންސް ކުރިއަށްގެންދާނީ އިންޓަރނޭޝަން ޕޯޓްސް އެންޑް ހާބަރސް (އައިއޭޕީއެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ. އެމްޕީއެލްއިން […]
މަޖިލިސް އިންތިޚާބު: ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އަންނަ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ފުރުސަތު ހުޅުވާލައިފައިވަނީ މާދަމާގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ކަމަށެވެ. ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އީސީގެ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި (VR space IDNO Send to […]
ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ފަރުހާދުއާއި ނަވީންް އައްޔަން ކުރައްވައިފި

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ދެ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފިއެވެ. އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. މި ރަސްމިއްޔާތުގައި އެ ދެބޭފުޅުންނަށް މަގާމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެން ޓެކްނޮލޮޖީ ޢަލީ އިހުސާނެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ […]
ނޫރު މިސްކިތުގައި މިފަހަރު އިމާމުވެ ތަރާވީސްކުރާނީ އުމުރުން 11 އަހަރުގެ އިޒްކާން

މި ފެށޭ ރަމަޟާން މަހު މާލޭ ނޫރު މިސްކިތުގައި އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު އުމުރުން 11 އަހަރުގެ ކުއްޖަކަށް ދީފިއެވެ. އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމުރުން 11 އަހަރުގެ އިޒްކާން އަޖީބު ޙުސައިން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިންމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށްލުމަކީ އުފާވިކަމެއް ކަމަށެވެ. މި ބައްދަލުވުމުގައި އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ދެއްވުމަށެވެ. އެގޮތުން މިނިސްޓަރު […]
އެމްޕީއެލްގެ އޮޕަރޭޝަންސްތައް ހަރުދަނާކުރުމަށް 5 ފޯކްލިފްޓް އިތުރުކޮށްފި

މި އަހަރުގެ ރަމަޟާން މަހުގެ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން އެ ކުންފުނީގެ އޮޕަރޭޝަންސްއަށް 5 ފޯކްލިފްޓް އިތުރުކޮށްފިއެވެ. އެމްޕީއެލްއިން ބުނީ ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް މާލޭ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ ދުވަސްވަރެެއް ކަމަށާއިވަކިން ޚާއްސަކޮށް ޕެރިޝަބަލްސް (އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި) އެތެރެކުރާ އަދަދު ވަރަށް ބޮޑުތަނުން އިތުރުވާ ކަމަށެވެ. އެހެންކަމުން ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ރަމަޟާން […]