އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ
ޖަލުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވައިލާ މުޅި ރާއްޖޭގައި އިހުތިޖާޖެއް ކުރިއަށް ގެންދަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަނުން ބުނީ އެ އިހުތިޖާޖު އޮންނާނީ އަންނަ ހުކުރު ދުވަހު 16:00 ގައި ކަމަށެވެ. މާލޭގައިި މި އިހުތިޖާޖު ކުރިއަަަށް ގެންދާނީ ރަސްފަންނުގައެވެ. އިހުތިޖާޖު ކުރިއަށް ގެންދާއިރު އެ ސަރަހައްދުގައި މާހެފުމެއް ވެސް އޮންނާނެއެވެ. މީގެ އިތުރުން އެ ގަޑީގައި ރާއްޖޭގެ ހުރިހާ […]
ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ޖޭޕީން ނިންމައިފި
އަންނަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް އެ ޕާޓީގެ ކައުންސިލުގެ އިއްތިފާގުން ފާސްކޮށްފިއެވެ. ޖޭޕީގެ މައި މަރުކަޒުކަމަށްވާ މާފަންނު ކުނޫޒުގައި މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރީ އެ ޕާޓީން ކެންޑިޑޭޓަކު ނެރެ, ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާއެކު އިންތިޚާބު ކާމިޔާބު ކުރުމަށެވެ. “ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ޕާޓީގެ 151 ވަނަ ކައުންސިލް […]
ރައީސް ޞާލިޙްގެ މަރުހަބާ ޗައިނާގެ ރައީސަށް: އެދިވަޑައިގަތީ ގުޅުން ބަދަހިކުރުމަށް
ޗައިނާގެ ރައީސްކަމުގެ މަގާމަށް 03 ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އެ ގައުމުގެ ރައީސް ޝީ ޖިންޕިންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން ރައީސް ކަމަށާއި އަސްކަރިއްޔާގެ ވެރިއަކަށް އަނެއްކާވެސް އިންތިޚާބުވެވަޑައިގަތުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ޞާލިޙް އިއްޔެ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ. ޗައިނާ އެމްބަސީން ބުނި ގޮތުގައި ރައީސް ޞާލިޙްގެ މެސެޖުގައި ވަނީ […]
ޑްރަގްގެ ބޮޑުންގެ އަދަބު ލުއިކުރުމުގައި އަޅުގަނޑުގެ ބައިވެރިވުމެއް ނޯންނާނެ: އިމްރާން
ގޭންގް ކުށްތަކާއި ޑްރަގް ޓްރެފިކިންގ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް އަދަބު ލުއިކުރުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެކަމަށް ހޯމް މިނިސްޓަރު ޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާން ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ. މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި މުއްދަތަށް ދިގު ޖަލަށް ހުކުމްކޮށްފައި ތިބި ގިނަ ބަޔަކު, ހުކުމުގެ މުއްދަތަށްވުރެ މާ ލުއިކޮށް ޖަލުން މިނިވަންކޮށްފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ މިނިސްޓަރުގެ […]