ޙައްޖު މޫސުމުގައި މެދުވެރިވެފައިވާ ބައެއް ހިތާމަވެރި ހާދިސާތައް

މިއީ ޙައްޖުގެ މަތިވެރި އަޅުކަމުގެ މޫސުމެވެ. އިސްލާމްދީނުގެ ފަސްވަނަ ރުކުން ފުރިހަމަ ކުރުމަށްޓަކައި މުޅި އިސްލާމީ އުންމަތް ތައްޔާރުވަމުންދާ މޫސުމެވެ. ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަސީބު ލިބިފައިވާ އަޚުންނާއި އުޚުތުން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ މޫސުމެވެ. މިއަހަރު އެ ނަސީބު ލިބިފައިނުވާ އަޚުންނާއި އުޚުތުންވެސް މިއަންނަ އަހަރަށް އުންމީދުކުރަމުން އެ އުފަލުގައި ބައިވެރި ވަމުންދާ މޫސުމެވެ. ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ ކަންކޮޅުތަކުން މައްކާއަލް މުކައްރަމާ އާއި މަދީނާ އަލް މުނައްވަރާއަށް އަދި މިމޫސުމުގައި އާންމުކޮށް ސަޢޫދީ އެރޭބިޔާއަށް ދަތުރުކުރާ […]
ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގައި ނިޔަތް ރަނގަޅު

ރަޝިޔާއިން ޔޫކްރެއިނަށް އެރުމުގައި ރަޝިޔާގެ ނިޔަތް ރަނގަޅުކަމަށް ދެކިވަޑައި ގަންނަވާ ކަމަށާއި ކުރިއަށްދާ ހަނގުރާމައިގާ ގިނަ ޒިންމާތަކެއް އެމެރިކާގެ ބޮލުގައި އެޅިފައިވާކަމަށް މިއަންނަ އަހަރު އެމެރިކާގެ ރިޔާސަތަށް ޑިމޮކްރެޓުންގެ ފަރާތުން ނިކުމެވަޑައިގަންނަވަން ގަސްދުކުރައްވާފައިވާ ރޮބާރޓް އެފް. ކެނެޑީ ޖޫނިއަރ މިދިޔަ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ރަޝިޔާއިން ޔޫކްރެއިނަށް […]
މެޑިޓެރޭނިއަން ކަނޑަށް ފެތުނު ބޯޓުން ގިނަ އަދަދެއްގެ ޕާކިސްތާނު މީހުންވަނީ މަރުވެފާ

ސީ. އެން. އެން. އިން. ޚަބަރު ދީފައިވާގޮތުގައި މިދިޔަ އާދީއްތަދުވަހު ގުރީކުގެ ކަރަގޮނޑަށް ފެތުނު މަސްބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން ކަނޑަށް ޣަރަގުވެގެން މަރުވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ 300 އަށްވުރެން ގިނަ މީހުންވެސް ހިމެނޭކަން އެނިއްޖެއެވެ. އެހެންނަމަވެސް ގުރީކު ސަރުކާރުން އަދި މިހާތަނަށް މަރުވިމީހުންގެ އަދަދު ހާމައެއް ނުކުރެއެވެ. މިބޯޓުން ދަތުރުކުރި މީހުންނަކީ ސިޔާސީ ޙިމާޔަތް ހޯދުމަށާއި ބަނޑުހައިހޫނު ކަމުން ސަލާމަތް ވުމަށާއި ގައުމުތަކކުގައި ހިނގަމުންދާ ސިޔާސީ އަދި މަޒުހަބީ ދެކޮޅުވެރިކަމުން ސަލާމަތް ވުމަށްޓަކައި ގޮތެއް ފެނޭތޯ ކަނޑުމަގުން ޔޫރަޕްގެ ގައުމުތަކަށް ދެވޭތޯ ދަތުރުފަށައިގެން އުޅުނު ބައެކެވެ. ކޮންމެ އަހަރަކުވެސް […]
ޔޫކްރެއިނުގެ އަމުރުނެރޭ ތަންތަން ހަލާކުކޮށްލަންވީ ވަގުތު ޖެހިއްޖެ

ރަޝިޔާގެ ދިފާއީ ވުޒާރާއާއި ޙަވާލާދީ ޔޫކްރެއިނިސްކާ ޕްރާވްޑާއިން ޚަބަރު ދީފައިވާގޮތުގައި ޔޫކްރެއިނުން ކްރީމިޔާއަށް ޙަމަލާ ދެމުންގެންދާތީ އޭގެ ބަދަލުގައި ޔޫކްރެއިނުން އަމުރު ނެރޭ ކޮމާންޑް ސެންޓަރތަކަށް ޙަމަލާދޭންވީ ވަގުތު ޖެހިއްޖެކަމަށް މިލިޓްރީ އެއްވުމެއްގައި ރަޝިޔާގެ ދިފާޢީ ވަޒީރު އިންޒާރު ދެއްވައިފިއެވެ. އަހަރެމެންނަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ޔޫކްރެއިނުން ގެންދަނީ އެމެރިކާގެ ހިމާރސް އަދި ޔޫރަޕްގެ ސްޓޯމްޝެޑޯ މިސައިލް ބޭނުންކޮށްގެން ކްރީމިޔާވެސް ހިމެނޭގޮތުގައި ރަޝިއަން ފެޑެރޭޝަނަށް ޙަމަލާދޭން ރާވަމުންނެވެ. ކްރީމިޔާއަކީ މިހާރު ކުރެވެމުންދާ ހަނގުރާމައިން ބޭރުގެ ސަރަޙައްދެކެވެ. އެހެންވީމާ އެމެރިކާއާއި ޔޫ ކޭ ގެ ހަތިޔާރު ބޭނުންކޮށްގެން އަހަަރެމެނަށް […]
ޗައިނާގެ އިންޒާރު އެމެރިކާއަށް: އެއްބައިވަންތަކަން ނުވަތަ ދެކޮޅުވެރިކަން އިޚްތިޔާރު ކުރާށެވެ!

ބަރުތައް ބުނާގޮތުގައި މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި ބއްދަލު ކުރުމުގެ ކުރިން ވޯޝިންގްޓަނުން ބޭނުންވަނީ އެއްބައިވަންތަކަން ނުވަތަ ދެކޮޅުވެރިކަންތޯ ނިންމުމުގެ އެންމެ ފަހު ފުރުސަތު ޗައިނާއިން އެމެރިކާއަށް ދީފިއެވެ. އެމެރިކާއަށް ޗައިނާއިން މި އިންޒާރު ދީފައިވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަންއާއިއެކު ޗައިނާގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް ވެރިޔާ ވޭންގް ޔީ ބޭއްވި ތިންގަޑިއިރަށް ދެމިގެންދިޔަ ވާހަކަތަކަށް ފަހުގައެވެ. ޗައިނާއާއެކު އެމެރިކާގެ ގުޅުން ދުވަހަކުވެސް ދަށަށް ނުދާ ފެންވަރަކަށް ވެއްޓިފައިވާ މިދަނޑިވަޅުގައި އެގުޅުން ރަނގަޅު ކުރެވިދާނެ މަގެއް ހޯދުމުގެބޭނުމުގައި […]
ތުރުކީގެ އިދިކޮޅު ޕާރޓީގެ ރިހޭ ފައިމައްޗަށް ފޯއި ވެއްޓެނީ

މިލިއުމުން ސިޔާސީގޮތުން ކުރިއަރަށް ބޭނުންވާ ބޭފުޅުންނަށް ރަނގަޅު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރަމެވެ. އެކަމަކު އެ މަޢުލޫމާތު އަމިއްލަ ފައިދާއަށް ވިސްނައިގެން ބޭނުން ކުރެވިގެންނުދާނަމަ ރައްޔިތުންނަށް ނުވަތަ ސިޔާސީ ޕާރޓީއަށްވެސް ފައިދާއެއް ނުކުރާނެއެވެ. ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ ކަންތަކުން ހެޔޮގޮތުގައި އިބްރަތް ލިބިގަތުމަކީ ބުއްދިވެރިންގެ ސިފައެކެވެ. އިސްތަންބޫލުން ޚަބަރުދީފައިވާ ގޮތުގައި ތުރުކީގެ ޢާންމު އިންތިޚާބުގެ ނާކާމިޔާބަށްފަހު އަނެއްކާވެސް އިދިކޮޅު ޕާރޓީގެ ރިހޭ ފައިމައްޗަށް ފޯއި ވެއްޓެން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. ރޮއިޓާރސް އިން ބުނެފައިވާ ގޮތުގައި އިސްތަންބޫލްގެ […]
ޗައިނާގެ ގުޅުމުގައި ހުޅަނގުގެ ކަންބޮޑުވުންތަކަށް ފަރުވާލެއް ނެތް – ސަޢޫދީ

ސަޢޫދީގެ ކެޕިޓަލް ރިޔާޒުން ޚަބަރު ދީފައިވާގޮތުގައި މިދިޔަ އާދީއްތަ ދުވަހު ސަޢޫދީ އެރޭބިޔާގެ ހަކަތައާއި ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒު ބިން ސަލްމާނު ޢިއުލާން ކުރައްވާފައިވަނީ ސަޢޫދީ އެރޭބިޔާއާއިން ބޭނުންވަނީ ޗައިނާއާއި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި ސަޢޫދީ އެރޭބިޔާއާއި ޗައިނާގެ ގުޅުމާއިމެދު އެމެރިކާ އާއި ހުޅަނގުން ޝައްކުގެ ނަޒަރުން ބަލަމުން ގެންދިއުމަކީ އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. ދުނިޔޭގައި އެންމެގިނައިން ތެޔޮ އެކްސްޕޯރޓް ކުރާ ގައުމުގެ ޙައިސިއްޔަތުން ސަޢޫދީ އެރޭބިޔާއިން ދުނިޔޭގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރަމުންގެންދާ ގައުމު ޗައިނާއާއިއެކު ގުޅުން ބަދަހިކޮށް މިހާރުމިވަނީ ހައިޑްރޯކާބަންގެ ނަގިއްޔަކުން […]
ޔޫކްރެއިންގެ ޑޭމް ގޮއްވާލުމުން ތިމާވެށީގެ ބޯޑެތި މައްސަލަތަކެއް ކުރިމަތިވާނެ

އެސޯޝިއޭޓެޑް ޕްރެސް ކީވް އިން ޚަބަރު ދީފައިވާ ގޮތުގައި މޮސްކޯގެ ބާރުގެ ދަށުގައި އޮތް ދެކުނު ޔޫކްރެއިންގެ ސަރަޙައްދެއްގައި ހަދާފައިވާ ޑޭމެއް ގޮއްވާލުމުގެ ސަބަބުން ބާރު ސްޕީޑުގައި ކޯރުގެ ފެންގަނޑު ދެމިގަނެ ތިމާވެއްޓަށް ބޮޑެތި ގެއްލުން ތަކެއް މެދުވެރި ވެދާނެކަމުގެ ބިރު ކުރިމަތި ވެއްޖެއެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ މީހުން ދުރުތަންތަނަށް ދިއުމަށްވެސް އަންގައިފިއެވެ. ޑޭމް އާއި އެތަނުގެ ހައިޑްރޯ އިލެކްޓްރިކް ޕަވަރ ސްޓޭޝަން ގޮއްވާލިކަމުގެ އިލްޒާމް ޔޫކްރެއިނުން އަޅުވަނީ މޮސްކޯގެ ބޮލުގައެވެ. އެކަމަކު ރަޝިޔާއިން ބުނަނީ ޔޫކްރެއިނުން ދިން ޙަމަލާތަކެއްގައި އެތަން ހަލާކުވެގެން […]
ސިންގަޕޯރުގެ ރޭސްކޯސް ބަންދުކުރަނީ

180 އަހަރުވީ ސިންގަޕޯރުގެ އަސްދުއްވާ ރޭސްކޯސް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުގެ މި ނިންމުން ވެގެންދިޔައީ އަސްދުއްވުމަށް ލޯބިކުރާ މީހުންނަށް ވަރަށް ބޮޑު ހިތްދަތިކަމަކާއި އަދި ރުޅިވެރިކަން ގެނެސްދިން ނިންމުމަކަށެވެ. ސިންގަޕޯރުގެ ޓާރފް ކްލަބުން ހާމަކުރިގޮތުގައި އެތަނުގައި ބޭއްވޭނެ އެންމެފަހުގެ މުބާރާތް 100 ވަނަ ސިންގަޕޯރ ގޯލްޑް ކަޕް އޮންނާނީ މިއަންނަ އަހަރު އޮކްޓޯބަރު މަހުގައެވެ. ސިންގަޕޯރ ޓާރފް ކްލަބު އުފެއްދީ 1842 ވަނައަހަރު ސްކޮޓިސްއަށް ނިސްބަތް ކުރެވޭ ވިޔަފާރިވެރިއެކެވެ. އޭނާއަކީ އަސްދުއްވުމަށް ވަރަށް ލޯބިކުރިމީހެކެވެ. ސިންގަޕޯރުގެ ބުކިޓް ޓިމާހ އަވަށުގައި ކުރިންހުރި […]
ލޯބިވެގެން އުޅޭ އަންހެނަކު ފަހަތުން ދުވާހެން އެމެރިކާ ދުވާކަށް ނުޖެހޭ

ފޮކްސް ނިއުންއަށް ދެއްވި ބަސްދީ ގަތުމެއްގައި ސެނޭޓަރ ޓޮމް ކޮޓްން ރައީސް ބައިޑްންގެ ސަރުކާރަށް ފާޑުކިޔަމުން ވިދާޅުވީ ޒުވާން އުމުރުފުރައިގެ ލޯބިވެރިން އެކަކު އަނެކަކު ފަހަތުން އާދޭސްކުރަމުން ދުވާ ގޮތަށް އެމެރިކާގެ އޮފިޝަލުން އެމީހުންގެ ޗައިނާގެ ކައުންޓަރޕާރޓުން ފަހަތުން ދުވުމަކީ ލަދުގަންނަންޖެހޭ ކަމެކެވެ. ޓޮމް ކޮޓްން މިހެންވިދާޅުވީ ސިންގަޕޯރުގައި ބޭއްވުނު ދިފާއީ ސެކިއުރިޓީގެ އަހަރީ ކޮންފަރެންސްގައި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނިކޮށް އަދި އެ ކޮންފަރެންސްގެ ހަވާސާގައި އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން އެމަނިކުފާނާ ބައްދަލު ކުރައްވަން އެދިވަޑައިގެން އެމެރިކާއިން ފޮނުއްވި ދައުވަތު ޗައިނާއިން […]