ސިރިޔާގައި އަލަށް އެކުލަވާލެވުނު ގާނޫނު އަސާސީއަށް ކުރުދީންގެ ރުހުމެއް ނެތް

ދިމިޝްގުގައި އަލަށް އުފެދުނު އިސްލާމީ ސަރުކާރުން އެކުލަވާލާފައިވާ ގާނޫނު އަސާސީއަށް ސީރިއާގެ އިރު އުތުރު ސަރަހައްދުގައި ވެރިކަންކުރާ ކުރުދީންނަށް އެއްބަސް ނުވެވޭނެކަމަށާއި އެ ގާނޫނު އަސާސީ ޖެހޭނީ އަލުން އެކުލަވާލަން ކަމުގައި ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހު ކުރުދީންގެ ފަރާތުން ފޮނުވި އިންކާރުގެ ލިއުމުގައި ބުނެފައިވަނީ އަލަށް އެކުލަވާލި ގާނޫނު އަސާސީގައިވެސް މަގު އަމާންކޮށްދީފައިއޮތީ ޚުދު މުޚްތާރު ވެރިކަމެއް ކުރުމަށާއި އަދި ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް ސުވާލުނުކުރެވޭނެ ބާރުތަކެއް ލިބިދީފައިވާ ގޮތަކަށެވެ. ޚަބަރުތަކުން އެނގިފައިވާގޮތުގައި އެ […]
ގްރޭޓް ވޯލް މަތީގައި ފޫކޮޅު ދެއްކި ޖަޕާނުގެ ޓުއަރިސްޓުން ޑިޕޯޓް ކޮށްލައިފި

ޖަޕާނުގެ 20 އަހަރުގެ ޒުވާން 2 ޓްއަރިސްޓަކު ގްރޭޓް ވޯލްއޮފް ޗައިނާގައި ބަރަހަނާ ފޫކޮޅު ދައްކައިގެން ފޮޓޯނެގި މައްސަލާގައި ޗައިނާގައި ހިފޭއްޓުމަށްފަހު ޑިޕޯޓް ކޮށްލައިފިއެވެ. މިހާދިސާގައި ފިރިހެނަކު އޭނާގެ ބަރަހަނާ ފޫކޮޅު ދެއްކުމުން އަންހެނަކު އޭނާގެ ފޮޓޯ ނެގީކަމަށް އެން ޓީ ވީ އާއި ޖަޕާނުގެ ބައެއް އެހެން ޓީ ވީ ތަކުންވެސް ވަނީ ބުރާސްފަތި ދުވަހު ރިޕޯރޓް ކޮށްފައެވެ. ގްރޭޓް ވޯލް އޮފް ޗައިނާއަކީ ވޯލްޑް ހެރިޓޭޖްގައި ހިމަނާފައިވާތަނެކެވެ. މިއަހަރު ޖެނުއަރީ 3 ވަނަދުވަހު […]
ސީރިޔާގެ ބައެއް މަގުތައް އުކާލެވި ކުނިވަމުންދާ ގަބުރުތަކުން ފުރެނީ

ސީރިޔާގެ އަލާވީން އެންމެގިނައިން ދިރިއުޅެމުންގެންދާ ސީރިޔާގެ ގޮނޑުދޮށު ސިޓީ އެއް ކަމަށްވާ ބެނިޔާސް އަށް އެ ގައުމުގެ ސިފައިން ވަދެ ހިންގަމުންގެންދާ އަނިޔާވެރި ކަމުގެ ތެރޭގައި ރައްޔިތުންނަށް ގޮތް ހުސްވެއްޖެއެވެ. މިއީ އެގައުމުގެ ކުރީގެ ލީޑަރ ބައްޝާރުލް އަސަދުގެ ވެރިކަން މިދިޔަ ޑިސެމްބަރ މަހު ވައްޓާލުމަށްފަހު އެ ގައުމުގެ ގާތްގަނޑަކަށް %13 އާބާދީ ކަމުގައި ބެލެވޭ އަލާވީންނަށް މިހާރުގެ ވެރިކަމުގެ ފަރާތުން ކުރިމަތިކޮށްފައިވާ މުސީބާތެވެ. އަލާވީން ހިމެނެނީ އެ ގައުމުގެ ބައިމަދު އާބާދީންގެ ތެރޭގައެވެ. ސިފައިންގެ އަނިޔާވެރިކަން […]
އީރާނުން އެމެރިކާއާއިއެކު މަޝްވަރާއެއް ނުކުރާނެ

އެމެރިކާއިން ގޮށްމުށުގެ ބާރު ދައްކަމުންދާހާ ހިނދަކު އީރާނުން އެ ގައުމާއެކު ދައްކާނެ ވާހަކައެއް ނުވަތަ ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށާއި ރައީސް ޓްރަމްޕް އަށް މުޚާތަބް ކުރައްވައި މަނިކުފާނަށް ކުރެއްވެން އޮތް ކަމެއް ނިކަން ކޮށްބަލާށޭ ރައީސް ޕެޒެޝްކިއާން ވިދާޅުވެއްޖެކަމަށް އީރާނުގެ ރަސްމީ މީޑިއާއިން އިއްޔެ ރިޕޯރޓް ކޮށްފިއެވެ. “ އެމެރިކާއިން އަހަރެމެން ބިރުދައްކައި އަހަރެމެންނަށް އޯޑަރ ދިނުމަކީ އަހަރެން ފަރުވާލެއް ބަހައްޓާނެ ކަމެއްނޫނެވެ. އަދި އަމުދުން އެމެރިކާއާއިއެކު އީރާނުން ދައްކާނެ ވާހައެއް ނުވަތަ ކުރާނެ މަޝްވަރާއެއްވެސް ނޯންނާނެއެވެ. […]
ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރު : ޑރ. ޢަބުދުﷲ ފާރޫޤް އިބްރާހީމް

މިވަގުތުގެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އަމަލުތަކާއި ހާލަތުއޮތީ ރައްޔަތުންނަށް ވަރަށް ވެސް ދެރަގޮތަކަށެވެ. އެއްވެސް ޕާޓީއަކުން ރައްޔަތުންގެ ފުދުންތެރިކަމާއި ސިއްހަތާއި ބޯހިޔާވެހިކަމާއި އިޖުތިމާއީ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކުރުމަށް މަގުޗާޓެއް ކުރަހާފައެއްނުވެއެވެ. ރާއްޖޭގެ ހުރިހާ ތަނަވަސްކަމަކާއި މަންފާތައް ނަގަނީ ބޭރު ގައުމުތަކާއި ދިވެހި ޚާއްސަ ވަކިބަޔެކެވެ. އެހެންކަމުން ގައުމު ސަލާމަތްކުރުމަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކުރާނެ އިތުރު ބަޔަކު ވުޖޫދުވުވެ ރަނގަޅު ތަސައްވުރެއް އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. ނަން: ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރު (ނުވަތަ މިވެނި ޕާޓީއެއްގެ މެނިެސްޓޯ) […]
ރަޝިޔާގެ ތެރޭގައިތިބި ޔޫކްރެއިންގެ ސިފައިން ހުރިހާ ދިމާއަކުން ބެދިފައި

ލަންޑަން/ކީވް ރޮއިޓާރސްހައިރާންކުރަނިވި ކުއްލި ހަމަލާއެއްގައި ޔޫކްރެއިން ސިފައިން މިދިޔަ ހޫނު މޫސުމުގައި ރަޝިޔާގެ ކާރސްކް ޖަޒީރާއަށް އަރައިގަތުމަށްފަހު މިހާރު އެތިބެވުނީ ރަޝިޔާ ސިފައިންގެ ފައުޖުތަކުގެ ކުރިމަތީގައި ނިކުމެވޭނެ މަގެއް ނެތިފައެވެ. މިހާތަނަށްވެސް ޔޫކްރެއިންގެ އުންމީދަކީ އެމެރިކާ އިސްނަގައިގެން ކުރެވޭ ސުލްހައިގެ މަޝްވަރާތަކުގައި އެ ޖަޒީރާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ޔޫކްރެއިންގެ ރައީސް ވިދާޅުވަމުން ގެންދަވަނީ ކާރސްކް ޖަޒީރާއަށް އަރާގަތުމުގައި އޮތް ހަމަ އެކަނި މަގްސަދަކީ ސުލްހަވެރި އެއްބަސްވުމަކަށް އައުމުގައި އެއިން ފައިދާ ކޮށްފާނެކަމަށް ބެލުމެވެ. އެހެންނަމަވެސް […]
ޒެލެންސްކީގެ ޒައިތޫނި ފަތްކޯޅި ރަޝިޔާއަށާއި އެމެރިކާއަށް

ޔޫރަޕްގެ ގައުމުތަކުގެ ލީޑަރުންގެ ބައްދަލު ކުރެއްވުމުގެ ޕްލިނަރީގައި ވާހަކަފުޅު ދައްކަވަމުން ޔޫކްރެއިންގެ ރައީސް ޒެލެންސީ ވިދާޅުވެފައިވަނީ ކްރެމްލިނުންވެސް ހަނގުރާމަ ނިންމަން ބޭނުން ވެފައިވާއިރު ރަޝިޔާއިންވެސް ކޮންމެވެސް ވަރަކަށް ދޫ ދޭން ތައްޔާރަށް ތިބި ކަމަށްވާނަމަ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމްކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. ރަޝިޔާއާ ދެކޮޅަށް ތިން އަހަރުވާންދެން ހަނގުރާމަ ކޮށްފައިވާއިރު އެމެރިކާއިން ފޯރުކޮށްދިން އެހީއަށް ޝުކުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި ކުރީ ދުވަހު ވައިޓްހައުސްގައި ހިނގާދިޔަ ކޯޅުންގަނޑާ ގުޅިގެން ރައީސް ޓްރަމްޕް އާދޭތެރޭ އެއްވެސް ޒާތީ […]
ޒެލެންސްކީ އަތްޕުޅުގައި އޮތީ މަޝްހޫރު ކާލާ މަންނައެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއެކު ވައިޓްހައުސް ގައި ހިނގާދިޔަ ޒުވާބަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގައިތިބި އެމެރިކާގެ ބައިވެރިންނަށް ވަރަށް ނުރައްކާތެރި މެސެޖެއް ވައިޓްހައުސްގެ ރޫޒަވެލްޓް ރޫމްގައި ހުންނަވާފައި ރައީސް ޓްރަމްޕް ދެއްވައިފިއެވެ. އެ މެސެޖްގައި ވަރަށް ސާފު ބަހުން ވިދާޅުވެފައިވަނީ އެ މަނިކުފާނަށް ރައްޓެހިންނަށްވުރެން ބޮޑަށް ބޭނުމީ ބާރާއި ނުފޫޒު ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހުން ފާއިތުވެގެންމިދާ 80 އަހަރުގެ ތެރޭގައި އެމެރިކާއިން މަސައްކަތް ކޮށްފައިވާނީ ޖުމުލަކޮށް މުޅި ދުނިޔޭގެ އަމާންކަމާއި ސުލްހަ ދެމެހެއްޓުމަށާއި ޑިމޮކްރެސީގެ ހަމަތަކުގެ މަތީގައި […]
ދުނިޔޭގެ އެންމެ ދިގު ޓަނެލް ގަތަރުން އީރާނަށް

ޕްރެސް ޓީ ވީ ޔުނައިޓެޑް ކިންގްޑަމް މިދިޔަ ބުދަދުވަހު ގަތަރުގެ އަމީރު ޝްއިޚް ތަމީމް ބިން ހަމަދު އަލް ސާނީ އިރާނަށް ކުރެއްވި ޒިޔާރަތުގައި ޕާރޝިއަން ގަލްފުގެ އަޑިން ކޮނެގެން އެ ގައުމުގެ އެންމެ އުތުރު ކޮޅުން ފެށިގެން އީރާނުގެ ދައްޔާރަށް ޓަނެލް އެއް ތައްޔާރުކުރުމުގެ ވިސްނުންފުޅު އަނެއްކާވެސް އާ ކުރައްވައިފިއެވެ. މިފަދަ ޓަނެލެއްގެ ވަސީލަތުން ޕާރޝިއަން ގަލްފުން ވެސްޓް އޭޝިޔާއާއި ކެސްޕިއަން ސީ އަދި މެޑިޓެރޭނިއަން ސީ އަށް ވަރަށް ފަސޭހައިން ގުޅުވާ ދޭނެއެވެ. ދުނިޔޭގެ […]
ރޯދަމަހަށް މަރުޙަބާ ކިއުން!

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ މާރޗް މަހުގެ އެއްވަނަ ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވާނެ ކަމަށް ބެލެވެއެވެ. މި ފުރުސަތުގައި ސަންދާނު ކިއުންތެރިންނަށް ރަމަޟާންމަހުގެ ތަހުނިޔާ ދެންނެވުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަމެވެ. ރޯދަމަހުގެ މާތްކަން އަޅުގަނޑުމެންނަށް އޮޅުންފިލުވާ ދެއްވުމަށްޓަކައި ދަންނަބޭކަލުން ދެއްވަމުން ގެންދަވާ ފިލާވަޅުތަކަށް ޝުކުރުވެރިވަމެވެ. އެބޭފުޅުންގެ ފިލާވަޅުތައް އަޅުގަނޑުމެންނަށް ފަހުމް ކުރެވުނު މިންވަރަކުން އަޅުގަނޑުމެންވެސް އެ ފިލާވަޅުތައް ތަކުރާރުކުރުމަކީ އެބޭފުޅުން އެންމެ ރުހިވަޑައިގަންނަވާގޮތް ކަމުގައިވާނެއެވެ. ކުރީ […]