ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމަ 24 ގަޑިއިރުން ހުއްޓުވާނެ ގޮތެއް ބުނެބަލަ

ދަ ހިލް އިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ރަޝިޔާއާއި ޔޫކްރެއިން ކުރަމުންގެންދާ ހަނގުރާމަ 24 ގަޑިއިރުތެރޭގައި ހުއްޓުވަން ހައްދާވާނެ ފަނޑިތައެއް، ސިހުރެއް އޮޅުންފިލުވާ ދެއްވުމަށް ޔޫކްރެއިންގެރައީސް ވޮލޮޑޮމީރް ޒެލެންސްކީ އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕަށް ޗެލެންޖް ކުރައްވައިފިއެވެ. ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެދު ކުރެވެމުންމިދާ ހަނގުރާމަ ކުރީގެ ރައީސް ޓްރަމްޕަށް އެމެރިކާގެ ރިޔާސަތު މިއަންނަ ނޮވެމްބަރު މަހުގައި ކާމިޔާބު ކުރެވިއްޖެނަމަ 24 ގަޑި އިރު ތެރޭގައި ހުއްޓުވާނެކަމަށް ބައިނަލް އަގްވާމީ އެތައް ފޯރަމެއްގައި ޓްރަމްޕް ގެންދަވަނީ އިޢުލާން ކުރައްވަމުންނެވެ. […]
އިސްރާއީލާއި ފަލަސްްތީނު ހަނގުރާމަ ހުއްޓުމުގެ މަގުފަހިވަނީ

ސީއެންއެންގެ މިއަދުގެ ޚަބަރުތަކަށް ބަލާއިރު އިސްރާއީލާއި ޙަމާސްއިން ހަނގުރާމަ ހުއްޓާލާއި އަދި ރަހީނުން މިނިވަން ކުރުމުގެ އެއްބަސްވުމަކާއި ވަރަށް ކައިރިއަށް ހިނގައްޖެކަމަށް އުންމީދުކުރެވޭ ކަމަށް ބުނެފިއެވެ. ސީއެންއެން ގެ ޚަބަރުގައި މިކަން ޙަވާލާދީފައި ވަނީ ކުރެވެމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ އިސްރާއީލުގެ ރަސްމީ ފަރާތަކަށެވެ. މަޢުލޫމާތު ހާމަކުރި އިސްރާއީލުގެ ރަސްމީ ފަރާތުން ބުނެފައިވަނީ ޙަމާސް އިން އެންމެ ފަހުންދީފައިވާ ޖަވާބަށް ބަލާއިރު ތަފްސީލުތަކާއި ހަމަޔަށް ދެވިދާނެ އެއްބަސް ވުމަކަށް މަގުފަހިވެފައިވާ ކަމަށް ގަބޫލު ކުރެވޭކަމަށެވެ. ދެފަރާތުން […]
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސަށް މަރުޙަބާ

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ އާ ރައީސް މަސްޢޫދު ޕެޒެޝްކިއަން އަށް ސަންދާނުގެ ކިއުންތެރިންގެ ނަމުގައި މަރުޙަބާ ދަންނަވަމެވެ. މިވަގުތު އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ޔަހޫދީންގެ މުސީބާތުން ފަލަސްތީނު ސަލާމަތްކޮށް މިނިވަން ދައުލަތެއް އުފެއްދުމަށް އެންމެ ކުރީ ސަފުގައި ވަކާލާތުކޮށް އަދި އަތްމަތި ބަނދެވިފައިވާ ހާލުގައިވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ގެންދަނީ އީރާނުންނެވެ. ބައިނަލް އަގްވާމީ މީޑިއާތަކުންވެސް ކެނޑިނޭޅި އެމީހުން ބޭނުންވާގޮތަށް އެކަން ހާމަކުރަމުން ދެއެވެ. ދުޢާއަކީ އީރާނުގެ އާ ރައީސްގެ ޒަޢާމަތުގައިވެސް އީރާނަށާއި ފަލަސްތީނަށް […]
ޝާހިދު މަރުކާގެ ޑްރޯންއާއި އެއްފަދަ ޑްރޯން ރަޝިޔާ ޗައިނާ ގުޅިގެން އުފައްދަނީ

ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ޔޫރަޕުގެ އޮފިޝަލުންތަކެއް ބުލޫމްބާރގަށް މަޢުލޫމާތު ދީފައިވާގޮތުގައި ރަޝިޔާއާއި ޗައިނާ ގުޅިގެން އީރާނުގެ ނުރައްކާތެރި ޝާހިދު މަރުކާގެ ޑްރޯނާއި އެއްފަދަ ޑްރޯނެއް އުފެއްދުން ކުރިއަށް އެބަ ގެންދެއެވެ. ޔޫކްރެއިންއާއި ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމާގައި އީރާނުގެ ހަތިޔާރަށް ރަޝިޔާއިން ވަނީ ވަރަށްބޮޑަށް ބަރޯސާވާން ޖެހިފައެވެ. ޚާއްސަކޮށް އެ ހަނގުރާމައިގާ އީރާނުގެ ޝާހިދު މަރުކާގެ ޑްރޯން ރަޝިޔާއިން ގެންދަނީ ވަރަށް ގިނައިން ބޭނުން ކުރަމުންނެވެ. އެ ނޫހުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި […]
އަހަރެމެންގެ ފެންވަރަކީ ހޫތީ މުޖާހިދުންނާ ހަނގުރާމަ ކޮށްލެވޭވަރުތަ؟

ސުރުޚީއަކީ އިއްޔެ ބިޒްނަސް އިންސައިޑަރ ގެ އެންމެ ހިޓް ސުރުޚީއެވެ. ސަބަބުތަކެއް އޮވެގެންނެވެ. ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ އަށް ހުޅަނގުގެ އެތައް ގައުމަކުން އެއްވެސް ހިފޭއްޓުމެއް ނެތި އެއްބާރުލުން ދެމުން ދަނިކޮށް ހޫތީ މުޖާހިދުންފަދަ ބަޑަށް ޖައްސާފައިވާ ޖަމާޢަތަކާ ދެކޮޅަށް ހަނގުރާމައެއް ކުރުމުގެ ގާބިލުކަން ލިބިފައިވޭތޯ އަމިއްލައަށް ސުވާލު އުފެއްދުމަކީ ބޮޑުވެގެންވާ ސަބަބެކެވެ. އެހެންނަމަވެސް އެއީ މިއަދުގެ ޙަގީގަތެކެވެ. އެ ސުވާލު އުފައްދާފައި ވަނީ ރެޑްސީގެ ތެރޭގައި ހޫތީންނާ ދެކޮޅަށް ޙަރަކާތްތެރި ވަމުން ގެންދާ އެމެރިކާގެ […]
ޔަމަނު މުޖާހިދުންގެ ނިމުމެއްނެތް ޙަމަލާތަކުގެ ކުރިމަތީގައި އެމެރިކާގެ ނޭވީ ވަރަށް އަވަދިނެތި!

އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ. އެސް. އެސް. ޑްވައިޓް ޑީ. އައިޒެންހަވަރ އަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެތެރޭގައި ރެޑް ސީން ދަތުރކުރާ އިސްރާއީލާއި އެމެރިކާ އަދި އިނގިރޭސި ވިލާތާއި ގުޅުން ހުރި އެއްވެސް އުޅަނދަކަށް ސަލާމަތުން ދަތުރު ނުކުރެވޭނެ ކަމަށް ޔަމަނުގެ ހޫތީ މުޖާހިދުން ދިން އިންޒާރާއި ގުޅިގެން އެ ދަތުރުތަކުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމެރިކާއާއި ބައިވެރިންގެ ލަޝްކަރުގައި ބައިވެރި ވުމަށް ފޮނުވި އެމެރިކާގެ އެންމެ ބިޔަ އެއަރކްރާފްޓް ކެރިއަރ އެވެ. މިދިޔަ […]
އެމެރިކާގެ ފުރަތަމަ އަންހެން ރައީސާއަކަށް ކަމަލާ ހަރިސް ވެދާނެތަ؟

ސީ އެން އެން އިން އިންތިޒާމް ކޮށްގެން ހުކުރުވިލޭރޭގައި ބޭއްވި އެމެރިކާ 2024 ގެ ފުރަތަމަ ރިޔާސީ ބަހުސް ގައި މިހާރުގެ ރައީސް ޖޯ ބައިޑްން އަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގިވަޑައި ނުގަތުމުން އެ މަނިކުފާނު ކެމްޕޭން ނުރައްކަލަށް ވެއްޓި އެ މަނިކުފާނު ރިޔާސީ ރޭހުން އެއްފަރާތަށް ޖެހުމަށް ބައެއް ޑިމޮކްރެޓުން ގޮވަން ފަށައިފިއެވެ. ޕާރޓީގެ ބައެއް ބޭފުޅުންގެ ވިސްނުން ކުރީގެ ޕްރޮސެކިއުޓަރ އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހަރިސް ޕާރޓީގެ ރިޔާސީ ޓިކެޓް […]
ރައީސް ބައިޑްންގެ ރިޔާސީ ބަހުސްގެ ފެންނަ ފަރާތާއި ނުފެންނަ ފަރާތް

ދަ ޓެލިގްރާފުގެ ރޭގެ ފަލަ ސުރުޚީތަކުގައި އެންމެ ފާހަގަ ކުރެވެނީ އެމެރިކާގެ ރިޔާސީ އިންތިޚާބުން މިހާރުގެ ރައީސް ގަދަކަމުން ބޭރުކުރަން ޑިމޮކްރެޓުންގެ އިސް ބޭފުޅުން ބޭނުން ނުވާ ކަމަށާއި އެމަނިކުފާނު ޝަރަފް ވެރިކަމާއެކު އަމިއްލައަށް ނިކުމެ ވަޑައިގަތުމަށް އެ ބޭފުޅުން އެދިވަޑައިގެން ތިއްބެވި ޚަބަރެވެ. އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސްގައި ރައީސް ބައިޑްން މަގާމަށް މުސްކުޅިފުޅު ވެއްޖެކަން ހާމަވެގެން ހިނގައްޖެއެވެ. ރައީސް ބައިޑްންއަށް ފާޑުކިޔާ ބައެއް ބޭފުޅުން“ދެން މިހާރު އަނެއްކާ […]
ޖޯ ބައިޑްން ވެރިކަމަށް ގެންނަން ތިޔަވަރަށް އުޅެންޖެހޭ ހެއްޔެވެ؟

ފޮކްސް ނިއުސް ޑިޖިޓަލްގެ އެންޑްރިއާ ވެކްޗިއާނޯ މިއަދު ބުނެފައިވާ ގޮތުގައި މިދިޔަ ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސަށްފަހު ރައީސް ބައިޑްން އަށް ފާޑު ކިއުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ރައީސް ބައިޑްންގެ އަނބިކަނބަލުންގެ ކުރީގެ ފިރިމީހާ ބިލް ސްޓީވަންސަން ނިއު ޔޯރކް ޓައިމްސްއަށް ދިން ބަސްދީ ގަތުމެއްގައި ރައީސް ބައިޑްން ވެރިކަމަށް ގެންނަށް އެވަރަށް މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ސުވާލު އުފައްދައިފިއެވެ. ސްޓީވްސަން ވަރަށް ދެރަވެފާއި އިނދެ ކިޔާދީފައި ވަނީ ރައީސް ބައިޑްންގެ އަނބިކަނބަލުން އަދި އަހަރެންގެ […]
ޤައުމެއް ނެތިކޮށްލަން ގޮވާ ޤައުމެއް ނެތިކޮށްލަން ޖެހޭނެ:އިސްރާއީލު

އީރާނުން އިސްރާއީލު ނެތިކޮށްލަން ގޮވަމުންދާތީ އީރާނު ނެތިކޮށްލުމަކީ މިހާރު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔައިރް ލެޕިޑް ބުނެފިއެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު މިހެން ބުނެފައިވަނީ އެ ގައުމުން ހިޒްބުއްލާ އާއި ދެކޮޅަށް ފުލް-ސްކޭލް ހަނގުރާމައެއް ފަށައިފިނަމަ އެކްސިސް އޮފް ރެޒިސްޓޭންސް އިން ފުރިހަމައަށް އެ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށާއި އޭރުން އެ ހަނގުރާމަ ވެގެންދާނީ ވަރަށް ގެއްލުންބޮޑު ހަނގުރާމައަކަށް ކަމުގައި ޔޫ . އެން. ގައި ހުންނަ އީރާނުގެ މިޝަނުން […]