ރައީސް ޓްރަމްޕަށް ދިން ހަމަލާގެ ފަހަތުގައި “އެފްބީއައި“ ތަ ؟

އެސޯޝިއޭޓެޑް ޕްރެސްގެ ކުއްލި ޚަބަރުގައި ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ބެލުމަށްފަހު އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަށް ޕެންސިލްވާނިޔާގައި ދިން ހަމަލާއާއި އެފްބީއައިގެ އެސިސްޓެންޓް ޑިރެކްޓަރ ޖަނީން ޑިގިސިއްޕީ ގެ ބައިވެރިވުމެއް އޮތްތޯ ސުވާލު އުފައްދައިފިއެވެ. އެ ހާދިސާގެ ވަގުތުގައި ޑޮނާލްޑް ޓްރަމްޕުގެ ފަހަތުގައި އިނީ ޖަނީން ޑިގިސިއްފީކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެފް ބީ އައި އިން ބުނަމުން ގެންދަނީ އެ އަންހެންމީހާގެ މޫނު ޖަނީންއާއި ތަފާތު ކަމަށެވެ. އަދި ޖަނީން ޑިގިސިއްޕޭއަށް އަޅުވާފައިވަނީ […]
ރަޝިޔާއިން ހޫތީމުޖާހިދުންނަށް އެންޓި-ޝިޕް މިސައިލް ދީފާނެ

ރަޝިޔާއިން ހޫތީ މުޖާހިދުންނަށް އެންމެ މިޒަމާނުގެ އެންޓި-ޝިޕް މިސައިލް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރެވެމުންދާކަން އެމެރިކާގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ވޯލްސްޓްރީޓް ޖަރނަލުން ހާމަކޮށްފިއެވެ. އެމެރިކާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން ހޫތީ މުޖާހިދުންނަށް ބޭނުންވާ އެންޓި-ޝިޕް މިސައިލް ދިނުމުގެ ވިސްނުމަކީ ރަޝިޔާގެ އެތެރެއަށް ހަމަލާ ދެވޭ ވަރުގެ ހަތިޔާރު އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމުމާ ގުޅިގެން ރަޝިޔާގެ ވިސްނުމަށް އައި ބަދަލެކެވެ. މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގެ ކަނޑު ސިފައިން ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާ ދިނުމުން […]
ނިއުކްލިއަރ ހަތިޔާރު އުފައްދަން އީރާނަށް ބޭނުމީ ހަފުތާއެއްހާ ދުވަސް: ބްލިންކަން

ސީއެންއެންގެ އިއްޔެގެ ހެނދުނުގެ ޚަބަރުގައި އެމެރިކާގެ ޚާރިޖީ ވަޒީރަށް ހަވާލަދީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން ބޭނުންވާ ފެންވަރަށް ޔުރޭނިއަމް ފައްކާކުރަން މިހާރު ބޭނުންވަނީ ހަމައެކަނި ހަފުތާއެއް ނުވަތަ ގިނަވެގެން ދެ ހަފުތާކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެއްބަސްވެ ވަޑައިގެންފި ކަމަށް ބުނެފިއެވެ. މިއީ އެމެރިކާގެ އޮފިޝަލަކު މިހާތަނަށް ހާމަކޮށްފައިވާ އެންމެކުރު މުއްދަތު ކަމަށާއި ފާއިތުވެގެން މިދާ ދުވަސްތަކުގެތެރޭގައި އީރާނުން ގެންދިޔައީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ފިސިލް މެޓީރިއަލްތައް އުފެއްދުން އެންމެ ބާރު ދުވެލީގައި ކުރިއަށް […]
އިސްރާއީލް- ހަމާސް ހަނގުރާމަ ހުއްޓުވިދާނެ ކަމުގެ އުންމީދު ލިބިއްޖެ

ވޯޝިންގްޓަނުން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލާއި ހަމާސްއިން ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވިދާނެ ކަމުގެ އުންމީދު ލިބިއްޖެކަމަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މަޝްވަރާތައް އޭގެ އަމާޒަށް ވާސިލުވުމަށް މަގު ހުޅުވިގެންދާ ކަމަށެވެ. ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލައި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށް ދިނުމުގެ މަގުފަހިކުރެވި ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ރަހީނުން މިނިވަން ވެގެން ދިއުމަކީ އެމެރިކާގެ އުންމީދު ކަމަށެވެ. މި މަގްސަދު ޙާސިލު ކުރުމަށްޓަކައި އެމެރިކާއިން […]
ކުރީގެ ރައީސް ޓްރަމްޕަށް ދިން ކުއްލި ޙަމަލާ:ފަރީދު ޒަކަރިއްޔާގެ ދުރުމިން

އިއްޔެގެ ވަގުތެއްގައި ސީއެންއެންގެ ޖީ ޕީއެސް ފަރީދު ޒަކަރިއްޔާ ފެނުނީ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދިން ކުއްލި ޙަމަލާގައި އީރާނާއި ގުޅުން ހުރިކަމަށް އެމެރިކާއަށް ލިބިފައިވާ ސިއްރު މަޢުލޫމާތު ތަކުގެ މައްޗަށް ބިނާކޮށް އީރާނުގެ ޚާރިޖީ ވަޒީރު އަލީ ބާޣެރީ ކާނީ އަށް ފިއްތުން ކުރިމަތި ކުރަމުން ގެންދިޔަ މަންޒަރެވެ. ފަރީދު ޒަކަރިއްޔާގެ ވާހަކައިގާ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ނުރައްކާތެރިކަން މެދުވެރި ވެދާނެކަމުގެ މަޢުލޫމާތު މާކުރިންވެސް އެމެރިކާގެ އިންޓެލިޖެންސަށް އޮތީ ލިބިފައިކަމަށެވެ. އަދި އެއަށްފަހު […]
ބިޔަ ބޮޑު ގޮވުމަކުން މެދުތެރޭ ތެލްއަވީވް ގުޑުވާލައިފި

މިއަދު ހެނދުނު މާލޭ ގަޑިން 7 ޖަހާކަންހާއިރު އިސްރާއީލުގެ ތެލްއަވީވުގެ މެދުތެރެއަށް އަމާޒުވި ބިޔަ ބޮޑު ގޮވުމަކުން އެ ޝަހަރު ގުޑުވާލައިފިއެވެ. އިސްރާއީލުގެ މިލިޓްރީން ތުޙުމަތު ކުރާގޮތުގައި އެއީ ޑްރޯން ޙަމަލާއެކެވެ. އެހެންނަމަވެސް އިސްރާއީލުން އެ ޙަމަލާގެ އިންޒާރުގެ ބަރުގޮނު އަޅާފައެއް ނުވެއެވެ. ރޮއިޓާރސް އިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ބާރުގަދަ ވައިގެ ދިފާއީ ނިޒާމުން އިތުރަށް ފާރަވެރިވަމުން ގެންދާ ދުވަސްވަރެއްގައި އެވަރުގެ ޙަމަލާއެއް އިސްރާއީލުގެ އެއަރ ޑިފެންސް ނިޒާމަށް ވާނުވާނޭނގި ތެލްއަވީވަށް އަމާޒްވުމީ ވަރަށް ޙައިރާން […]
ހޫތީންގެ ހަމަލާގައި ތެޔޮ ޓޭންކަރެއްގައި ރޯކޮށްލައިފި

ހޫތީ މުޖާހިދުންގެ މީޑިއާ (އެމްއެމްވައި)އަށް ތިލަކޮށްލާފައި ވީޑިއޯއެއްގައި ރެޑްސީގެ ތެރެއިން ރޯކޮށްލާފައިވާ ތެޔޮ ޓެންކަރެއްގެ ފޮޓޯތައް ހާމަކޮށްފިއެވެ. ހޫތީ މުޖާހިދުން އާރމްޑް ފޯސަސްގެ ޑިރެކްޓަރުގެ އޮފީހުން އަމީން ހައްޔާން ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 750 ފޫޓު ދިގު އެއްލައްކަ ޓަނުގެ ސާފު ނުކުރާ ތެޔޮއުފުލާ ޓޭންކަރ ކިއޯސް ލަޔަން އަށް ޙަމަލާދޭންޖެހުނީ އިސްރާއީލުން ގަދަބަދަވިކަމުން އަތުލައިގެންފައިވާ ފަލަސްތީނުގެ ބަނދަރަކަށް ދަތުރު ކުރުމަށް އެ ބޯޓުގެ ވެރިފަރާތުން އަންގާފައިވާތީއެވެ. އަދި އެބޯޓަށް ޙަމަލާދީފައިވާނީ ޑްރޯން ބޭނުން ކޮށްގެންނެވެ. މުޖާހިދުންގެ ވީޑިއޯގައި […]
އެމެރިކާއިން ފިއްތުން ކުރިމަތިކޮށްގެން އީރާން އިސްދަށަށް ނުޖެއްސޭނެ

އީރާނުން ބޭނުން ވަނީ ހުރިހާ ޤައުމަކާއި އެކުގައި އެކުވެރިކަމުގެ ގުޅުމެއް ބާއްވަން ކަމަށާއި އެމެރިކާއިން ވިޔަސް ނުވަތަ އެހެން ޤައުމަކުންވިޔަސް އީރާނުން ކަންތައް ކުރަންޖެހޭނެ ގޮތް ބުނެދީ ބިރުދައްކަން އުޅުމަކުން އީރާނުން އިޖާބަ ނުދޭނެ ކަމަށް އަލަށް އިންތިޚާބު ކުރެވުނު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅު ވެއްޖެއެވެ. އެ މަނިކުފާނު ވިދާޅުވީ އީރާނަށް ފިއްތުން ކުރިމަތިކޮށްގެން އިސްދަށަށް ނުޖެއްސޭނެ ކަމަށެވެ. މިދިޔަ ހުކުރުދުވަހުގެ އީރާނުގެ ރަސްމީ ނޫސް ތެހެރާން ޓައިމްސްގައި އެ މަނިކުފާނު ލިއުއްވާފައިވެއެވެ. މިއީ […]
ޓްރަމްޕުގެ އިޚްތިޔާރީ ނައިބު ރައީސް އިއުލާނު ކުރެއްވުން ޔޫރަޕުގެ ސިހުމަކަށް

ބްރަސެލްސްއިން އިއްޔެ ރޮއިޓާސް ޚަބަރުގައި ބުނެފައިވަނީ ޓްރަމްޕުގެ އިޚްތިޔާރީ ނައިބު ރައީސް ސެނެޓަރ ޖޭޑީ ވޭންސް އިއުލާނުކުރެވުމާ ގުޅިގެން މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ވެސް ޔޫކްރެއިނަށް އެމެރިކާއިން އެހީވެދިނުމަށް ދެކޮޅު ހައްދަވައި އަދި ޔޫރަޕަކީ ވެސް އެމެރިކާއަށް ބަލަދު އަރާފައިވާ ތަނެއް ނޫންކަން ދޭހަވާ މޭރުމަކުން ޖޭޑީ ވޭންސް ވާހަކަ ދައްކަވާފައިވާތީ ޔޫރަޕުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްބޭފުޅުންނަށް ވަރަށް ބޮޑު ސިހުމެއް ލިބި ވަޑައިގެންފި ކަމަށެވެ. އެންމެ ފުރަތަމަ އެ ވާހަކަތައް ދެކެވިފައިވަނީ މިއުނިކްގައި އޮތް […]
ހޯމަދުވަހު އިސްރާއީލުން ގައްޒާގެ ސްކޫލަށް ހަމަލާދިނީ އެމެރިކާގެ ހަތިޔާރުން

ސީއެންއެންގެ މިއަދު ހެނދުނު ޚަބަރުގައި ބުނެފައިވަނީ މެދުތެރޭ ގައްޒާގެ ނުސައިރަތު އަވަށުގައި ހުންނަ ސްކޫލް ސަރަހައްދަށް އިސްރާއީލުން ދިން މިސައިލް ހަމަލާގައި 22 މީހުން މަރުވެފައިވާއިރު, އެ ހަމަލާގައި އިސްރާއީލުން ބޭނުންކޮށްފައިވަނީ އެމެރިކާއިން ދީފައިވާ ހަތިޔާރުކަން ހަތިޔާރާ ބެހޭ ތަޖްރިބާކާރުން ސީއެންއެންއަށް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ. ކުރިން ސްކޫލަކަށް ބޭނުން ކުރަމުން ދިޔަ އެ އިމާރާތުގައި އެވަގުތު އެތައް ބަޔަކު ހިޔާވަހިކަން ލިބިގަންނަމުން ދިޔަކަމަށާއި 2 މިސައިލެއް އެ އިމާރާތަށް އަމާޒު ވެފައިވާކަމަށް ވެސް ޚަބަރުގައި ބުނެފައިވެއެވެ. […]