ތުރުކްމެނިސްތާނުގައި ހުންނަ ”ނަރަކައި ދޮރުމަތީގެ“ ނަންދެވިފައިހުރި އަލިފާންގަނޑު 

ތުރުކްމެނިސްތާނުގެ ކަރާކުން ސަހަރާގައި  ގޭހުން އުފެދިފައިވާ ”ނަރަކައިގެ ދޮރުމަތި“ މި ނަންދެވިފައިވާ އަލިފާނޑު އަނދަމުންދާ މިންވަރި ދެބައިކުޅަ އެއްބަޔަށް ދަށް ކުރެވިއްޖެކަމަށް އެގައުމުން މިދިޔަ ބުރާންފަތި ދުވަހު ހާމަކޮށްފިއެވެ. މި އަލިފާންގަނޑު އަނދަން ފެށިކަމަށްބުނެވެނީ ރަޝިޔާގެ ސައިންސްވެރިންނަށް ނޭގުމެއްގެ ތެރޭގައި ބިމުގެ އަޑީގައިހުރި ގޭސްވަޅަކަށް ޑްރިލް ކުރުމުގެ ސަބަބުން 1971  ވަނަ އަހަރުގައެވެ. އެއަށްފަހު އެ ތަން ރޯކޮށްލާފައި ބެހެއްޓީއެވެ. އަނދަމުންދާ މީތޭން ގޭހުގެ ސަބަބުން މޫސުމަށް ބަދަލުތަކެއް އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.                                                   އެއްދުވަސްވަރެއްގައި ގައުމުގެ […]

އީރާނުގެ ނިއުކްލިއަރ ވަސީލަތް ގަލްފުގެ ޖަޒީރާއަކަށް

އެމެރިކާއާއި އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫއާ ބެހޭ ވާހަކަތައް ކާމިޔާކުރުމުގެ ބޭނުމުގައި އީރާނުން ޔުރޭނިއަމް މުއްސަނދި ކުރުން ގަލްފުތެރޭގެ ޖަޒީރާއަކަށް ބަދަލުކުރުމަށް ސައޫދީ އެރޭބިއާއާއި އޮމާނުން މަޝްވަރާ ދީފިއެވެ. މީގެ ހިފުތާއެއްހާ ދުވަސް ކުރިން އީރާނުންވެސް ވަނީ ސައޫދީ އެރޭބިއާއި އަދި ގަލްފުގެ އެހެން ގައުމުތަކާގުޅިގެން މަދަނީ ބޭނުމަށްޓަކައި ޔުރޭނިއަމް މުއްސަނދިކުރުމަށް ކޮންސޯރޓިއަމެއް އުފެއްދުމުގެ ޚިޔާލުފާޅުކޮށްފައެވެ.                                                           އީރާނާއި އަދި އަވަށްޓެރި އެހެން ގައުމުތައް ހިމެނޭ ކޮންސޯރޓިއަމަކުން މަދަނީ ބޭނުމަށްޓަކައި ނިއުކްލިއަރ ހަކަތަ އުފައްދަން ބޭނުންވާނަމަ ނުވަތަ […]

ޓްރަމްޕްގެ ކޮރަޕްޝަން އަތްނުފޯރާހިސާބަށް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އެމެރިކާ މަޝްހޫރު ޕޮލިޓިކަލް ވެބްސައިޓުގެ އޮޕީނިއަން ކޮންޓްރިބިއުޓަރ ޔުއާން ވިލިއަމްގެ އާރޓިކަލްއެކެވެ. ބުނެވޭގޮތުގައި ދަ ހިލް އަކީ އެމެރިކާގެ ސިޔާސީ ބޭފުޅުންގެ މެދުގައި އެންމެ މަގްބޫލު ވެބްސަޓެވެ.                                                މި ލިއުމުގައި ސަންދާނުގެ އެއްވެސް އޮޕީނިއަނެއް ވިސްނުމެއް އަދި ޚިޔާލެއް ވިޔަސް ހިމަނާފައެއް ނުވާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދިންވެސް ނުފުދިގެން އުޅޭއިރު އަޅުގަނޑުމެންގެ ހާލު ހުންނާނެ ގޮތާ ދޭތެރޭ ސަންދާނު ކިއުންތެރިން ވިސްނާލުން ރަނގަޅުކަމަށް ދަންނަވާލާނަމެވެ.                    އެއީ މީގެ 49 […]

އެމެރިކާއިން ހުށައެޅި ނިއުކްލިއަރ ޕްރޮޕޯޒަލް އީރާނުގެ ޑަސްބިނަށް

އީރާނުގެ ނިއުކްލިއަރ މަޝްރޫއާގުޅޭގޮތުން އެމެރިކާއާއެކު ދެކެވެމުންދާ ވާހަކަތަކުގައި އެމެރިކާއިން ބޭނުންވާގޮތް އޮމާން މެދުވެރިކޮށް ފޮނުވުމުން އޭގައި ބުނެފައިވާ ވާހަކަތަކަށް ބަލާއިރު މިހާތަނަށް ދެކެވުނު ވާހަކަތަކާއި ކުރެވުނު މަޝްވަރާތަކަކީ ނުހިނގާކަމެއް ކަމުގައި ބެލުން ރަނގަޅުވާނެކަމަށާއި ހަމައެކަނި އެމެރިކާއިން ބޭނުންވާގޮތް އީރާނުން ގަބޫލުކުރުން ވަރަށް ދުރުކަމަށް އެ މަޝްވަރާތަކުގެ މައުލޫމާތު ރަނގަޅަށް އެނގޭ އެގައުމުގެ ސިޔާސީ އިސް ބޭފުޅަކު ރޮއިޓާރސް އަށް މައުލޫމާތު ދެއްވައިފިއެވެ. އެމެރިކާއިން ބޭނުންވާގޮތް ބަޔާންކޮށް ފޮނުވި ލިއުމުގައި އީރާނުން ބޭނުންވާކަންތަކަށް ގޮތެއް ކަނޑައަޅާފައި ނުވާތީ އެ […]

އެމެރިކާގެ ދަރަނީގެ ނިސްބަތަކީ ބޮލަކަށް 72309 އެމެރިކާ ޑޮލަރ

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ އެތައް ޒަމާނަކުއްސުރެން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދުކަމަށް އޮންނަނީ ގަބޫލު ކުރުވާފައެވެ. އެމެރިކާއިން ނަގާ  ދަރަނި ކޮންމެ ވަގުތެއްގައިވެސް އަދާ ކުރެވިދާނެއެވެ. ހަގީގަތަކީވެސް ހަމަ އެއީ ބާވައެވެ! ދުނިޔޭގެ އެހެން ގައުމުތަކެކޭވެސް އެއްފަދައިން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއިންވެސް އިންޓެރެސްޓާއެކު ފަހުން ފައިސާ ދައްކާގޮތަށް  ޓްރެޒަރީ ބޯންޑް އާއި  ބިލް އާއި އަދި ސެކިއުރިޓީސް ވިއްކުމަކީ ކުރަމުން ގެންދާ ކަމެއް ކަމުގައި ޑީއެންއޭ އިންޑިއާ.ކޮމްގެ ރިޕޯރޓުގައި ބުންފައިވެއެވެ. މާލީ ގޮތުން ކުރެވޭ […]

އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް ސައޫދީގެ އިންޒާރު އީރާނަށް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އާއެކު ނިއުކްލިއަރ އެއްބަސްވުމަކަށް އައިސް އިސްރާއީލާއެކު ހަނގުރާމައަކަށް ދިއުމުން އެއްކިބާ ވުމަށް ސައޫދީ އެރޭބިއާގެ ދިފާއީ ވަޒީރުގެ ބްލަންޓް މެސެޖެއް އީރާނުގެ އޮފިޝަލުންނަށް ރައްދު ކުރެއްވި ޚަބަރެއް  އާންމު ވެއްޖެއެވެ. އެ މެސެޖް ރައްދު ކުރެއްވިކަމަށްވަނީ މި ހުސްވި މަހު އެމަނިކުފާނު ތެހެރާނަށް ކުރެއްވި ޒިޔާރަތުގައެވެ.                                   ގަލްފް ސަރުކާރުތަކުގެ މައުލޫމާތު އެނގޭ ފަރާތްތަކުންނާއި އަދި އީރާނުގެ 2 އޮފިޝަލަކަށް ހަވާލާ ދީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވެދާނެކަމަށް ޖެހިލުންވެ ވަޑައިގަންނަވާތީ […]

ކޮލޮމްބޯގެ މެރިން ޑްރައިވް ނައިޓް ޓުއަރިޒަމަށް ތަރައްގީ ކުރަނީ

”ކޮލޮމްބޯ ނިދިން ހޭލެއްވުން“ މަޝްރޫއުގައި ސްރީލަންކާގެ ކޮއްލުޕިޓިޔާއިން ފެށިގެން މައުންޓް ލެވެނިޔާއާ ހަމަޔަށް އޮންނަ ހިތްގައިމު ބީޗް ސަރަހައްދު ރޭގަނޑުގެ ޓްއަރިޒަމަށް ޚާއްސަ ކުރެވިފައިވާ ހޮޓްސްޕޮޓަކަށް ތަރައްގީކުރަން ނިންމައިފިކަމަށް މިނިސްޓަރ ނަލިންދާ ޖަޔަތިއްސާ ވިދާޅުވެއްޖެއެވެ. ”މެރިން ނައިޓްސް، އެވޭކެނިންގ ކޮލޮމްބޯ“ ގެ މި މަޝްރޫއުގައި ކޮއްލުޕީޓިޔާ ރެއިލްވޭ ސްޓޭޝަނުން ފެށިގެން ދެހިވަލާއާ ހަމަޔަށް އޮންނަ 7.4 ކިލޯމީޓަރގެ ދިގު ސަރަހައްދު ތަރައްގީ ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ޖަޔަތިއްސާ ވިދާޅުވިއެވެ. މިއީ އާންމު ރައްޔިތުންގެ އަތްމަތި ތަނަވަސްކުރުމަށްޓަކައި ކޮލޮމްބޯގައި […]

ޙަޤީޤީ ޤައުމިއްޔަތަކީ ކޮބާ؟

ނައިފަރު މުޙައްމަދު ސަމީރު، އެބޭފުޅާ ލިޔުއްވި ”ދިވެހި ޤައުމިއްޔަތު“ މި ލިޔުމުގައި ބަޔާން ކުރައްވާފައި ވެއެވެ: ”މި ރާއްޖޭގެ ރަށްތަކުގައި، ރުއްތަކުގެ ހިޔާވަހިކަމުގެ ދަށުގައި ކަނޑުންނާއި އެއްގަމުން އަނގަމަތިކޮށް ދެއްވާފައިވާ ޚަޒާނާތަކުން ދިރިއުޅުން ހަމަޖައްސަމުން، އަމިއްލަ ވެރިކަމެއް މިނިވަންކަމާ އެކު ، އިސްލާމްދީނުގެ އަލީގައި ކުރަމުން، އަމިއްލަ ބަހަކުން ވާހަކަދައްކައި ލިޔަމުން ދާ ބަޔަކީ ދިވެހީންނެވެ.މި ދެންނެވި އަޞްލު އުޞޫލުތައް ރާއްޖޭގެ އަތޮޅުތަކުންވާ ރަށްތަކުގެ ދަރީން ގައި ހުރުމަކީ އެއީ ދިވެހި ޤައުމިއްޔަތެވެ.“ އާދެ! ޙަޤީޤީ ޤައުމިއްޔަތަކީ […]

އީރާނާއެކު އެމެރިކާއިން ކުރިއަށް ގެންދާ މަޝްވަރާތައް ފޭލިކޮށްލަން އުޅެގެން ނުވާނެ

އެމެރިކާއިން އީރާނާއެކު ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމްގެ މަޝްވަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ އެއްވެސް އަމަލެއް ނުކުރުމަށާއި އަދި އިސްރާއީލުން އީރާނަށް ބޮން އަޅަން ރާވާފައި ރޭވުން ކުރިއަށް ނުގެންދަން ރައީސް ޓްރަމްޕް އިސްރާއީލްގެ ބޮޑުވަޒީރަށް އިންޒާރު ދެއްވައިފިއެވެ.                            ނަތަންޔާހޫ އާއި ޓްރަމްޕްގެ ދެބަސްވުން މީޑިއާތަކަށް ފުޅާ ދާއިރާއެއްގައި އެނގިފައިވާ މިދަނޑިވަޅުގައި އެމެރިކާގެ މަދަދާ ނުލައި އިސްރާއީލުން އެކަނިވެސް އީރާނަށް ހަމަލާ ދޭނެކަމަށް ނަތަންޔާހޫ ރައީސް ޓްރަމްޕް އަށް ފޯނުން ދެންނެވިކަމަށް ނިއުޔޯރކް ޓައިމްސްއިން ވަނީ […]

އެއާރފޯސް-1 ފެންވަރުގެ ލަގްޒަރީ އެއާރކްރާފްޓެއް އިސްރާއީލުން ހަދިޔާ ނުކުރެވޭނެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކަމަލާ ހަރިސް ބަލިކޮށް ޑޮނާލްޑް ޓްރަމްޕް ކާމިޔާބު ކުރެއްވުމުން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހުންނެވީ ވަރަށް އުފަލުންނެވެ. އިސްރާއީލުގެ ޓީ ވީ ޗެނަލް 14 (އެމެރިކާގެ ނިސްބަތުން ފޮކްސް ނިއުސް) ގެ އެނައުންސަރ ލައިވް ކޮށް ޑޮނާލަޑް ޓްރަމްޕްގެ ކާމިޔާބީއަށް ޓޯސްޓެއް ހުށައެޅިއެވެ. އިސްރާއީލުގެ ޕްރިމިއަރ ރައިޓ-ވިންގް އަލްޓްރާނޭޝަނަލިސްޓް ޓޯކް-ޝޯގެ ހޯސްޓް ޔިނޯން މަގަލް އިސްރާއީލުގެ މުނިފޫހިފިލުވުމުގެ ސެލެބްރިޓީން ލައްވާ ޓްރަމްޕް އަށް ތާއީދު ކުރާކަމުގެ ސޮއި ހޯދަމުންދިޔައިރު ޓީވީ ސްކްރީންގައި ޓްރަމްޕް […]