ހުޅަނގު ބައިބައި ކޮށްލަން ރައީސް ޕޫޓިން ކުރައްވާ މަސައްކަތްޕުޅު ކާމިޔާބު

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ރައީސް ޕޫޓިން ހީކުރެއްވިގޮތަށް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވެދާނެއެވެ. އެކަމަކު ހަމަޔަގީނުންވެސް ހުޅަނގުގެ ކުރިއަރާފައިވާ ބަރު ހަތިޔާރުގެ މަދަދާއިއެކު ޔޫކްރެއިނުން ފަށާގަތް ކައުންޓަރ އޮފެންސިވް ޙަމަލާތައް އުންމީދުކުރި މިންވަރާ ގާތަކަށްވެސް ކުރިއަކަށް ގެންގޮސް ކާމިޔާބުވުމަށްވުރެ ވަނީ ގެއްލުން ބޮޑުވެފައެވެ.  އެ ބަރު ހަތިޔާރުތަކާއި ފޯރުކޮށްދެމުން ގެންދާ ވަސީލަތްތަކާއި އެކުގައިވެސް ޔޫކްރެއިނަށް އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ލިބެމުންދޭތޯ މިއީވެސް ތަޖްރިބާކާރުން މިހާރު ވަރަށް ބޮޑަށް އުފައްދާ ސުވާލެކެވެ. ޔޫކްރެއިނުން މިހާރު އުންމީދުކުރަމުން ގެންދަނީ މިއަންނަމަހު އެމެރިކާއިން ފޯރުކޮށްދޭނެ ކަމަށްބުނެފައިވާ އަބްރާމް މަރުކާގެ ހަނގުރާމަމަތީ ޓޭންކު ތަކަށެވެ.  އެ ޓޭންކުތައް ލިބުމުން ހަނގުރާމަ […]

ޔޫކްރެއިންދޭ ވަރުގަދަ ޙަމަލާތަކުން އަމިއްލަ ލަޝްކަރުތަކަށް ލިބޭގެއްލުން ބޮޑީ

ނިއުޔޯރކް ޓައިމްސް އިން ޚަބަރު ދީފައިވާގޮތުގައި ހުޅަނގުން ފޯރުކޮށްދެމުން ގެންދާ ބާރުގަދަ ބަރު ހަތިޔާރާއެކު ޔޫކްރެއިނުން ރަޝިޔާގެ ސިފައިންނަށް އަމާޒުކޮށްގެން ދެމުންގެންދާ ވަރުގަދަ ކައުންޓަރ އޮފެންސިވް ތަކުންޔޫކްރެއިނަށް ލިބެމުންދާ ގެއްލުން ދެގުނައަށްވުރެންވެސް އިތުރު ވެއްޖެކަމަށް އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްގެ ރިތާސަތު ޖެނެރަލް މާރކް އޭ މިލޭ ހާމަކޮށްފިއެވެ. ޖެނެރަލް މިލޭ ބުނެފައިވާ ގޮތުގައި ޔޫކްރެއިނަށް ހަނގުރާމާގައި ލިބެމުންދާ ގެއްލުން ހާމަކުރުމުގެ ސަގާފަތެއް އެގައުމުން ނުގެންގުޅުނު ނަމަވެސް ރަޝިޔާއާއިއެކު މިހާރު ކުރެވެމުންދާ ހަނގުރާމައިގާ ޔޫކްރެއިންގެ އެއްލައްކަ ސިފައިންނަށްވުރެންވެސް ގިނައިން ވަނީ މަރާލެވިފައެވެ. އަދި ހުޅަނގުން ދާދިފަހަކުން ފޯރުކޮށްދިން […]

ޖެރޫސަލަމްގައި ސަޢޫދީގެ ކޮންސިއުލޭޓް ހުޅުވިޔަ ނުދޭނަން – އިސްރާޢީލް

ސަޢޫދީ އެރޭބިޔާއިން ފުރަތަމަ ފަހަރަށް ފަލަސްތީނަށް އެމްބެސެޑަރަކު ކަނޑައެޅުމާއި ގުޅިގެން ޖެރޫސަލަމްގައި ސަޢޫދީ އެރޭބިޔާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމުގެ ހުއްދަ ނުދޭނެކަމަށް ގަދަބާރުން ފަލަސްތީނަށް އަރައިގަނެއް އުޅޭ އިސްރާޢީލުގެ ޚާރިޖީ ވަޒީރު އެލީ ކޯހެން އެގައުމުގެ 103 އެފް. އެމް. ރޭޑިއޯ މެދުވެރިކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ.  ސަޢޫދީ އެރޭބިޔާއިން ޖޯރޑްންއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަލީ އަޙްދު މުޙައްމަދު ބިން ސަލްމާނުގެ ވަރަށް ގާތް ތިމާގެ ބޭފުޅެއް ކަމުގައިވާ ނާއިފް އަލް ސުދައިރީ އަކީ ސަޢޫދީ އެރޭބިޔާއިން ފަލަސްތީނަށް ކަނޑައޅުއްވާފައިވާ ނޮން ރެޒިޑެނޓް ސަފީރުކަމަށާއި ޖެރޫސަލަމްގައި ހުންނަވާ ކައުންސިލް ޖެނެރަލް ކަން […]

ޔޫކްރެއިން މިލިޓްރީގެ އެންމެ އިސްވެރީތަކެއް ވަޒީފާއިން ވަކިކުރަނ

ކޮރަޕްޝަނާއި ފަސާދައާއި ނަހަމަގޮތުގައި ބާރުގެ ބޭނުންކުރާކަމަށް ތުޙުމަތު ކުރެވިފައިވާ ޔޫކްރެއިން މިލިޓްރީގެ ސަރަހައްދީ ގިނަ އޮފީސްތަކެއްގެ އެންމެ އިސްވެރިން ވަޒީފާއިން ވަކިކުރަން ރައީސް ޒެލެންސްކީ ކުއްލިގޮތަކަށް ނިންމަވައިފިއެވެ. އެ މަގާމުތަކަށް ދެން އިސްކުރެވޭނީ ރަނގަޅަށް ރެކޯރޑް ސާފުކުރުމަށްފަހު އިޚްތިޔާރުކުރެވޭ ހަނގުރާމައިގެ މައިދާނުން ތަޖްރިބާވެސް ލިބިފައިވާ ބޭފުޅުންކަމަށްވެސް ރައީސްގެ އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ހަނގުރާމައަކީ ކޮންއެއްޗެއްކަން ރަނގަޅަށް އެނގޭ އަދި ޚާއްސަކޮށް ހަނގުރާމައިގެ ވަގު ތުގައި ކޮރަޕްޝަނާއި ފަސާދައާއި އިތުބާރު ގެއްލުވާލުމަކީ ގައުމަށް ޣައްދާރުވުން ކަންވެސް އެނގޭ ބޭފުޅުންކަމުގައި ވާންޖެހޭނެއެވެ. މިއަމުރު ފާސކޮށްފައިވަނީ ޔޫކްރެއިންގެ ގައުމީ ދިފާއާއި ސަލާމަތާބެހޭ މަޖްލިސުން މި އޯގަސްޓް މަހުގެ […]

މި މަހުގައި ބޭއްވޭ ބްރިކްސް ގެ ސަމިޓުގައި 74 ގައުމުގެ ވެރިން ބައިވެރިވާނެ

މި އޯގަސްޓްމަހުގެ ތެރޭގައި ބޭއްވުމަށް ތާވަލް ކުރެވިފައިވާ ބްރިކްސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް 69 ގައުމެއްގެ ވެރިންނަށް ދައުވަތު ދީފައިވެއެވެ.  ދައުވަތު ފޮނުވުނު ހުރިހާ ބޭފުޅުން ބައިވެރިވެ ވަޑައިގެންފިނަމަ މި ބައްދަލުވުން ވެގެންދާނީ ދުނިޔޭގެ ތާރީޚުގައި އެންމެގިނަ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމަށެވެ. އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނާއި ފަރަންސޭސި ވިލާތްވެސް ހިމެނޭގޮތުގައި ޔޫރަޕުގެ އެއްވެސް ގައުމަކަށް މި ބައްދަލުވުމުގެ ދައިވަތު ދީފައެއް ނުވެއެވެ.                         […]

ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ކޮންގްރެސްއަށް މެދު އިނގިލި ދައްކައިފި

އެމެރިކާގެ ސުޕްރީމްކޯޓުން ޝަރުޢީ ޢަދުލް އިންސާފުގެ ހަމަހަމަކަން ނެތިގެން ދިއުމުގެ ސަބަބުން ފަނޑިޔާރުންގެ ކޯޑް އޮފް ކޮންޑަކްޓެއް ވުޖޫދަށްނެރެ ތަންފީޒުކުރުމުގެ ވަގުތު ޖެހުއްޖެކަމުގެ ބަހުސް ކުރެވެމުންދާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެހެންނަމަވެސް މިމައްސަލާގައި ވޯލްސްޓްރީޓް ޖާރނަލްއަށް ވާހަކަދައްކަވަމުން ސުޕްރީމްކޯޓުގެ ފަނޑިޔާރު ސެމުއަލް އަލިޓޯ ވަނީ ކޮންގްރެސްއަށް ފާޑުވިދާޅުވެ މެދު އިނގިލި ދައްކަވާފައެވެ. ފަނޑިޔާރު ވިދާޅުވިގޮތުގައި އެމެރިކާގެ ސުޕްރީމްކޯޓަކީ ކޮންގްރެސްގެ އުފެއްދުމެއް ނޫނެވެ. އަދި ހަމަ އެފަދައިން ގާނޫނު އަސާސީގެ އެއްވެސް މާއްދައަކުން ސުޕްރީމްކޯޓުގެ އިޙްތިސާސްގެ ތެރެއަށް ކޮންގްރެސްއިން އަތްބޭނުމުގެ ފުރުސަތު ދީފައެއް ނެތެވެ.   މިދެއްކެނީ […]

ޗައިނާގެ ހައިސްޕީޑްރޭލުގެ ދުވެލި މަތިންދާބޯޓުގެ ދުވެއްޔަށްވުރެން ބާރު

ތިމާ ދާންބޭނުންވާ މަންޒިލަށް މަތިންދާބޯޓަށްވުރެން އަވަހަށް ރޭލެއްގައި ދެވިދާނެކަމަށް ހީކުރި ދުވަސް ޗައިނާއިން މާޒީގެ ތެރެއަށް ފޮނުވާލައިފިއެވެ. ޗައިނާއިން އަލަށް އުފެއްދި ހައި ސްޕީޑް ރޭލުގެ ޓެސްޓް ދަތުރުގައި ދަތުރުކޮށްފައިވަނީ ގަޑިއަކު 281 މޭލުގެ ބާރު މިނުގައެވެ. އެއީ މިހާތަނަށް ދުނިޔޭގެ ރެކޯރޑެވެ.  އިންޖިނޭރުން އަންދާޒާ ކުރާގޮތުގައި ރޭލުގެ ހުރިހާ މަސައްކަތެއްނިމި މެގަލެވް ރޭލުގައި އާންމު ދަތުރުތައް ކުރަންފެށޭއިރު އޭގެ ދުވެލި ހުންނާނީ ގަޑިއަކު 621 މޭލުގައެވެ. އެއީ ކޮމާރޝަލް ފްލައިޓްތަކުގެ ޢާންމު ދުވެލި ކަމުގައި ބެލެވޭ 545 މޭލަށްވުރެން ގާތްގަނޑަކަށް 75 މޭލުގެ ތަފާތު ބާރު […]

ރައީސް އިންތިޚާބު ކާމިޔާބު ކުރައްވާ ދުވަހަކީ އަޅުގަނޑުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަސް: ނަޝީދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ދުވަސް ވެގެންދާނީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ ފަހު ދުވަހަށް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދިި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ދަ ޑިމޮކްރެޓްސްގެ ރޫހީ ލީޑަރު ރައީސް ނަޝީދު މިހެން ވިދާޅުވީ އެ ޕާޓީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. ނަޝީދުގެ އެދިވަޑައިގަތީ ޑިމޮކްރެޓްސްގެ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށެވެ. ބައިބައިވެއްޖެނަމަ ވަރަށް ފަސޭހައިން […]

އެފްރިކާގެ 6 ގައުމަކަށް ގޮވާމުގެ ބާވަތްތައް ހިލޭ ފޮނުވާ ދޭނަން -ރައީސް ޕޫޓިން

ޔޫކްރެއިނުން ގޮވާމުގެ ބާވަތްތައް އެކްސްޕޯރޓް ކުރުމުގެ އެއްބަސްވުމުން ރަޝިޔާ އެކަހެރި ވުމަށްފަހު އެފްރިކާ ބައްރުގެ ބައެއްގައުމުތަކަށް ކާބޯތަކެތި ލިބުން ދަތިވެފައިވާތީ އެފްރިކާގެ 6 ގައުމަކަށް ހިލޭ އެހީގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ފޮނުވާދޭއްވާނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ.  ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ ސަބަބުން ބައިނަލް އަގްވާމީ ދަނޑުގައި ރަޝިޔާއެކަހެރި ވެފައިވާ މި ދަނޑިވަޅުގައި އެފްރިކާގެ ގައުމުތަކާއިއެކު ގުޅުން ބަދަހިކުރަން ރައީސް ޕޫޓިން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ނަތީޖާ ލިބެމުންދާ މިންވަރެއް ދެނެގަތުމުގެ ބޭނުމުގައި އެފްރިކާ ގައުމުތަކުގެ ވެރިންނާއިއެކު ސެއިންޓް ޕީޓަރސްބާރގް ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ޕޫޓިންވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ […]

ދަތިކުރުމުގެ އެއްބަސްވުމުގައި ވީދާފާހުރި ލޯވަޅުތަކުން ޗައިނާގެ ހަތިޔާރު ރަޝިޔާއަށް

ޕޮލިޓިކޯއިން ހާމަކުރަމުން ގެންދާގޮތުގައި ހުޅަނގުން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި ހުރި ބާގަނޑުތަކެއްގެ ތެރޭންލާފައި ސިފައިންގެ ފައުޖަތަކަށް ފުދޭވަރަށް ހަނގުރާމައިގެ ހަތިޔާރު ޗައިނާއިން ރަޝިޔާއަށް ފޯރުކޮށްދީފިއެވެ. އޭގެތެރޭގައި މިއަހަރުގެ މިހާތަނަށް ސަތޭކަ މިލިއަން ޑޮލަރުގެ ޑްރޯންވެސް ހިމެނެއެވެ. މީގެ އިތުރުން 225 މިލިއަން ޑޮލަރުގެ އަގުހުރި އެހެނިހެން ހަތިޔާރުވެސް ވަނީ ފޮނުވާފައެވެ. އަދި މިހާތަނަށް ފޯރުކޮށްދީފައިވާ ގިނައަދަދެއްގެ ހަތިޔާރު ޗައިނާއިން ރަޝިޔާއަށް ފޮނުވި ކަމުގެ ކަސްޓަމްސްގެ ލިއުންތައްވެސް ލިބިފައި އެބަހުރިކަމަށް ޕޮލިޓްކޯއިން ބުނެފައިވެއެވެ. އޭގެތެރޭގައި ހަނގުރާމަމަތީ ރައްކާތެރިކަމުގެ ހެދުންތަކާއި އެހެނިހެން ސާމާނާއި ރޭގަނޑުގެ ވަގުތުތަކުގައި ސިފައިންގެ ޙަރަކާތްތައް ދެނެގަތުމަށް ބޭނުންކުރާ ތާރމަލް އޮޕްޓިކަލް ސައިޓާއިޑްރޯންވެސް […]