އިސްރާއީލުގެ ވީޑިއޯއިން އެނގެނީ ލަދުޙަޔާތް ނެތް މިންވަރު : ސްޕެއިން

ސްޕެއިނުން ފަލަސްތީނުގެ ދައުލަތް ގަބޫލު ކުރުމުން ފަލަސްތީނުން ޝުކުރުވެރިވާނެ ކަމަށްބުނެ އިސްރާއީލުގެ ޚާރިޖީ ވަޒީރު އެކްސްގައި ކޮށްފައިވާ ޕޯސްޓަކީ އިސްރާއީލުގެ ލަދު ޙަޔާތްނެތް މިންވަރު ހާމަކޮށްދޭ ދަލީލެކެވެ. ސްޕެއިންގެ ޚާރިޖީ ވަޒީރު އިސްރާޢީލަށް ރައްދު ދެއްވައި ވިދާޅުވީ ދެ ގައުމުގެ މެދުގައި އެފެދެމުންދާ ދުރުމިން އިތުރަށް ފުޅާކުރައްވައިފި ކަމަށެވެ. މިދިޔަ ހަފުތާގައި ސްޕެއިނުން ޢިއުލާން ކޮށްފައިވަނީ އެގައުމުން ފަލަސްތީނުގެ މިނިވަން ދައުލަތް ގަބޫލުކުރާނެ ކަމަށާއި ރަސްމީގޮތުން މިމަހުގެ 28 ވަނަ ދުވަހު އެކަން ނިމި ޢިއުލާން ކުރެވިގެންދާނެ ކަމަށެވެ. އެކެން އެގޮތަށް މިހާރުވަނީ ނިމިފައެެވެ. އިސްރާއީލުން ގައްޒާގައި ހިންގަމުން […]
ރަފާހްގެ ކޭމްޕަކަށް ބޮން އަޅައި އެތައްބަޔަކު ދިރި ތިއްބާ އަންދާލީ

ރަފާހްގެ ކޭމްޕަކަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުން ބޮން އަޅައި އެތަނުގައިތިބި އަންހެނުންނާއި ކުޑަކުދިންގެ ތެރެއިން ގިނަ ބަޔަކު ދިރިދިރި ތިއްބާ އަންދާ އަޅިޔަށް ހަދާލައިފިއެވެ. މި މައްސަލާގައި ދުނިޔޭގެ ކަންކޮޅުތަކުން ގެންދަނީ ދުނިޔޭގެ އަދުލު އިންސާފުގެ އެންމެ އިސް ކޯޓުގެ ޙުކުމް ތަންފީޒުކުރުމަށާއި ރަފާހް އަށް ޙަމަލާދިނުން ހުއްޓާލަން އިސްރާއީލަށް ގޮވާލަމުންނެވެ. އިސްރާއީލުން ބުނެފައިވަނީ އެ ކޭމްޕަށް ޙަމަލާދީފައިވަނީ ރަފާހް އިން އިސްރާއީލުގެ ވިޔަފާރީގެ މައި މަރުކަޒު ތެލް އަވީވަށް މިސައިލް ޙަމަލާތަކެއް ދިނުމާގުޅިގެން ކަމަށެވެ. […]
އިސްރާއީލުގެ ދިފާއީ ވަޒީރު އާއި ނަތަންޔާހޫގެ ތޮޅުންގަނޑު ހޫނުވެފާ

އިސްރާއީލުގެ ރިޒާވް ސިފައިންގެ ފަރާތުން އާންމުކޮށްފައިވާވީޑިއޯއެގައި ދިފާއީ ވަޒީރު ޔޯ ގަލަންޓް އާއި ދެކޮޅަށް ނިކުތުމަށް ގޮވާލާފައިވާތީ އިސްރާއީލުގެ މިލިޓްރީން އެކަން ތަޙުގީގު ކުރަން ފަށައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި އާންމު ވެފައިވާ އެ ވީޑިއޯގައި ގޮވާލާފައިވަނީ ދިފާއީ ވަޒީރާ ދެކޮޅަށް ނިކުތުމަށެވެ.އަދި ހަމަ އެހެންމެ ތެލްއަވީވްގެ މަގުތައް ފުރާލައި ހަނގުރާމަ ހުށްޓާލުމަށް ގޮވަމުން ދަނީއެވެ. އިސްރާއީލުގެ ޑިފެންސް ފޯސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޮޑުވަޒީރު […]
ޔޫކްރެއިންގެ ހަނގުރާމަ ސީ އެން އެން ގެ ކެމެރާއިން

ކޮންމެ ހަނގުރާމައަކާއި ދެކޮޅުވެރިކަމެއްގައިވެސް ލަނޑުދަނޑި އަކަށް ވެފާ އޮންނަނީ ”އަހަރެންގެ“ ކާމިޔާބީއެވެ. އޭގެ އަގު އަދާކުރަން ޖެހެނީ އަދި މުޅިން އެހެން ބައެވެ. ގިނަ ފަހަރަށް މައުސޫމް އާންމު ރައްޔިތުންނެވެ. އަހަރެހެންގެ ކާމިޔާބީ އަށްޓަކައި މީޑިއާތައް ގަނެލާނެއެވެ. އެއަށްފަހު އެ މީޑިއާތަކުން މަޢުލޫމާތު ފަތުރަމުން ގެންދާނީ އަހަރެން ބުނާގޮތަކަށެވެ. މިފަދަގޮތަކަށް ދުނިޔޭގެ މަސްރަޙް އަހަރެންގެ ބާރާއި ނުފޫޒުގެ ދަށަށް ގެނެވިފައިވާ އިރު އެ ޙާލަތު ބަދަލު ކުރުމަށްޓަކައި އަނެއްކާވެސް އަގުއަދާ ކުރަންތިބެނީ ހަމަ އެ މައުސޫމް ރައްޔިތުންނެވެ. މިއަދުގެ ފަލަސްތީނަކީ އަހަރެންގެ ބާރު ކަނޑުވާލުމުގައި މައުސޫމް […]
އިސްރާއީލު އެކަހެރިވުމުގެ ކޮޅުމަތި މިފެންނަން ފަށައިފި

މިއަދުގެ ޚަބަރުގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ދުނިޔޭގެ ގައުމުތަކުގައި އިސްރާއީލު އެކަހެރިވަމުން ދިއުމުގެ ކޮޅުމަތި ފެންނަން ފަށައިފިކަމެވެ. މިއަދުގެ ދުނިޔެއިން އަޅުވެތިކަމާއި އިސްތިޢުމާރަށް ޖާގަ ނުލިބޭނެކަން ހާމަކުރުމެވެ. ދާދި އަވަހަށް ގަދަބާރުން ދުނިޔޭގައި ވެރިކަން ކުރި ޒަމާން ފާއިތުވެގެން ހިނގައިދާނެ ކަމުގެ އެންމެ ފަހުގެ އަލާމާތްވެސް މިވަނީ ފެންނަށް ފަށާފައެވެ. މިއަދުގެ ދުނިޔޭގައި ގަދަފަދަ ކަމާއި ގޮތްދޫނުކުރުމުގައި ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެ ގަނެގެން އުޅޭ ޔަހޫދީންގެ ދައުލަތް އިސްރާޢީލު އެކަހެރިވެގެން ހިނގައިދާނެ ކަމުގެ އަލާމާތްތަކެވެ. އެމެރިކާގެ ބާރުގައިވިޔަސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ދާއިމަށް ނުތިބެވޭނެ ކަމެވެ. […]
ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދު ހޯދާ ބަލަން އެހީ ދެވޭކަށްނެތް – އެމެރިކާ

އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަދި އެ ގައުމުގެ ބައެއް އެހެން އިސްވެރިންތަކެއް ދަތުރުކުރެއްވި ހެލިކޮޕްޓަރ ކްރޭޝްވި ސަރަހައްދު ހޯދާ ބެލުމުގެ މަސައްކަތުގައި އެހީވެދިނުމަށް އީރާނުން އެދުމުން އެމެރިކާގެ ޚާރިޖިއްޔާއިން އެކަން ކޮށްދެވެން ނެތްކަމުގައި ބުނެފިއެވެ. އީރާނުންވަނީ ހުރިހާގައުމަކުންވެސް އެކަމުގައި އެހީފޯރުކޮށް ދިނުމަށް އެދިފައެވެ. ފޮކްސް ނިއުސްގެ ޚަބަރުގައި ބުނެފައިވަނީ މިދިޔަ ހޯމަދުވަހު އެމެރިކާގެ ޚާރިޖިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރުގެ އިތުރުން ސަރުކާރުގެ ވަރަށް އިސް ބޭފުޅުންތަކެއް ދަތުރު ކުރެއްވި […]
އީރާނުގެ ހެލިކޮޕްޓަރ ވެއްޓުމަކީ މެދުއިރުމަތީގައި ކުޑަކަމަކަށް ނުވާނެ

ޖެރޫސަލަމުން އެސޯޝިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި އީރާނުގެ ރައީސް އަދި ޚާރިޖީ ވަޒީރާއި ބައެއް އެހެން އިސްވެރިން ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުމަކީ އީރާނާއި އެގައުމުގެ ބައިވެރިން އާދައިގެ ޙާދިސާއެއް ކަމަކަށް ނުބަލާނެއެވެ. އެމެރިކާއާއި އިސްރާއީލަކީ 1979 ގައި އުފެދުނު އީރާނުގެ އިންގިލާބީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އަޙުދު ކަށަވަރު ކޮށްފައިވާ ދުޝްމިނުންނެވެ. އީރާނުގެ މި ވިސްނުން މިއަދުވެސް ބަދަލެއް ނުވެއެވެ. މިދުވަސްވަރަކީ މީގެ ކުރިން ފެނިފައި ނުވާ މިންވަރަށް އީރާނާއި އިސްރާއީލު އަދި އެމެރިކާގެ ދެކޮޅުވެރިކަން ފެނި ހާމަވެގެންދާ ދުވަސްވަރެކެވެ. އީރާނުން ބޭނުންވެއްޖެ ހިނދެއްގައި ސީދާ […]
ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ ދައުލަތެއް އަވަހަށް އުފައްދަން ގޮވާލައިފި

އިސްރާއީލް-ފަލސްތީނުގެ ހަނގުރާމަ ހުއްޓާލައި އަވަހަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އަރަބި ލީގުން ގޮވާލައްވައިފިއެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނަށް ހަރުކަށިކަމާއެކު ދެކޮޅު ހައްދަވަމުން ބަޙްރައިންގެ ވެރިރަށް މަނާމައިގާ ހިނގަމުންދާ އެ ޖަމާޢަތުގެ ވެރިން 33 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވަނީ ހަނގުރާމަ ހުއްޓާލައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ގޮވާލައިފައެވެ. އެކަން ލަސްކުރެވޭނެ އެއްވެސް ޙާލަތެއް ދެން ގަބޫލު ނުކުރެވޭނެ ކަމަށެވެ. ބަޙްރައިންގެ އަމީރު ހަމަދު ބިން އީސާ އަލް ޚަލީފާ ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލު ކުރެއްވުމުގައި ގައްޒާގެ މައްސަލައިގެ އިތުރުން ލީބްޔާއާއި ސޫދާނާއި ސީރިޔާ އަދި […]
އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ގެއްލިއްޖެ

އީރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރަށް ލޭންޑިންގ މައްސަލަތަކެއް ދިމާވެއްޖެ ކަމަށް އީރާނުގެ ސްޓޭޓް ޓެލިވިޒަނުން ޚަބަރު ދީފިއެވެ. މި ވަގުތު ހާދިސާ ހިނގަމުންދިޔަގޮތް ބަލަމުންގެންދާތީ އިތުރު ތަފްސީލު ފަހުން ހާމަކުރެވޭނެ ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. އީރާނުގެ ސްޓޭޓް މީޑިއާއިން ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އީރާނުގެ އިރުމަތީ އަޒަރބައިޖާންގެ ޖޮލްފާ ސަރަހައްދުގައި މިއަދުއެވެ. […]
އެމެރިކާއާއި ދެކޮޅަށް ދުނިޔެއަށް މުޅިން އާ ބަދަލަކަށް – ރަޝިޔާއާއި ޗައިނާ

ރޮއިޓާރސް ޚަބަރުގައި ބުނެފައިވާ ގޮތުން މިހާރު ޗައިނާއަށް ވަޑައިގެން އުޅުއްވާ ރަޝިޔާގެ ރައީސް ޕޫޓިންއާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ރަސްމީ ވާހަކަފުޅުތައް ބިނާކުރައްވާފައި ވަނީ ދެގައުމު ގުޅިގެން އެމެރިކާއާއި ދެކޮޅު މުޅިން އާ ބަދަލެއް ދުނިޔެއަށް ގެނައުމުގެ ބިންގަލުގެ މައްޗަށެވެ. ޗައިނާއާއި ރަޝިޔާއަކީ ފިނި ހަނގުރާމައަށް ފަހު އެމެރިކާއާއި ދެކޮޅަށް ދުނިޔޭގައި ހަރަކާތްތެރި ވަމުން ގެންދާ އެންމެބާރުގަދަ ދެ ގައުމެވެ. އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާއާއި ޗައިނާއިން ގެންދަނީ ދުނިޔޭގެ ހަމަޖެހުމާއި އަމާންކަން ނައްތާލުމަށްޓަކައި ގައުމުތައް ހަލަބޮލި ކުރަމުންނެވެ. […]