އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުނުކުރެވޭތީ ކޯލިޝަން ހަަދަން އެމްއާރްއެމްއިން ބޭނުމެއްނުވި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއެކު މަސައްކަތް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނިންމައިފިއެވެ. އެމްއާރްއެމްއިން މިހެން ބުނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމްއާރްއެމްއަށް ދެއްވި ދައުވަތާ ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ. ެއެމްއާރްއެމްއިން ބުނީ ރައީސް ޞާލިޙް ދެއްވި ދައުވަތާ ގުޅިގެން ެމަޝްވަރާ ކުރުމަށް އެމްޑީޕީގެ އިސްވެރިންނާއެކު ބައްދަލުވުމެއް […]
އިންޑިއާގެ މަނިޕޫރުގައި ނަސޯރާ އަންހެނުންތަކެއް އޮރިޔާމުން ގަންހިންގުވައިފި

ފްރާންސްގެ އިންޓަރނޭޝަނަލް ނިއުސް އޭޖެންސީ އޭ އެފް ޕީ އިން ޚަބަރު ދީފައިވާގޮތުގައި އިންޑިއާގެ މަނިޕޫރުގައި ނަސޯރާއިންގެ މަޒަހަބަށް ނިސްބަތްކުރެވޭ 19 އަހަރާއި 21 އަހަރުގެ ދެ އަންހެނަކު އޮރިޔާން ކޮށްގެން ރަށުތެރޭގައި ހިންގައިފިއެވެ. އަދި އޭގެތެރެއިން އެތައް އެތައް ބަޔަކުވެގެން އެއް އަންހެނަކު ރޭޕްވެސް ކުރިއެވެ. އެ އަންހެންމީހާއަށް މިހާރު މުޚާތަބު ކުރެވެނީ “ މަނިޕޫރުގެ އަންހެންދަރިން “ ގެ ނަމުންނެވެ. މިޖަރީމާ ހިންގާފައި މިވަނީ މަނިފޫރުގެ އާބަދީ ގިނަ މެއިތީ ނަސްލުގެ ހިންދޫންނާއި ކޫކީ-ޒޯ […]
ކްރީމިޔާ ބްރިޖް ހަލާކުކޮށްލުމުން ރަޝިޔާގެ ރައްދު ޙަމަލާ ޔޫކްރެއިނަށް

ރަޝިޔާގެ ދިފާއީ ވުޒާރާއާއި ޙަވާލާދީ މޯސްކޯއިން ރޮއިޓާސް ޚަބަރު ދީފައިވާ ގޮތުގައި ޔޫކްރެއިނުން ކްރީމިއާ ބްރިޖު ގޮއްވާލުމަށް ބަދަލު ހިފުމުގެ ގޮތުންޔޫކްރެއިންގެ ނޭވީން މައިމަރުކަޒު ހުންނަ އޮޑެއްސާގެ ބަދަރަށާއި އަދި ބްލެކް ސީއަށް ހުޅުވިފާއޮންނަ ޔޫކްރެއިންގެ މައިކޮލައިވް ބަދަރަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މި ވަރުގަދަ ޙަމަލާތައް ދީފައިވަނީ ރަޝިއަން ފެޑެރޭޝަނާއި ދެކޮޅަށް ޙަރަކާތްތެރިވާ ޔޫކްރެއިންގެ ޓެރަރިސްޓުންގެ ވަސީލަތްތަކުން މީހުންނުތިބެ ބޭނުންކުރާ ކުދި ބޯޓުފަހަރުން ނޭވަލް ޑްރޯން ބޭނުން ކޮށްގެން ރަޝިއަން ފެޑެރޭޝަންގެ އަމާޒުތަކަށް ޔޫކްރެއިން އިން ދެމުންގެންދާ ޙަމަލާތައް ހަލާލު ކޮށްލުމަށެވެ. ރަޝިޔާއިން ދިން ޙަމަލާގައި އެބާވަތުގެ ކުދި ބޯޓުފަހަރު ބަންނަން ބޭނުންކުރާ ޝިޕް ޔާޑަކާއި މިލިޓްރީ ޔުނިޓްތަކަށް ތެޔޮ […]
ސަޢޫދީ ޢަރަބިޔާއިންވެސް ތުރުކީގެ ޑްރޯން ގަންނަނީ

ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުން ރޮއިޓާރސް ޚަބަރުދީފައިވާ ގޮތުގައި ތުރުކީގެ ތާރީޚުގައިވެސް އެއްބަސްވެވުނު އެންމެބޮޑު ދިފާޢީ ކޮންޓްރެކްޓުގެ ދަށުން ސަޢޫދީ އެރޭބިޔާއިން ތުރުކީގެ ޑްރޯން ގަންނަން ނިންމައިފިއެވެ. ބުނެވޭގޮތުގައި މިއީ އަންކާރާގެ ވެއްޓެމުންދާ އިގްތިސާދަށް ގަލްފުގެ ގައުމުތަކުން އެހީ ހޯދަން ރައީސް އުރުދުޣާން ކުރައްވަމުން ގެންދަވާ މަސައްކަތުން ލިބެމުންދާ ހެޔޮ ނަތިޖާއެކެވެ. މިއެއްބަސްވުމުގައި ތުރުކީ ދިފާއީ ފާމު ބައިކާރުން ސަޢޫދީ އެރޭބިޔާގެ ދިފާއީ ވުޒާރާއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް އުރުދުޣާނާއި ސަޢޫދީ ވަލީ އަހްދު މުޙައްމަދު ބިން […]
ޕާކިސްތާނުގެ ސަރުކާރުން އިންތިޚާބަށްޓަކައި އިސްތިއުފާދެނީ

އާންމު އިންތިޚާބަށް މަގުފަހިކޮށް ދިނުމަށްޓަކައި ޕާކިސްތާނުގައި މިހާރު ވެރިކަން ކުރަމުންގެންދާ ގުޅިފައިވާ ސަރުކާރުން އިސްތިއުފާ ދިނުމަށްފަހު މިއަންނަ އޯގަސްޓު މަހުގެތެރޭގައި ވަގުތީ ސަރުކާރަކަށް ފުރުސަތު ދެއްވާނެކަމަށް އެ ސަރުކާރުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފް ކުއްލިގޮތަކަށް ވިދާޅުވެއްޖެއެވެ. ޕާލަމެންޓުގައި ނެގުނު އިތުބާރު ނެތްކަމުގެ ވޯޓަކުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނުގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ގުޅިފައިވާ ސަރުކާރެއްގެ ބޮޑުވަޒީރު ކަމާއި ޝާހްބާޒް ޝަރީފް ޙަވާލުވެ ވަޑައިގަތީ 2022 އޭޕްރިލް މަހުގެ ތެރޭގައެވެ. އިމްރާން ޚާނުގެ ސަރުކާރުގެ މުއްދަތު ރަސްމީގޮތުން ހަމަވާނީ މިހިނގާ އޯގަސްޓް މަހުގެ މެދު ތެރޭގައެވެ. ޕާކިސްތާނުގެ ގާނޫނުގައިވާގޮތުން ވަގުތީ ސަރުކާރުން ނޭޝަނަލް […]
ސީރިޔާގައި އިސްލާމިކް ސްޓޭޓުގެ އިސް ލީޑަރަކު މަރާލައިފި

ސީރިޔާގައި ދިރިއުޅޭ އިސްލާމިކް ސްޓޭޓުގެ ލީޑަރކަމަށް ބުނާ އުސާމާ އަލް މުހާޖިރު އެމެރިކާގެ އެމް. ކިޔޫ-9 މަރކާގެ 3 ރީޕަރ ޑްރޯނުން ދިން ޙަމަލާއެއްގައި މަރާލައިފިކަމަށް ވޯޝިންގްޓަނުން ޚަބަރުދީފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި ރަޝިޔާގެ މިލިޓްރީ ޖެޓްތަކުން އެ ތިން ޑްރޯނަށް ޖެއްސުން ކުރަމުން ގެންދިޔަ ކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން މަޢުލޫމާތު ހާމަކޮށްފައިވެއެވެ. އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވާ ގޮތުގައި އެ އުސާމާ އަލްމުހާޖިރަށްއެމެރިކާގެ ޑްރޯންތަކުން ފާރަލަމުން ގެންދިޔައިރު ރަޝިޔާގެ މިލިޓްރީ ޖެޓު ތަކުން 2 ގަޑިއިރުވަންދެން ޖެއްސުން ކުރަމުން ގެންދިޔައެވެ. އޭގެފަހުން އެ އުސާމާ އަލް މުހާޖިރު މޮޓަރ ސައިކަލެއްގައި ސީރިޔާގެ ހަލަބުގެ ސަރަހައްދުގައި ދަތުރުކުރަމުން ދަނިކޮށް […]
ނަވާޒް ޝަރީފަށް ގައުމަށް ވަޑައިގަނެވޭގޮތަށް ގާނޫނު ބަދަލުކޮށްފި

ޕާކިސްތާނުގައި ޙުކުމް ތަންފީޒު ކުރެވެމުންދާ ސިޔާސީ ކުށްވެރިން ސިޔާސީ ޙަރާކާތުން އެކަހެރި ކުރުވާ ގާނޫނަށް ބަދަލުގެނެސް އެބަދަލުތައް ފާސްކޮށްފިއެވެ. މި ބަދަލުތައް ފާސްކުރުމުގެ ބޭނުމަކީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފަށް ސިޔާސީ ގޮތުން ޙަރަކާތްތެރި ވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމުގައި ބެލެވެއެވެ. ޕާކިސްތާނު ސަރުކާރުގެ ސްޕޯކްސް ޕަރސަން ވިދާޅުވީ އެގާނޫނުގައި މިހާރުގެ ވަގުތީ ރައީސް ސޮއިކުރައްވާފައި ވުމާއެކު މީގެ ފަހުން 5 އަހަރަށްވުރެން ދިގު މުއްދަތަކަށް ސިޔާސީ ޙަރަކާތުން އެކަހެރިކުރުމަށް ކޯޓުން ޙުކުމް ނުކުރެވޭނެ ކަމަށެވެ. ޕާކިސްތާނުގެ […]
ޒަޕޯރިންޒިއާ ނިއުކްލިއަރ ޕްލާންޓް ރަޝިޔާއިން ގޮއްވާލާފާނެ

ސްޕޭނުގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައި ޔޫކުރެއިންގެ ޒަޕޯރިއިޝާ ނިއުކްލިއަރ ޕަވަރޕްލާންޓް ޔޫކްރެއިނާ ޙަވާލުކުރުމަށްފަހު ރިމޯޓުން އެތަން ގޮއްވާލަން ރަޝިޔާއިން ރާވަމުން ގެންދާކަން އެނގިވަޑައިގެންފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. ރަޝިޔާއިން މިހާރު ބަލަމުން ގެންދަނީ އެތަން ގޮއްވާލާނެ ވަގުތަކާއި ގޮތަކާ ދޭތެރޭކަން އަހަރެމެންނަށް އޮތީ އެނގިފައެވެ. އަދި އެތަން ގޮއްވާލާނީ ޔޫކްރެއިނާ ޙަވާލުކުރުމަށް ފަހުގައި ކަމަށާއި ގޮއްވާލުމުގެ ބޭނުމަކީ އިންސާނުންނަށް ނުރައްކާތެރި ވިހަ ކެމިކަލެއް ޖައްވު ތެރެއަށް ފަތުރާލުން ކަންވެސް ވަނީ ކަށަވަރު ވެފައެވެ. […]
އިންޑިއާގެ ހުރިހާ ރައްޔިތުންނަށް އެއްގާނޫނެއް ހަދަން ޓެމިލްނާޑޫ ދެކޮޅު

ދަ ހިންދޫ ބިއުރޯ އިން ހުކުރުދުވަހު ޚަބަރުދީފައިވާ ގޮތުގައި އިންޑިއާގެ ބޮޑުވަޒީރުނަރެންދުރަ މޯދީގެ މަގްސަދަކީ ހުރިހާރައްޔިތުން ތަބާވާންޖެހޭ ގާނޫނެއް (ޔުނިފައިޑް ސިވިލް ކޯޑެއް) އުފަންކޮށްގެން ގައުމުގައި އިޖްތިމާއީ ދެކޮޅުވެރިކަމާއި ފިތުނަފަސާދަ އުފައްދައިގެން މިއަންނަ އަހަރު ބޭއްވޭ ލޮކް ސަބާގެ އިލެކްޝަން ކާމިޔާބު ކުރެއްވުން ކަމަށް ތުޙުމަތު ކުރައްވައި ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރ ސްޓާރލިން ފާޑުވިދާޅުވެއްޖެއެވެ. މި ގައުމުގައި ތަފާތު ދީންތަކާއި ތަފާތު މަޒުހަބުތަކަށް ތަފާތު ގާނޫނު އޮވެގެން މި ގައުމު ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވުމުގެ ބޭނުމަކީ މި ގައުމުގައި ދިރިއުޅެމުން ގެންދާ ތަފާތު […]
ކަރުނާޓަކާ ސްޓޭޓުގެ ގާނޫނުން ދީނީ މިނިވަންކަން މަނާކުރުން އުވާލަނީ

ދަ ހިންދޫ ބިއުރޯ ބެންގަލޫރުން މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި އިންޑިޔާގެ ކަރުނާޓަކާ ސްޓޭޓުގައި ދީނީ މިނިވަންކަން މަނާކޮށްފައިވާ އަދި އެންމެ ގިނަ ފާޑުކިއުންތައް އަމާޒުވެފައިވާ 2020 ގައި ފާސްކުރި މަޝްހޫރު “ ދީންބަދަލު ކުރުން މަނާކުރާ “ ގާނޫނުން ދީނީ މިނިވަންކަން ނިގުޅައިގަންނަ މާއްދާތައް އުވާލަން މިހާރުގެ ސްޓޭޓް ސަރުކާރުން ނިންމައިފިއެވެ. އަދި އެ ސްޓޭޓުގެ 72000 ސްކޫލުގެ ގްރޭޑް 6 އިން 10 އަށް ކަންނަޑާ ބަހާއި އަދި ސޯޝަލް ސްޓަޑީޒްގެ މާއްދާތައް ކިޔަވާދޭ ފޮތްތަކުގައި […]