ރާނބާ ފަތުގެ މުހިންމުކަން!

ރާނބާ ފަތް ރާނބާ ފަތަކީ ރިހަ ކައްކާއިރާއި އަދި ބައެއް ކަހަލަ ކާތަކެތި ހަދާއިރު ރަހަ ޖެއްސުމަށްޓަކައި ބޭނުންކުރެވޭ ފަތެކެވެ. ރާނބާ އަކީ ރާނބާފަތް އަޅާ ގަހެވެ. މިގަހުގެ ސިފަ ވައްތަރުވާނީ ކަށިނެތް ކަށިމާ ގަހަކާއެވެ. މިގަހުގެ ފަތުގައި މީރުވަހެއް ދުވައެވެ. އަދި މިގަހުގެ ފަތް ތަކެތީގައި މީރުވަސް ދުއްވުމަށާއި ކާތަކެތީގައި މީރު ރަހަލެއްވުމަށް ބޭނުންކުރެއެވެ. ބައެއް ފަހަރު ކަނދި ފަދަ ތަކެތި ތައްޔާރު ކުރާއިރު ވެސް ރަހަ ޖެއްސުމަށް ރާނބާ ފަތް ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. […]
ޏަމްޏަމްގެ ސިއްހީ ފައިދާތައް!

ޏަމްޏަމް އަކީ ހުތްފޮނި މޭވާއެކެވެ. ދޮންނުވާއިރު ވަޅުފެހި ކުލައިގައި ހުންނަ ޏަމްޏަމް ދޮންވުމުން މުށި ރީނދޫ ކުލައަކަށް ބަދަލުވެއެވެ. މިއީ ވެސް ހުތް މޭވާއެއްގެ ގޮތުގައި ކައިއުޅޭ މޭވާ އެކެވެ. މަދުން ނަމަވެސް ޏަމްޏަމް އިން ޖޫސް ތައްޔާރުކޮށްގެން ބޭނުން ކުރެއެވެ. ޏަމްޏަމް ހުންނަނީ ގުރުދާގެ ބައްޓަމަށެވެ. އެތެރޭގައި ބޮޑު އޮށެއް އޮންނަ ޏަމްޏަމްގެ ބޭރުގައި ކުރަކިކަމެއް އެކުލެވިގެންވުމާއެކު، ފިތްފިތް ޖަހާފައި ހުރެއެވެ. ސަލަޑް، އަސާރަ ފަދަ ކާތަކެތި ތައްޔާރު ކުރުމަށް ވެސް ޏަމްޏަމް ބޭނުންކޮށް އުޅެއެވެ. […]
ފައިސާ އަޅާ ގަސް

މާރިނުބޭ ނިކުމެގެން ދިޔުމުން، ހައްވަ ދައިތަ އޭނާގެ ފިރިމީހާ އަލިފުޅުބެ ކުރެން އަހައިލިއެވެ. ދުވަސްގަނޑެއް ކޮށްލާފައި މާރިނު އަހަރުމެންގެއަށް މިއައީ އަނެއްކާ ކޮންކަމެއް ލައިގަތީ ހެއްޔެވެ؟ ދެން އަލިފުޅުބޭ ބުންޏެވެ. މާރިނަކީ ކުޑައިރުގެ އަހަރެންގެ ރައްޓެއްސެއް ނޫން ހެއްޔެވެ؟ އެހެންވެ، ސަލާން ގަލާންކޮށްލައި ހާލުއަހުވާލު ބަލައިލަން ރައްޓެހިން އަންނާނެ ނޫން ހެއްޔެވެ؟ ނުރުހުމުގެ ޗޮކެއް ކަނޑާލާފައި މަލާމާތުގެ ރާގެއްގައި ހައްވަ ދައިތަ ބުންޏެވެ. ހާލުއަހުވާލު ބަލާލަން ރައްޓެހިން އަންނަނީ ފަސްއަހަރުން އެއް އަހަރު ހެއްޔެވެ؟ މިދިޔަ އަހަރު، […]
ޓްރާންސްޕޯޓު މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި ބާހިޒް ނިޔާވެއްޖެ

ރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލްް ޑިރެކްޓަރު ބާހިޒް ޝަފީގު ނިޔާވެއްޖެ އެވެ. ބާހިޒް މިއަދު ނިޔާވިކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އައްޑޫ ސިޓީ، ފޭދޫ އުމުރުން 27 އަހަރުގެ ބާހިޒް ނިޔާވީ ގޮހޮރުގެ އޮޕަރޭޝަނަށް ފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ބާހިޒް ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު ކަމަށް އައްޔަނުކުރީ ޕީއެންސީގެ އިސް އެކްޓިވިސްޓެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށްފަހު އެވެ.
މަސްވެރިންނަށް މިއަދުގެ ނިޔަލަށް 46 މިލިއަން ރުފިޔާ ދޫކުރާނެ: މިފްކޯ

މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި އޮތް 80 ވަރަކަށް މިލިޔަން ރުފިޔާގެ ތެރެއިން 46 މިލިޔަން ރުފިޔާ މިއަދުގެ ނިޔަލަށް މަސްވެރިނަށް ދޫކުރާނެ ކަމަށް މިފްކޯއިން ބުނެފިއެވެ. މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހީމް ސައީދު މިިއަދު ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ އިއްޔެއިން ފެށިގެން ޖަމާކުރަން ފަށާފައިވާ ކަމަށާއި މިއަދުގެ ނިޔަލަށް 46 މިލިއަން ޖަމާކުރާނެ ކަމަށެވެ. މި ސަރުކާރު އައިއިރު، މަސްވެރިންނަށް ނުދީ، 250 މިލިއަން ރުފިޔާގެ […]
އިންޑިއާ ދަތުރު ވަރަށް ކާމިޔާބު، އިހުނަށްވުރެ ގުޅުން ރަނގަޅުވާނެ: ރައީސް

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ނަރެންދުރަ މޯދީ އެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީގެ ހާއްސަ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ހުންނަވައި ”ޕީއެސްއެމް ނިއުސް“ އަށް ދެއްވި އިންޓަވިޔުއެއްގައި ރައީސް ވިދާޅުވީ، އެ ގައުމަށް ކުރެއްވި ދަތުރުފުޅުގެ […]
އިޒްރޭލު މީހުން އައުން މަނާކުރާއިރު ފުންކޮށް ވިސްނަން ޖެހޭ: ގާސިމް

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ މާނައަކީ ރާއްޖެއަށް ޔަހޫދީން އައުން މަނާކުރުން ކަމަށް ސިފަކުރައްވައި، އެއީ ”ފުންކޮށް ވިސްނައިލަން ޖެހޭ“ ކަމެއް ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ. ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން އެ ގައުމުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އައުން މަނާކުރަން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ހުށަހެޅުއްވި ބިލަށް މަޖިލީހުގައި މިއަދު ފެށި ބަހުސްގައި ގާސިމް ވިދާޅުވީ، […]
އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ޕީއެންސީގެ ތާއީދު

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރަން އިމިގްރޭޝަންގެ ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް މިއަދު ތާއީދުކޮށްފިއެވެ. މިއަދު އޮތް ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ވަނަ ޖަލްސާގައި އޮތީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން، އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގާނޫނު އިސްލާހުކުރަން ހުށަހެޅި ބިލު އެޖެންޑާކޮށްފައެވެ. އެ ބިލު […]
ތޮއްޑޫގައި ހަމަނުޖެހުން ހިންގި 8 މީހަކު ހައްޔަރުކޮށްފި

އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކައި، ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން 8 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަަ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ. ދަނޑުވެރިކަމަށް ބިން ދޫކުރުމުގައި ކައުންސިލުން އަމަލުކުރިގޮތާ މެދު ހިތްހަމަނުޖެހިގެން އެ ރަށު ކައުންސިލު ކުރިމައްޗަށް އާންމުން އެއްވެ މުޒާހަރާކޮށްހަމަނުޖެހުން ހިންގީ މި މަހުގެ ފަސް ވަނަ […]
ދިޔަނެރު ފަރަށް އެރި ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

މާލެ ކައިރީގައި އޮންނަ ދިޔަނެރު ފަރަށް އެރި، ޓަގު ބޯޓެއް 20 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދިޔަނެރު ފަރަށް އެރީ، ޓަގު އޭއެމް އެޑްވޭ (އައި އެމް އޯ: 9563081) އާއި އެ ޓަގާއެކު އައި ރާއްޖެ އައި ބާޖު އެރޮން ކަމަށެވެ. އެއީ، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ކުންފުންޏަކަށް ނިސްވަތްވާ […]