އިންޑިއާއަކީ ބްރިކްސްގެ ގައުމުތަކަށް އޮތް ނުރައްކަލެއްތަ؟

ބްރިކްސްގެ ގައުމުތަކަށް ދިން ބަހުގެ ހަމަލާއެއްގައި، ބްރިކްސްގެ ފައިސާއެއް ތަޢާރަފު ކުރި ނަމަވެސް އެއަށް ތާއީދު ނުދޭނެކަމަށާއި އިންޑިއާއިން މަސައްކަތްކުރާނީ އިންޑިއާ ރުފިޔާ (އިންޑިއަން ރުޕީސް) ކުރިއެރުވުމަށް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ބްރިކްސްގެ ތެރޭގައި ހިމެނޭ އެހެން ގައުމުތަކުން ބްރިކްސް ކަރަންސީއެއް އުފެއްދުމަށް އެއްބާރުލުންދޭން ނިންމާފައިވާއިރު، އެ ފައިސާ އަގުކުރެވޭނީ ކޮންމެވެސް ބާވަތެއްގެ ރަނުގެ އަގުންކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އިންޑިއާއިން މި ފައިސާ ބޭނުންކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. އިންޑިއާއިންގެ ނިންމުންތަކުން […]

ޗައިނާގެ އެކްސްޕޯޓު ވިޔަފާރިއަށް އެންމެ ބޮޑު ވެއްޓުމެއް މިދިޔަ މަހުގެ ތެރޭގައި

ކޯވިޑް-19 ގެ ޢާލަމީ ވަބާއާއި ގުޅިގެން ބައިނަލްއަޤްވާމީ އިޤްތިޞާދުގެ މަޞްރަޙަށް އައި ހީނަރުކަމާއެކު، ޗައިނާގެ އެކްސްޕޯޓު ވިޔަފާރި ދަށްވެ، އެންމެ ބޮޑު ވެއްޓުމެއް ރިކޯޑުކުރެވިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޗައިނާގެ ވިޔަފާރި ބާޒާރަށް ލިބުނު ކުރިއެރުމާއި އާރޯކަން މަޑުޖެހިފައިވާއިރު، އަހަރުގެ ބާކީ އޮތް މަސްތަކުގައި އިތުރަށް ވިޔަފާރި ދަށަށް ދާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ. އެގޮތުން، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮންނަ ޗައިނާގެ ކަސްޓަމްސް ބިއުރޯގެ ތަފާސް ހިސާބުތަކުން […]

އުތުރު އިންޑިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއެކު 41 މީހަކު މަރުވެއްޖެ

އުތުރު އިންޑިއާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 41 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަންގާރަދުވަހު ނޫސްވެރިންނަށް ދިން ބަސްދީގަތުމެއްގައި ހިމާޗަލް ޕްރަދޭޝް އަވަށުގެ ޗީފް މިނިސްޓަރު ސުކްވިންދަރު ސިންހް ސުޚޫ ވިދާޅުވީ އެސަރަހއްދުން 31 މީހަކު މިހާތަނަށް މަރުވެފައިވާ ކަމަށެވެ. އަދި އަވަށްޓެރި ޕަންޖާބުން 10 މީހުން މަރުވެފައިވާ ކަމަށް ރެވެނިއު މިނިސްޓަރު ބަހްމް ޝަންކަރް ޖިމްޕާއާއި ހަވާލާދީ އޭއެންއައި ގައިވަނީ ރިޕޯޓުކޮށްފައެވެ. މިނިސްޓަރު ސުޚޫ މައުލޫމާތު ދެއްވާފައިވާ ގޮތުގައި 6 ހެލިކޮޕްޓަރު ގެއްލުން ލިބުނު […]

ޖަނަވާރުންގެ މެދުގައި ފެތުރެމުންދާ އޭވިއަން އިންފްލޫއެންޒާގެ ނުރައްކާ އިންސާނުންނަށްވެސް އެބައޮތް- ޑަބްލިއުއެޗްއޯ

ހަލުވިކަމާއެކު ޖަނަވާރުންގެ ތެރޭގައި ފެތުރެމުންދާ އޭވިއަން އިންފްލޫއެންޒާ ނުވަތަ ދޫނި ރޯގާގެ ނުރައްކާ އިންސާނުންނަށް ވެސް އެބައޮތްކަމަށް ބުނެ ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރުދީފިއެވެ. މިހާތަނަށް މި ރޯގާގެ އަލާމާތްތަށް ފެނިފައިވަނީ ޖަނަވާރުތަކުގެ ތެރެއިން، ޕޯލްޓްރީއާއި، ދޫނިތަކާއި، ބައެއް މެމަލްތަކުގެ ފަރާތުން ކަމަށްވީއިރު، ހުއިހައްޕައިގެން އާމްދަނީ ހޯދާ ފަރާތްތަކަށް ބޮޑެތި ގެއްލުންތައްދަނީ ކުރިމަތިވަމުންނެވެ. ވައިރަހުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރަނީ ޖަނަވާރުތަކަށްކަމަށް ފާހަގަކުރެވިފައިވީ ނަމަވެސް، އޭގެ ނުރައްކާ އިންސާނުންނަށް ކޮށްފާނެކަމަށް ގަބޫލުކުރެވޭކަމަށް ޑަބްލިއުއެޗްއޯއިން […]

ނޭޓޯ ސަމިޓުގައި ޔޫކްރޭނުގެ ރައީސް ހުންނެވީ އެކަހެރިވެވަޑައިގެން ގިނިކަންޏާ

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އެހެން ގައުމުތަކުގެ އިސްވެރިންނާއި އެކަހެރިވެވަޑައިގެން ވާހަކަފުޅު ނުދައްކަވައި ގިނިކަންޏާ ހުންނަވާ މަންޒަރު، ލިތުއޭނިއާގެ ވެރިރަށް ވިލިނަސްގައި ބޭއްވި ނޭޓޯ ސަމިޓުގެ ތެރެއިން ނެގި ތަސްވީރުތަކުން ވަނީ ފާހަގަކުރެވިފައެވެ. ނޭޓޯގައި ހިމެނޭ ގައުމުތަކުގެ އިސްވެރިންނަށް ހާއްސަކޮށް ރޭ ބޭއްވި ހަފްލާއަކަށް ޒެލެންސްކީ ހާޒިރުވެވަޑައިގެންފައިވަނީ އަނބިކަނބަލުން އޮލެނާ ޒެލެންސްކާ އެކުގައެވެ. އެހެންނަމަވެސް، ހުރިހާ ހާޟިރީން އެއްކޮށް ނެގުނު ފޮޓޯތަކުން ފެންނަނީ ޒެލެންސްކީ އެކަހެރިވެ ވަޑައިގެން ގިނިކަންޏާ ހުންނަވާ މަންޒަރެވެ. އަދި ގިނަ ބައެއްގެ ސަމާލުކަން […]

އިންޑިއާއަކީ ބްރިކްސްގެ ގައުމުތަކަށް އޮތް ނުރައްކަލެއްތަ؟

ބްރިކްސްގެ ގައުމުތަކަށް ދިން ބަހުގެ ހަމަލާއެއްގައި، ބްރިކްސްގެ ފައިސާއެއް ތަޢާރަފު ކުރި ނަމަވެސް އެއަށް ތާއީދު ނުދޭނެކަމަށާއި އިންޑިއާއިން މަސައްކަތްކުރާނީ އިންޑިއާ ރުފިޔާ (އިންޑިއަން ރުޕީސް) ކުރިއެރުވުމަށް ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ. ބްރިކްސްގެ ތެރޭގައި ހިމެނޭ އެހެން ގައުމުތަކުން ބްރިކްސް ކަރަންސީއެއް އުފެއްދުމަށް އެއްބާރުލުންދޭން ނިންމާފައިވާއިރު، އެ ފައިސާ އަގުކުރެވޭނީ ކޮންމެވެސް ބާވަތެއްގެ ރަނުގެ އަގުންކަމަށް ރަޝިއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް، އިންޑިއާއިން މި ފައިސާ ބޭނުންކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ. އިންޑިއާއިންގެ ނިންމުންތަކުން […]

ޗައިނާއާއި ސޮލޮމޮން އައިލެންޑްސްއާ ދެމެދު ”ތަދުބީރީ“ ގުޅުންތައް ވަރުގަދަކުރަނީ

ޗައިނާއާއި ސޮލޮމޮން އައިލެންޑްސްއާ ދެމެދު ބާއްވާ ތަދުބީރީ ގުޅުންތައް އިތުރަށް ފުރިހަމަކޮށް ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއި ސޮލޮމޮން އައިލެންޑްސްގެ ބޮޑުވަޒީރު މަނާސިހް ސޮގަވެރް ހޯމަ ދުވަހު އިއުލާނުކުރައްވައިފިއެވެ. ދެގައުމުގެ ވެރިން މިކަން އިއުލާނުކުރައްވާފައި މިވަނީ ޕެސިފިކް އައިލެންޑްސް ސަރަހައްދުގައި އޮންނަ ޗައިނާގެ ނުފޫޒާ ގުޅިގެން އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ހާސްކަމެއްގެ ތެރެއަށް ވައްޓައިލި ގައުމީ ސަލާމަތީ އެއްބަސްވުމަށް އަހަރެއް ފުރިފައިވަނިކޮށެވެ. އާދީއްތަ ދުވަހު ބޮޑުވަޒީރު ސޮގަވެރް ބެއިޖިންގްއަށް ވަނީ ވަޑައިގަންނަވައިފައެވެ. […]

އިސްރާއީލުގެ ޑިޓެންޝަން ސެންޓަރުތަކުގައި ތިބި ފަލަސްތީނު ކުދީންނަށް އެތައް އަނިޔާއެއް!

އިސްރާއީލުގެ ޑިޓެންޝަން ސެންޓަރުތަކުގައި ތިބި ފަލަސްތީނުގެ ކުދީންނަށް އަނިޔާކުރަމުންދާކަމަށް ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ، ”ސޭވް ދަ ޗިލްޑްރެން“ އިން ބުނެފިއެވެ. އެކުދިންނަށް ކުރާ ބައެއް އަނިޔާއަކީ ޖިންސީ އަނިޔާކަމަށާއި، މީގެ އިތުރުން އެކުދިންގެ ގައިގާ ތަޅައި، ބިޑި އަޅުވައި، ކަނުބަނދެފައި ބައިިތިއްބާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. އިސްރާއީލުގެ ބާރުތަކުން ހިފަހައްޓާ ފަލަސްތީނުގެ ކުދީންނަށް ނަފްސާނީ އަދި ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ކުރަމުންގެންދާކަން ހާމަވެފައިވާއިރު، ސޭވް ދަ ޗިލްޑްރެންއިން އެކުދީންނަށް ކުރާ އަނިޔާތަކުގެ ތަފްސީލު ހާމަކޮށް […]

އިނގިރޭސިވިލާތަކީ ކްލަސްޓަރ ބޮމްބް ބޭނުންކުރުމާއި ދެކޮޅުހަދާ ގައުމެއް : އިނގިރޭސި ބޮޑުވަޒީރު

އިނގިރޭސިވިލާތަކީ ކްލަސްޓަރ މިއުނިޝަންތައް ބޭނުންކުރުމަށް ދެކޮޅުހަދާ މުއާހަދާއެއްގައި ބައިވެރިވެފައިވާ ގައުމެއްކަމަށް އެ ގައުމުގެ ބޮޑުވަޒީރު ރިޝީ ސުނަކް ވިދާޅުވެއްޖެއެވެ.ހޮނިހިރު ދުވަހު ސުނަކް މިހެން ވިދާޅުވީ ޔޫކްރޭނަށް ބާރުގަދަ އަސްކަރީ ހަތިޔާރުތަކެއް ފޮނުވަން ތައްޔާރުވެފައިވާކަމަށް އެމެރިކާގެ ވޮޝިންގްޓަނުން ހާމަކޮށްފައިވަނިކޮށެވެ. ކުރިމަތިލުންތަކާއި ހަމަނުޖެހުންތައް ނިމުމަށްފަހު ބޭނުންނުކޮށް ހުންނަ ގޮވާ ޒާތުގެ ހަތިޔާރުތަކުން ނުކުމެދާނެ ނުރައްކާތައް ފާހަގަކޮށް އެމެރިކާގެ މި ނިންމުމާމެދު, ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ”އިނގިރޭސިވިލާތަކީ ކްލަސްޓަރ މިއުނިޝަން އުފެއްދުމާއި، ބޭނުންކުރުން މަނާކުރާ، އަދި […]

އިސްޓާންބުލްގެ އާންމު ސަރަހައްދުތަކުގައި ޝީޝާ ބޭނުންކުރުން މަނާކޮށްފި

ޕާކުތަކާއި، އަތިރިމަތި ސަރަހައްދުތައް ހިމެނޭގޮތަށް އިސްޓާންބުލްގެ އާންމު ސަރަހައްދުތަކުގައި ޝީޝާގެ އިސްތިއުމާލުކުރުން އިސްޓާންބުލްގެ ގަވަރުނަރު މަނާކުރައްވައިފިއެވެ. ގަވަރުނަރު ޑާވުތް ގުލް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުންފަތުގެ މަޝްހޫރު ވައްތަރެއްކަމަށްވާ، ޝީޝާ، އާންމު ސަރަހައްދުތަކުގެ އިތުރުން ވަލުތެރެއާއި، ރެކްރިއޭޝަނަލް ސަރަހައްދުތަކުގައި ބޭނުންކުރުމަކީ މަނާކަމެއްކަމުގައެވެ. ”ހުއްދަ ނަގައިގެން މި ސަރަހައްދުތަކުން ބޭރުގައި ޝީޝާ ލައުންޖުތައް ހިންގުން މަނައެއް ނުކުރަން.“ އޭނާ ވިދާޅުވިއެވެ.