ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ސަަޢޫދީގައި އީރާންގެ އެމްބަސީ

ހަތްއަހަރުދުވަހުގެ ދިގު މުއްދަތަކަށް ބަންދުކޮށްފާ ހުރުމަށްފަހު މިއަދު ހަވީރު 6 ޖަހާއިރު އީރާނުގެ އެމްބަސީ ސަޢޫދީ އެރޭބިޔާގެ ރިޔާޒްގައި ހުޅުވޭނެއެވެ. އެހެންނަމަވެސް އީރާނުގައި ސަޢޫދީގެ އެމްބަސީ ހުޅުވޭނެ ދުވަސް އަދި ޢިއުލާނެއް ނުކުރެއެވެ. ސަޢޫދީއާއި އީރާނުގެ ގުޅުން ހަމަޔަކަށް އެޅިފައިމިވަނީ ޗައިނާއިން އިސްނަގައިގެން ކުރި ސުލްޙައިގެ މަސައްކަތުގައި ދެގައުމުގެ ތަފާތުތައް ނައްތާލައި އެކުވެރިކަން ގާއިމްކުރަން މިދިޔަ މާރޗްމަހުގެ ތެރޭގައި އެއްބަސްވުމާ ގުޅިގެންނެވެ. ސަޢޫދީ އެރޭބިޔާއިން އީރާނާއެކު ސިޔާސީ ގުޅުން ކަނޑާލި ޝިޔާއީން އިލްމުވެރިއަކު ކަމުގައިވާ ނިމްރު އަލްނިމްރު ސަޢޫދީގައި މަރާލުމާގުޅިގެން އުފެދުނު ހަމަނުޖެހުމުގައި އީރާނުގައި […]
އޭޝިޔާގެ ނުވަ ގައުމަކުން ސްވިފްޓް ނޫން އެހެން ގޮތެއް ހޯދަނީ

އީރާނުގައި އެންމެފަހުން ބޭއްވުނު އޭޝިއަން ކްލިއަރިންގ ޔުނިއަން ( އޭ ސީ ޔޫ ) ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ދޭދޭ ގައުމުތަކުގެ މެދުގައި ކުރެވޭ ފައިސާގެ މުޢާމަލާތު ތަކުގައި މިހާރު ބޭނުންކުރަމުންގެންދާ ބައިނަލް އަގްވާމީ ނެޓްވާރކް އެމެރިކާގެ SWIFT ބަދަލުގައި އެހެން ނިޒާމެއް ތަޢާރުފްކުރަން އެއްބަސް ވެއްޖެއެވެ. އޭ ސީ ޔޫ ގެ މެމްބަރުންގެ ތެރޭގައި ބަންގްލާދޭޝް އާއި ބޫޓާނާއި މިޔަންމާރާއި ދިވެހިރާއްޖެއާއި އިންޑިއާއާއި ޕާކިސްތާނާއި ނޭޕާލާއި ސްރީ ލަންކާ އަދި ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އިރާނުގެ މަރްކަޒީ ބޭންކު ހިމެނެއެވެ. އޭ ސީ ޔޫގެ ގައުމުތަކުން މިގޮތަށް […]
ޖެނެރަލުންގެ ބޭނުމަކީ އަހަރެންގެ ކާމިޔާބީ ހުއްޓުވުން – އިމްރާން ޚާން

ޕާކިސްތާނުގެ ލާހޯރުގައި ވަށައިގެން ސިފައިންގެ ފާރަވެރިންގާރޑްކޮށްފައިވާ އިމްރާން ގެކޮޅުގައި އިންނަވައިގެން ބުލޫމްބާރގަށް ދެއްވި ބަސްދީ ގަތުމެއްގައި މިދިޔަ ހުކުރުދުވަހު ވިދާޅުވީ ސިފައިން ބޭނުންވަނީ މިހާރުއޮތް ބަލިކަށި ސަރުކާރު ދެމެހެއްޓުމަށާއި އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ޕާރޓީ ތަކުން އާންމު އިންތިޚާބު ކާމިޔާބު ކުރުމުގެ މަގުތައް ބަންދުކުރުމަށެވެ. މިލިޓްރީ ތަންތަނަށް ގެއްލުން ދިންމީހުން ޒިންމާދާރު ކުރުވާނެ ކަމަށް ސަރުކާރުންބުނެ މިއަންނަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި ބާއްވަންޖެހޭ އާންމު އިންތިޚާބުގެ ކުރިން އަހަރެމެންގެ ތަހްރީކޭ އިންސާފު ޕާރޓީގެ އިސްބޭފުޅުން ހައްޔަރުކުރަމުން ގެންދިއުމުގެ ބޭނުމަކީ […]
އޭޝިޔާގެ 16 ގައުމަކުން އެމެރިކާ ޑޮލަރާ ދުރަށް

ދޭދޭ ގައުމުތަކުން ކުރާ ވިޔަފާރީގައި އެމެރިކާ ޑޯލަރު އެއްފަރާތްކޮށް ގައުމުތަކުގެ އަމިއްލަ ފައިސާ ބޭނުންކުރުމަށް ބްރިކްސް ގައި ހިމެނޭ ގައުމުތަކުން ކުރަމުންގެންދާ ވަކާލާތުކުރުން ވައިގާ ހިފައިފިއެވެ. އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އޭޝިއާގެ 16 ގައުމަކުން އެގައުމުތަކުން ކުރަމުންގެންދާ ބައިނަލް އަގްވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރު އެއްފަރާތްކޮށް އެގައުމުތަކުގެ ފައިސާ ބޭނުންކުރަން އެއްބަސްވެވިއްޖެއެވެ. އޭގެ ތެރޭގައި އާސިއާނަށް ނިސްބަތް ކުރެވޭ 10 ގައުމުވެސް ހިމެނެއެވެ. މިކަމަށްޓަކައި އާސިއާންގެ 10 ގައުމުން މިހާރު ވަނީ ޑިކްލަރޭޝަނެއް އާންމުކޮށްފައެވެ. އިރުމަތީގެ ގައުމުތަކުންވެސް ބޭނުންވަނީ ބައިނަލް […]
ޕާރޝިއަންގަލްފް ސަރަޙައްދުގެ ކަނޑުފާރަވެރިން އުފެއްދުން

ރޮއިޓާރސް އިން ޚަބަރު ދީފައިއިވާ ގޮތުގައި ގަލްފް ސަރަޙައްދުގެ އެއްބައިވަންތަކަން ކަށަވަރުކުރުމުގެ ބޭނުމުގައި އީރާނާއި ސަޢޫދީ އެރޭބިޔާ އާއި އަދި ގަލްފުގެ އިތުރު އެހެން ތިން ގައުމެއް ގުޅިގެން ކަނޑުފާރަވެރިންގެ އިއްތިޙާދެއް އުފައްދަން ޕްލޭން ކުރެވިފައިވާކަމަށް އީރާނުގެ ކަނޑު ސިފައިންގެ ކޮމާންޑަރ ވިދާޅުވެއްޖެއެވެ. މި އިއްތިޙާދުގައި އެމިރޭޓްސް އާއި ގަތަރާއި ބަޙްރައިނާއި އިރާގާއި އިންޑިއާއި ޕާކިސްތާންވެސް ހިމެނޭނެކަމަށް އީރާނުގެ މީޑިއާއިން ހާމަކޮށްފައިވެއެވެ. އީރާނުގެ ކަނޑު ސިފައިންގެ ކޮމާންޑަރ ޝަޙްރާމް އިރާނީ ވިދާޅުވީ އަހަރެމެންގެ ސަލާމަތާއިރައްކާތެރިކަން ކަށަވަރުކުރެވޭނީ ހަމަ އަހަރެމެން ގުޅިގެންކަން މިސަރަޙައްދުގެ ގައުމުތަކަށް މިއަދު ވިސްނިއްޖެއެވެ. އިތުރު ތަފްސީލު ނުދެއްވިނަމަވެސް […]
ގަލްފު ކަނޑުގެ މެރިޓައިމް ކޯލިޝަންގައި ދެން ބައިވެރިނުވާނަން – އިމެރެޓްސް

އެމެރިކާ އިސްވެއޮވެ ކުރިއަށްގެންދާ މެރިޓައިމް ކޯލިޝަންގައި ދެން ބައިވެރިނުވުމަށް އިމިރެޓްސް އިން ނިނެމައިފިއެވެ. ދުބާއި އިން ރޮއިޓާރސް ޚަބަރު ދީފައިވާގޮތުގައި މިފަހަކަށް އައިސް ގަލްފު ސަރަޙައްދުން ދަތުރުކުރާ ޓޭންކަރު ފަހަރު އީރާނުން އަތުލަމުންވގެންދިއުމާއި ގުޅިގެން […]
އީރާނުން އަލަށް ގާއިމްކުރާ ނިއުކްލިއަރ ހަތިޔާރު ހުއްޓުވޭނެ ގޮތެއްނެތް

އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ބައްޓަންކުރަންޖެހޭ މިންގަނޑުތަކަށް ބާރުގަދަ ގައުމުތަކުން އީރާނާއެކު ހެދި އެއްބަސްވުމުން ޑޮނާލްޑް ޓްރަމްޕުގެ ރިޔާސަތުގައި އެމެރިކާއިން އަމިއްލައަށް އެކަހެރި ވީ ފަހުން ފަސް އަހަރު ފުރުނީއެވެ. އެހެންކަމުން ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި އީރާންވެސް ޚިޔާރުކުރީއަކީ ނިދާފަ އޮތުމަކަށް ނޫނެވެ. އެއްބަސްވެފައިވާ ނިއުކްލިއަރ ޕްރޮގްރާމްގެ ހުދޫދު ކަނޑައެޅުނު ގޮތަށް އެމެރިކާ އެކަހެރިވެ އީރާނާ ދެކޮޅަށް އިތުރު އިގްތިސާދީ ދަތިކުރުންތަށް ދިމާކުރަން ފެށުމާއިއެކު ލިބުނު ފުރުސަތުގައި އީރާނުންވެސް ނިއުކްލިއަރ ޕްރޮގްރާމްގެ ހޫދޫދުން ބޭރުވީއެވެ. އެންމެފަހުގެ ސެޓެލައިޓް ފޮޓޯތަކުން ފެންނަގޮތުގައި މީގެކުރިންވެސް ނިއުކްލިއަރ ހަކަތަ ތައްޔާރުކުރަމުން ގެންދިޔަ ނަތަންޒް ސަރަޙައްދު […]
ޔޫކްރެއިންގާ އޮތް އެންމެ ފަހު މަނަވަރުވެސް ހަލާކުކޮށްލައިފިން – ރަޝިޔާ

ރަޝިޔާގެ ދިފާޢީ ވުޒާރާއާއި ޙަވާލަދީ ރޮއިޓަސްއިން މަޢުލޫމާތު ދީފައިވާގޮތުގައި ޔޫކްރެއިންގައި އެންމެފަހުން އޮތް މަނަވަރު (ޔޫރީ އޮލެފިރެންކޯ) ވެސް ރަޝިޔާގެ މިސައިލް ޙަމަލާގައި ހަލާކުކޮށްލައިފިއެވެ. އެމަނަވަރު ހަލާކު ކޮށްލާފައިވަނީ މީގެ ދެދުވަސް ކުރިން އޮޑެއްސާ ބަނދަރުގައި އޮއްވައެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާގެ ސްޕޯކްސްޕަރސަން ކޮނާޝެންކޯވް ކޮންމެދުވަހަކު ދެއްވަމުންގެންދަވާ ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގެ މަނަވަރު ޔޫރީ އޯލެފިރެންކޯ ހަލާކުކޮށްލީ އޮޑެއްސާގެ ބަނދަރުގައި އޮއްވާ މޭމަހުގެ 29 ވަނަ ދުވަހުގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ މަނަވަރު ހަލާކުކޮށްލުމަށްޓަކައި ބޭނުން ކުރެވިފައިވަނީ ހައިޕްރެސިޝަން ހަތިޔާރު ކަމަށެވެ. އާންމުގޮތެއްގައި އެމަނިކުފާނުގެ ބަސްދީ ގަތުންތަކުގައި މި […]
އިމްރާންޚާންގެ ކަފާލަތުގެ މުއްދަތު އިތުރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާނަޚާންގެ މައްޗަށް ސަރުކާރުން އުފުލާފައިވާ އަލް ގަދްރު ޓްރަސްޓްގެ ކޮރަޕްޝަން މައްސަލާގައި މިހާރު ލިބިވަޑައިގެންފައިވާ ކަފާލަތުގެ މުއްދަތު މިއަންނަ ޖޫން މަހުގެ 19 ވަނަ ދުވަހާ ހަމަޔަށް އިތުރުކޮށް ދީފިއެވެ. މީގެކުރިން މޭމަހުގެ 12 ގައި ލިބިވަޑައިގެންނެވި ކަފާލަތުގެ މުއްދަތު ކުރިން އޮތީ އިތުރު ދެހަފްތާއަށް ދަންމާލާފައެވެ. އަދި މިހާރު އެ މުއްދަތު ޖޫންމަހުގެ 19 ވަނަ ދުވަހާ ހަމަޔަށް މިވަނީ އިތުރުކޮށް ދެއްވާފައެވެ. ވޭތުވެދިޔަ ދިހަ އަހަރުދުވަހުގެ ތެރޭގައިވެސް ޕާކިސްތާނަށް މެދުވެރިވެފައި ނުވާފަދަ އިގްތިސާދީ ދަތިކަމަކާއި ކުރިމަތިލާން […]
ތުރުކީގެ ރައްޔިތުންގެ ނިންމުން ޔޫރަޕް ޙައިރާން ކޮށްލުވައިފިއެވެ

ތުރުކީގެ ރައްޔިތުންގެ ނިންމުންފެނިފާ ޔޫރަޕްގެ ވެރިންގެ ޙައިރާންވެ ދެލޯ ބޮޑުވެއްޖެއެވެ. އެބައިމީހުންގެ އެތައް ދިރާސާތަކަކާއި އުންމީދު ތަކަކާއެކު ތުރުކީ ޔޫރަޕްގެ ގޮތަށް ފުރޮޅާލަން ކުރި ހޭދައާއި ވަގުތު ބޭކާރު ވެގެން ދިޔުމުންނެވެ. ރައްޔިތުންގެ ނިންމުން ހާމަވުމާއި ހަމަޔަށްވެސް އެމީހުންގެ ބަސްމަގު ހާމަކުރަމުން ގެންދިޔައީ ރައީސް އުރުދުޣާންގެ ވަގުތު ހަމަވެއްޖެކަމަށެވެ. ޔޫރަޕުގެ ފުރިހަމަ ތާއީދާއެކު ތުރުކީއަށް ނިސްބަތްކުރެވޭ 6 ސިޔާސީ ޕާރޓީގެ ފަރާތުން އިންތިޚާބަށް ވާދަކުރެއްވި ކަމާލް ކިލިޖްރޯލޫ ރައްޔިތުންގެ ނިންމުމުގައި ސިއްކަ ޖެހެންދެންވެސް ވިދާޅުވަމުން ގެންދެވީ ތުރުކީ ދެން އޮންނާނީ ޔޫރަޕްގެ ގޮތްތަކަށް ލެނބިފައިވާ ގައުމެއްގެ […]