އެމެރިކާގެ ހަނގުރާމަ މަތީ ވަސީލަތްތަކުން އީރާނާ ދެކޮޅަށް އިސްރާއީލަށް އެހިތެރިވެދޭނެތަ؟

އެމެރިކާގެ ކަނޑު ސިފައިންގެ ބިޔަ ލަޝްކަރުތައް މުޅި މެދު އިރުމަތި ފުރާލަފާއި އޮތް އިރު އީރާނުން އިސްރާއީލަށް ރައްދު ހަމަލާ ދީފާނެ ކަމާދޭތެރޭ ތަޖްރިބާކާރުން ސުވާލު އުފައްދަމުން ގެންދާ ކަމަށް މިއަދު ފޮކްސް ނިއުސްގެ ޚަބަރު ގައި ބުނެފައި ވެއެވެ. އެމެރިކާގެ ލަޝްކަރުތަކުން އިސްރާއީލު ރައްކާތެރި ކުރުމުގެ ނަމުގައި އީރާނަށްހަމަލާ ދެމުން ގެންދާނެ ކަމާދޭތެރޭ ޝައްކު ކުރާނެ ޖާގައެއް ނެތް ކަމަށް ފައުންޑޭޝަން ފޯރ ޑިފެންސް އޮފް ޑިމޮކްރެސީޒް ސީނިއަރ އެޑްވައިޒަރ ރިޗަރޑް ގޯލްޑްބާރގް ފޮކްސްނިއުސްއަށް ކިޔާދީފައިވެއެވެ. […]
އުތުރު އަޔަރލޭންޑުގައި ނަސާރާއިންގެ މަޒްހަބީ ތަފާތު މުސްލިމުންގެ ބިރަކަށް

އުތުރު އަޔަރލޭންޑުގެ އިނގިރޭސި ނަސްލުގެ ރައްޔިތުންގެ އާބާދީ ގިނަ ޝަހަރުތަކުގައި އުފެދިފައިވާ މަޒްހަބީ ތަފާތު ފާއިތުވެގެން މިދާ ދުވަސްތަކުގެ ތެރޭގައި ބިރުވެރި ހާލަތަށް ބަދަލުވެ އެކަމުގެ ނުރައްކާތެރިކަން އެ ޝަހަރު ތަކުގައި ދިރިއުޅޭ ބައިމަދު މުސްލިމުންގެ އާބާދީންވެސް ކުރިމަތި ލާން ޖެހިއްޖެ ކަމަށް އިއްޔެ އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުގައި ބުނެފައި ވެއެވެ. އުތުރު އަޔަރލޭންޑުގައި އުފެދިފައިވާ މަޒްހަބީ ދެކޮޅުވެރިކަމަކީ ޒަމާންތަކަށް ދެމިގެންދާ ދެކޮޅުވެރި ކަމެކެވެ. 1998 ވަނަ އަހަރު ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބިގެންދިޔަ ކަމުގައިވިޔަސް އިނގިރޭސިންނަށް […]
އީރާނުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ޗައިނާ އެހީތެރިވެދޭނެ

އިއްޔެ ހަވީރު ބެއިޖިންގ އިން ރޮއިޓާރސް ދީފައިވާ މުހިންމު ޚަބަރުތަކުގެތެރޭގައި ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު އަލީ ބާޣެރީ ކާނި އާއިއެކު ފޯނުން ވާހަކަ ދައްކަވަމުން ބައިނަލް އަގްވާމީ ގާނޫނުތަކުގެ ތެރެއިން އީރާނުގެ މިނިވަންކަމާއި ސިޔާދަތާއި ޝަރަފް ރައްކާތެރި ކުރުމަށްޓަކައި ޗައިނާއިން އަބަދުވެސް އެހީތެރިވެދޭނެކަމަށް ވިދާޅުވެފައިވާ ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ޚަބަރު ފާހަގަކުރެވެއެވެ. ޗައިނާއިން އަބަދުވެސް މަސައްކަތްކުރަމުންގެންދާނީ މެދުއިރުމަތީގައި ސުލްހަވެރި މާހައުލެއް ގާއިމް ކުރުމަށާއި އަދި އީރާނާއެކު […]
ހަނގުރާމަ ހުއްޓުވުމާބެހޭ ގޮތުން މި ހަފުތާއަށް ތާވަލު ކުރެވިފައިވާ ބައްދަލު ވުމަކަށް ނުދާނަން

އެމެރިކާގެ ރައީސް ޖޯ ބައިޑްން އިއްޔެ ވިދާޅުވެފައިވަނީ އިސްރާއީލުގެ ލީޑަރޝިޕުން ބައެއް ކަންބޮޑުވުންތައް ހާމަކުރަމުން ގެންދިޔަނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. “ އަހަރެންގެ ހުށައެޅުން އެއޮތީ ޖީ-7 ގެ ގައުމުތަކުން ތާއީދުކޮށް އަދި ޔޫ.އެން. ގެ ސެކިއުރިޓީ ކައުންސިލުން ތާއީދުކޮށް އެ ޖަމާއަތުގެ ރަސްމީ ސިއްކަ ޖައްސާފައެވެ. އަހަރެންނާއި އަހަރެންގެ ޓީމުން ކެނޑިނޭޅި މަސައްކަތްކުރަމުން މި ގެންދަނީ މެދުއިރުމަތީގެ މަސްރަހް އިތުރަށް ހޫނުވިޔަ ނުދީ މައްސަލައަށް ހައްލެއް ހޯދުމަށެވެ. “ ސީ ބީ […]
ޖަޕާނުގައި ފުރަތަމަފަހަރަށް ބޮޑެތި ބިންހެލުންތަކާބެހޭ އިންޒާރު އާންމުކޮށްފި

މިދިޔަ ބުރާސްފަތި ދުވަހު ޖަޕާނުގެ އިރުދެކުނު ސަރަހައްދުން މިއާޒަކީއަށް އައި 7.1 ބާރުމިނުގެ ބިންހެލުމާ ގުޅިގެން ފުރަތަމަ ފަހަރަށް ޖަޕާނު ސަރުކާރުން ބޮޑެތި ބިންހެލުންތަކާ ބެހޭގޮތުން އިންޒާރުދީ ހޭލުންތެރި ކުރުވަން ފަށައިފިއެވެ. ޖަޕާނު ސަރުކާރުގެ އިންޒާރުގައި ބުނެފައި ވަނީ އެ ބިންހެލުމާއި ގުޅިގެން ނަންކާއި ޓްރަފްގެ ކަނޑުއަޑީގެ ޒޯނުން 9.1 ބާރުމިނުގެ ބިންހެލުން އައުމަށް ފުރުސަތު ހުޅުވިފައިވާ ކަމަށް ސައިންސް ވެރިން ލަފާކޮށްފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހުގެ ބިންހެލުމުގައި ޖަޕާނުގެ އިރުދެކުނު ސަރަހައްދުގެ ރަށްތަކަށް ގުޑުން […]
ޝެއިޚް ހަސީނާ އަދި ބަންގްލާދޭޝް އަށް ވަޑައިގަންނަވާނެ: ދަރިކަލުން

އިދިކޮޅު އިހްތިޖާޖުތަކާގުޅިގެން މަގާމުން އިސްތިއުފާދެއްވި ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިންތިޚާބް އިއުލާންކުރުމުން އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ހަސީނާގެ ދަރިކަލުން ސަޖީބު ވަޒެދް ޖޯއީ ވިދާޅުވެއްޖެއެވެ. އެތައްހަފްތާއަކަށް ދެމިގެންދިޔަ އިދިކޮޅު މުޒާހަރާ ތަކާގުޅިގެން އިސްތިއުފާދެއްވުމަށްފަހު ގައުމު ދޫކުރައްވާ ޝެއިޚް ހަސީނާ ވަޑައިގެންނެވީ އިންޑިޔާ އަށެވެ. އެއަށްފަހު އަދިވެސް ހުންނެވީ އިންޑިޔާގައި ކަމަށް ވެއެވެ. ބަންގްލާދޭޝް މީޑިޔާ ބުނާގޮތުން މުޒާހަރާތަކުގައި ފައްސަތޭކައަށް ވުރެގިނަ މީހުން ވަނީ މަރުވެފައެވެ.މީގެ ތެރެއިން ގިނަބަޔަކު މަރުވީ ފުލުހުން ބަޑިޖެހުމުގެ ސަބަބުންނެވެ. […]
ހަމަލާ ދިނުމުގައި އާންމުންނަށް ގެއްލުން ނުވާނެގޮތަށް ބެއްލެވުމަށް ޕޫޓިން އެދިވަޑައިގެންފި

އީރާނުން އިސްރާއީލަށް ހަމަލާދިނުމުގައި ކެތްތެރިކަން އިސްކުރެއްވުމަށާއި އަދި ހަމަލާ ދިނުމުގައިވެސް ވީހާވެސް ބޮޑަށް އާންމު ރައްޔިތުންނަށް ގެއްލުން ނުލިބޭނެގޮތްތަކަށް ބައްލަވާފައި ހަމަލާތައް އަމާޒު ކުރުމަށް ރައީސް ޕޫޓިން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ ކިބައިން އެދިވަޑައިގެންފިއެވެ. ރަޝިޔާގެ ރައީސް ފޮނުއްވި މެސެޖް އީރާނުގެ ސުޕްރީމް ލީޑރަށް ރައްދުކޮށްދެއްވީ ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ސާރޖީ ޝޮއިގޫ އެވެ. އިސްރާއީލުން ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާއާއި ހިޒްބު ﷲ ގެ ކޮމާންޑަރ […]
އިސްރާއީލަށް ހަމަލާދިނުން ނޫން އެހެން އަމުރެއް މިހާތަނަށް ލިބިފައެއްނެތް:އީރާން

މިއަދު ހެނދުނު 5:35 ގައި ޔުނައިޓެޑް ނޭޝަންސް އާއި އަދި ދުބާއި އިން ރޮއިޓާރސް ދީފައިވާ ޚަބަރުތަކުގައި އެންމެ ފަލައަކުރުން ފާހަގަކޮށްފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް ކުރިއަށްދާ ގޮތުން ރައީސް ބައިޑްންގެ ގަރާރަށް އަމަލު ކުރެވިދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނުލިބޭތީ ކުރިއްސުރެން ވިސްނާފައިވާގޮތަށް އިސްމާއީލް ހަނިއްޔާ އާއި ފުއާދު ޝުކުރު ޝަޙީދުކޮށްލުމުގެ ބަދަލު އިސްރާއީލުގެ ކިބައިން ހިފުންނޫން އެހެން ގޮތެއް ނެތް ކަމުގައި އީރާނުގެ ރިވޮލިއުޝަނަރީ ގާރޑުންގެ ޑެޕިއުޓީ ކޮމާންޑަރ އީރާނުގެ މީޑިއާތަކަށް އިއްޔެ ދެއްވި […]
ހަނގުރާމަ ހުއްޓާލައިފިނަމަ އިސްރާއީލަށް ޙަމަލާދިނުން ދެވަނަ ވިސްނުމަކަށް ދެވިދާނެ : އީރާން

ޙަމާސްގެ ލީޑަރ އިސްމާޢީލް ހަނިއްޔާއާއި ޙިޒްބުއްލާ ގެ ކޮމާންޑަރ ފުޢާދު ޝުކޫރު ޝަހީދު ކޮށްލުމާއި ގުޅިގެން އިސްރާއީލަށް ހިތިރަހަގަދަ އަދަބެއް ދޭނެކަމަށް އީރާނުން އިންޒާރު ދެމުން ގެންދާ މި ދަނޑިވަޅުގައި އެ ޙަމަލާތަކުން ދުނިޔެއަށް މެދުވެރިވެދާނެ ނުރައްކާތެރި ކަމާހުރެ އެ ޙަމަލާ ނުދީ ފަރުޖެހިދާނެ އެހެންގޮތެއް ހޯދުމަށް ވަރަށް ގިނަ ގައުމުތަކުން އީރާނުގެ ކިބައިން އެދެމުން އެބަދެއެވެ. އެގޮތުން އިރާނުގެ ބޭނުމަކީ ފަނާކުރަނިވި ހަނގުރާމައެއް ކުރުން ނޫންކަމުގައިވާއިިރު ފަލަސްތީނުގެ ހަނގުރާމަ ހުއްޓުމުގެ މަޝްވަރާ ތަކުގައިވެސް ކުރިއެރުންތަކެއް ލިބެމުންދާތީ […]
އިސްރާއީލުން ހިންގި ޖަރީމާގެ އަދަބު ތަންފީޒު ކުރެވިގެންދާނެ

ކޮންމެ ގޮތަކަށް ހާލަތު މައިތިރި ކުރަން ބައިނަލްއަގްވާމީގޮތުން މަސައްކަތްކުރިއަސް ހިޒްބު ﷲ ގެ ލީޑަރ ފުއާދު ޝުކުރު އާއި ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ވޭންދެނިވި ގޮތަކަށް އިސްރާއީލުގެ ކިބައިން ނުހިފާނެ ގޮތެއް ނޯންނާނެކަމަށް ހިޒްބު ﷲ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ހަސަން ނަސްރު ﷲ ވިދާޅު ވެއްޖެކަމަށް ސީ އެން އެން އަށް ހަވާލާދީ މިއަދު ހެނދުނު ރޮއިޓާރސް އިން ޚަބަރު ދީފިއެވެ. އިސްރާއީލުގެ ސިފައިންނާއި ސަރުކާރާއި އާބާދީތަކާއި ފަލަސްތީނުން ފޭރިގެންފައިވާ ބިންތަކުގައި […]