ރަޝިޔާ ސިފައިން ކުރިއަރަމުންދާއިރު ޔޫކްރެއިން ސިފައިން މިތިބީ ދެކޮޅަށްދުވާ ބޯވާދިލަމަހަށްވެފައި

އިރުމަތީ ޔޫކްރެއިނުގެ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ކުރިއަރަމުންދާއިރު ޔުކްރެއިންގެ ސިފައިންނަށް ހުރިހާ ދިމާއަކުން މަގު ބަންދުވަމުންދާ ކަމަށް ބީ ބީ ސީގެ ޚަބަރުގައި ބުނެފިއެވެ. ޔޫކްރެއިން ސިފައިންގެ އޮފިސަރަކު ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ޕޮކްރޮވުސްކްގެ ދެކުނު ބޯރޑަރ ލައިން ސަރަހައްދުގައި ހުރެފާ ބީ ބީ ސީ އަށް ކިޔާދީފައިވަނީ ޔޫކްރެއިން ސިފައިންނަށް ކުރިމަތިލާން ޖެހިފައިވަނީ ބަޔާންކުރަން ދަތި ހާލަތެއް ކަމަށެވެ. ރަޝިޔާގެ ސިފައިން މިހާރު ތިބީ ޕޮކްރޮވުސް ސިޓީ ވަށާލައިގެންނެވެ. ޔޫކްރެއިން ސިފައިންނަށް ބޭނުން އެއްވެސް ވަސީލަތެއް […]
ފަލަސްތީނުގެ މިނިވަން ދައުލަތަކާނުލައި އެއްވެސް ރޭވުމެއް އެމިރޭޓްސް އިން ގަބޫލެއް ނުކުރާނަން

މަތީގައި އެވަނީ މިއަދު އަލްޖަޒީރާގެ އެންމެ މުހިންމު އެއް ސުރުޚީއެވެ.ޚަބަރުގައި ބުނެފައިވާގޮތުން ހަމާސް އާއި އިސްރާއީލާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލައި ދެން ކަންތައް ކުރަންވީގޮތް ތަރުތީބު ކުރުމުގެ ވާހަކަތައް ދެކެވެމުންދާ މިވަގުތުގައި އެކަމަށް ކުރެވޭ އެއްވެސް މަޝްވަރާއެއް ނުވަތަ ރޭވުމެއްގައި ފަލަސްތީނުގެ މިނިވަންދައުލަތެއް ގާއިމްކުރެވިފައި ނުވާނަމަ އެމިރޭޓްސްއިން އެ މަޝްވަރާއެއްގައި ނުވަތަ ރޭވުމެއްގައި ބައިވެރި ނުވާނެކަމަށް ޚާރިޖީ ވަޒީރު އަބްދު ﷲ ބިން ޒައިދު އަލް ނަހްޔާން ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމައިގެ ފަހުން ގައްޒާއާއި […]
ހޫތީންގެ ހައިޕަރސޯނިކް މިސައިލް އިސްރާއީލާ ހަމަޔަށް 11 މިނިޓުން

ބިޒްނަސް އިންސައިޑަރ ގެ ޚަބަރުތަކަށް ބަލާއިރު އެންމެ ފާހަގަ ކުރެވޭ އެއް ޚަބަރަކީ ހޫތީ މުޖާހިދުން ހައިޕަރސޯނިކް ބެލިސްޓިކް މިސައިލަކުން އިސްރާއީލަށް ހަމަލާ ދިން ޚަބަރެވެ. އެ މިސައިލް 1200 މޭލުގެ ދުރުގައި އޮތް އިސްރާއީލާ ހަމަޔަށް ދިއުމަށްޓަކައި ހޭދަކުރީ ހަމައެކަނި 11 މިނިޓް ކަމަށް މުޖާހިދުން ބުނެފައިވެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބުނެފައިވަނީ އެ ހަމަލާގެ ބަދަލުގައި ހޫތީ މުޖާހިދުން ވަރަށް ބޮޑު އަގެއް ދޭން ޖެހޭނެ ކަމަށެވެ. އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ ހޫތީ މުޖާހިދުންގެ […]
ޔޫކްރެއިނުން އަރައިގަނެގެންތިބި ކާރސްކްގެ ބައެއް އަނެއްކާ ރަޝިޔާއިން އަތުލައިފި

ރަޝިޔާގެ ކާރސްކް ސަރަހައްދުން ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ބައެއް އަވަށްތައް އަނެއްކާވެސް ރަޝިޔާ ސިފައިން އަތުލައިފިއެވެ. ކީވުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޒެލެންސްކީވެސް ވަނީ އެ ސަރަހައްދުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކާއި ޔޫކްރެއިނުން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ. ޔޫކްރެއިންގެ ކޮމާންޑަރ އިން ޗީފް އޯލެކްސަންޑަރ ސައިރސްކީ ބުނެފައިވަނީ ރަޝިޔާގެ ކާރސްކް ސަރަހައްދުން ސަތޭކަ އަވަށް އޯގަސްޓްމަހުގެ ހަމަލާގައި ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެނެވުނު ކަމަށެވެ. […]
ފަގީރު ބައިވެރިޔާއަތުން ބެލިސްޓިކް މިސައިލް ލިބުމުން ރަޝިޔާއަށް ހިންދެމިލެވޭނެ

ސުރުޚީއަކީ ބިޒްބަސް އިންސައިޑަރގެ ސުރުޚީއެކެވެ. ބުނަން ބޭނުންވަނީ އީރާނުން ރަޝިޔާއަށް ފަތުހު-360 މަރުކާގެ މިސައިލް ފޯރުކޮށްދީފިކަމަށް ވައިޓް ހައުސް އިން ބުނެފައިވާ ވާހަކައެކެވެ. މިއީ ކައިރިން ހަމަލާދޭން ބޭނުންކުރާ ބެލިސްޓިކް މިސައިލެއްކަމާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިޔާއިން އެ މަރުކާގެ މިސައިލް ޔޫކްރެއިނާ ދެކޮޅަށް ބޭނުން ކުރާނެ ކަމަށްވެސް ވައިޓްހައުސް އިން އިންޒާރު ދީފައި ވެއެވެ. ވައިޓް ހައުސްހެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކާރބީ ބުނެފައިވަނީ އީރާނުން ރަޝިޔާއަށް ފޮނުވީ ކިތައް މިސައިލްކަން ނޭގޭ […]
ޔޫކްރެއިނުން އަރައިގަނެގެން ތިބި ކާރސްކްގެ ބައެއް އަނެއްކާ ރަޝިޔާއިން އަތުލައިފި

ރަޝިޔާގެ ކާރސްކް ސަރަހައްދުން ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ބައެއް އަވަށްތައް އަނެއްކާ ވެސް ރަޝިޔާ ސިފައިން އަތުލައިފިއެވެ. ކީވުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޒެލެންސްކީ ވެސް ވަނީ އެ ސަރަހައްދުގައި ރަޝިޔާ ސިފައިންގެ ހަމަލާތަކާއި ޔޫކްރެއިނުން ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ތަފްސީލެއް ނުދެއްވައެވެ. ޔޫކްރެއިންގެ ކޮމާންޑަރ އިން ޗީފް އޯލެކްސަންޑަރ ސައިރސްކީ ބުނެފައިވަނީ ރަޝިޔާގެ ކާރސްކް ސަރަހައްދުން ސަތޭކަ އަވަށް އޯގަސްޓްމަހުގެ ހަމަލާގައި ޔޫކްރެއިން ސިފައިންގެ ބާރުގެ ދަށަށް ގެނެވުނު […]
ޔޫކްރެއިނުން ރަޝިޔާގެ ކާރސްކަށް އަރައިގަތުމަކީ މޮޔަކަމެއް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ ޔޫކްރެއިނުން ރަޝިޔާގެ ކާރސްކަށް އަރައިގަތުމާ ބެހޭގޮތުން ނެކްސްސްޓާރ ޑޮޓް ކޮމް އިން ތައްޔާރުކޮށްފައިވާ ރިޕޯރޓެކެވެ. ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައަކީވެސް ދިގުދެމިގެންދާ ހަނގުރާމައަކަށްވެފައި އެކަމުގެ ނޭދެވޭ އަސަރުތައް މުޅި ދުނިޔޭގެ އިގްތިސާދު ގެންދަނީ ނޭންގުމެއްގެ ތެރެއަށް ވައްޓާލަމުންނެވެ. މި ރިޕޯރޓުގެ އަސާސް ކަމުގައި ބަލައިފައިވާނީ ހަނގުރާމައާއިބެހޭ ތަޖުރިބާކާރު ފިލޯސަފަރ ވޮން ކްލޯޒްވިޓޒް ތަޢާރުފް ކޮށްދީފައިވާ ސެންޓަރ އޮފް ގްރެވިޓީއެވެ. ހަނގުރާމައެއްގައި ސެންޓަރ އޮފް ގްރެވިޓީއަކީ ހުރިހާ ބާރަކާއި މޫވްމެންޓްތަކެއް ޖަމާވެފައި […]
ޒެލެންސްކީގެ އާދޭހަށް އެމެރިކާގެ ޖަވާބު

ޖަރުމަނުގެ ރަމްސްޓީން އެއަރބޭސް އިން ރޮއިޓާރސް ދީފައިވާ މުހިންމު ޚަބަރުތަކުގެ ތެރޭގައި އެމެރިކާއާއި ހުޅަނގުން ފޯރުކޮށްދީފައިވާ މިލިޓްރީ ވަސީލަތްތައް ބޭނުންކޮށްގެން ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމުގެ ހުއްދައަށް އެދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ކުރައްވަމުން ގެންދަވާ އާދޭހަށް އެމެރިކާގެ ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ދެއްވި ފިނި ޖަވާބު ފާހަގަ ކުރެވެއެވެ. ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން ވަރަށް ސަރީހަ ބަހުރުވައިން ވިދާޅުވެފައިވަނީ ރަޝިޔާގެ އެތެރެއަށް ޔޫކްރެއިނުން ހަމަލާދޭން ފެށުމަކުން ހަނގުރާމައިގެ މިސްރާބު ޔޫކްރެއިނަށް ފަހިވާގޮތަށް ބަދަލުވެގެން ނުދާނެ […]
އީރާނުން އިސްރާއީލަށް ހަމަލާ ދީފާނެ ކަމަށް ބިރުން ތިބޭއިރު އީރާނުގެ މިސައިލް ޕްރޮގްރާމް މަތިން ދުނިޔެ ހަނދާން ނެތުނީބާ!

ސުރުޚީއަކީ އެސޯޝިޢޭޓެޑް ޕްރެސްގެ ޖޯން ގަމްބްރެލް ކޮށްފައިވާ ސުވާލެކެވެ. ދުބާއި އިން އެސޯޝިއޭޓެޑް ޕްރެސްގެ ޚަބަރުތަކަށް ބަލާއިރު ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ އީރާނުގައި ހުންނަވަނިކޮށް ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް އީރާނުން ވައުދުވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލަށް ސީދާ ހަމަލާ ދިނުމުގައި އީރާނުގެ މިސައިލް ޕްރޮގްރާމުގެ ބޭނުން ކުރާނެ ކަމަށް ބެލެވޭ ޚަބަރު ހިމެނެއެވެ. އެކަމަކު އެ މިސައިލްތަކުން ކިހާވަރެއްގެ ގެއްލުމެއް އިސްރާއީލަށް ދެވިދާނެ ހެއްޔެވެ؟ 1991 ވަނައަހަރު ގަލްފު ހަނގުރާމައިގެ ދުވަސްވަރު ސައްދާމް […]
ހިޒްބުﷲގެ ބާރުގެ ދަށުގައި އެކްސްޕްލޯސިވް އިލެކްޓްރޯ މެގްނެޓިކް ވޯރހެޑް އުފުލޭނެ ބޮމާއި މިސައިލް ހުންނާނެ:އީރާން

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހިޒްބު އަށް ފޯރުކޮށްދީފައިހުރި ބާރުގަދަ އޭ އެމް ޕީ ( އިލެކްޓްރޯ މެގްނެޓިކް ޕަލްސް ވެޕަން ) ހަތިޔާރަކީ އިސްރާއީލަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ހާމަވެއްޖެއެވެ. އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ހިޒްބު ﷲ އަށް ފޯރުކޮށްދީފައިހުރި ބާރުގަދަ އޭ އެމް ޕީ ( އިލެކްޓްރޯ މެގްނެޓިކް ޕަލްސް ވެޕަން ) ހަތިޔާރަކީ އިސްރާއީލަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ހާމަވެއްޖެއެވެ. އީރާނުގެ ރިޓަޔަރޑް ޖެނެރަލަކު ބުނެފައިވާގޮތުގައި ހިޒްބު ﷲ އަތުގައި […]