ހޫނު ގަދަވުމުގެސަބަބުން ގެއިންބޭރަށް ނުނިކުތުމުގެ އިންޒާރު

ހޫނުގަދަވުމުގެ ސަބަބުން ތައިލޭންޑުގައި މީހުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށް ސަރުކާރުން އިންޒާރު ދީފިއެވެ. މިދިޔަ ހޮނިހިރުދުވަހު ބެންކޮކްގައި 42 ދަރަޖަ ސެންޓިގްރޭޑްގައި ހޫނުމިން ހުރިނަމަވެސް ޖައްވުގައި އެއްވެސް ފިނިކަމެއް ނެތުމާއިއެކު 54 ދަރަޖަ ސެންޓިގްރޭޑުގެ ހޫނު އިޙްސާސް ކުރަން ޖެހުނުކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ. ކޮންމެ އަހަރެއްގެ އޭޕްރިލް މަހަކީ ތައިލޭންޑަށްވެސް އެންމެ ހޫނުވާ ދުވަސްވަރެވެ. އެމަހުގެ ތެރޭގައި އާންމުކޮށް ހޫނުމިން އެންމެ މައްޗަށް ދަނީ 37 ދަރަޖަ ސެންޓިގްރޭޑަށެވެ. އެހެންނަމަވެސް މިހަފްތާބަންދުތެރޭގައި ތައިލޭންޑުގެ 77 ސަރަޙައްދުގެ ތެރެއިން […]

ނިމްފް ސަބްރީނާގެ ބުދުގައި ކުލަހާކައި ހަޑިކޮށްލައިފި

ވޯރސެސްޓަރޝަޔަރ ގެ 200 އަހަރުވެފައިވާ މަޝްހޫރު ނިމްފްސަބްރީނާ ބުދުގައި ކޮންމެވެސް ބަޔަކު ކުލަ އުނގުޅައި ހަޑި ކޮށްލައިފިއެވެ. ހިލައިން އެއްޗެހި ހެދުމުގައި މަޝްހޫރު ޖޯން ބޭކަން ހަދާފައިވާ މި ބުދު އޮންނަނީ ކްރޫމް ކޯޓުގައި ހުންނަ ނޭޝަނަލް ޓްރަސްޓް ގައެވެ.  ބުދުގައި ކުލަ ހާކައި ހަޑިކޮށްފައިވުމަކީ ބަލާގަނެވޭނެ ކަމެއް ނޫންކަމަށް ނޭޝަނަލް ޓްރަސްޓުގެ ފަރާތުން ވާހަކަ ދެއްވި ބޭފުޅަކު ބުނެފައި ވެއެވެ. އޭނާ ބުނެފައިވާގޮތުގައި އެތައް މިލިއަން މީހުން ބަލަން އަންނަ އެ ބުދަކީ ކްރޫމްގެ ޕާރކެއްގައި އެ ޓްރަސްޓުގެ ޙަމާޔަތުގައި ބާއްވާފައި އޮންނަ […]

ތައިލޭންޑަށް ދަތުރުކުރާ މީހުންގެ ސަމާލުކަމަށް

ބެންގްކޮކް ޕޯސްޓް ޚަބަރު ބުނާގޮތުގައި މިއަދުންފެށިގެން، ޗައިނާ ހުޅުވާލުމާއި ގުޅިގެން  ތައިލޭންޑަށް ދަތުރުކުރާ ފަތުރުވެރިން އިތުރުވެގެން ދާނެތީ ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކޯވިޑް 19 އާއި ގުޅޭ ބައެއް ފިޔަވަޅުތައް އަލުން ތަޢާރުފް ކުރަން ނިންމާފައިވާކަމަށް އެގައުމުގެ އޭވިއޭޝަނާބެހޭ އިދާރާއިން ހާމަކޮށްފިިއެވެ.   މީގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ތައިލޭންޑަށް ޒިޔާރަތްކުރަން ދަތުރުފެށުމުގެ ކުރިންކޯވިޑް 19 އަށް ފުރިހަމައަށް ވެކްސިން ކޮށްފައިވާކަން ސާބިތުކޮށްދޭން ޖެހޭނެއެވެ. ތައިލޭންޑުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އާންމުކޮށްފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ މިއަންނަ ހޯމަދުވަހުން ފެށިގެން ތައިލޭންޑަށް ޒިޔާރަތްކުރާ ފަތުރުވެރިންނަކީ ކޯވިޑް 19 އަށް ފުރިހަމައަށް […]

އެމެރިކާ ޑޮލަރުގެ ބާރު ކުޑަކުރުން އޭޝިޔާގެ ކަނޑުއޮޅިތަކުން ބޭރަށް

ދުނިޔޭގެ ވިޔަފާރީގެ ބާޒާރުގައި އެމެރިކާ ޑޮލަރުގެ ބޭނުން ކުޑަކުރަން އޭޝިޔާގެ ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތް ފުޅާވެ އެމަސައްކަތގެ ނަތީޖާ އޭޝިޔާގެ އަސްދަނޑިން ނިކުމެ ޔޫރަޕްގެ ގޮނޑުދޮށުގައި ބަނދަރުކޮށްފިއެވެ.  ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރަށް ހިޔަނި އެޅެމުންދާ ބާރުގަދަ 6 ކަމެއް ބިޒިނަސް އިންސައިޑަރ ގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ފާހަގަކޮށްފައިވަނީ ގިނަ ގައުމުތަކަކުން އެމެރިކާ ޑޮލަރ އެއްފަރާތް ކުރުމަށްފަހު އެ ގައުމުތަކުގެ ފައިސާއިން ވިޔަފާރިކުރަން ބޭނުން ވެފައި ތިބުމެވެ.  ދެވަނަކަމަކަށް ފާހަގަކޮށްފައިވަނީ އީރާނާއި ރަޝިޔާއިން ރަނުގެ މައްޗަށްބިނާކޮށް ބައިނަލް އަގްވާމީ ވިޔަފާރިތަކަށް ގޮތެއް ނިންމުމުގެ މަސައްކަތާއި ފަރަންސޭސި […]

ފަލަސްތީނާއި އިސްރާއީލް ގެ މައްސަލަ ހައްލުކުރަން ބޭނުން – ޗައިނާ

ބެއިޖިންއިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އިސްރާއީލާއި ފަލަސްތީނުގެ ދިގުދެމިގެންދާ މައްސަލައަށް ސުލްޙަވެރިހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހާމަކޮށް އެ ދެގައުމުގެ ޚާރިޖީ ވަޒީރުންނަށް ޗައިނާގެ ޚާރިޖީ ވަޒީރު ގިން ގޭންގް ދަންނަވައިފިއެވެ.  ދެ ގައުމުގެ ކާރިޖީ ވަޒީރުންނަށް ފޯނުކުރައްވައި ދެއްކެވި ވާހަކަފުޅުގައިފަލަސްތީނާއި އިސްރާއީލުގެ ޒަމާންވީ މައްސަލަ ޙައްލު ނުކުރެވި ގޯހުން ގޯހަށް ބަދަލުވެގެންދާތީ ޗައިނާއިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޗައިނާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ހާމަކޮށްފައި ވާގޮތުން ތިޔަ ދެގައުމު ސުލްޙަވެރި ކުރެވޭނެ މަގުތަކެއް ހޯދައި އެ މަގުން މަސައްކަތް ކުރުމުގެ ފުރުސަތަކަށް އެދި […]

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ 3 ކުންފުންޏަކަށް

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 03 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވައިފިއެވެ. މިނިސްޓްރީން މިއަދު ވަނީ ހުއްދަ ދެއްވާފައިވާ ކުންފުނިތަކާއި އެ ކުންފުނިތަކަށް ހުއްދަ ދެެއްވާފައިވާ އަގުތަކާއި ކޯޓާގެ ތަފްސީލު ހާމަކުރައްވައިފައެވެ. އެ ކުންފުނިތަކަކީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑާއި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ. ހުއްދަ ދެެއްވާފައިވާ އަގުތަކާއި ކޯޓާގެ ތަފްސީލު: އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ: 75250 ރުފިޔާ, […]

ސަޢޫދީ އެރޭބިޔާއާއި އީރާނުގެ މަދަދާއެކު ގޮވަމުންދިޔަ ހަނގުރާމަތައް ހުއްޓުމަކަށް

ސަޢޫދީ އެރޭބިޔާއާއި އީރާނުން މަދަދުލިބިގެން މެދުއިރުމަތީގައި ރޯވެ ގޮވަމުންދިޔަ ހަނގުރާމައިގެ ހުޅުގަނޑު ނިންވާލުމަށްޓަކައި ދެގައުމުގެ ދެމެދުގައި ޒަމާންވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށް އެއްބަސަވެއްޖެކަމުގައި ރޮއިޓާސް އިން މިއަދު ޚަބަރު ދީފިއެވެ.  މި ހައިރާންކުރުވަނިވި އެއްބަސްވުމުގެ ސަބަބުން ޔަމަނާއި ސީރިޔާ އަދި އިރާގާއި ލެބަނަންގައި ހިނގަމުންދާ ދެކޮޅުވެރިކަންވެސްނިމުމަކަށް ގެނެވޭނެކަމުގެ އުންމީދު އާވެގެން ހިގައްޖެއެވެ. ޗައިނާއިން އިސްނަގައިގެން ސަޢޫދީ އެރޭބިޔާއާއި އީރާން އެކުވެރި ކުރުވުމާގުޅިގެން މެދުއިރުމަތީގައި އެކުވެރިކަމާއި އެއްބާރުލުމުގެ މަސްރަޙެއް އުފެއްދުމުގެ ފޮނިހުވަފެންތަކެއް ދަނީ ފެންނަމުން ނެވެ. އެހެންނަމަވެސް މިމަސްރަޙް ހަލަބޮލިކުރަން ބޭނުންވާ ބަޔަކު ބުނަމުންގެންދަނީ މިއީ […]

ބްރެޒީލުންވެސް ބޭނުންވަނީ އެމެރިކާޑޮލަރުގެ ބާރު ކަނޑުވާލަން

ބްރެޒިލްގެ ރައީސް ލޫލާ ޑި ސިލްވާ ޗައިނާއަށް ކުރެއްވި ރަސްމީދަތުރުފުޅުގައި ނިއު ޑިވެލޮޕްމެންޓް ބޭންކް އޮފް ޝެންހާއީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބްރިކްސްގެ ގައުމުތަކުގެ ބޭންކެއް އުފެދި އެ ގައުމުތަކުގެ ވިޔަފާރީގައި ބޭނުންކުރާނެ ފައިސާއެއް ކަނޑައެޅުމުގެ ވަގުތު ޖެހިއްޖެ ކަމަށާއި އަދި ބްރިކްސްގައި ބައިވެރިވާ ގައުމުތަކުން އެމެރިކާ ޑޮލަރު އެއްފަރާތް ކުރުމަށް ބާރު އަޅުއްވާ ކަަމަށެވެ. މިކަމާއި ގުޅޭގޮތުން މިދިޔަ އަހަރުއްސުރެން މިއަންނަނީ ވާހަކަދައްކަމުންނެވެ. އެމެރިކާ ޑޮލަރާ ދުރުވުމުގެ ނިޔަތުގައި ބްރެޒިލްއާއި އާރޖެންޓީނާއިން އެއްފައިސާއެއް ބޭނުންކުރުމުގެ މަޝްވަރާތައްވެސް ކުރިއަށް އެބަ ގެންދަވާ ކަމަށެވެ. މިވަގުތުވެސް […]

އެމެރިކާއަށް ސަޢޫދީ އެރޭބިޔާ ގެއްލި ރަޝިޔާގެ ބާރު ގަދަވުން

އެމެރިކާގެ މަޝްހޫރު ބްލޫންބާރގް އިން ޚަބަރު ދެމުންގެންދާ ގޮތުގައި މީގެ ތިން އަހަރު ކުރިން އޯޕެކް ޕްލަސް އަރިއަޅާލި ވަގުތު އެގައުމުތައް އެއްބައިވަންތަކުރުމުގައި އެމެރިކާގެ ވަރަށް އިސް ދައުރެއް ކުޅެން ލިބުނު ކަމަށް ގަބޫލުކުރަން ޖެހެއެވެ. އެހެންނަމަވެސް މިއަދު އެ މަންޒަރު ވަނީ އެއްކޮށްބަދަލު ވެފައެވެ. ޚުލާސާގޮތެއްގައި ބުނާނަމަ ޖިއޯޕޮލިޓިކްސްގައި ބަދަލުވަމުންދާ އެމެރިކާގެ އެކުވެރިންގެ ވުޖޫދުން ސަޢޫދީއެރޭބިޔާ ނެއްޓި ރަޝިޔާއާއި ޗައިނާގެ އޯބިޓްތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަދި އެތަކެއް ޒަމާނަކަށް ދެކޮޅުވެރިކަމުގެ ވެއްޓެއްގައި ތިބި އީރާނާއި ސަޢޫދީ އެރޭބިޔާވެސް ސަރަޙައްދުގެ މަސްލަޙަތަށްޓަކައި އެކުގައި މަސައްކަތްކުރާ ބައިވެރިންނަށް މިވަނީ ވެފައެވެ. […]

އިންތިޚާބުގެ ކާމިޔާބީ ވެގެންދާނީ ހުޅަނގަށް ދެވޭ މެސެޖަކަށް – ތުރުކީ

އަންނަމަހުގައި ބޭއްވޭ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށާއި އަދި އެކާމިޔާބީ ވެގެންދާނީ އެމަނިކުފާނާއި އިދިކޮޅު ކެންޑިޑޭޓަށް ތާއީދު ކުރަމުންގެންދާ ހުޅަނގަށް ލިބޭ މެސެޖަކަށް ކަމުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތުން ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.                                                       ސީ އެން އެން […]