އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ލޯނުގެ ބާކީ ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދިއްޖެ

މިދިޔަ ސަރުކާރުގައި 2019 ވަނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ނުދެއްކި އޮތް ފައިސާ ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި ދިވެހި ސަރުކާރުން އެދިއްޖެއެވެ. މިގޮތަށް އެދުނުކަން ހާމަކުރެއްވީ ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. ޒަމީރު ވިދާޅުވީ އެ ލޯނުގެ ތެރެއިން ނުދެއްކި ހުރި ފައިސާ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. 200 މިލިއަން ޑޮލަރުގެ ތެރެއިން […]

އިންޑިއާގެ އަސްކަރީ އުޅަނދުތައް ބޭނުންކުރާނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ: ސަރުކާރު

އިންޑިއާގެ އަސްކަރީ އުޅަނދުތައް އޮޕަރޭޓްކުރަން ކަމަށް ބުނެ ރާއްޖޭގައި ބޭތިއްބި ތިބި އެ ގައުމުގެ ސިފައިން ފޮނުވައިލުމަށްފަހު ގެނައި މަދަނީ މީހުން އެ އުޅަނދުތައް އޮޕަރޭޓް ކުރާނީ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށް ސަރުކާރުން ބުނެފިއެވެ. ސަރުކާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން ވިދާޅުވީ ކުރިން އެ އުޅަނދުތައް އޮޕަރޭޓްކުރަން ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިބި 76 ސިފައިން މިހާރު ފޮނުވާލައިފައިވާ ކަމަށާއި ދެ ގައުމުން އެކުލަވައިި ހައި ލެވެލް ކޮމިޓީން […]

70 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 98 ދަރިވަރުން ދިވެހި އަސްކަރިއްޔާގެ ސަފުތަކާ ގުޅިއްޖެ

ދިވެހި ސިފައިންގެ 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވީ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކޮށްދެއްވައިފައެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަހާޒް ޢަލީ ޒާހިރެވެ. ހަތިޔާރު ހަވާލުކުރާއިރު އަންގަވާ އެންގުން […]

މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ. މިއަދުގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށާއި އެލާޓް ނެރެފައިވަނީ ހަވީރު 17:00 އާ ހަަމައަށް ކަމަށެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ […]

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި 4 މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަހުގީގަށް ހަތަރު މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ އެ މީހުން ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. އެ މީހުންގެ ފޮޓޯ އާންމުކޮށް ފުލުހުން މިއަދު ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ. ފުލުހުން ހޯދަމުން އަންނަނީ: އުމުރުން 33 އަހަރުގެ އާމިނަތު ޝީޒާ ޢަލީ، ހުޅުމާލެ.ފެއަރވިލެޖް- ގޯތިނަންބަރު 11168 […]

ފޮރިން މިނިސްޓަރު ޒަމީރު މާދަމާ އިންޑިއާއަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މާދަމާ އިންޑިއާއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން މިއަދު ބުނެފިއެވެ. ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅަކީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެއް ކަމަށެވެ. މިއީ ފޮރިން މިނިސްޓަރު ޒަމީރު މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ފޮރިން މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން […]

އައިޖީއެމްއެޗުގައި ތުއްތުކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނު ވާހަކަ ދޮގުކޮށްފި

އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމަށް ކޮށްފައިވާ ތުހުމަތު, އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. އައިޖީއެމްއެޗުގައި ވިހެއި ތުއްތު ކުއްޖަކަށް ގަދަކަމުން އެންޓިބަޔޮޓިކް ދޭން އުޅުނުކަމުގެ ތުހުމަތުކޮށްފައިވަނީ ސޯޝަލްމީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ އެކައުންޓަކުންނެވެ. އެ އެކައުންޓުން އެ ވާހަކަތައް ޕޯސްޓުކޮށްފައިވަނީ އެ ކުއްޖާގެ އާއިލާއާ ހަވާލާދީކަމަށް ބުނެއެވެ. މި ތުހުމަތު ދޮގުކޮށް, އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަލިމީހުންނަށް ފަރުވާދިނުމުގައި އެ ހޮސްޕިޓަލުން އަމަލުކުރަނީ މެޑިކަލް ޕްރެކްޓިސްގައި އަމަލުކުރަމުން އަންނަ […]

9 ސަފީރުން އައްޔަންކުރައްވައި ފަތްކޮޅު ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭރު ގައުމުތަކަށާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތައް ހިމެނޭގޮތަށް 9 ސަފީރުން މިއަދު އައްޔަންކުރައްވައި ފަތްކޮޅު ދެއްވައިފިއެވެ. އެގޮތުން  އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފާއި އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު ވަނީ އައްޔަންކުރައްވައިފައެވެ. މީގެއިތުރުން އެކުވެރި ދައުލަތްތަކުގެ […]

މާލޭ ގެއެއް ބަލައި ފާސްކޮށް 4 ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މާލޭ ގެއެއް ބަލައި ފާސްކޮށް 4 ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.  މި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި […]

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް 3 އަހަރު: އިންސާފު ގާއިމުކުރުމަށް އެމަނިކުފާނުގެ ޕާޓީން ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށް 3 އަހަރު ފުރިފައިވާއިރު އަދިވެސް އިންސާފު ގާއިމުކުރެވިފައިނުވާތީ އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފިއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ. ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދަކީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް […]