ޔޫކްރެއިންގެ ހަނގުރާމަ ކާމިޔާބުވުން އެންމެފަހުން ރަޝިޔާކޮޅަށް

ޔޫކްރެއިނާއި ރަޝިޔާއިން ކުރަމުން ގެންދާ ހަނގުރާމާގައިރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީއަށް ކަފިހުރަސް މަގެއްގެ ކޮޅަށް ނިކުމެ ވަޑައިގެންނެވިއްޖެއެވެ. ނަމަވެސް ތަފާތަކީ ޒެލެންސްކީ ކުރިމަގު ބަންދުވެފައި ވާއިރު ޕޫޓިންގެ ކުރިމަގު ތަންމިނަށް ހުޅުވިފައި އޮތުމެވެ. މީގެ އެއް އަހަރު ކުރިން އެމެރިކާގެ ކޮންގްރެސްގައި ރައީސް ޒެލެންސްކީއަށް ބަތަލެއްގެ މަރުޙަބާ ލިބިވަޑައިގަތުމުގެ އިތުރުން އެމެރިކާގެ ބަޖެޓްވެސްއޮތީ ރައީސް ޕޫޓިންއާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެއްވެސް […]
އެމެރިކާގެ އެންމެފަހުގެ އިންޒާރު އިސްރާއީލަށް “ ހަނގުރާމަ ހުއްޓާލާ ”

މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމެރިކާގެ މަދަދު ބޭނުންވި ކޮންމެ ވަގުތަކު ބޭނުންވި ވަރަކަށް ބޭނުންވި ސިފައެއްގައި ލިބިދޭނެ ކަމުގެ ވައުދުތަކާއި އަޙްދުތަކަށް މިވީ ކިހެނެއް ހެއްޔެވެ؟ އިސްރާއީލުގެ ކުރިމަތީގައިވެސް އެމެރިކާގެ ދެފުށް ދެގޮތް ސިޔާސަތު ހާމަވެގެން ދިޔައީ ހެއްޔެވެ؟ ނުވަތަ ދެން ކުރިއަށް ދެވިދާނެ މަގެއް ނުފެނުނީ ހެއްޔެވެ؟ ނުވަތަ އަރަބި ގައުމުތަކުގެ ބޮލަށް އިތުރަށް ސަވާރުވާން ހިޔަޅުގެ ވިސްނުމަކަށް ފުރުސަތު ހޯދަން އިތުރުވަގުތު ބޭނުންވަނީ ހެއްޔެވެ؟ މިއީ ބައިނަލް އަގްވމީ މީޑިއާތަކުގައި އެންމެ ގަދަ ރަތް އަކުރުން […]
އީރާނުން ރަޝިޔާއަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދެނީ

އެމެރިކާ ސަރުކާރަށް ހަވާލާދީ ވޯލްސްޓްރީޓް ޖާރނަލް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ޔޫކްރެއިނާ ދެކޮޅަށް ހަނގުރާމައިގާ ބޭނުންކުރުމަށްޓަކައި އީރާނުން ރަޝިޔާއަށް ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ފޯރުކޮށްދޭން ތައްޔާރުވެއްޖެއެވެ. ނޫސްވެރިންނާ ވާހަކަ ދެއްކެވި އެމެރިކާގެ އޮފިޝަލް ހާމަކުރެއްވިގޮތުގައި މިހާރުވެސް އީރާނުން ރަޝިޔާއަށް ބޮމް ގައިޑެޑް ޑްރޯނާއި އަދި އެތައްބައިވަރު ތަފާތު ހަތިޔާރުތައް ވަނީ ފޮނުވާފައެވެ. ދާދި މިދާކަށްދުވަހު އީރާނަށް ވަޑާއިގެންނެވި ރަޝިޔާގެ ދިފާއީ ވަޒީރުގެ ކުރިފުޅުމަތީގައި އީރާނުން ހާމަކުރި އަބާބީލް މަރުކައިގެ ޑްރޯނާއި ފާތިހް-110 މަރުކާގެ މިސައިލް އަކީ […]
ރައީސް ޞާލިޙް ދިޔައީ ފަހުނޭވާގައި ބުރިޖުގެ އެއްބަސްވުމުގެ މުއްދަތު ވެސް އިތުރުކޮށްފައި

މާލެއިން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅުވައިލާ ގްރޭޓާ ކަނެކްޓިވިޓީ ބުރިޖު މަޝްރޫއުގެ އެއްބަސްވުމުގެ މުއްދަތު, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން އެއް ދުވަހަށްވެފައި އޮއްވާ އިތުރުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޢަބްދު މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވާ ބުރިޖު މަޝްރޫއާގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަޝްރޫއުގެ އެއްބަސްވުމުގެ އިސްލާހެއްގައި މި މަހުގެ 16 ވަނަ […]
ރައީސް ޖޯ ބައިޑަން ދޮގު މަޢުލޫމާތު ފަތުރަނީ ކީއްވެގެން

ފަލަސްތީން އާއި އިސްރާއީލާއި ދެމެދު ހިނަގަމުން ހަނގުރާމައާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޖޯބައިޑަން ދޮގު މަޢުލޫމާތު ފަތުރަމުން ގެންދާކަން ހާމަވެފައިވާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން އެ ޑިޕާރޓްމެންޓުގެ ޖޫނިއަރ ޑިޕްލޯމެޓަކު ނެރެފައިވާ އެތެރޭގެ މެމޯ އެއް އެގްޒިއޯސް އިން ލީކްކޮށްލައިފިއެވެ. މި ފާހަގަކުރެވުނު މެމޯގައި އިސްރާއީލު ސަރުކާރުން ގައްޒާގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދާ ކަމަށާއި އެ ހަނގުރާމަ ހުއްޓުވަން އެމެރިކާ ސަރުކާރަށް ގޮވާލާފައި ވެއެވެ. 5 ސަފްހާގެ މެމޯ ނެރެފައިވަނީ ޚާރިޖީއްޔާގެ ޖޫނިއަރ ޑިޕްލޯމެޓެއް ކަމަށާއި އަދި އޭގައި ރައީސް ޖޯ ބައިޑަން އަކީ އިސްރާއީލުން ހިންގަމުންގެންދާ ގަތުލު […]
އިސްރާއީލަކީ އެމެރިކާގެ ބާރު ހިނގާގައުމެއްތަ ނޫނީ އެމެރިކާއަކީ އިސްރާއީލު ބާރު ހިނގާ ގައުމެއްތަ؟

އާންމު ގޮތެއްގައި މީޑިއާތަކުގައި ބުނެފާ އޮންނަގޮތުން ކިޔާމީހުންނަށް ލަފާކުރެވިފައި އޮންނަނީ އިސްރާއީލަކީ އެމެރިކާއިން ބަލަހައްޓަން ބަލަދު އަރާފައިވާ ދައުލަތެއް ކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ އެމެރިކާއަކީ އިސްރާއީލުން ބަލަހައްޓަން ޖެހިފައި ގައުމެކޭ ބުނުމެވެ. މިހާރު ހިނގަމުންދާ ފަލަސްތީން – އިސްރާއީލުގެ ހަނގުރާމައިންވެސް އެކަން ސާބިތު ކުރެވެއެވެ. އެމެރިކާގެ އެންގުންތަކަށް އިސްރާއީލުން ބޯ ނުލަނބާނެކަން ވަރަށް ސާފު ބަހުން އެގެންދަނީ ބުނަމުންނެވެ. އެމެރިކާއަކަށް ކުރެވޭނެ ކަމެއް ނެތްކަހަލައެވެ! […]
އިރާނުގެ އިންޒާރުތައް ހަރުކަށިވަނީ، އިރާޤާއި ސީރިއާގައި ހުރި އެމެރިކާ ބޭސްތަކަށް އިތުރު ހަމަލާތަކެއް!

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމާގައި އިރާނާއި އިރާނުން ތާއީދުކުރާ މުޖާހިދީން ކުރިއެރުން ހޯދުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި އެމެރިކާގެ އޯހައިއޯ-ކްލާސް ނިއުކްލިއަރ-ޕަވަރޑް ސަބްމެރިންއެއް ފަލަސްތީނު ސަރަހައްދަށް ފޮނުވާފައިވާއިރު، އިރާޤާއި ސީރިއާގައި ތިބި އެމެރިކާގެ ސިފައިންނާއި ދެކޮޅަށް ހަފުތާ ބަންދުގައި ދެވުނު ރޮކެޓު އަދި ޑްރޯން ހަމަލާތައް އިތުރުވެއްޖެއެވެ. މިގޮތުން، އިރާޤުގެ އަންބަރ ޕްރޮވިންސުގައި ހުންނަ އެމެރިކާގެ އައިން އަލް-އަސަދް ވައިގެ އަސްކަރީ ބޭސްގެ އިތުރުން ސީރިއާގައި ހުންނަ އެ ގައުމުގެ ތިން އަސްކަރީ ބޭސްއަކަށް ހުކުރު ދުވަހުގެ […]
ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލި މުއާހަދާ ރޫޅައިލުމުގެ ޒިންމާ އެމެރިކާއިން ނަގަންޖެހޭ: ރަޝިއާ

ރަޝިއާއިން ފިނި ހަނގުރާމައިގެ ދުވަސްވަރު އެކުލަވައިލި މުއާހަދާ އުވައިލުމަށް ރަޝިއާއިން ނިންމާފައިވާއިރު، އެ މުއާހަދާ ރޫޅުމުގެ ޒިންމާ އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ނަގަން ޖެހޭކަމަށް ރަޝިއާއިން ބުނެފިއެވެ. ”ޓްރީޓީ އޮފް ކޮންވެންޝަނަލް އާމްޑް ފޯރސެސް އިން ޔޫރޮޕް“ ގެ ނަމުން ނަންދީފައިވާ މި މުއާހަދާ ރޫޅާލުމަށްޓަކައި ވްލާޑިމިރް ޕުޓިން ރަޝިއާގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު، މަޖިލީހުގެ ދެ ހައުސްގެ ތާއީދާއެކު ވަނީ ފާސްކޮށްފައެވެ. މިގޮތުން، މިއަހަރުގެ މެއި މަހުގައި ޕުޓިންވަނީ މި ބިލު ތަސްދީގު […]
އެމެރިކާއިން ޓައިވާނަށް އަސްކަރީ އެހީ ދީ, ހަތިޔާރުން ބަރާކޮށްފި

ޓައިވާނުން އެމެރިކާއިން ތައްޔާރުކުރާ އަސްކަރީ ހަތިޔާރު ގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން 80 މިލިއަން އެމެރިކާ ޑޮލަރު (64.6 މިލިއަން ޕައުންޑުގެ) އެހީ ދިނުމުން ޗައިނާއިން އެކަމާއި ”ދެކޮޅުވެރިވެ ނަފްރަތު“ ކުރާކަމަށް ބުނެފައިވާއިރު، ދުރުން ބަލަން ތިބޭ ބަޔަކަށް މިއީ ހަތިޔާރު ގަތުމަށް ޚަރަދުކުރަން މާބޮޑު އަދަދަކަށް ނުވާނެއެވެ. އެއީ އެންމެ ފަހުގެ ފައިޓަރ ޖެޓެއްގެ އަގު ވެސް އަދާކުރެވޭވަރުގެ ފައިސާގެ މިންވަރެއް ނޫނެވެ. ޓައިވާނުން މިހާރުވެސް 14 މިލިއަން ޑޮލަރުގެ އެމެރިކާ ހަތިޔާރު އޯޑަރުކޮށްފައިވާއިރު، […]
ރަޝިއާގެ އަސްކަރީ ބޭސްތަކުން ޔޫރަޕު ވަށާލަނީ

ރަޝިއާއިން ޔޫރަޕު ވަށައިގެން އަސްކަރީ ބޭސްތައް ހަދައި ޔޫރަޕު ވަށާލުމަށް ތައްޔާރުވަމުން އަންނަކަން ހާމަވެއްޖެއެވެ. ރަޝިއާގެ އަސްކަރިއްޔާއާއި ޚަލީފާ ހަފްތާރްގެ ލިބްޔަން ނެޝަނަލް އާމީ (އެލްއެންއޭ) އިން ގުޅުންތައް ވަރުގަދަކޮށް މަޝްވަރާތައް ކުރަން ފަށާފައިވާއިރު, ރިޕޯޓުތަކުން ބުނާ ގޮތުގައި މި ދެ ފަރާތުން އަންނަނީ ދިފާޢީ އެއްބަސްވުންތަކެއް އެކުލަވާލައި، ސޮއިކުރުމަށް ތައްޔާރުވަމުންނެވެ. މި އެއްބަސްވުމުގެ ސަބަބުން ލިބްޔާގެ އައްސޭރިފަށުގައި ރަޝިއާގެ އަސްކަރީ ބޭސްތައް ރޭނުމުގެ މަގުކޮށިގެންދާނެއެވެ. ރަޝިއާގެ ނޭވަލް ބޭސްއެއް ލިބްޔާގެ އައްސޭރިފަށުގައި ބިނާކުރެވުމުގެ ނަތީޖާއެއްގެ ގޮތުން، […]