އިމްރާންޚާނުގެ ކައިވެނީގެ މައްސަލައިން ސަލާމަތްވިޔަސް ޖަލުން މިންޖެއްނުވި

އިސްލާމް އާބާދުން ރޮއިޓާރސްގެ ޚަބަރުގައި މިއަދު ބުނެފައިވަނީ އިމްރާން ޚާނުގެ ތިންވަނަ އަނބިކަނބަލުން ބުޝްރާ ޚާން ( ބުޝްރާ ބީ ބީ ) އާއެކު ކުރެއްވި ކައިވެނި އިސްލާމީ ޝަރީއަތާ ޚިލާފު ކަމަށް ކަނޑައަޅައި ހަތް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ފެބްރުއަރީމަހުގެ ތެރޭގައި ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް ޝަރީއަތުގައި ޕްރޮސެކިއުޝަނުން މައްސަލަ ސާބިތުކޮށް ނުދެވުމުން އިސްތިއުނާފް ކޯޓުން އެ މައްސަލަ ބާތިލު ކޮށްލައިފިއެވެ. އަދި އެހެން މައްސަލައެއްގައި ޖަލު ހުކުމް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިނުވާނަމަ އެ […]
އިސްރާއީލާއެކު ސުލްޙައިގެ ވާހަކަ ދައްކަން ދެން ބޭނުމެއްނޫން

ޙަމާސްގެ ކޮމާންޑަރ މުޙައްމަދު ދާއިފްއަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާ ދިނުމަށްފަހު ދެން އިސްރާއީލާއެކު ދައްކާނެ ސުލަޙައިގެ ވަހަކައެއް ނޯންނާނެ ކަމަށް ޙަމާސްގެ އިސް އޮފިޝަލަކު ވިދާޅު ވެއްޖެއެވެ. ޙަމާސްގެ އެހެން އޮފިޝަލަކު ވިދާޅުވެފައި ވަނީ އިސްރާއީލުގެ ޙަމަލާގައި މުޙައްމަދު ދާއިފް އަށް އެއްވެސް ހާނީއްކައެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އަދި އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެ މަނިކުފާނަށް ޚާއްސަކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރައްވަމުން ކަަމަށެވެ. ފަލަސްތީނުގެ ވިއްސިވިހާލި ކޮށްލާފައިވާ ރައްޔިތުންނަށް އަމާޒުކޮށް ހޮނިހިރު ދުވަހު އިސްރާއީލުން ދިން އިތުރު ވަރުގަދަ […]
މި ދެނީއޭ ކިޔަކިޔައި ތިއްބާ ވަގުތު ފާއިތުވެގެންދަނީ: ޒެލެންސްކީ

ރަޝިޔާއާ ދެކޮޅަށް ޔޫކްރެއިނުން ކުރަމުންގެންދާ ހަނގުރާމައިގައި އެމެރިކާއާއި ޔޫރަޕުގެ ގައުމުތަކުން ޔޫކްރެއިނަށް ފައިސާއާއި ހަތިޔާރުގެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމަކީ ސިއްރެއް ނޫނެވެ. މީގެ ކުރިން އެމެރިކާއިން އަބްރާމްސް މަރުކާގެ 31 ޓޭންކް ވެސް ވަނީ ޔޫކްރެއިނަށް ދީފައެވެ. އެ ޓޭންކުތަކުގެ އިންތިޒާރު ނިމުމަކަށް އައީ އިނގިރޭސިވިލާތުންނާއި ޖަރުމަނުން ޓޭންކުތައް ދިން ފަހުންނެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވަނީ އެމެރިކާގެ ޓޭންކުތައް ލިބުނުއިރު އޭގެ ބޭނުން ކެނޑިއްޖެ ކަމަށެވެ. ޔޫކްރެއިނަށް އެފް-16 މަރުކާގެ ފައިޓަރ ޖެޓް ބޭނުންވެގެން އެމެރިކާގައި […]
ނޭޓޯއަކީ ޗައިނާއާ ދެކޮޅު ޖަމާއަތަކަށްވުމަށް ހަންގޭރީން ރުހުމެއް ނުދޭނަން

ނޭޓޯއަކީ ޗައިނާއާ ދެކޮޅު ޖަމާއަތަށްވުމަށް ހަންގޭރީން ރުހުން ނުދޭނެކަމަށް އެގައުމުގެ ޚާރިޖީ ވަޒީރު ޕީޓަރ ޒިޖާޓޯ ވިދާޅުވެއްޖެކަމަށް ބުޑަޕެސްޓުން ރޮއިޓާރސް ޚަބަރުދީފިއެވެ. ވޮޝިންގްޓަންގައި ހިނގަމުންދާ ނޭޓޯގެ ވެރިންގެ ބައްދަލުކުރެއްވުމުގެ ހަވާސާގައި އެމަނިކުފާނު ވިދާޅުވީ ޔޫކްރެއިން އަށް އެ ޖަމާއަތުގެ މެމްބަރުކަން ދިނުމަކީ އެ ޖަމާއަތުގެ އެކުވެރިކަން ބަލިކަށިވެގެންދާނެ ކަމެކެވެ. އޭގެ ސަބަބުން ނޭޓޯއާއި ރަޝިޔާއާ ދެމެދު ދިގުދެމިގެންދާނެ ދުޝްމަނީއަކަށް މަގުފަހިވުން ނޫން އެހެން ކަމެއް ނުވާނެއެވެ. ނޭޓޯއަކީ ދިފާއީ އެއްބަސްވުމެއްގެ މައްޗަށް އެކުލަވާލާފައިވާ ޖަމާއަތެކެވެ. އެހެން ގައުމުގެ […]
ޕޫޓިންގެ ދަންތޫރައިގާ ނޭޓޯ ޖެހުނީތަ ނުވަތަ ޖެއްސީތަ!

މިދިޔަ އަހަރު ލިތުއޭނިޔާގެ ވެރިރަށް ވިލިނިއަސްގައި އޮތް ނޯތު އެޓްލާންޓިކް ކައުންސިލުން ”ޔޫކްރެއިންގެ މުސްތަގްބަލް އޮތީ ނޭޓޯއާއެކުގައި ކަމަށް“ އިއުލާން ކުރިނަމަވެސް މި އަހަރު ޖުލައިމަހުގައި ބޭއްވުނު ނޭޓޯގެ ސަމިޓާ ހަމަޔަށް އައިއިރު އެމެރިކާގެ ރައީސް ޖޯ ބައިޑްން ވިދާޅުވަމުން އެ ގެންދަވަނީ ޔޫކްރެއިނަށް ނޭޓޯގައި ބައިވެރި ވުމުގެ ފުރުސަތު ނެތް ކަމަށެވެ. ޔޫކްރެއިނުން ނޭޓޯއާ ހަމަޔަށް އައުމަށްޓައި ދެފަރާތުގައި ރައްކާތެރިކަމުގެ ރެއިލިންގ ޖަހާދީފައި ބޮޑެތި އަލިގަދަ ބޮކިތަކުން ދިއްލާފާއޮތް ވަގުތީ ފާލަމެއް އެއޮތީ އަޅާދީފައެވެ. އޭގެ […]
މިފަހަރު ވައިޓް ހައުސްއަށް 2 އަންހެނުންތަ!

މިހާރު ދުނިޔޭގެ އެންމެ ރަތް ކުލަގަދަ ސުރުޚީއަކީ އެމެރިކާގެ އިންތިޚާބެވެ. ދުނިޔޭގެ ހަމައެކަނި ސްޕަރ ޕަވަރ ގެ ތަޚުތުގައި އިށީނދެވަޑައިގަންނަވާނެ ބޭފުޅަކު ކަނޑައެޅުމަކީ އެމެރިކާގެ ރައްޔިތުންނަށް މާބޮޑު ކަމަކަށް ނުވިޔަސް ދުނިޔޭގެ ކުރިމަތީގައި އާދައިގެ ކަމެއް ނޫނެވެ. އެންމެ ފަހުގެ ޑިމޮކްރެޓިކް ޕާޓީގެ ޕޯލްތަކުގައި އަދިވެސް ކުރީގެ ރައީސް ޓްރަމްޕާއި ދެކޮޅަށް ނުކުންނަވާނެ ބޭފުޅަކު އަދި އޮތީ ނުނިމިއެވެ. ޕާޓީގެ ތެރޭގައި ޓްރަމްޕްއާއި ދެކޮޅަށް ރައީސް ބައިޑްން އަދިވެސް ހުންނެވީ ހަމަ ގަދަކޮށެވެ. ޑިމޮކްރެޓުންގެ މަދު ބޭފުޅުންކޮޅެއް […]
ބިލިއަނަރ ޖޯން ޑޭވިސަން ރޮކްފެލަރގެ ހަޔާތުން ކުރު ޚުލާސާއެއް

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް ޚާއްސަ ކަންތައްތަކެއް އެކުލެވިފައިވާނެއެވެ. ބައެއް މީހުންނަކީ އޭނާގެ މަގުސަދުގައި ކާމިޔާބު މީހެއްކަމަށް ބެލެވޭއިރު, ބައެއްމީހުންގެ ކާމިޔާބީ އެ މިންގަނޑުން ނުބެލިދާނެއެވެ. ޖޯން ޑެވިސަން ރޮކްފެލަރ އުފަންވީ 1839 ވަނައަހަރު ޖުލައި 8 ވަނަ ދުވަހުއެވެ. އުމުރުން 97 އަހަރުގައި މި ދުނިޔެއަށް ދާއިމަށް އަލްވަދާއު ކިޔަންޖެހުނީ 1937 ވަނައަހަރު މެއިމަހުގެ 23 ގައެވެ. ރޮކްފެލަރ ގެ އުމުރުން 16 އަހަރުގައި ފިހާރައެއްގެ ސޭޓެއްގެ ( ބުކް ކީޕަރެއްގެ ) ވަޒީފާ އަދާކުރަން […]
ޔޫކްރެއިނަކީ ނޭޓޯގައި ބައިވެރިކުރާ ވަރަށްވުރެ މާ ކޮރަޕްޓް ގައުމެއް

އެމެރިކާގެ ޚާރިޖިއްޔާގެ ވަރަށް އިސްބޭފުޅަކު ދަ ޓެލިގްރާފަށް ހާމަކޮށްދީފައިވާ ގޮތުގައި ޔޫކްރެއިނަކީ ނޭޓޯގެ މެމްބަރުކަންދޭ ވަރަށްވުރެން މާ ކޮރަޕްޓް ގައުމެއްކަން މިހާރު އޮންނާނީ ރައީސް ޒެލެންސްކީއަށް ދަންނަވާފައެވެ. މިއީ ރައީސް ޒެލެންސްކީ ދެކިވަޑައިގަންނަވާ ގޮތުގައި ނޭޓޯއަށް ވަނުމަށް ހުޅަނގުގެ ގައުމުތަކުގެ ފައިގާހިފާ އާދޭސް ދަންނަވަމުން ގެންދަނިކޮށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ކޮޅުފައިން އެތިފަހަރެއް ޖެހުން ކަހަލަ ކަމެކެވެ. ނޭޓޯގެ މެމްބަރުކަމަށް ތަސައްރުފު ފުދުމަށްޓަކައި ޔޫކްރެއިނުން ވަރަށްގިނަ ކަންތައްތައް އިސްލާޙް ކުރަން ޖެހޭނެއެވެ. ޖުލައި 9 ގައި ބޭއްވުނު ނޭޓޯގެ […]
އިނގިރޭސި ވިލާތުގެ އާ ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ތާއީދު ކުރާނަން

ސާދަވަރަކަށް އަހަރުގެ ދިގު މުއްދަތަށްފަހު އިނގިރޭސީ ވިލާތުގައި އަލަށް އިންތިޚާބު ކުރެވުން ލޭބަރ ޕާރޓީގެ ސަރުކާރުން ފަލަސްތީނުގެ މައްސަލައަށް ސުލްޙަވެރި ޙައްލެއް ގެނުއުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތަކަށް ވަކާލާތު ކުރަމުން ގެންދާނެ ޕާރޓީއެއް ކަމަށް ޚާރިޖީ ވަޒީރު ޑޭވިޑް ލަމީ ވިދާޅުވެއްޖެއެވެ. މިހާރު އިސްރާއީލުން ގައްޒާގައި ހިންގަމުން ގެންދާ ގަތުލުއާންމު ކުށްވެރިކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ކިޔަވާކުދިން ކުރަމުން ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން އިނގިރޭސި ވިލާތުގެ ކަންކޮޅުތަކުގައި ހިންގަމުން ގެންދިޔަ އެއްވުންތަކުގައި ކުރީގެ ލޭބަރ ޕާރޓީގެ ބައެއް އިސްބޭފުޅުން […]
ކަޅުނަސްލު ރައީސަކާއެކު ނައިބު ރައީސާއަކަށް ވެވުނު ކަޅުނަސްލުގެ ފުރަތަމަ އަންހެނަކީ އަހަރެން

ސުރުޚީއަކީ އެމެރިކާގެ ރައީސް ބައިޑްން އެންމެ ފަހުން ވިދާޅުވި ބަސްފުޅެވެ. ބެލެވެނީ ދޫ އޮޅިގެން ކަމަށެވެ. ކިއުންތެރިންގެ ރަހަ ތަފާތު ކޮށްލުމަށްޓަކައި މިކަހަލަ ޚަބަރުވެސް ގެނެސްދެނީއެވެ. އެއްވެސް ބޭފުޅަކަށް މަލާމާތްކުރުމުގެ ނިޔަތެއްގައެއްނޫނެވެ. އަލަށް ވާހަކަދައްކަން ޕްލެޓްފޯރމް ތަކަށް އަންނަ މީހުންނަށް ބައެއްފަހަރު ކުރިމަތީގައި ގިނަ ބަޔަކު ތިބުމުގެ ސަބަބުން ދޫ އޮޅޭގޮތް މެދުވެރިވެއެވެ. އެކަމަކު އެމެރިކާގެ ރައީސް ބައިޑްންއަކީ ހަމަގައިމުވެސް ޕްލޭޓްފޯރމް ތަކަށް އާ ބޭފުޅަކަށް ނުވާނެއެވެ. ޑޮނާލްޑް ޓްރަމްޕްއާއި އެކު ބޭއްވި ރިޔާސީ […]