އިސްރާއީލަށް ހަމަލާ ދިނުމަކީ މިހާރު އީރާނަށް ވާރުތަވެފައި ހައްގެއް

ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގެ ޚާއްސަ މެހެމާނެއްގެ ގޮތުގައި އީރާނުގައި ހުންނަވަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމަށް ތައްޔާރުވަމުންދާކަން އެމެރިކާ އޮފިޝަލުންނަށް އެނގިއްޖެކަމަށް ޔޫ އެސް އޭ ޓްޑޭއިން މިއަދު ހާމަކޮށްފިއެވެ. އެހެންނަމަވެސް އީރާނުން ހަމަލާ ދޭން ގަސްދުކުރާ ފެންވަރަކާއި ދުވަހަކާ ވަގުތު މިހާތަނަށް އޮޅުންފިލާގޮތެއް ނުވާ ކަމަށް ޔޫ އެސް އޭ އާއި ވާހަކަ ދެއްކި އެމެރިކާގެ 2 އޮފިޝަލުން  ބުނެފައިވެއެވެ.                                        ޔޫ އެސް އޭ ޓްޑޭ އާއި ވާހަކަ […]

އެމެރިކާގެ ރައީސުންގެ ތެރެއިން ބަނގުރަލާ ދުރުގައި އުޅުނީ ކޮންބޭފުޅުންނެއްކަން އެނގޭތަ؟  

ފާއިތުވެގެން މިދާ ސަތޭކަ ވަރަކަށް އަހަރުގައި ދުނިޔޭގެ އެންމެ ބާރުގަދަ އެއްގައުމަކީ އެމެރިކާއެވެ. އެގައުމުގެ ވެރިން ކުރައްވާ ކަންތަކާއި ނުކުރައްވާ ކަންތައްތަކަށް ފާރަލުމަކީ އަބަދުވެސް މީޑިއާތަކުން ކުރާ ހިތުން ކުރާކަމެކެވެ. ބައެއް ފަހަރު އެބޭފުޅުން ބޭޒާރު ކޮށްލުމުގެ ބޭނުމުގައެވެ. ބައެއްފަހަރު އެ ބޭފުޅުންގެ އަމަލުތަކުން މިސާލު ލިބި ގަތުމަށާއި އެބޭފުޅުން އިޝްތިހާރު ކުރުމަށެވެ.                                    އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅަކު ބޭނުންކުރާ ބުއިމަށް ތަރުހީބު ދެއްވައި ވާހަކަފުޅު ދައްވާފައިވާ ކަމަށް އާންމު ވެގެން ދިޔަ ދުވަސްވަރެއް ފަހަކަށް އައިސް ފެނިފައިވެއެވެ.                                       […]

އިރާގުގައިތިބި އެމެރިކާ ސިފައިންގެ ބަޔަކު ޒަޚަމް ކޮށްލައިފި

އިރާގުގެ ހުޅަނގުސަރަހައްދެއް ކަމުގައިވާ އައިނަލް އަސަދުގައި ހުންނަ އެމެރިކާގެ މިލިޓްރީ ބޭސްއަށް ދިން ރޮކެޓް ހަމަލާގައި އެތަނުގައި ތިބޭ އެމެރިކާގެ 2500 ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޒަޚަމް ކޮށްލައިފިކަމަށް އެސޯޝިއޭޓެޑް ޕްރެސް އިން މިއަދު ހެނދުނުގެ ޚަބަރުގައި ބުނެފައި ވެއެވެ. އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ބުނެފައިވަނީ ގިނަ އަދަދެއްގެ ސިފައިން ޒަޚަމްވެގެންދިޔަ ހޯމަ ދުވަހުގެ މި ރޮކެޓް ހަމަލާ ތުހުމަތު ކުރެވޭގޮތުގައި އަމާޒުކޮށްފައި ވަނީވެސް އަސަދު މިލިޓްރީ ބޭސް އަށެވެ. ހަމަލާގައި ލިބުނު […]

ހޫތީ މުޖާހިދުންނާއެކު އިތުރު ދެކޮޅުވެރިކަމެއް ސައޫދީން ބޭނުމެއް ނުވޭ

ބުލޫމްބާރގުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އީރާނުގެ މަދަދު ލިބެމުންދާ ހޫތީ މުޖާހިދުންގެ ހަރަކާތްތައް އިތުރަށް ނުރައްކާތެރިވެފައިވާ މި ދަނޑިވަޅުގައި ސައޫދީ އެރޭބިޔާއިން ހޫތީ މުޖާހިދުންނާ ދެކޮޅަށް ހަނގުރާމައެއްގެތެރެއަށް ނުވަތަ ދެކޮޅުވެރި ކަމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. ހޫތީ މުޖާހިދުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައޫދީއެރޭބިޔާއަށްވެސް އަމާޒުކުރަން ޖެހިދާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ. ސައޫދީ އެރޭބިޔާގެ ރަސްކަމުގެ އެތެރޭކޮއިލުގެ މައުލޫމާތު ރަނގަޅަށް އެނގޭ ފަރާތްތަކުން މައްސަލައިގެ ސެންސިޓިވިޓީއަށް ރިއާޔަތްކޮށް ވަނަވަރު ހާމަނުކުރުން […]

ކެތްތެރިކަން އިސްކުރަން އެމެރިކާއާއި އަރަބިންގެ ހުށައެޅުން އީރާނުން ކުނިވަށިގަނޑަށް

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލި މައްސަލާގައި އިސްރާއީލަށް ހަރުކަށިކަމާއެކު ހިތިގޮތަކަށް އަދަބު ދޭނެކަމަށްބުނެ އިންޒާރު ދެމުން ގެންދާ މި ދަނޑިވަޅުގައި އީރާނުން ކެތްތެރިކަން އިސްކުރުމަށް އެމެރިކާއާއި އަދި އަރަބި ގައުމުތަކުން ދެމުންގެންދާ މަޝްވަރާތައް އީރާނުން ވީދާލައި ކުނިވަށިގަނޑަށް އެއްލާލައިފި ކަމަށް ފޮކްސް ނިއުސް އިން އިއްޔެ ހަވީރު 5.30 ގެ ޚަބަރުގައި ބުނެފިއެވެ.                           އީރާނުން ވިސްނުންތެރިކަމާއި ކެތްތެރިކަމާއެކު ހަރަކާތްތެރިވުމަށް އެމެރިކާއިންނާއި އަރަބި ގައުމުތަކުން މަޝްވަރާތައް ހުށައަޅުމުން މި ގެންދަނީ އީރާނުން އެ ހާދިސާ ފުލް […]

ހޫތީ މުޖާހިދުންގެ ހަމަލާ ލައިބީރިޔާގެ ދިދައިގާ ދުއްވާ ކޮންޓޭނަރު ބޯޓަކަށް އަރައިފި

                 އެސޯޝިއޭޓެޑް ޕްރެސް ދުބާއިން ޚަބަރު ދީފައިވާ ގޮތުގައި 2 ހަފުތާގެ މެދުކެނޑުމަކަށްފަހު ހޫތީ މިޖާހިދުންގެ ހަމަލާތައް އިސްމާއީލް ހަނިއްޔާ އާއި ފުއާދު ޝުކުރު ޝަހީދުކޮށްލުމާ ގުޅިގެން އަލުން ފަށައިފިއެވެ. މިފަހަރުގެ ފުރަތަމަ އަމާޒަކަށްވީ ލައިބީރިޔާގެ ދިދައިގާ ދުއްވާ ކޮންޓޭނަރ އުފުލާބޯޓެކެވެ. އެއީ  އެމް. ވީ. ގްރޯޓޮން ނަމަކަށްކިޔާ ގާތްހަނޑަކަށް 35 ހާސް ޓަނުގެ ބޯޓެކެވެ. ހަމަލާގައި ބޯޓުފަޅައިގެންގޮސް ކަނޑުގެ ލޮނުގަނޑު ބޯޓުގެ ތެރެއަށް ވަންނަމުންދާ ކަމަށާއި އަދި ބޯޓުން ކަނޑަށް ތެޔޮ އެޅެމުންދާކަމަށްވެސް ޚަބަރު ގައި […]

އެމެރިކާ ރައްޔިތުން މެދުއިރުމަތިން އަވަހަށް ނިކުތުމަށް އެމެރިކާގެ އަވަސް އިރުޝާދު

އެމެރިކާއިން ފައިޓަރ ޖެޓާއި މަނަވަރު ފަހަރު މެދު އިރުމައްޗަށް ފޮނުވުމާއެކު އެމީހަކަށް ޓިކެޓް ލިބުނު ފްލައިޓަކުން ވީހާއަހަކަށް މެދު އިރުމަތިން ނިކުތުމަށް އެމެރިކާގެ ޚާރިޖިއްޔާއިން ދެންމެ އަވަސް އިރުޝާދު ޢާންމުކޮށްފިއެވެ.             ޚާރިޖިއްޔާގެ އިރުޝާދުގައި ބުނެފައިވަނީ ހިޒްބު ﷲ އާއި އެކްސިސް އޮފް ރެޒިސްޓޭންސް އިން އިސްރާއީލާ ދެކޮޅަށް ހަނގުރާމައެއް ފަށާފާނެ ކަމުގެ ބިރު އުފެދިފައިވާ މި ދަނޑިވަޅުގައި މެދު އިރުމަތީގައި އަދި ވަކިން ޚާއްސަކޮށް ލެބަނަން ސަރަހައްދުގައި ތިބުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި އަންގައި […]

އެމެރިކާއިން މެދުއިރުމަތީގައި އީރާނުގެ ކުރިމަތިލުމަކަށް ތައްޔާރުވަނީ

އެމެރިކާގެ 2 އެއަރކްރާފްޓް ކެރިއަރއަކާއި އިތުރު މަނަވަރުތަކާއި ހަނގުރާމައިގެ ލަޝްކަރުތައް މެދުއިރުމައްޗަށް ޖަމާކުރަން ފަށައިފިކަމަށް މިއަދު ހެނދުނު 8 ގެ ސީ އެން އެން ޚަބަރުގައި ބުނެފިއެވެ. އެމެރިކާއިން ތައްޔާރުވަމުން މިގެންދަނީ އިސްރާއީލުން ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި އީރާނުން ދީފާނެ ރައްދު ހަމަލާއަކަށް ތައްޔާރު ވުމުގެ ގޮތުން ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. ސީ އެން އެން އިން ބުނެފައިވާ ގޮތުގައި މިއީ މިދުވަސްވަރު އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާ […]

ގައްޒާގެ މައްސަލާގައި ނޭޓޯއާއި އިސްރާއީލުގެ ގުޅުން ހުއްޓުވާލައިފި

އިސްރާއީލަކީ ނޭޓޯގެ މެމްބަރަކަށް ނުވާ އެ ޖަމާއަތުގެ އެލައިޔަންސް ޕާރޓްނަރެކެވެ. މިދިޔަ އަހަރު އޮކްޓޯބަރ މަހު ފެށުނު އިސްރާއީލް- ހަމާސްގެ ހަނގުރާމައާއި ގުޅިގެން އިސްރާއީލަކީ ނޭޓޯގެ އެލަޔަންސް ޕާރޓްނަރެއްގެ ގޮތުގައި އޮތުމަށް ތުރުކީން ނުރުހުމުން ނޭޓޯގެ އެލަޔަންސް ޕާރޓްނަރު ކަމުން އިސްރާއީލު ބްލޮކް ކޮށްފިކަމަށް އަންކާރާއިން މިއަދު ރޮއިޓާސްއަށް ޚަބަރު ދީފިއެވެ.  އިސްރާއީލަކީ އެމެރިކާއާއި އަދި ޔޫރަޕުގެ ބައެއް އެހެން ގައުމުތަކުގެ ބާރުގައި ނޭޓޯގެ ވަރަށް ބާރުގަދަ އެލަޔަންސް ޕާރޓްނަރެކެވެ. އޮކްޓޮބަރު 7 ގައި އިސްރާއީލް-ހަމާސްގެ ހަނގުރާމަ […]

ހަނިއްޔާ ޝަހީދުކޮށްލުމަށް އިމާރާތަށް ބޮން ވައްދާފައި ވަނީ 2 މަސް ކުރިން

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމަށް އެ މަނިކުފާނު ހުންނެވި އިމާރާތަށް ބޮން ވައްދާފައި ވަނީ މީގެ 2 މަސް ދުވަސް ކުރިންކަން މެދު އިރުމަތީގެ ގައުމުތަކަށް ނިސްބަތް ކުރެވޭ 5 އޮފިޝަލަކު ވަނަވަރު ހާމަ ނުކުރުން ޝަރުތުކޮށް ދަ ނިއުޔޯކް ޓައިމްސްއަށް ކިޔައިދީފިއެވެ. އެމެރިކާގެ އޮފިޝަލަކާއި އީރާނުގެ 2 އޮފިޝަލުން އަދި އަރަބި ދުނިޔޭގެ 5 އޮފިޝަލާ ހަވާލާދީ ނިއުޔޯރކް ޓައިމްސްއިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުގައި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމަކީ ވަރަށް […]