ނޭޓޯއާ ދެކޮޅަށް ނިކުންނަން ޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރު ދީފި

ވޯޝިންގްޓަން ޕޯސްޓާއި އަދި ފަސްޓް ޕޯސްޓުން އިއްޔެގެ އެންމެ ފަލަ ސުރުހީއަކީ ބްލެކް ސީގެ ތެރޭގައި އުދުހެމުން ގެންދާ އެމެރިކާގެ ޑްރޯންތައް ގިނަވަމުން ދާނަމަ ނޭޓޯއާއި ދެކޮޅަށް ރަޝިޔާއިން ސީދާ ހަރަކާތަށް ނިކުންނަން ޖެހިދާނެ ކަމަށް ރަޝިޔާއިން ދިން އިންޒާރެވެ. ކްރެމްލިން އިން ތުހުމަތު ކުރަނީ އެމެރިކާގެ ޑްރޯންތަކުން ޔޫކްރެއިނަށް ޖާސޫސް ކޮށްދެނީ ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަމުން ގެންދަނީ އެމެރިކާއިން ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފު ނުވާ ކަމަށެވެ. އަދި ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދާ ނޭޓޯގެ […]

ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރަން ދުނިޔެއިން ދެ ފަހަރަށް ވިސްނަންޖެހޭ

މިދިޔަ ހުކުރު ދުވަހު ރޮސްކޮސްމޯސް ޖައްވީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ރަޝިޔާއިން ސަރްމަތު އިންޓަރކޮންޓިނެންޓަލް ބެލިސަޓިކް މިސައިލް މަގާމުތަކަށް ގެނައުމަށްފަހު ބުނެފައިވަނީ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުރިން ދުނިޔެއިން ދެފަހަރަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ޕޫޓިން ވިދާޅުވެއްޖެއެވެ. ސަރްމަތު ސްޓްރާޓީޖިކް ކޮމްޕްލެކްސް މިހާރު ހަނގުރާމައިގެ މައިދާނަށް ނެރެވިއްޖެކަމަށް ރޮސްކޮސްމޯސްގެ ޑިރެކްޓަރ ޖެނެރަލް ޔޫރީ ބޮރިސޯވް ބުނެފައިވާކަމަށް މޮސްކޯ ޓައިމްސް އާ ޙަވާލާދީ ރަޝިޔާގެ އާރް އައި އޭ ނޮވޯސްޓީ ނިއުސް އޭޖެންސީން ޚަބަރުދީފައިވެއެވެ.ސަރްމަތު ނުވަތަ […]

އިސްރާއިލަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިޔާގެ 2 ބޯޓު ސްޕެއިންގެ ސަރަހައްދަށް ވަނުން މަނާކޮށްފި  

އިސްރާއިލް އަށް ހަތިޔާރު ހިފައިގެން ދިޔަ އިންޑިޔާގެ 2 ބޯޓު ސްޕެއިންގެ ސަރަހައްދަށް ވަންނަން އެގައުމުން މަނާކޮށްފިއެވެ. މިހާރު ކުރިޔަށްދާ އިސްރާއިލް ފަލަސްތީން ހަނގުރާމަޔަށް ހިއްވަރުދޭކަހަލަ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވާނެކަމަށް ސްޕެއިނުން ކުރިންވަނީ ބުނެފައެވެ.އެގައުމުގެ ފޮރިންމިނިސްޓަރ ވިދާޅުވީ އިންޑިޔާގެ ދެބޯޓު ސްޕެއިންގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދިނީ މި އުސޫލުގެ ދަށުން ކަމުގައެވެ. އިންޑިޔާގެ ދެބޯޓުގައި ގިނަ އަދަދެއްގެ މިލިޓަރީ ހަތިޔާރުގެ އިތުރުން 27 ޓަނުގެ އެކްސްޕްލޯސިވްސް ހުރި ކަމަށް ވެއެވެ. ބްރަސްލްސްގައި ވާހަކަ ދައްކަވަމުން […]

ޔަމަނުގެ ހޫތީ މުޖާހިދުން މަތަކުރަން ސަޢޫދީ ދިފާއީ ވަޒީރު ޗައިނާއަށް

މިއަހަރު ކުރީކޮޅު ސަޢޫދީ އެރޭބިޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވި ދުނިޔޭގެ ދިފާއީ ޝޯ ގައި ޗައިނާއިން ވަރަށް ބޮޑު ޙިއްސާއެއް އަދާކުރިއެވެ. ސަޢޫދީ އެރޭބިޔާއިން މިހާރުވަނީ ޗައިނާގެ ހަތިޔާރު ގަތުމަށް 4 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއް ޗައިނާއެކު ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން އާރމްޑް ޑްރޯނާއި ބެލިސްޓިކް މިސައިލް އަދި އެންޓި-ޑްރޯންސް ލޭޒަރ ބޭސްޑް ސިސްޓަމް ޗައިނާއިން ސަޢޫދީއަށް ފޯރުކޮށްދޭނެއެވެ. މިހާރުވެސް ސަޢޫދީ އެރޭބިޔާއަށް އެންމެ ގިނައިން ހަތިޔާރު ވިއްކާ ގައުމަކީ އެމެރިކާއެވެ. އަދި އެމެރިކާއަކީ […]

އީރާނުގެ ރިޔާސީ އިންތިޚާބު ރަން-އޯފް އަކާ ދިމާލަށް

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރިޔާސަތަށް ބޭފުޅަކު އިންތިޚާބުކުރަން އިއްޔެ ނެގި ވޯޓު ރަން- އޯފް އަކާދިމާލަށް ހިނގައްޖެއެވެ. މިއަދު ޚަބަރުދީފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުން އެ މަނިކުފާނުގެ ބަދަލުގައި ރިޔާސަތަށް އެހެން ބޭފުޅަކު އައްޔަންކުރަން އިއްޔެ ބޭއްވުނު އިންތިޚާބީ ވޯޓުގައި އެންމެ ކުރީގައި އުޅުއްވާ 2 ބޭފުޅުންނަށް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ރަން- އޯފަކަށް ދާން ސަރުކާރުން ނިންމަވާފައި ކަމަށް އީރާނުގެ އޮފިޝަލަކު ހާމަކޮށްފިއެވެ. އީރާނުގެ އިލެކްޝަން އޮފީހުގެ ތަރުޖަމާނު މުޙްސިނު […]

އެމެރިކާގެ ރިޔާސީ ބަހުސްގައި ދެ މުސްކުޅިންގެ ޒުވާބު

ކިއުންތެރިންނަށް މި ގެނެސްދެނީ ސީ އެން އެން އިން އިންތިޒާމްކޮށްގެން ރޭގައި ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބީ ބަހުސް ބައެއް ތަންތަންކޮޅެވެ. މި ލިއުން ބިނާކޮށްފައިވާނީ ސީ އެން އެން ގެ އަންދާޒާގެ މައްޗަށެވެ. 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތި ލައްވާފައިވާ މިހާރުގެ ރައީސް ޖޯ ބައިޑްން އާއި ކުރީގެ ރައީސް ޓްރަމްޕް އާއި ދެބޭފުޅުންކުރެން ރިޔާސީ ތަޚްތު މިފަހަރު ކާމިޔާބު ކުރައްވާނީ ކޮންބޭފުޅެއްތޯ އަހައިފިނަމަ އެއްވެސް ފިކުރެއް ނެތި ބުނެވޭނީ ކުރީގެ […]

ހިޒްބުއްލާ ހަނގުރާމަ އުދަރެހުން ދައްކާލުމާއެކު އިސްރާއީލުން އެމެރިކާގެ އިތުރު އެހީ ކަށަވަރުކޮށްދޭން އެދިއްޖެ

ފޮކްސް ނިއުސްގެ ޕީޓަރ އެއިޓްކެން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު އިސްރާއީލުގެ ދިފާއީ ވަޒީރު ޔޯ ގަލަންޓް ޕެންޓަގަނަށްގޮސް އީރާނާއި އަދި މެދުއިރުމަތީގައި ހަރަކާތްތެރި ވަމުން ގެންދާ އީރާނުގެ ބައިވެރިންނާއި ދެކޮޅަށް ހަނގުރާމަކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި އެމެރިކާގެ އެހީ ބޭނުންވާކަމަށް ބުނެފިއެވެ. އަދި އެހީތައް މެދުކަނޑާ ނުލުން އެދި އާދޭސްކޮށްފިއެވެ. އެސޯޝިއޭޓެޑް ޕްރެސްއިން އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފްއަށް ހަވާލާދީ މީގެކުރިން ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން އީރާނުން އިސްރާއީލަށް […]

ތައިވާނު އަތުލުމަށްޓަކައި ޗައިނާއިން އެންމެ އުންޑައެއްވެސް ޖަހާކަށް ނުޖެހޭނެ

ކިއުންތެރިންނަށް މިގެނެސްދެނީ ތައިވާނުގެ މައްސަލާގައި ޗައިނާގެ ސިޔާސަތުގެ މައްޗަށް ސީ އެން އެން ގެ މުޙައްލިލު ބްރެޑް ލެންޑަން ކުރައްވާފައިވާ ދިރާސާއެކެވެ.ޗައިނާއިން ތައިވާނާ ދިމާއަށް އެންމެ އުންޑައެއްވެސް ފޮނުވާ ލުމަކާ ނުލައި ޗައިނާއިން ބޭނުންވާ ގޮތަކަށް ބޭނުންވާ މިންވަރަކަށް ތައިވާން ކަކޫ މައްޗަށް ތިރިކުރެވިދާނެއޭ ބުނުމަކީ ޙަގީގަތާ ދުރަށް ދިއުން ކަމަކަށް ނުބެލެވޭނެއެވެ. ތައިވާނުގެ މުޅި އިގްތިސާދު ފޫދުއްވާލުމަކީ ޗައިނާއަށް އުދަނގޫ ކަމަކަށް ނުވާނެތީއެވެ. ތައިވާން ޗައިނާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ މިފަހަކަށް އައިސް […]

އީސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސަށް މަރުޙަބާ ކިޔަން ތައްޔާރުވަނީ

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ރައީސަކު އިންތިޚާބުކުރަން ބާއްވާ އާންމު އިންތިޚާބުގައި މާދަމާ ވޯޓުލުން އޮންނާނެއެވެ. އޭގެތެރޭގައި އިސްލާހީ ފިކުރުގެ ބޭފުޅަކު ވެސް ހިމެނިވަޑައިގަންނަވައެވެ. ދެން ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް އިސްލާމީ ފިކުރުގެ ބޭފުޅުންނެވެ. އީރާނުގެ ރިޔާސީ އިންތިޚާބު ގާނޫނީ ގޮތުން ބޭއްވޭނީ 2025 ވަނަ އަހަރުގައެވެ. އެހެންނަމަވެސް ކުރިން ހުންނެވި ރައީސް ދަތުރުކުރެއްވި ހެލިކޮޕްޓަރ މި ހުސްވި މަހު ކްރޭޝްވުމާ ގުޅިގެން އެމަނިކުފާނު އަވަހާރަވެފައިވާތީ އަލުން ރައީސަކު އިންތިޚާބު ކުރަން ގާނޫނު އަމުރުކުރެއެވެ. އީރާނުގެ […]

ޔޫކްރެއިން ސިފައިންގެ އިސް މަގާމުތަކުގައި މުނާފިގު ވިސްނުން މޫލާފައި

ޔޫކްރެއިންގެ ރައީސް ޒެލެންސްކީގެ އޮފީހަށް ޙަވާލާދީ ދަ ޓެލިގްރާފުގެ މިއަދު ސުރުޚީތަކުން އެންމެ ފާހަގަކުރެވޭ އެއް ޚަބަރަކީ އެ ގައުމުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ޖޮއިންޓް އާރމްޑް ފޯސަސްގެ ކޮމާންޑަރ ލެފްޓިނެންޓް ޖެނެރަލް ޔޫރީ ސޮޑޯލް ވަޒީފާއިން ވަކި ކުރެއްވައި އޭނާގެ ބަދަލުގައި އެމަގާމަށް ބްރިގޭޑިއަރ ޖެނެރަލް އެންޑްރީ ނާޓޯވް އައްޔަން ކުރި ޚަބަރެވެ. ރައީސް ޒެލެންސްކީގެ އޮފީހުން ބުނެފައިވަނީ ރަޝިޔާގެ އެއްވެސް ޖެނެރަލެއްގެ އޯޑަރ ރަޝިޔާ ސިފައިން ތަންފީޒުކުރުމުގެ ސަބަބުން މަރު […]