ހޫނުމިން މަތިވުމުން ކުރިމަތިވާނެ މައްސަލަތަކަށް ޔޫރަޕުން ހައްލު ހޯދައިފި

ޔޫރަޕުގެ ހޫނުމިން އިޔާދަނުކުރެވޭ ވަރަށް މައްޗަށް ދިޔުމާއެކު، އިރުން ހަކަތަ އުފައްދާ ސޯލާ ޕެނަލްތައް ހަރުކޮށް ހޫނު މޫސުމުގައި ފިނިކުރުމަށް ބޭނުންވާނެ އިތުރު ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިފިއެވެ. ޖޫންމަހުގައި، ދުނިޔޭގެ ފިނިހޫނުމިން ދުވަހަކުވެސް ނުދާހާ މައްޗަށް އަރައިގެން ދިޔުމާއެކު، ދެކުނު ޔޫރަޕުގެ ގައުމުތަކަށް އޭގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. އެގޮތުން، ހޫނުމިން މަތިވުމާއެކު، ވަލު ސަރަހައްދުތަކުގައި ރޯވެ އެނދުމާއި، ފެނަށް ޖެހުމުގެ ސަބަބުން މީހުންވެސް މަރުވެފައިވެއެވެ. އެހެންނަމަވެސް އިރުން އުދެއްދި ހަކަތައިން މި މައްސަލަތަކަށް […]
ފަލަސްތީނު މައްސަލާގައި އޮސްޓްރޭލިއާގެ ބަސްމަގު ހަރުކަށި ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި

ފަލަސްތީނު-އިސްރާއީލު މައްސަލާގައި އޮސްޓްރޭލިއާގެ އެތެރޭގައި އޮތް ބައިބައިވުން ނައްތާލުމަށްޓަކައި އޮސްޓްރޭލިއާގެ ސަރުކާރުން ކުރިއަށް އޮތްތާ އެމައްސަލާގައި ގެންގުޅޭ ބަސްމަގު ހަރުކަށިކުރުމަށް ނިންމާފައިވާކަން އެގައުމުން ހާމަކޮށްފިއެވެ. އެގޮތުން، ފަލަސްތީނުގެ ވެސްޓު ބޭންކުގައި ގަދަކަމުން ވަޒަންވެރިވެ އުޅޭ އިސްރާއީލުގެ މީހުންނަކީ ”ގާނޫނާއި ގަވާއިދާއި ޚިލާފަށް“ އުޅޭ ބައެއް ކަމަށާއި، އެ ސަރަހައްދުތަކަކީ ”ގަދަބާރުން އަތުލައިގެންފައިވާ“ ސަރަހައްދުތަކެއްކަމަށް އޮސްޓްރޭލިއާއިން ބުނެފައިވެއެވެ. އިސްރާއީލާއި އެއްކޮޅު ފަރާތްތަކުން އޮސްޓްރޭލިއާ ސަރުކާރުގެ މި ނިންމުމަށް ފާޑުކިޔައި ނުރުހުން ފާޅުކުރިއިރު، ފަލަސްތީނާއި އެއްކޮޅަށް ތިބި ފަރާތްތަކުން މި […]
ބޮޑު ވަޒީރު އިމްރާން ޙާން މަގާމުން ވަކިކުރުމުގެ ފަހަތުގައި އެމެރިކާގެ އަތެއްވާކަން ސިއްރު ލިޔެކިޔުންތަކުން ހާމަވެއްޖެ

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މަގާމުން ވަކިކުރުމަށް އެމެރިކާއިން ބާރުއެޅިކަން ޕާކިސްތާނުގެ ސިއްރު ލިޔެކިޔުންތަކަކުން ހާމަވެއްޖެއެވެ. މިގޮތުން، އިމްރާން ޚާނާއި މެދު އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ ”ހުރިހާ ކަމެއް މާފުވާނެ“ ކަމަށް އެމެރިކާގެ ޑިޕްލޮމެޓެއް ބުނެފައިވެއެވެ. 7 މާރިޗު 2022 ގައި ބޭއްވުނު ބައްދަލުވުމެއްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިމްރާން ޚާން މަގާމުން ދުރުކުރުމަށް ބާރު އަޅާފައިވާއިރު، ޕާކިސްތާނު ސަރުކާރުގެ ސިއްރު ލިޔެކިޔުމަކުން އެނގޭ ގޮތުގައި އެމެރިކާއިން މިގޮތަށް އެދިފައިވަނީ ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން […]
ކުޅުދުއްފުށީ ރައްޔިތުނެއް ނުގުޑާނެ – ނަޝީދު

ދަ ޑިމޮކްރެޓްސްގެ ވެރިޔާ މުޙައްމަދު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންގެ ޟަމީރު އެހާ އަވަހަށް ނުގުޑާނެ ކަމަށެވެ. ޑިމޮކްރެޓްސްގައި ކުރިން ތިއްބެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފާއި މޭޔަރު މުޙައްމަދު އާތިފާއި ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު، ކައުންސިލަރު ރިލްވާނު މުޙައްމަދު، އައިމިނަތު މަޖީދާ، އަޙުމަދު ޢަބްދުއްލާ އެ ޕާޓީ ދޫކޮށް އިއްޔެ އަލުން އެމްޑީޕީއާ ގުޅިފައިވާތީ އެކަމާއި މީހުންގެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން، ނަޝީދު ވިދާޅުވިއެވެ. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕޭނަށް މިއަދު ހަވީރު ކުޅުދުއްފުއްޓަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ […]
މެދު އިރުމަތީ ގައުމުތަކުގެ މިސާލާއެކު ކުވައިތުގައިވެސް ”ބާބީ“ ފިލްމު ނުދައްކާނެ

”އާންމު އަޚްލާޤީ ހަމަތަކާއި، އިޖްތިމާޢީ އާދަކާދަތައް“ ރައްކާތެރިކުރުމަށްޓަކައި ކުވައިތުގައި ”ބާބީ“ ފިލްމުދެއްކުން މަނާކޮށްފިއެވެ. ކުވައިތުގެ މިނިންމުން އައިސްފައި މިވަނީ އެފިލްމުން ”އެއްޖިންސުން ގުޅުން ހިންގުން“ ކުރިއަރުވާކަމަށް ބުނެ ލުބުނާނުގެ މިނިސްޓަރަކު އޭނާގެ ގައުމުގެ ސިނަމާތަކުގައި ފިލްމު އެޅުވުނަ މަނާކުރުމަށް ގޮވާލިތާ ދުވަސްކޮޅެއް ފަހުންނެވެ. ”އެ ފިލްމުގައި އެއްޖިންސުން ގުޅުން ހިންގުމާއި، ޖިންސު ބަދަލުކުރުން ކުރިއެރުވުމުގެ އިތުރުން، ބަފައިމީހާގެ ބެލެނިވެރިކަން ދޫކޮށްލުމަށް ގޮވައިލާ، ކުދިން ބޮޑެތިކުރުމުގައި މައިމީހާގެ ދައުރަށް ފުރައްސާރަކޮށް، ކައިވެނިކުރުމާއި އާއިލާ ބިނާކުރުމުގެ މުހިންމުކަމާމެދު ސުވާލު އުފައްދާ.“ […]
ފަލަސްތީނު މީހަކު މަރާލައި އިޒްރޭލުން ދިން ހަމަލާއަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާއިން ބުނެފި

ފަލަސްތީނުގެ ބިމުގައި އާބާދުވެ ދިރިއުޅެމުން އަންނަ އިސްރާއީލުގެ ޔަހޫދީ ގުރޫޕަކުން ފަލަސްތީނުގެ މީހަކު މަރާލި ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށްބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ހަރުކަށި ކަނާއަތުގެ ފިކުރަށް ތާއީދުކޮށް ވެރިކަންކުރާ އިސްރާއީލުގެ ވެރީން އެމީހުން ދިރިއުޅެމުން އަންނަ ފަލަސްތީނުގެ ހުޅަނގުގެ ސަރަހައްދު ހަލަބޮލިކުރަމުންދާ ދިޔުމާއި މެދު އެމެރިކާގެ ނުރުހުންތެރިކަން ވަރަށް ބޮޑަށް އެނގި ހާމަވެގެން ހިނގައްޖެއެވެ. ބުރްކާ އަވަށޫގައި ހިނގައިދިޔަ ހަމަނުޖެހުމުގައި އިސްރާއީލުގެ ފުލުހުން ދެމީހަކު ހައްޔަރުކޮށްފައި ވެއެވެ. ފަލަސްތީނުގެ ބައެއް ރައްޔިތުންނާއި ހަވާލާދީ ރިޕޯޓުތައް […]
ޒުވާނުންނަށް ހާޓް އެޓޭކް ޖެހޭ މިންވަރު އިތުރުވަނީ ކީއްވެ؟

ދިރާސާތަކުން ދައްކާގޮތުގައި ޒުވާނުން, 50 އަހަރުން ދަށުގެ މީހުންގެ ތެރޭގައި، ”ހާޓް އެޓޭކް“ ނުވަތަ ހިތް ހުއްޓޭ ބަލީގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އިތުރުވެއްޖެއެވެ. އަދި އެންމެ ނޭދެވޭ އަސަރުތައް ކުރަނީ އޭގެ ތެރޭގައި ހިމެނޭ އަންހެނުންނަށް ކަމަށްވެސް ދިރާސާތަކުން ދައްކައެވެ. އެހެންނަމަވެސް އެކަމުން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަން މިހާރު އަހަރެމެންނަށް އެނގެއެވެ. ފާއިތުވި އަހަރުތަކުގައި އެއްކުރެވުނު ދިރާސީ ހެކިން އެނގޭ ގޮތުގައި ހިތުގެ މައްސަލަތައް އެންމެ ގިނައިން ކުރިމަތިލާން ޖެހެނީ އާންމުންގެ ތެރެއިން ޒުވާން އުމުރުފުރާގެ […]
ގޭންގުތަކާއި ހަނގުރާމަކުރުމަށް އެލް ސެލްވަޑޯރގެ އެތައް ހާސް ސިފައިންނެއް މަގުމައްޗަށް ނެރެނީ

ގޭންގު މާރާމާރީއާއި ހަމަނުޖެހުން ނައްތާލުމަށްޓަކައި އަސްކަރީ ބާރުގެ 8000 ސިފައިން މަގުމައްޗަށް ނެރުމުގެ އަމުރެއް ސެލްވަޑޯރގެ ރައީސް ނަޔިބް ބުކޭލޭ ނެރުއްވައިފިއެވެ. އޭނާ ވެރިކަމަށް ހޮވިވަޑައިގަތީ އެގައުމުގައި ދިރިއުޅޭ ހުރިހާ ގޭންގު މެންބަރުން ހިފައި ހައްޔަރުކުރުމަށް ވައުދުވެގެންނެވެ. އެގޮތުން، ސެލްވަޑޯރގެ އެތައް ހާސް ސިފައިންނާއި ފުލުހުން ގޭންގުތަކުގެ ހަރަކާތްތައް އެންމެ ބޮޑަށް އޮންނަ ކަބާނާސްގެ މައި ސަރަހައްދު މިހާރު ވަށާލާފައިވާކަމަށް އެގައުމުގެ ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ބުކޭލޭ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައިވަނީ މިދިޔަ […]
އިންފްލޭޝަން ބޮޑުވުމާއެކު ޕާކިސްތާނު އިޤްތިޞާދީ ކާރިސާއެއްގެ ތުންފަތްމަތީގައި

ބޮޑުވަމުންދާ އިންފްލޭޝަންގެ ސަބަބުން ޕާކިސްތާނުގެ މިސްރާބުހުރީ ސްރީލަންކާގައި ދިމާވިފަދަ އިޤްތިޞާދީ ކާރިސާއަކާއި ދިމާއަށްކަން ހާމަވެއްޖެއެވެ. ޕާކިސްތާން ބޭންކްރަޕްސީއަކާއި ހަމައަށް ހިނގައްޖެނަމަ، ސްރީލަންކާއަށްވުރެ އެތައް ގުނައެއް ހާލަތު ގޯސްވާނެކަމަށް ގިނަ ފަރާތްތަކުން ލަފާކުރެއެވެ. ޕާކިސްތާނަކީ ސްރީލަންކާއަށްވުރެ އެތައް ގުނައެއް ބޮޑު އަދި އެތައް ދަރަޖައެއް ފަގީރު ގައުމެކެވެ. ޕާކިސްތާނުގެ ފައިސާގެ އަގު ދުނިޔޭގެ ބާޒާރުގައި ވެއްޓެމުން އަންނައިރު، ފާއިތުވެދިޔަ ހަފްތާގައި އެކަނިވެސް 14 އިންސައްތަ ވަނީ ވެއްޓިފައެވެ. އިންފްލޭޝަން މަތިވެ ބޯމަތީގައި އޮތްއިރު، އެގައުމުގެ ބޭރުފައިސާގެ ރިޒާވްގައި ހުރީ […]
ހުޅަނގުގެ ވިސްނުންތަކަށް ތާއީދުކުރާ ނައިޖަރގެ ރައީސް ބަޣާވާތަކުން ވައްޓާލައިފި

ހުޅަނގު އެފްރިކާގެ ނައިޖަރގައި ހިންގި ބަޣާވާތަކީ އިމްޕީރިއަލިޒަމަށް ދިން ބޮޑު ހަމަލާއެކެވެ. ބީބީސީގެ ސެކިއުރިޓީ ކަރެސްޕޮންޑަންޓެއްގެ ގޮތުގައި މަސައްކަތްކުރާ ފްރޭންކް ގާޑްނާ ބުނީ އެފްރިކާގެ އެސަރަހައްދުގައި އޮތް ހުޅަނގުގެ ބާރު ”ހޫނު ދުވަހެއްގައި ފެންގަނޑު ހިކިގެންދާ އުސޫލުން ބާރަށް ހިކިގެންދަނީ“ ކަމަށެވެ. ބުދަ ދުވަހު ހިންގި ބަޣާވާތެއްގައި ރައީސް މުޙައްމަދު ބަޒޫމް ހިފަހައްޓާފައިވަނީ އޭނާގެ ރިޔާސީ ގާޑުންނެވެ. ދެން ސިފައިންގެ ބޮޑު ބަޔަކުން އެކަމަށް ތާއީދުކޮށް އެއްބާރުލުން ދީފައިވެއެވެ. ޖެހިގެން އައި ދުވަހު ނައިޖަރގެ ވެރިކަންކުރާ ނިއަމޭގައި […]